ހުޅުމާލޭގައި އިމާމުވެ އީދު ނަމާދު ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެ ފުރުސަތު ނުލިބުނު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަހަރު ހުޅުމާލޭގައި އިމާމްވެ އީދު ނަމާދު ކުރުމަށް ޝައުގުވެެރިވެ، ހުޅުމާލޭ ބޭފުޅުން އޭނާއަށް އެފުރުސަތު ދެއްވާތޯ އިސްލާމިކް މިނިސްޓަރަށް ދެންނެވުނު ކަމަށެވެ. ނަމަވެސް އީދު ނަމާދު ކުރާ އިމާމުންގެ ލިސްޓު ފުރިހަމަވެފައިވާ ކަމަށް ވިދާޅުވެ، މިފަހަރު އެ ފުރުސަތު ލިބިފައިނުވާކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެމަނިކުފާނު އެގޮތަށް ޖަވާބު ދެއްވީ ރަމަޟާން މަހުގެ 27 ވަނަ ދުވަހު މައްކާގައި ހުންނަވައިގެންނެވެ. އުއްމީދަކީ ކޮންމެވެސް ދުވަހަކުން އެފަދަ ފުރުސަތެއް ލިބުމެވެ. އެކަމަކު މިއަދަކީ މަރުހޫމް ޑރ.އަބްދުލް މަޖީދާއި ޝައިހް ހުސެއިން ރަޝީދު އަހުމަދު އިސްލާމިކް މިނިސްޓްރީގައި ތިއްބެވި ދުވަހެއް ނަމަ އެފުރުސަތު އަޅުގަނޑަށް ލިބޭނެ ކަމާމެދު، ކުޑަވެސް ޝައްކެއް ނުކުރަމެވެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އެ ދެބޭފުޅުންނަކީ ސިޔާސީ ހިޔާލުތަފާތުވުންތަކާއެކުވެސް އަހުވަންތަކަމާއި، އިލްމީ ހިދުމަތުގެ އަގުވަޒަން ކުރެއްވި ވިސްނުންތެރި ދެ ބޭފުޅުން ކަމަށެވެ.

"އުއްމީދަކީ އެހެން ފަހަރަކުން އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތެއް ލިބުމެވެ. އިމާމު ކަމަކީ އުމުރުން 14 އަހަރުން ފެށިގެން ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމެކެވެ" ޝަހީމް ވިދާޅުވިއެވެ.

އަދި މިފަހަރު މިހެން ދިމާވުމުން އެކަން ސިޔާސީ ގޮތަކަށް މާނަ ނުކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. DHONA

    ނުޖެހޭ ދޭކަށް.....

    16
    79
    • ރަސީދު

      ނުޖެހެނީކީ ނޫން ނުކެރޭނެ ، އެހާ ގާބިލުކަމެއް އިބޫގެ ނުހުން ނާނެ

      39
      13
    • Anonymous

      އެހެންތަ؟ ކޮއްކޮތީ ހާފިޛެއްތޯ؟ އިމާމެއްތޯ. އަޚްލާގެއް ހުރި އިންސާނެއްތޯ؟

      19
      9
  2. އ. ޖ. އ

    ގަޑި ޖެހުނީމަ ކުރެވޭ ކަންކަމެއް ނޫން މި ހުންނަނީ. ކަމަށް އެކަށީގެންވާ އެހެން މީހުން ވެސް އެބަ ތިބި.

    17
    64
  3. ޢަބްދުﷲ

    ވަރަށް ދެރަ! ޒާތީ ހަސަދައިގެ ސަބަބުން ޤައުމަށް ހެޔޮ އެދޭ، ޢިލްމީ ޤާބިލު ދަރިޔެއް ތި އެއްކިބާކުރަނީ! ޑރ ޝަހީމްގެ ޤުރްއާން ކިޔެވުން ވެސް މިރޯދަމަހު އަޑު ނީވުނު!

    56
    11
  4. އ. ޖ. އ

    ޝަހީމަށް ވެސް ކަން ހިނގަން ވާނީ ގާނޫނުގެ ތެރެއިން.

    14
    29
  5. ސަރިއްކާލު

    އިސްލާމިކު މިނިސްޓްރީގަ ތިބީ މޯދީގެ ބައެއް. އެހެންވީމަ ފުރުސަތު ނުލިބުނީ..

    52
    11
  6. ދރާއްޖެ

    ޑރ ޝަހީމަކީ ދިވެހިރާއްޖޭގއި އިސްލާމީ އަޤީދާ
    ފެތުރުމަށާއި ހަރުދަނާކުރުމަށް ވަރަށް ފާހަގަކުރޭ
    މަސައްކަތްތަކެއް ކުރެެއްވި ޢިލްމުވެރިއެކެވެ އެމަނިކުފާނަށް ފުރުސަތެއް ދިނުމަށް މިސަރުކާރު
    ނުކުޅެދުން އެއީ ސަރުކާރާއި ދީނާ ގުޅުން ކުޑަކަން ދައްކައިދޭ ކަމެކެވެ.

