އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ހެލިކަޕްޓަރަކީ ހަދިޔާއެއްގެ ގޮތުގައި ދެއްވި އެއްޗެއް ނަމަ ހަވާލު ކުރައްވައި، ނުދެއްވަންޏާ އަނބުރާ ގެންދަވަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މޯދީއަށް ގޮވާލައްވައިފިއެވެ.
އުމަރު ނަސީރު މިގޮތަށް ގޮވާާލެއްވީ ހިންދީ ބަހުން ސޯޝާލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯގައެވެ.
އުމަރު ނަސީރު ވިދާޅުވީ، މީގެ އަށް އަހަރު ކުރިން ހެލިކޮޕްޓަރަކާއި އެކު އިންޑިޔާގެ ސާޅީސް ސިފައިން ރާއްޖެއަށް އައިކަމަށެވެ. ނަމަވެސް މި ހެލިކޮޕްޓަރު ރާއްޖެއަށް ދީފައި ނުވާއިރު ރާއްޖެ އައި ސިފައިންވެސް އެނބުރި އިންޑިއާއަށް ނުގޮސް މަޑުކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި އިންޑިއާ ސިފައިން ރާއްޖެއަށް އައީ ހެލިކޮޕްޓަރ ރާއްޖެއަށް ދިނުމުގެ ވައުދާއި އެކުގައިކަމަށް ވީނަަމަވެސް މި ހެލިކޮޕްޓަރު ދިވެހިންނަށް ދީފައިނުވާ ކަމަށް އުމަރު ވިދާޅުވިއެެވެ.
"މި ހެލިކޮޕްޓަރ ރާއްޖެއަށް ހަދިޔާ ކުރާނަމަ ރާއްޖެއަށް ދެއްވާ. ދެއްވަން ބޭނުންފުޅު ނުވާނަމަ ހެލިކޮޕްޓަރާއި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގައުމަށް ގެންދަވާ". އުމަރު މޯދީއަށް ގޮވާލެއްވިއެވެ.
މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިދިކޮޅު ފަރާތަތަކާ ބައްދަލު ނުކުރައްވާތީ، އިދިކޮޅުން މޯދީއަށް ދޭން ބޭނުންވާ މެސެޖަކީ މިއީކަމަށް އުމަރު ވިދާޅުވިއެވެ.
ޕާކިސްތާނުން މި ޤައުމަށް ހަދިޔާކުރި ރައްޔިތުންގެ މަޖިލިސް ކުރާ ގެ ބަލަހައްޓަން ވެސް އެޤައުމުގެ ސިފައިން ގެންނަންވީ، އަދި ޖަޕާނުން ލާފައިވާ ކަނޑު ތޮށި ބަލަހައްޓަން އެޤައިމުގެ ސިފައިން ވެސް ގެންނަންވީ ނޯންތޯ! ހަޤީޤަތަކީ ރާއްޖޭގައި ތިއްބަވާ އިންޑިޔާ ސިފައިންނަށް މި ޤައުމުގަ ހުންނަ ބޭންކަކަށް ކޮންމެވެސް ކުންފުންޏަކުން މުސާރަވެސް ޖަމާކުރަމުންދާ ކަން
މާ ރަނގަޅަށް އެގިފަ ތިއޮތީ......
ކަލޭ ވެސް ދޭ
ޢުމަރު ނަޞީރަކީ މިހާ ކޮސް މީހެއްކަމެއް ކަމެއް ހިއެއް ނުކުރަމެވެ. ނަމަވެސް މިހާރު އެކަން ހާމަވެއްޖެ އެވެ. އެހެން ނޫންނަމަ ލޮޓޯފޮޓޯ މީހުން ކުރާޒާތުގެ ކަންކަމެއް ނުކުރީހެވެ. ލ
ޢުމަރު ނަޞީރަކީ މިހާ ކަނޑުކޮސް މީހެއްކަމަކަށް ހިޔެއް ނުކުރަމެވެ.
އުމަރަށް ސަލާން. ސޮރީ އުމުރަށް ސަލާން. ދެންވެސް ބަސްއަހާގެން ތިއްތިކޮށް ގޭގަ އިނދެބަލަ. ???
މިރެޔަކީ މޮދި އާއި ސޯލިހުގެ ސިޔަސަތު ތައް ކުރުނބާ ގަ ފާލުކުރާރޭ
އުމަރާ ކަލޭމޮޔަވީތަ
އުމަރާ ހިންދީބަހުން މޯދީއަށް ދަންނަވާލަދީ ހުރިހާ ރައްޔިތުންނަށް ކިރުއަރާ ބާރުވެފާވާ ގެރި ހަދިޔާކުރަން.
