ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި 2007 ވަނަ އަހަރު މާލޭގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހުސައިން ސޮލާހު ވަޅުލާފައިވާއިރު، އެއީ ހުސައިން ސޮލާހުގެ ހަށިގަނޑުކަން މިއަދު ވެސް ޔަގީން ނުވާ ކަމަށް އާއިލާ އިން ބުނަމުންދާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަން ބިލަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ވަޅުލާފައި ވަނީ ސޮލާހް ކަން ޔަގީން ނުވާކަމަށް އާއިލާގެ މެންބަރަކު މީގެ ދުވަސްކޮޅެއް ކުރިން ވެސް އަސްލަމް އަރިހު ދެންނެވި ކަމަށެވެ.

"ސ. ހިތަދޫ ނާޒުކީގެ ހުސައިން ސޮލާހު، އެނގިވަޑައިގަންނަވާނެ 2007 ވަނަ އަހަރު ހިނގި، އެ މަރުގެ މައްސަލަ އާއި ގުޅޭ ގޮތުން، އިއްޒަތްތެރި ރައީސް މިއަދު ވެސް އާއިލާއަކަށް ޔަގީނެއް ނޫން ހުސައިން ސޮލާހުގެ ހަށިގަނޑު ކަމެއް މާލޭ އާ ސަހަރާގައި ވަޅުލާފައި އޮތީ. އިބްރާހީމް ޒަރީރު، އޭނާގެ ބޭބެ، ދާދި ފަހުން ވެސް އަޅުގަނޑު ގާތު ބުނި، ޔަގީނެއް ނޫނޭ އެއީ (ސޮލާހްގެ) އެހަށިގަނޑު ކަމެއް. އެންމެ ކުޑަ މިންވަރުން އެއީ ހުސައިން ސޮލާހުގެ ހަށިގަނޑުތޯ ނުވަތަ ނޫންތޯ ދައުލަތުގެ ކޮންމެ ވެސް އެއް މުއައްސަސާއަކުން، ކޮންމެވެސް ހިސާބަކުން އާއިލާ އަށް ކަށަވަރުކޮށް ދޭން އެބަ ޖެހޭ ނޫންތޯ. އާއިލާއަށް ވެސް ދެއްކުމެއް ނެތި. ޖަލުގައި ހުރި ކުއްޖެއް. ފަޅު ތެރޭގައި މަރުވެފައި އޮތްތަން ފެނުނީ. ދޫކޮށްލީމޭ ބުނަނީ. ސީސީޓީވީ ކެމެރާއަކުން އެއްވެސް އެއްޗެއް ފެންނަން ނެތް ކަމަށް ބުނަނީ. ބަޔާން ދިން މީހުން ދިން ބަޔާންތައް އެއީ ކޮން ފަދަ ބައެއްތޯ، އޭރު އެކަންކަން ބައްލަވާލެއްވީމައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑަކީ އޭރު ވެސް މަޖިލީހުގައި އުޅުނު މީހަކަށް ވާތީ އޭރު ވެސް މަޖިލީހުން އެކަން ބެލިއިރު، ދިމާވާ ގޮތަކަށް ނޫން ކަންކަން ހިނގާފައި ވަނީ. އެކަން ފޮރުވުމުގައި ފުލުހުންގެ ދައުރެއް ވެސް އޮތް ކަމަށް ފާހަގަ ކުރެވިގެން ދިޔަ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސޮލާހުގެ މައްސަލައިގެ އިތުރުން އެފަދަ ހުރިހާ މައްސަލައަކަށް ވެސް އިންސާފު ހޯދަން ޖެހޭނެ ކަމަށެވެ.

ސޮލާހްގެ މަރުގެ ހަޤީޤަތް ހޯދައިދޭން އެމްޑީޕީ އިން އެދުވަސްވަރު ވަރަށް ބޮޑަށް ވަކާލާތު ކުރިއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް އެމްޑީޕީ އިން ވަނީ ސޮލާހް ފަދަ އެތައް ބަޔަކަށް އިންސާފު ހޯދައިދޭން ވައުދު ވެފައެވެ.

މިހާރު ރައީސް ޞާލިހް ރިޔާސީ ކޮމިޝަނެއް އުފައްދާފައި ވީނަމަވެސް ކޮމިޝަނުން ބަލަނީ 2012 ވަނަ އަހަރާއި 2018 ނޮވެމްބަރ މަހު ހިނގާފައިވާ މަރުގެ ހާދިސާތަކެވެ.

ސޮލާހްގެ މަރާއި މެދު އޭނާގެ އާއިލާ އިން ސުވާލު އުފައްދަން ފެށުމުން ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދިއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކީ އޭނާ މަރުވީ ގެނބިގެން ކަމަށެވެ. ހަށިގަނޑު ރާއްޖެ ގެނައުމުން އާއިލާ އިން ހަށިގަނޑާއި ހަވާލުވާން ދެކޮޅު ހެދުމުން ހަށިގަނޑު ވަޅުލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ސަރުކާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    2012 އިން 2018 އާ ދެމެދު ވަކި މުއްދަތެއް ނެގީމަ ސުވާލު އުފެދޭ. މިގެ ކުރިނ މަރުވެފަ ތިބިމީހުން އިންސާފް ކޮބާ

