ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހިފަހައްޓަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިރޭ ގޮވާލައްވައިފިއެވެ.
ބަންޑާރަނައިބު ރިއްފަތު މިކަމަށް ގޮވާލެއްވީ މިރޭ ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހައްޓަން ޖެހެނީ ޖޭއެސްސީގެ ނިންމުންތައް މިހިނދުން މިހިނދަށް ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ.
ސްމާޓޯ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭ ގޮތް ހަދައި ދިނުމަށް ވެސް ރިއްފަތު މަޖިލީހުގެ ކޮމެޓީގައި އެދިވަޑައިގެންނެވިއެވެ.
"ސުޕްރީމް ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނީ އަދި ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށްޓަކައި މިހިނދުން މިހިނގަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައި ދެއްވުން އެދެން. އަދި ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބައްލަވާ މައްސަލަތައް ނުވަތަ ސްމާޓޯ މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޮމެޓީތަކުން ކުރައްވަން ޖެހޭ މަސައްކަތްތައް ކޮށްދެއްވުން ވެސް އެދެން." ރިއްފަތު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ބައިތައް "ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދިނުމަށް ވެސް" ރިއްފަތު އެދިވަޑައިގެންނެވިއެވެ.
ރިއްފަތު ވިދާޅުވީ ފަނޑިޔާރުންނާއި ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް އަވަހަށް ބަލައި ނިންމޭނެ ގޮތައް ޤާނޫނުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި އެކަން ކޮށްދިނުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސުޕްރީމް ކޯޓާއި މެދު "އަރައިރުމެއް" އުފެދިފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުން ތަންފީޒު ކުރުން ސުޕްރީމް ކޯޓުން މިއަދު ހުއްޓުވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ވަނީ މެންބަރުންގެ ފަރާތުން ކުރިމަތިކޮށްފައެވެ. ނަމަވެސް ކުރިން ލަފާ ކުރެވުނު ގޮތާއި ހިލާފަށް ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ހަމަހިމޭންކޮށް، ބަހުގެ ހަމަލާތަކެއް ބަދަލު ނުކުރެވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގިނަ މެންބަރުން މިރޭ ވިދާޅުވީ ކޮމިޝަންގެ ބައެއް ނިންމުންތައް ތަންފީޒު ކުރަން ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ.
ކޮބާ ރައީސްޔާމީންކުރެއްވީމަ ކޮންމެކަމެއްވެސް އިންސާފުންބޭރު މަމެންކޮއްފިއްޔާއިންސާފުން މީދޮންރިހަޕާޓީގެފެންވަރަކީ
ޖީއެމްއާރް ބޯއީ. ކަލޭ ތިމަގާމުގަތަ އަބަދު ހުންނާނީ. ކަމުން އައި ވަރަށްވުރެ ފަސޭހައިން އެއަށްވުރެ އިތުރަށް އަލިފާން ކާން ފުރުސަތު ލިބިގެން މީނަ ހައްޓަކު ހެއެއް ނެތް. ކަލޭ މަރުވާނެ އިނގޭ. ނޭނގެނީ ވަގުތު.
އަމިއްލައަށް މަޅި ތިއަޅަނީ، ދެން އެޔަށް އެރޭތަން ފެންނާނީ
ބަންޑަރަ ނައިބާ މަޖިލީހަކީ ސަރުކާރާ އެމްޑީޕީ އާ އައްނިގެ މީހުން ނެއްނުން ތޯ މިއަދު ބޭނުން ގޮތެއް ހެދިދާނެ ނޫން ތޯ
ޙުރިހާބާރެއް އޮތީ އެމްޑީޕީ އާއި ރައްޔިތުން ހަވާލު ކޮށްފަ! އެވަރުން ދެން ކަންކަން ކުރަން ނޭގުނީމާ ދެން ބުނަން ޖެހޭނީ ވަރަށް ގަޅި ސަޅިޔޭ! މިގައުމު ދާހިލީ ހަމަނުޖެހުމަކާދިމާލަށް ދާތަން ބަލަން އެކަކުވެސް ނުހުންނާނެ!
މިގައުމު ސަލާމަތް ކުރުމައްޓަކާ 19 ވަނަ މަޖިލސް މިހާރުން މިހާރައް އުވާލަންޖެހޭ. ޜިއްފަތު ހައްޔަރު ކުރަންޖެހޭ ސުޕްރީމް ކޯޓައް ބިރުދައްކާ މައްސަލާގަ.