ޢުމަރުގެ ވާހަކަ ރަގަޅު. ދޭ އެއްޗެއްވިއްޔާ ދީފައި ދާންވީ. ނުދޭނެންޏާ ތަކެއްޗާއެކު އެބުރިދާންވީ.
އިދިކޮޅު ޕާޓީތަކާ ބައްދަލު ނުކުރާނަމަ އިންޑިއާ ތިވަނީ އެންމެ ފިޑި ޑިމޮކްރެސީއަށް.
ހެލިކޮޕްޓަރަކާއަޅާގަނެގެންއުޅޭމީހެއްމީ.. ވަރަށްފޫހިވޭ .. ދެން ހެލިކޮޕްޓަރެއް ހަދިޔާކުރަންވީނު ؟
އުމަރާ.. ހަރުގަނޑު.
އިންޑިއާ އިން އަބަދުވެސް ސޮއި ކުރާނެ އެމްއޯޔޫ ތަކުގައި އެއިން ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެއޭ ތިޔާ ރާޑަރު ސިސްޓަމް ބަހައްޓަން ވެސް 20 އަހަރު ނަގާނެ ނިމޭއިރު ކުރި ބެހެއްޓި ރާޑަރު ތައް ޖެހޭނީ ހަލާކު ވެގެން އުކާލަން އިންޑިއާ އިން ސިފައިން ނަށް ދިން ޕަޓަ ޕަޓަ ސައިކަލް ތައް ވެސް ނުދުވޭ ދޯ ދެއަހަރު ދުވަހު ވެސް ކޮބާތޭ މިހާރު މާލޭން ފެނޭތޯ އިންޑިއާގެ ޕަލްސަރ ސައިކަލް ނުފެނޭދޯ އެހުރިހާ އެއްޗެހި ހަލާކުވެ ދިވެހިން އެސައިކަލް ތައް މަތިން ފޫހިވީއޭ އިންޑިއާ އަކީ އެއީ ރާއްޖެ އަށް އެހީއެއް ވެދެވޭނެ ގައުމެއް ނޫނޭ އިންޑިއާ ގެ ބޮޑު ވަޒީރު މޯދީ ދެން މަހަށް ދޭބަލަ މުންޑު އަނދެގެން މަހަށް މަހަށް މަހަށް މަހަށް ދޭބަލަ މުސްލިމުން ގަޔަށް ބަޑިޖަހާ މަރާ ބޮޑު ވަޒީރު ދޯ ތީ އައި ވޮނާ ޔޫ ޓު ނޯ އިޓް އައި ވޮނާ ޔޫ ޓު ނޯ އިޓް ސޯ އައި އައި ޑޫ ޑޫ އިޓް އޮން ދިސްވޭ...
އުމަރުނޫނީ މިމީހުންގެ އަވައިގާ ނުޖެހޭ މީހަކުނެތް އުމަރަށް ސާބަސް ތަންކޮޅެއް ހަރުވެލަންވީ އަދި
އުމަރާ ކަލޭ ހާދަވަރަކަށް ހެލިކޮޕްޓަރަކާ އަޅައިގަނެގެން ތިޔައުލެނީ އަނެއްކާ ސަބްމެރިންގެ ދަތުރުތައް ހުއްޓާލާފަ ހެލިކޮޕްޓަރުގެ ދަތުރުތައް ފަށަން އުޅެނީތަ ؟
ކޮބާ މޯދީ ތަމެން ދެން ސައިވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭގިގެން މަޖްލީސް ތެރޭގައި ޓޮމް ނިކުމެގެން ދިއުމުން އުޅުނު ގޮތް މަމެންނަށް ތަމެންގެ ބޮޑީ ލެންގުއޭޖް އިން އިނގެއޭ ބުނަން މަމެން ނެތީމޭ މެކުނު ފުމުނަސް ގާހަކަ އަަށް ނުފުމެވޭނެއޭ ޗައިނާ އާއި ވާދަ ނުކުރެވޭނެއޭ އިންޑިއާ އަށް އެކަން ޖެހޭނީ އިންޑިއާ އިން ހަދާން ނައްތާލަން އިނގޭތޭ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ސާބަހޭ އުމަރު. އުމަރު 2023
މަށަށްވެސް ހީވަނީ ސަބްމެރީންގެ ކަންތަށް ފަހަތަށް ޖައްސާފަ އުމަރ ހެލިކޮޕްޓަރު ދުއްވަން އުޅޭހެން ! އެހެންނޫނީ ހެލިކޮޕްޓަރާ އަޅައިގަނެގެން ނޫޅޭނެ ! އެހެންނޫނީ އުމަރަކީ ދެއުޅިއެއްނުވާ މީހެއް !
