ކ.އަތޮޅު ދިއްފުށީގައި ވައްކަން އިންތިހާ އަށް އިތުރުވެގެން ދިޔައިރު ވެސް ފުލުހުން ފިޔަވަޅު ނާޅާތީ އާއްމު ރައްޔިތުން ނިކުމެ ހިންގި ހަމަނުޖެހުންތަކުގައި އަނިޔާވި ދެމީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.
ރޭ ދިއްފުށީގައި ހިނގި ހަމަނުޖެހުންތަކުގައި ޖުމްލަ ފަސް މީހަކަށް އަނިޔާވިއެވެ. ރޭ ވެސް އިތުރު ފަރުވާ އަށް ދެމީހަކު މާލެ ގެނައެވެ. އެހެންކަމުން ދިއްފުށިން އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ މާލެ ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.
ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ރޭ ހާލު ސީރިއަސްވި މީހާގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މާލެ ގެނައި އިރު އަތުގެ ބައެއް އިނގިލިތައް ހަރަކާތް ނުކުރި ނަމަވެސް އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަކަށް ފަހު މިހާރު ހާލަތު ރަނގަޅެވެ. އޭނާ އަކީ ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއް ނޫނެވެ. އޭނާގެ ގަޔަށް ވަޅި ހެރުނީ ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ އަތުން ވަޅި އަތުލަން އުޅުމުގެ ތެރޭގައި ކަމަށް ވެއެވެ.
ދިއްފުށީގައި ރޭ ހިނގި ހަމަނުޖެހުންތައް ހަތަރު ވަރަކަށް ގަޑިއިރު ފަހުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މިހާރު ރަށް އޮތީ އާއްމު ހާލަތެއްގައެވެ.
ރޭގެ ހަމަނުޖެހުންތަކާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ރާއްޖޭގަ ފުލުހުން އުޅޭތަ؟ ރާއްޖޭގަ އުޅެނީ ފުލުހުންނޭ ކިޔާ ބަޔަކު ރައްޔަތުންގެ ފައިސާއިން މުސާރަޔާ އިނާޔަތް ދީގެން ގެންގުޅޭބައެއް.