އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލްގެ ޓްވީޓަކަށް ރައްދުދެއްވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ފައިރޫޒަކީ ފުލުހުންގެ ވަޒީފާގައި ހުންނަވައިގެން މީސް މީޑިއާގައި ސިޔާސީ ޕޯސްޓްތައް ކުރައްވާ، ތަފާތު ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވި ބޭފުޅެކެވެ. ޔާމީންގެ ވެރިކަމުގައި ފައިރޫޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރި ނަމަވެސް ރައީސް ޞާލިހްގެ ވެރިކަމުގައި ފައިރޫޒަށް ވަނީ އަލުން ފުލުހުންގެ ވަޒީފާ ދީފައެވެ.

ފުލުހުން ޓޯ ކުރާ ވެރިކަލް މިހާރު ނައްތާލާ ގޮތައް ނައްތާލުމަކީ އެންމެ ރަނގަޅު ގޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ ޚަލީލް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ ފައިރޫޒް ވިދާޅުވީ ހެޔޮ ބަދަލު ގެނެވޭ މަޤާމުގައި ތިއްބަވައިގެން މޮޅުކޮށް ކުރެވޭނެ ގޮތް ހެއްދެވިނަމަ ތިކަން މިއަދު ކުރާނީ ޝައްކެތް ނެތް ގޮތުގައި އެ މޮޅު ގޮތަށް ކަމަށެވެ. "މިއަދު ޢަމަލުކުރަމުން ދަނީ އެކަމަށް ކަނޑައަޅުއްވާފައިވާ ގޮތަށް." ފައިރޫޒް ވިދާޅުވިއެވެ.

ފައިރޫޒް ސިޔާސީ ބޭފުޅަކަށް ރައްދު ދެއްވުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ.

ފައިރޫޒްގެ ޓްވީޓާއި ގުޅިގެން ޒާހިދު ރަމީޒު ކުރި ޓްވީޓެއްގައި ޕޮލިސް ކޮނިޝަނަރ މުހައްމަދު ހަމީދު ޓެގް ކުރެއްވުމަށް ފަހު ވިދާޅުވީ ފުލުހުންގެ މުއައްސަަސާ ސިޔާސީ ތަނަކަށް ނުހަދާ ރައްޔިތުންގެ އިތުބާރު ކުރާ ތަނަކަށް ހަދާނެ ކަމަށް ކޮމިޝަނަރ ހަމީދު ވިދާޅުވި އަޑު އިވުނު ކަމަށެވެ. "އެކަމަކު ހައި ރޭންކްގެ އޮފިސަރެއް ސިޔާސީ މީހަކަށް މިގޮތައް ސިޔާސީ ޓްވީޓެއް ކުރުމުން ސުވާލު އުފެދޭ." ޒާހިދު ވިދާޅުވިއެވެ.

ފައިރޫޒަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ގައި ފުލުހުން އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ނިކުތުމުން ފުލުހުން ލީޑް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރި ބޭފުޅެކެވެ. އެދުވަހު އޭނާ ވަނީ އަމިއްލަ އަށް ޕޮލިސް ކޮމިޝަނަރު ކަމާވެސް ހަވާލުވެފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން ގިނަ ދުވަސްތަކެއް ވަންދެން ފައިރޫޒަށް އަމާޒުވިއެވެ.

ފުލުހުން ސިޔާސީ ނުކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވީނަމަވެސް އަދިވެސް ފުލުހުން ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ލެއްގިމަގާމެއް ދިފާއުކުރެވޭނީ ސިޔާސީވެގެން މިހާރުތީ މޯލްޑިވްސް ސިޔާސީ ސޭވިސް

