ޖުމްހޫރީ ޕާޓީ ހިންގާ ގޮތް ކަމުނުދާނަމަ ހިންގަން ހުރި ވެރިމީހާ ބޭރު ކުރުމަކީ އާންމު މެންބަރުންގެ ކަމެއް ކަމަށް ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޖުމްހޫރީ ޕާޓީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިއްޔެ ދިން އިންޓަވިއުއާ ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕް ތެރޭގައި ދެކެވުނު ވާހަކަތަކާއި ގުޅިގެންނެވެ.

ވީޓީވީ" އިން ގެނެސްދިބް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ މިހެން ވިދާޅުވިއިރު، ޖޭޕީ ކައުންސިލް ގުރޫޕަށް ފޮނުވި މެސެޖެއްގައި ގާސިމް ވިދާޅުވަނީ، ޕާޓީ ހިންގާ ގޮތް ކަމު ނުދާނަމަ، ވެރިއަކަށް ހުންނަ މީހަކު ބޭރުކޮށްލުމަކީ މެންބަރުންގެ ކަމެއް ކަމަށެވެ.

"ޕާޓީ ހިންގާގޮތް ކަމުނުދާނަމަ މެންބަރުންގެ ކަމެއް ވެރިއަކަށް ހުރި މީހާ ބޭރު ކޮށްލައި އެހެން އާ މީހަކު ވެރިކަމަށް ހަމަޖެއްސުން" ގާސިމްގެ އެ މެސެޖުގައި ވެއެވެ.

އެ ގްރޫޕަށް ފޮނުއްވި އެހެން މެސެޖެއްގައި ގާސިމް ވިދާޅުވީ، އެއްވެސް މީހަކު ޕާޓީ ދޫކޮށް ދާން ނުޖެހޭ ކަމަށެވެ. އަދި އަމުދުން ޖޭޕީގެ ފަރާތުން މަގާމެއްގައި ހުރި މީހެއްގެ ހިދުމަތް އިންތިހާއަށް ޕާޓީއަށް ދެއްވަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަމިއްލައަށް މަންފާ ލިބިގަތުމުގެ ބަދަލުގައި ޕާޓީއަށް ހިދުމަތް ކުރުމުގައި ދެމިހުންނަން ޖެހޭ. ސަލާން ޖަހަން ނުކުތް އިރު ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން"ގާސިމްގެ ފޮނުވި މެސެޖުގައި ވެއެވެ.

ޖުމްހޫރީ ޕާޓީ ތެރޭގައި ނުތަނަވަސްކަން ވަނީ އުފެދިގެން ގޮސްފައެވެ. މި ނުތަނަވެސް ޕާޓީ ތެރޭގައި އުފެދިގެން އައިސްފައި ވަނީ ނިމިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޯރަ

    އެމްޑީޕީގެ މަގުސަދު ފުރިހަމަވަނީ. ޕީޕީއެމްގެ ދުވަސް ދުއްވާލެވިއްޖެ. ދެންއޮތީ ޖޭޕީ. ހުރިހާކަމެއް ނިމޭއިރު އޮންނާނީ އެމްޑީޕީ އެކަނި. ދެން ޖެހޭނީ އެމީހުން ބުނިގޮތެއް ހަދަން. މީއީ އެޖެންޑާ 19 ގައި ކަންހިނގާނެގޮތް. ދިވެހިންގެ ސިކުންޑި ކާނެ ރަނގަޅު ފޯމިއުލާއެއް ދަސްކޮއްގެން ތިބިބަޔަކު ދިވެހިންގެތެރޭ އެބަތިބި.

    26
    4
  2. މަސްވެރިޔާ

    ދިވެހި ސިޔާސީ މަޝްރަހުގައި މިހާރުވެސް އެންމެބާރުގަދައީ.
    1. ރައީސް ޔާމިން
    2. ރައީސް ނަޝީދު
    3. އޮނަރަބަލް ޤާސިމް އިބުރާހިމް.
    ނަމަވެސް ރ.ޔާމިންގެ ޓީމުން ބިނާކުރެނިވި ސިޔާސީ މަސައްކަތް ނުކުރެވިއްޖެނަމަ # ނަންބަރ 1 އަށް ރ. ނަޝީދު ބަދަލްވާނެއެވެ.
    ........... މާޒީގައި 4 ސަރުކާރަށްވެސް ތަޚުތު ލިބުނީ ޤާސިމްގެ ބައިވެރިވުން ލިބިގެންނެވެ. ވީމާ އަދިވެސް އެމަނިކްފާން އަމިއްލައަށް ނުކުމެ ރައްޔިތުން އަރިހަށް ހިގައްޖެނަމަ ވޯޓްލާ އާބާދީގެ ބޮޑް ތާއީދެއް، ހޯއްދަވާނެއެވެ. ޤާސިމްއަކީ ވަތަނީ ލީޑަރއެކެވެ. ސަރުކާރަކުން ގޯސްހަދާނަނަ ތެދުވާނެއެވެ.

    24
    4
  3. ޕިސްޕިސް

    ތެޔޮނާށި ކަޅު ގެންދަނީހެން ހާދަހީވެޔޭ

    37
    3
  4. ހަސަން ފޭދޫ

    ގާސިމަކީ ނާށިގަނޑުން ފެށިގެން ބުރަ މަސައްކަތުން ތިހަމަ އަށް އައިއްސަ ހުރި މީހެއްވީމަ ނާށިގަނޑު މަތިން ހަނދާން ނުނެތުނަސް ދެންތިބީ ހުސް ގާސިމްދިނީމަ ހިހޫތަނުން ކާލި މީހުން. އެމީހުން ދަންނަ އެއްޗެއްނޫން ނާށިގަނޑަކީ

    39
  5. ހުއްބުލް ގައުމު

    ކޮންމެވެސް އެއްގޮތެއްގައި ގާސިމް ހިފެއްހެއްޓެވުން މުހިންމު. ސިޔާސީ ކަނޑުގައި ހުރިހާކޮޅަކަށް ފަތަންހަދައިގެން ވާނީ ބަލި. ކޮންމެ ފަހަރަކުވެސް ފެންނަމުން މިދަނީ އެއްމަންޒަރެއް. ކޮންމެވެސް ވަރެއްގެ ކެއްތެރިކަމެއް ހުންނާންވާނެ. އަމުދުން ގާތުގާ ގެންގުޅެންވާނީ ތިމާއަށް ވަފާތެރި މީހުން، ފައިސާއަށް ވަފާތެރި މީހުނެއްނޫން.