ހާދަ ދެރަގޮތެކޭ މިވަނީ މިގައުމަށް ސިޔާސަ ކުދީންނާއި ހެދި، ޔާﷲ މިގައުމު ސަލާމަތް ކޮއްދެއްވައިދޭ
އޭޖީ ގެ ކުފޫ ހަމައެއްނުވޭ އަވަހައް އިސްތިއުފާ ދީފަ ގެއައްދޭ
ހުރިހިތާމަޔެއްގެ ބޮޑުކަމާއެވެ. ދެލޮލުން ފާއިބަނީ ހިތާމަ އާއި ވޭންދެނިވި ހިތިކަރުނައެވެ. ގައުމު އާރާސްތުކޮށް ތަރަށްގީ ކުރުމު ގެ ނަމުގާ އައިސް ވެރިކަމާއި ގެންތަޅާފޮޅަނީ ކީކޭ ތަރަށް ގީއޭ ތިކަމެއް ނުވާނެ އަދި ވެރިކަމާއި، މަޖިލިސް ގެ ސުއްޕަރު މެޖޯރިޓީދިނަކަސް ތަރަށްގީ ބޭނުމިއްޔާ ޖެހޭނީ ސުޕުރީމު ކޯޓާއި ހައިކޯޓާއި ކުރިމިނަލް ކޯޓާއި ފެމިލީކޯ ޓާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގާއި ހުރިއްޔާ ހުރިކޯޓަކާއި އަދި ވިއްސާރަކޯޓާއި ޖުޑިސަލް ސާވިސް ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އޯޑިޓް އޮފީހާއި އެމް އެމް އޭއާއި ދެން މިހިންކިޔާނެކަމެއް އޮތީޔާ އޮތްހާ އެއްޗެއް ދީގެންނޫނީ ތަރައްގީއެއް މުކުރެވޭނެ ހުރިހާއެއްޗެއް ލިބުނީމާ ވާނީ ތިންބާރު ވަކިވީ ކަމަށް ހަމަ ހިނިއަންނަނީ
ޙއ.ދިއްދޫ ކޯޓުގެ ޤާޒީގެ މައްސަލަ ޖޭއެސް އަށް ހުށައަޅާބަލަ.
އެހެންމީހަކު ކޮއްފިޔާގޯސް މިހީހުންކޮންމެކަމެއް ކުރިޔަސް އެވަނީ ރަންގަޅުކަމަކައް މަޖުލިސް މެޖޯރިޓީއާއެކު ލިބިފާތިވާ ބާރަކީ ރައްޔިތުން ނުރުހިއްޖެނަމަ ކުޑަހިންދުކޮޅެއްގެ ކަމެއް.
ބަލަގަ އޭޖީ ތިޔަ ކޮމިޓީ ގާނޫނު އަސާސީގެ 141 އާ ހިލާފު ނުވޭބާ އެ ބުނާ ނުފޫޒު ނުވަދޭ ބާ ތިޔަ ކޮމިޓީ ނުހެދޭނެ
މިހާރު ގައުމުގަ ހަމެއްލަމެއްނެތް ކޯޓްތަކާ މިނިވަން މުވައްސަސާތައް ވަގައްގޮވާ މިގައުމުގެ އިންޒަތާ އަބުރު ގެއްލުވައި ލާފި
ބަންޑާރަ ނައިބަކީ އެއްވެސް ސިޔާސީ ބުރަދަނެއްނެތް، މީހެއް،. އުފަންރަށް ގދ.ފިޔޯރީގަވެސް މީނަ ދަންނަ މީހަކުނެތް، ތިފާޑަށް ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލަން ތިއީ ކޮންފަދަ ބޭފުޅެއްތޯ، މީނާގެ ނުލަފާކަމުން ނަޝީދުގެ ޕަޕެޓެއްގޮތުގައި މީނަ ގެންގުޅެނީ..... ރައްޔިތުން ތިބީ ވަރަށް ފަރުވާތެރިވެ ބަލަހައްޓަން ޤައުމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ހަނދާންކުރާތި، ރައްޔިތުންތިބީ ކެތްމަދުވެފަ....
މަށަށްފެންނަނީ ސުޕްރީމްކޯޓުވެސް އުވާލަން. އޭރުންތާ ކަލޭމެން ބޭނުންހާ ގަނޑެއް ގަނެވޭނީ. ދެން ކަލޭމެންނޫން ބަޔަކު ވެރިކަމަށް އައިއްސިނަމަ މުޒާހިރާ ކުރާނީ ކޯޓު އަލުން ގާއިމުކުރަން.
އުއްތަމަ ފަނޑިޔާރުގެ ހުރިހާ ބާރެއް އެޓާރނީ ޖެނެރަލް އަށް ބަދަލުވަނީ ބާ؟ ދެން ޤައުމަށް ވާނެގޮތް ރައްޔިތުން ތަސައްވުރު ކޮށްލައްވާ. ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ޤައުމެއްގެ 3 ބާރު ވަކިވެފައި އޮންނަ އޮތުން އެއްކޮށްލުމަށް މިކުރެވޭ މަސައްކަތަކީ އަމިއްލަ އެދުންތަކެއް ހާސިލުކުރަން ހިންގާ މަކަރުވެރި ރޭވުމެއްކަން މިދަނީ އިނގެމުން. ރައްޔިތުންނާ ގުޅޭ މެމްބަރު ގެނެސް ސައިޒްކުރުވާ ވަގުތު ފާއިތުނުވަނީސް.
މާލަސްތަކެއް ނުވެ މި ޤައުމުގައި އިސްލާމީ ޝަރީޢާ ހިންގުންވެސް މިވެރިން ހުއްޓުވާނެ.
ޔާﷲ އަޅަމެންގެ ޤައުމުގެ ވެރިކަމުގައި މި ތިއްބެވި މީހުންނަށް ހެޔޮވިސްނުން ދެއްވާންދޭވެ. އެބައި މީހުން ނަށްވަނީ އެއްބަޔަކުއަނެއް ބަޔެއްގެ ހައިސިއްޔަތު އޮޅިފައެވެ. މަޤާމްގެ ދަހިވެތި ކަމުގަ އެވެ. އަޅަމެން މިފަދަ ކަންތައްތަކުން ސަލާމަތް ކޮށްދެއްވާންދޭވެ އަދި އެބައިމީހުން ކުޅަ ޢަމަލަކުން އަޅަމެންގެ ޤައުމަށް ވޭންދެނިވި އަޒާބެއް ނުފޮނުއްވާންދޭވެ.