    85
    8
  7. ޙނ

    ނުބުންޏަސް ތިޔަ މާނަ ކުރީ ސިޔާސީ ގޮތުންނެވެ. މިކަމާ މިހާރު ނޫޅޭ. ދައުރުގަ ކުރީމެއްނު. ފަހުން ލިބިދާނެ. އޯއައިސީ މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާށެވެ.

    8
    17
  8. ނ.އ

    ތީ ވަރަށް އިސްތިހާރުވާން ބޭނުންވާ މީހެއްހެން ހީވޭ.

    18
    49
  9. ޑަކް

    ވަރަށް ދުވަސް ކޮށްފަ ޝަހީމު ފަހަތުގަ ރޭގަ ދަމު ނަމާދުގެ ވިތުރި ކުރަން ލިބުމުން އުފަލުން ރޮވުނު. ހާދަ ހިތްގައިމު ކިޔެވުމުކޭ. މިސަރުކާރުން ޝަހީމަށް ފުރުސަތު ނިދިނަސް އަހަރެމެން ޑރ. ޝަހީމަށް ކުރާ އިހްތިރާމާ ޤަދަެު ފަނޑުވުމެއް ނެތް

    62
    8
  10. ޏަމްޏަމް

    މި ސަރުކާރަކީ ލާދީނީ ސަރުކާރެކޭ ބުނެފިނަމަ ބުނާނެ .........ހަމަލާދީނީ އިނގޭތޯ.

    46
    5
  11. މަހޭޝް

    ތިވަދާޅުވީ އިތުރުފުޅެއްކަން ލިޔުން ގަނޑުން ދޭހަވެއްޖެ. ސަބަބަކީ ކިޔާލީމަ އެބައިނގޭ އެއީ ހުޅުމާލޭ ރައްޔިތުން ބޭނުންވެގެން އިސްލާމިކް މިނިސްޓްރީގައި އެދުނުކަން
    ދެން ޝަހީމް ކޮން ޝައުގުވެރިކަމެއްތޯ ފާޅުކުރެއްވީ ކޮންތާކުތޯ ޝައުގުވެރިކަން ފާޅުކުއްވީ.

    7
    10
  12. ޫރެޕް

    އެއްގޮތަކަށްވެސް ދޭނެކަމެއް ނެތް

    14
    54
  13. ލިން

    އޭނާ ބޫނަސް އެކަން ކުރެވޭނެ ީހުން އެބަތިބި މިރާއްޖޭގަ.. އޭނާއަށް ދިނުން އެއީ ވާޖިބެއްތަ ކޮންފޮތެއްގަ އޮތީ؟ ކޮންމެހެން ނުޖެހޭ އޭނާއަށް ދޭކަށް

    13
    42
  14. ކުންބެ

    ހުރިހާބޭފުހުންވެސް ތައްޔާރުވެތިބޭތި
    8 ދުވަސް

    18
    4
  15. ޗޮމމ

    ޝަހީމަށް ހާއްސަ ފުރުސަތެއް ދެއްވަން ޖެހޭނެ ކަމަކަށް ނުދެކެމެވެ. ލިސްޓު ފުރިހަމަވެފައިވީ ނަމަވެސް މިނިސްޓަރުގެ ލިސްޓުން ޝަހީމުމެން ޖާގަ ހޯދި ޒަމާން ފާއިތުވެއްޖެއެވެ. މިހާރުގެ އިސްލާމިކް މިނިސްޓަރު ކައިރިން އެފަދަ ކަންކަން ވާނެ ކަމަށް އުއްމީދު ނުކުރާށެވެ. ޝަހީމުމެން ބޭނުންވަނީ ހުރިހާ ފުރުސަތެއްވެސް އަޑިއަޑިން ހޯދާށެވެ. އެފަދަ ކަންކަމަށް ފުރުސަތުދެވޭކަށް ނެތެވެ.

    11
    13
  16. އަހުމަދު

    އެހާ ރީތިކޮށް ގުރުއާން ކިޔަވާ މީހަކަށް ފުރުސަތު ދީބަލަ.

    38
    3
  17. ހުސެން

    ޑރ ޝަހީމް އަށް އިމާމްވެ އީދު ނަމާދު ކުރުމުގެ ފުރުސަތު ދޭންޖެހޭތަ؟ ދެން އަމިއްލަ އަށް އެވާހަކަ ދައްކަންޏާ ވަރަށް މަޖާ

    14
    33
    • ޒުހުރާ

      އިމާމުން އިލްމްވެރިން. އެމީހުންނާ ހަމައަށް ދިއުމަށް އެކޮއެމެން އަދި ވަރަށް ގިނަ ކަންކަން ކިރަންޖެހޭ. ފުރަތަމަ ރިވެރި އަޚްލާޤުން ޒީނަތްތެރިވެ، އިލްމް އުނގެނޭ. ކޮމެންޓެއް ކޮށްލާވަރަކީ އަސާސީ ތައުލީމުގެ ފެންވަރު.

      19
      3
    • Anonymous

      ޚުލްގު ނުބައިކަން. މުސްލުމުންނޫނަސް އިންސާނެއްގެ ވިެްޔާ އަޚްލާޤުގެ ކަންފުޅެއްނަމަވެސް ހުންނަންވާނެ.