ހުރިހާ އިދިކޮޅުމީހުން ހަމަ ހެޑްލައިން ހަދަ ހަދާތިބޭ ވާނެކަމެއްނެތް 5އަހަރު ފަހުން ކަލޭމެން ރައްޔިތުންނައް ވިއްކާނެ އެއްޗެއްހޯދައިގެން ތިބެވޭތޯބަލާބަލަ ތިހާބޮޑައް ޖަޒުބާތުގަނުޖެހި.
އުމަރޫ... އެއީ ކުލީ ހެލިކޮޕޮޓަރެއް... އެހެލިޕޮކަޓަރު ނުދީ އިންޑިއާއިން ހިފެހެއްޓުމުން އެ ދޭހަ ކޮއްދެނީ ދިވެހިންނަކީ ނާތަހުޒީބު ގަމާރު ބަޔެކޭ އެއީ ކުޅޭކަށް ނޭނގޭނެ ކަމަށް ދެން އެދީފިއްޔާމުން އެހަލާކުކޮއްލަފާނޭ ކަމަށް
ބަލަ އުމަރު ބުނި އެއްޗެއް ނުވިސްނި މިތާނގަ ކޮމެންޓް ކުރާ ބޯގަމާރުން ހާދަ ގިނައެވެ. ފާޅުގަ ނިކަން ސާފުކޮށް ބުނަން ބޭނުންވާ އެތި ބުނަން ކެރުނު މީހެއް އުމަރު ފިޔަވައި ކޮބައި ހެއްޔެވެ. ކަލޭމެން ހުރިހާ އެންމމެންވެސް މާދަން އިންޑިޔާއަށް ދާއިރަށް ބުޑިސްޓުން ކަލޭމެނާ ދޭތެރޭ ކަންތައް ކުރާގޮތުން ނޫނީ އިންޑިޔާ ސަރުކާރުން ވިސާފިއްތާލާފަ ޕޭޝަންޓު ފޮނުވާލީމަ ދެން ދުރުގަ ހުރެގެން މޯދީއަށް ޗުކުޗުކު ލައްްވާނެ... އެއީ ވަރަށް ހަމަޖެހޭ ކަމެއްބާ
އުމަރުގެ ވާހަކަ އެއީ ދުރުވިސްނޭ ވ ބޮޑު ވާހަކައެއް..އެއްވެސް ޤަވްމެއްގެ ސިފައިން މިރާއްޖޭ ތިބޭކަށް ނުޖެހޭ..ޝުކުރިއްޔާ އިންޑިޔާ ހެލިކޮޕްޓަރުން ވ ފައިދާވޭ އެކަމު ސިފައިން ގެންދޭ..
މިގައުމުގެ މިނިވަންކަން ނެތްކަން ގޭގައި ތިބޭ އިރުވެސް އިހުސާސް ކުރެވޭ ހިސާބައްދާނެކަން ހީވަމުން މިދަނީ. ޢިންޑއާގެ ބޭނުމަކީ މިގައުމުގެ މުއްސަނދިކަމުން ލިބޭ ޑޮލަރު އެގައުމުގެ މިލްޓަރީ އަޕްޑޭޓްކުރުމަޢް ބޭރުކުރުން. ޙދ. ފަށަން މި ސަރުކާރުން ސޮއިކުރި ފެރީ ނިޒާމަކީ ހައްދުފަހަނަ އަޅާފއިވާ މީހުންނަށް މިގައުމު ހުޅުވާލުން. ޙީނުކުރާފަދަ ހިތާމަ މިކަމުން ދިމާވުން އެއީ ނުވެ ނުދާނެކަމެއް. މޮހޮނަށް އޮޑިދިންހެން ތި ދޭއެއްޗިސް އަހަރެމެން ބޭނުމެއްނޫން. ޢިންޑިއާއަކީ މިޤައުމަށް ފައިދާކުރުވަނި އެއްވެސް ތަރއްޤީ އާ ގުޅޭ އެއްކަމެއްވެސް ކޮއްދިން ބއެއްނޫން. އައިޖީއެމް އެޗައް ބަލާލިޔަސް އެކަން އެނގޭނެ.
އުމަރު ހޮވަންވީ.. އެނޫންގޮތެއް ނެތް
މިދެންކާރު ؟
އުމަރާ އޭގެ ސަބަބުން ކިތެއްމީހުންގެ ފުރާނަ ސަލާމަތްވެއްޖެތަ؟
ސިޔާސީ ވާހަކަ ދައްކަން ވާނީ ސިޔާސީ ގޮތުން ކޮންމެސް ވަރެއްގެ ބުރަދަނެއް ހުންނަ މީހުން