ހުކުރު ގަޑީގައި ހ.ޅޮހީގޭ ތިރީގަ ހުންނަ ފްލައިމީގެ ގްރީން އޮފީސް ފަޅާލައި އެ އޮފީހުގެ ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.

ފްލައިމީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދު އާއި ހަވާލާދީ "ވީނިއުސް"ގައި ބުނެފައިވާގޮތުގައި، މިއަދު ހުކުރު ގަޑީގައި ފްލައިމީގެ މައި އޮފީހަށް ވަދެ އެ އެއޮފީހުގެ ރިޒަވެޝަން ސެކްޝަނާ، ކުއަލިޓީ ސެކްޝަނަށްވަދެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައިވެއެވެ.

އެ އޮފީހަށް ވަދެފައި ވަނީ ކޯރާޑި ކަހަލަ ބޮޑެތި ހަތިޔާރުތަކުން ދޮރަށް ގެއްލުން ދީ، ދޮރުހަލާކޮށްގެންކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު ހުކުރުގަޑީގައި ފްލައިމީ އޮފީހުން ވައްކަން ކޮށްގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ބަަލަމުން ގެންދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެތަނުން ވައްކަންކޮށްގެން ނަގާފައި ވަނީ ލެޕްޓޮޕަކާއި، 1500 ރުފިޔާ ކަަމަށް އެތަނުން އަންގާފައި ވެއެވެ. އަދި މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެ އޮފީހުގައި ހުރި ތިޖޫރި ފަޅާލަން އުޅެފައިވާކަމުގެ ނިޝާންތައް ފެެންނަން ހުރި ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޭ ޗީ

    ބެގް ބަރޯ ސްޓީލް

  2. ކޭ

    ބެގް ބަރޯ ސްޓީލް

  3. ބައްޅޭ

    ކަނޑައެޅިގެން ތިބެ ތި ގެއްލުން ދެނީ. އުމުރަށް ވެރިކަމުގަ ނުތިބެވޭނެ. ތީކީ ވައްކަމުގެ ސިފައެއް ނުން ތީ ބިރު ދެއްކުން ޓެރަރިޒަމް ހިންގުން.

  4. ާAhmed

    މަގުތަކުގައި ހަރުކޮށްފަހުރި ކެމެރާތަކުގެ ބޭނުންހިފަން އެގޭނަމަ ތިފަދަޢަމަލެއް ހިންގާފަ އެބަޔަކު އެތަނަކުން ނުދަނީސް ފުލުހުންނަށް އެތަނަކަށްދެވޭނެ.