ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފިޔަވައި އިތުރު އެއްވެސް ލީޑަރު ނަޝީދަށް މަރުޙަބާ ނުދަންނަވާކަން ފާހަގަ ކުރެވިއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ނަޝީދަށް މަރުޙަބާ ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.
ނަޝީދު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ގާސިމް އިބްރާހިމާއި ވާދަކުރައްވައިގެންނެވެ.
މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބުނާ ގޮތުން ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން ހުއްޓުވަން ކުރީގެ ރައީސް މައުމޫން ވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެތުހުމަތުތަކަށް މައުމޫން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކޯލިޝަންގެ ބައިވެރިންނާއި އެކު ސޮއި ކުރި އެއްބަސްވުން ބުނާ ގޮތުން އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އެއެއްބަސްވުމުގެ ދަށުން މިދިޔަ ނޮވެމްބަރ މަހު މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރިއެވެ.
ކޯލިޝަންގެ ސްލޮޓްތަކުގައި ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުން ދެމިތިއްބެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ފަހު ކޯލިޝަންގެ އެންމެ ބޮޑު ދެ ބައިވެރިން ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ގުޅުން ވަނީ ގޯސްވެފައެވެ.
"ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކޯލިޝަންގެ ބައިވެރިންނާއި އެކު ސޮއި ކުރި އެއްބަސްވުން ބުނާ ގޮތުން އެމްޑީޕީ ވެރިކަމުގައި އޮންނަ އިރު ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ". ވައުދައް ކިހާވަރެއް ވާނެބާދޯ ހައްތަހާވެސް ތެދުވެރި ނަޒާހަތްތެރި ބޭފުޅުން
ސައިޒު ހަމަނުވާ މީހުންގެ މަރުހަބާ އެހާ މުހިންމެއް ނޫން
މީހުންގެ ތަހުނިޔާ އާއި ޘަނާތަކަކީ މޫނުބަލާ ލޯގަނޑަށް އަރާނެ ނުސާފުކަމެއް!
ނަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރީމާ އެ ނިމުނީ.
ޖުމްހޫރީ ޕާޓީގެ މީހަކު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުރި ދުވަސްކޮޅު ސަރުކާރުން ބޭނުންވާ ކަންތައްތައް ނިންމަން ވީ އުނދަގޫތައް ފެނިގެން ދިޔަ......... އެދުވަސް ކޮޅުގެ ނަތީއިން ނިކުތް ނަތީޖާ އެފެނުނީ ރޭގައި...............
މައުމޫނަށް % އެއް އޮއްނަ އޮތުން ބާތިލް ކޮށްދެއްވާ. އެއީ އެއްވެސް ގޮނޑިއެއް މަޖްލިހުގައި ނެތް ފަރާތެއް.
ތިޔައީ މައުމޫނީ ވެރިކަމުގާ ކުރަން މަޖުބޫރު ކުރުވާ ކަމެއް. އޭރު މިނިވަންދުވަހެއް، ޖުމުހޫރީ ދުވަހެއް ނުވަތަ އީދު ދުވަހެއް ފަދަ ދުވަހެއް އައިސްފި ކަމުގާ ވާނަމަ މައުމޫނަށް ތަހުނިޔާ ގެ މެސެޖު ތައް ނޫސްތަށް މެދުވެރިކޮށް ފޮނުހަން ޖެހޭނެ. އެ މެސެޖް ނުފޮނުވި ކުންފުންޏަކަށް ވާނުވާ ނެއެނގޭ ކަހަލަ މުސީބާތްތައް ޖެހޭނެ. މިހާރުވެސް އެ އާދަ ކާދަ ދަމަހައްޓަން މަޖުބޫރު ވަނީތަ؟ ނުޖެހޭ ހޭވައްޓާލާފަ ޕޮލިޓިޝަނަކު މަގާމަކަށް އަންނަ އިރަށް މަރުހަބާ ކިޔާކަށް.
ތިޔައީ މައުމޫނު ވެރިކަމުގެ ޒަމާނުގަ އޮންނަ ކަމެއް. މިޒަމާނުގާ ތިގޮތަށް މަރުހަބާ ކިޔަން ވާޖިބެއް ނުވާނެ.
ކޯލިޝަން ގެ އެއްވެސް ލީޑަރަކު އުފަލާއެކު ކިއުއްވާ ހިތުން ނަޝީދަށް މަރުޙަބާއެއް ނުކިއުއްވާނެ. މިކަމުގެ އަދަބު އެންމެ އަވަހަށް ލިބުން އެކަށީގެން ވަނީ ޢިމްރާނަށް. މަޖްލިސް ގެ އާ ދަވްރު ފެށުނީމާ އިސްލާމީ ޝަރުޢީ ޙައްދުތަކުގެ ވާހަކަ މަޖްލިސްގައި ދެކެވޭނެކަމަށް ވަރަށް ބޮޑަށް ހީކުރެވޭ. ތަންފީޛީ މަރުޙަލާއާ ހަމަޔަށް ގޮސްފައި ހުރި މަރަށްމަރު ހިފުމުގެ މަސްއަލަތައް އަލުން ބަލަން ހުއްދަކުރާ ޤާނޫނު އުފަންކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް މިހާރުއްސުރެ ހީކުރެވޭ. އެހާތަނުން ޢިމްރާނު ގެ ޝައިޚުކަން ނުވަތަ ސޭކުކަން އަޅުގަޑުމެންނަށް ފެނިގެންދާނެ.
ޥެރިކަމަށް މިވީ 6 ދުވަހު ވެސް ފެންނަމުން މިދަނީ ކޮންމެ ދުވަހަކުވެސް ކޯލިސަނުން ވީ ވައުދު ތަށް ފައިދަށަށް ލާ މަންޒަރު.ކީ.
ދޭކާންޓް ޑައިޖެސްޓް ބޮރޯ!