    97
    4
  2. ށިޔާށި

    ޣައުމުގެ ހިގާ ކަންކަމަން ފާޑު ކިޔާ ކޮންމެ މީހަކީ ސިޔާސީ މީހެއް ނޫން

    19
    66
  3. ޙަމްދޫން

    ހަލީލު އެއީ ހުވެފަނީ މެންބަރެއް ދޮގުވެރިންނަށް ރައްދުދޭން ޖެހޭނެ

    14
    69
  4. ހަސަން ނ

    ސިޔާސި ވިސްނުމުގެ މީހުން ފުލުހުންގެ
    މަގާމުތަކުން އިސްތިއުފާދީ

    75
    4
  5. ސަޓޯ

    އެއީކީ ރައްދުދިނުމެއް ނޫން... ފައިރޫޝު އެބުނީ ހެޔޮކޮށް... ގުޑް ބޯއި ފައިރޫޝް

    18
    47
  6. ސައިމާ

    ސިޔާސީ ބޭފުޅުންވެސް ދެން ފުލުހުންގެ ވާހަކަ ނުދައްކަންވީނު. ފައިރޫޝްގެ ވާހަކަ ގޯހެއްނޫން. މަޖިލިސްގަ ތިއްބެވިއިރު އެޤާނޫނު އެވިދާޅުވާ ރަނގަޅުގޮތަށް ހެއްދެވިނަމަ ރަނގަޅުވީސް ދެއްތޯ.

    19
    45
  7. އަފީ

    ފުލުހުންގެ އިދާރާ މިހާވަރަށް މިހާރު ސިޔާސީ ވީ ތޯ؟ މިހާރު މީ ހައްދު ނެއްޓުން. މިކަހަލަ ތާކުން ތާކު ރުޑިން ފުލުސް އޮފީހުގައި ތިބުމުން މުޅި ފުލުހުންގެ އިދާރާގެ އަގު މި ވެއްޓެނީ! މިކަލެގެ މިހާރުން މިހާރަށް ބޭރު ކުރޭ! ފުލުހުންގެ އިދާރާ ބްލީޗް އާޢި ޑިތޯލް ބޭނުކޮށްގެން ދޮވެ ސާފްކުރަން ޖެހިފައި މިވަނީ!

  8. ކާއްޓޭ

    ފައިރޫޒަކީސިޔާސީމީހެއްބާ،

    13
    2
  9. ޖޖޖ

    މަގާމް ގެއްލިދާނެތީ ކުރާކަމަކާ ވައްތަރީ

    17
    1
  10. ދަތްދޫނި

    7 ފެބްރުއަރީ ގައި ފުލުހުން ނުކުމެ ރައްޔިތުން ބީތާ އަރުވާލީ ވެސް ހަމަ އުސޫލުގެ ދަށުންތޯ ޙަލީލު އާއި ސުވާލު ކޮއްލަން ބޭނުމެވެ. ތަމެންގެ ވެރިކަމުގައި އެކަމަށް ހޯދާދެއްވި ހައްލަކީ ކޮބާތޯ! އަދިވެސް ހަމަ އެގޮތައް ކަންކަން އެވެރިން ލައްވާ ކުރުވޭތޯ މަސައްކަތް ކުރައްވަނީތޯ! ތިޔަ ހުވަފެން ނެދެކެމާތޯއެވެ.

  11. ސެލްފީނާ ސޯލިހް

    މަގާމު ގެއްލުނީ ސިޔާސަތު ދިފާއު ނުކުރާތީ. އަޅުން އަނބުރާ ވަޒީފާދިނީ އާސަރުކާރުގެ ސިޔާސަތު ދިފާއު ކުރާނެތީ. އެހެންވީމަ ފަޒީފާގެ ބިޜެއް މިހާރަކުނެތްކަން ހަމަ ކަށަވަރު.

    15
    1
  12. ފައިސަލް

    ފައިވްރޫޒް މޮޔަފުޅުވީތޯ

    14
    • މޮޔަފުޅު

      ހަލީލުމެން ނޫންބާ މަޖުލީހުގަ ތިބިގެން ތިގޮތަށް ޤާނޫނާއި އުސޫލް ތާށް ކަނޑައެޅީ

      1
      1
  13. ސުހާ

    ފައިރޫޒް އެބުނީ ހަމަތެދު.

  14. ގޑން

    އޭރުވެސް އޮތްގޮތަށް މިހާރުވެސް ބަދަލުވީ މޫނު ތައް. ޢަމަލު އެކައްޗެއް. ކުރާގޮތް ތަފާތީ. ޚުދު މުޚްތާރުކަން ކުޑަ ތަންކޮޅެއް މަތީގައި އުޅެނީ

    5
    1
  15. އަންތަރީސް

    ގާނޫނެއް ނެތޭކިއާފަ ރައްޔަތުންގެ މުދާ ގޮތެއްފޮތެއް ނުބަލާ ނައްތާލަންވީތޯ؟ ތިއައީތޯ އޯތެރިކަމަކީ؟