      13
      4
  18. މަބްލޗް

    އެހާ އިމާމުވާ ހިތްވަންޏާ އަމިއްލަޔަށް އިމާމުކަން ކުރުމުގެ ފުރުސަތު ހޯދައިގެން ގޭގައި ކޮށްލަންވީނު

    6
    38
    • Anonymous

      ޚުލްގު ނުބައިކަން. މުސްލުމުންނޫނަސް އިންސާނެއްގެ ވިެްޔާ އަޚްލާޤުގެ ކަންފުޅެއްނަމަވެސް ހުންނަންވާނެ.

      10
      5
  19. އަބުލޯ

    މިމީހުން ގެ އެހާ ހިތް ވަރެއް ނުހުން ނާނެ ،
    މީ ލާދީނީ ބައިގަޑެއް

    19
    5
  20. ދިވެހިމީހާ

    މިތާގަ ކޮމެންޓް ކުރި ބައެއް މީހުން ހާދަވަރަކަށް ޑރ. ޝަހީމް އާ ޖައްސާލާފަ ތިބީ. އޭނަ މިހާރު ހުރި ގައުމުގަ ވެސް އިމާމްވެ ނަމާދު ކުރެވޭ.ހީކުރީ ރާއްޖޭގަ މިސްކިތެއްގަ އިމާމްވެ ނަމާދު ކުރަން އަމިއްލައަށް އިސްވެ އެދުނީ ކުރާނެ އެހެން ކަމެއް ނެތިގެން ކަމަށްތަ؟ އަހަރެމެން ދިވެހިންނަކީ އެއްވެސް މީހަކަށް ގަދަރު ކުރަން ދަންނަ ބައެއް ނޫން. އެހެންވީމަ ރާއްޖޭގަހުރި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ އެހެން ގައުމެއްގަ ގޮސް އެހެރީ. އަހަރެމެންނަށް ކޮންމެ ކަމެއްގަ އޮންނާނީ ޕާޓީ. ޕާޓީ ކުރިއެރުވުނީމަ ނިމުނީ. ސިޔާސީ ވީވީނުން ގޮސް ތަންދޮރު ކުޑަވެފަ. ދެން މިކޮމެންޓް ކިޔާފަ އަހަންނަށް ބަވާ.

    26
    5
  21. ކޮންފަދަ ކަމެއް

    އެހެންވީރު ރާއްޖޭގަ ހުރިނަމަ، މާދުރުގަ ހުރެގެން ކޮސް ގޮވާނެ ކަމެއް ނެތެވެ. މިވެނި އެވެނި މީހަކު ހުރިނަމަ ތިމަންނައަށް ފުރުޞަތު ލިބުނީހޭ ބުނުމުން، ވަރަށް ސާފުކޮށް ދޭހަވަނީ މާޒީގައި އެފުރުޞަތު ހޯދާފައިވަނީ ނުފޫޒުގެ ބޭނުން ކޮށްގެން ކަމެވެ.

    12
    21
  22. ނޖމ

    ޑރ.ޝަހީމަކީ އިމާމުވެ ނަމާދުކުރާ މީހުންގެ ތެރެއިން އެންމެ ރީތިކޮށް ޤުރްއާން ކިޔަވާ މީހުންގެ ތެރެއިން އެކަކު. އަނެއްކާ ޤުރްއާން ހިތުދަސް ބޭފުޅެއް. އޭނާއަށް އެ ފުރުޞަތު ނުދިނީ ހަމަ ޒާތީ ޙަސަދަވެރިކަމާ ހުރެ. ދެން، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހާއާ އިމާމުވެ ޢީދުނަމާދު ކުރަން ހަވާލުކުރޭ. އިސްލާމުންނޭ ކިޔައިގެން ތިބެ އޭނާއަށް ތަބާވެގެން އުޅޭ މީހުން މި ގައުމުގައި ގިނައީ.

    23
    5
  23. ސާރާ

    މާރިޔާ އަރުވާ!

    7
    4
  24. ފުއާދު

    އަނިޔާ ވެރިކަން

    3
    2
  25. އަރީ

    ޢިމާމުކަމީ އަމިއްލަ އެދުމަށް ދޫކުރަންޖެހޭ ކަމެއްނޫން.. އެހެންނޫނަސް ގިނަމީހުންގެ އުފާވެރިކަން ފިލައިދާނެ ޝަހީމް ކަން އެނގޭ ހިސާބުން

    3
    4
  26. ޙ

    ޑ.ރ. ޝަހީމް އަކީ ރަގަޅު ބޭފުޅެއް. މިފަހަރު އީދު ނަމާދު ކުރަށްވާ އިމާމުންގެ ލިސްޓް ފުރިހަމަ ވެފަ ވުމުން އެ ފުރުސަތު ލިބިވަޑައި ނުގެންނެވީ.

  27. ހަނަފީ

    މީ އެންމެންގެ ސަރުކާރު، ޕާޓީއައް ސޮއެނުކުރަނިސް އެއްވެސް ކަމެއް ނުހިންގާނެ.