    35
    1
  2. އަލްކެމިސްޓް

    ހުސެން ސަލާހުގެ ހަށިގަނޑު ބޭރަށް ގެންދިޔުމާއި ޕޯސްޓް މޯޓަމް ހެދުމުގެ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ފޮރިން މިނިސްޓަރ އަހްމަދު ޝަހިދެވެ. ވީމާ ޝަހީދު ކައިރިން ތިކަންވީ ގޮތް ސާފުކޮށްބަލަ އަސްލަމްޓޭ. އަސްލަމްޓޭ އަށް އެންމެ ކުޑަމިނުން މަޖްލީސްގެ ނައިބު ރައީސްކަންވެސް ދުދެވުނު އަންނިބޭއަކަށް. ކުރީއްސުރެ ރައީސް ކަމޭ ދޭނީ ކިޔައިގެން އުޅުނީ ނައިބް ކަމަށްވެސް އެހެން މީހަކަށް ކުރިމަތި ލެވުނަ ނުދޭންވެގެން.

    48
    1
  3. ހުސޭނުބެ

    ކަލޭމެންނަށް ވެރިކަން ހޯދައިދިނުމަށް ކަޅުފޮށީގައި ފަނޑިޔާރުންނަށް ރިޝްވަތުދިން ބޭބެގަނޑާމެދު އޯގާވެރިވެބަލަ! ދެތިކި ޕީ.

    46
    2
  4. ޟިރާރު

    އަސްލަމް މާމޮޅު ވާހަކަ ނުދައްކާ..އެމްޑީޕީ ހިންގި ޖަރީމާތައް ފޮރުވަން ނޫޅެ..ކީއްވެގެންތިޔަ ބުނާ ކޮމިޝަނުން 2009 ފެށިގެން މިއަދާ ހަމައަށް ހިންގާފައި ހުރި ހުރިހާ ޖަރީމާ އެއް ނުބަލާ 8 ފެބްރުއަރީ 2012 ފެށިގެން މަސްއަލަ ތައްބަލަނީ..އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާ ކުށަކައް ނުވަނީތ؟ ބޭސް ގެނައުމުގެ ނަމުގައި ޕްރީޕެއިޑް ޝިއުނާ ދިން 11 މިލިއަން ..އަބުދުﷲ ގާޒީ ވަަގައް ނެގުން އެއީ ނުހިގާ ކަންކަންތަ؟

    65
    3
  5. ފޮއްބެ

    ޢަނެއްކާ އަނެއް ކަންތައް.... ވަޅުލާފަ އެއޮތީ ބުދެއް..... ހޫން.....ތީ މިހާރު ގައުމުގަ އޮތް އެންމެ ބޮޑު މައްސަލައަކީ.

  6. އަޙްމަދު

    މީނާ މަޖްލީހުގައި 3 ދައުރު ވެ މީހާރު 4 ވަނަ ދައުރު. އަދި ކިރިޔާތަ ހޭވެރިކަންވީ! ފާއިތުވި ފަނަރަ އަހަރު ކޮންތާނކުތޯ އުޅުނީ. ޔާމީނޭ ކިޔާނެ ކަމެއްނެތް! ކަލޭމެންގެ ދިގު 3 އަހަރުވެސް ދިޔަ ކޮންކަމެއްތޯ ކުރެވުނީ!

    ރައްޔިތުންގެ މަޖްލީހުގެ ރައީސަކަށް މީނާ އަންނަނީ ކިޔައި ޑްރާމަ ޖައްސައިގެން އައިސް ކޯނޗެކޭ ތިކިޔަނީ! މިހާރުވެސް ތިކުޅެނީ ޑްރާމާ. ޑްރާމާ މަޖްލީސް!!!

  7. ޓަވަރު

    ވަޅުލާފަ އޮތީ އަނެއްކާ އަސްލަމު ކިޔާ މީހެއް ނޫންބާ؟

  8. ހޮޅިމީހާ

    ހަމައިގަ ނުތިބޭ މީހުން ގޮވާނީ ކޮސް.

  9. ޕައްލަންބެ

    މިހާރު ކަލޭމެންގެ ކުޅިގަނޑު ތިފެށުނީކަން އެންމެނައަ ވެސްއެނގޭ މިހާރު ފުރަތަމަ ކަމަކައް ތިއުޅެނީ ބެއްޔާގެ މީހުންކޮޅު ސަރުކާރު ތެރޭން ބޭރު ކޮއްލާނެ ގޮތެއް ހޯދަން އޭގެފަހުން ދެން ދިމާކުރާނީ ސޭޓާ އެއިރުން ހުރިހާކަމެއް ހަމަވީ.

  10. ޢަދުރޭ

    ވިހަމަނާ ފުށި ނުވަތަ މިހާރުގެ ގޮތުން ނަމަ ކުރުނބާ ވިލެޖް ގައި ވަޅުލާފަ ވަނީ މުޙައްމަދު އަމީންގެ ހަށިގަނޑު ކަމެއް އެމަނިކުފާނުގެ ކާފަ ދަރިން ނަކަށް ޔަޤީނެއް ނުވޭ . ކިހާ ދެރަ ކަމެއް މި ޖަޒީރާ ކަކުނިތަކާ ހެދި . ކަށްވަޅަށް ބޯ ބާނައިގެން މާޒީގެ ތެރެއަށް އަލުންގޮސް އިބްނު ބަތޫތާގެ ފަނޑިޔާރުކަމުގެ ޒަމާނަށް ޤަވްމު ގެންދަން މިއުޅެނީ. މިއޮށް ހުރިހާ ދުވަހުގެ ތަރައްޤީ ފެނަށް