ޖޭއެސްސީގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވަތަ ނޫންކަމަށް މަޖިލީހަކަށް ކަނޑަނޭޅޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލި ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީން ކަމެއް ގޯސްކޮށް ކުރާނަމަ ނުވަތަ ސުޕްރީމް ކޯޓުން އެކަމާ ބެހޭނަމަ ޖޭއެސްސިއަށް އެދިގެން އަދި ގާނޫނުތަކަށް ބަދަލު ގެނެސްގެން ނަމަވެސް މަޖިލީހަށް އިޖްރާއަތުގެ ތެރެއިން އެ ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ މަޖިލީހުގައި އޮންނަނީ މައިގަނޑު ދެ މަސައްކަތް ކަމަށާއި، އެއީ ގާނޫނު ހެދުމާއި ޖަވާބުދާރީ ކުރުުވުން ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ ރައްޔިތުންގެ މަޖިލީހަކަށް ނުނިންމޭނެ, އެ ބާރަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ނޫން އަޅަންޖެހެ ފިޔަވަޅުތައް އަޅަންވީ. ނަމަވެސް ކޮމިޝަން ނުވަތަ މިނިވަން މުއައްސަސާއަކުން ނިންމާ ނިންމުންތައް ގާނޫނީ ހައިސިއްޔަތާމެދު ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ނުވެވޭނެ." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ އެންމެ މަތީގައި އޮންނަނީ ގާނޫނު އަސާސީ ކަމަށާއި، ގާނުނު އަސާސީއަށްވުރެ މަތީގައި މަޖިލިސް ނޯންނާނެ ކަމަށެވެ.

"ރާއްޖޭގައި އޮތީ ސުޕްރިމަސީ އޮފް ދަ ޕާލަމެންޓެއް ނޫން، ރާއްޖޭގައި އޮންނަނީ ސުޕްރިމަސީ އޮފް ދަ ކޮންސްޓިޓިއުޝަން ރައްޔިތުންގެ މަޖިލިސް ވެސް ހިނގަން ޖެހޭނީ ގާނޫނު އަސާސީގެ ދަށުން " އަލީ ހުސެއިން ވިދާޅުވިއެވެ.

ރޭ ބޭއްވި ކޮމިޓީއަަކީ ޖޭއެސްސީން ނިންމި ނިންމުން ސައްހަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ކަނޑައަޅަން ޖެހޭ ގޮތަށް ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމެކެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިނބޫ

    މާތް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް. ކަލޭ ތީ މާތް މީހެއް ނޫން. މި ހާލަތަށް ގައުމު ވައްޓާލަން ނިކަން ބޭނުންވި މީހެއް ކަލެއަކީ. ދެން އަތް ޖަހާ. ނަފްރަތު ކުރަން ކަލެއަށް.

    39
    8
  2. ކިންގފިޝަރ

    ކަނޑައެޅިފައިވާ އުސޫލު ހާމަކޮށްފިއްޔާ ގިނަބަޔަކު ނަފްރަތު ކުރުމަކީ މިހާރު އާދައެއް. ޤއ ގެ ވެރިކަން ނެގެހެއްޓޭގޮތަށް ޤާނޫނުތައް މިހާރުއޮތީ ބައްޓަންވެފައި. އެެހެންކަަމަށްވާނަމަ އެވިދާޅުވަނީ ރަގަޅަށް. ޤާނޫނުހަދާ މަޖިލިހުން ޤާނޫނު މުގުރުމުން ދެން ޤާނޫނާ އެއްގޮތަށް އެހެން މުއައްސަސާތައް ބޯލެނބުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ.

    3
    1
  3. ޥިންދު

    ޖޭއެސްސީގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވަތަ ނޫންކަމަށް މަޖިލީހަކަށް ކަނޑަނޭޅޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލި ހުސައިން ވިދާޅުވެއްޖެއެވެ.
    މިއީ ޙަޤީޤަތުގައިވެސް އިޚްލާޞްތެރި ބޭފުޅުންނަކީ ސާބަސް ޢަލީ ޙުސައިން އަށް

    5
    2
  4. ެައަލިބިޔާއްކަލޯ

    ތީގެ މާނައަކީ ކުޑަ ހަސަނަށް ގާނޫނުއަސާސީގެ އަލިފު ވެސްނޭގެނިއްޔޭ ދޮތަ
    ބުނަން ލަދު ލަދު ލަދު............ބކރ ތަތް

    2
    1
  5. ބޮޑުބެ

    ރަންކޮޅާ ރާއްޖެއަށް ވާގޮތް! ތިންބާރު ވަކިކުރަން ނެގި މަޖިލީހުން ތިންބާރު އެއްކުރަން ތެޅެމަރުވަނީ ރައްޔިތުން ކޮބާ!

    9
    1
  6. ލައިލާ

    މި ހާލަތަށް ގައުމު ވައްޓާލަން ނިކަން ބޭނުންވި މީހެއް އަހަރެމެންނުދެކެންތީއެއްވެސްމީހެއްކަމަކައް ތީތިކަހަލަ އެމްޑީޕީމީހުންގެ ވައްތަރު މީހުންގެބޮލުގަދޮގުތުހުމަތު އަޅުވާމީހެއްތީ

  7. ޙުސެން

    ރާއްޖޭގެ މަހުޖަނުން ބޭނުމީ މިފަދަ ކޮރަޕްޓް ޖޭދިޝަރީއެކެވެ. އެއީ އެމީހުން ބޭނުން އިރަކު ބޭނުން ޙުކުމެއް އެތަނުން ނެރެލެވޭނެ ތީއެވެ. މިހާރު ކުރިން ކުރި ޙުކުމް ތައް ބާޠިލުކޮށް ކިތައްބަޔަކަށް،ގިނަ ޢަދަދުން ފަިސާ ހޯދާދެވިއްޖެ ތޯއެވެ؟