ގައިދީންގެ ބޯ ތުނިކޮށް ނުކޮށާކަމަށް ބުނެ ކަރެކްޝަންސް އިން ހެދީ ދޮގު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިދިޔަ ބުރާސް ފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރުމާއި ގުޅިގެން ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ޖަލަށް ޒިޔާރާތްކުރެއްވުމަށް ފަހު މާލެ ވަޑައިގެން ތިން ނަންބަރު ފާލަމުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

"މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފަ. ހަމަނުޖެހުން އުފެދުނީ ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނުމުން. ނަމަވެސް ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރި ވާހަކަ އަކީ ހަޤީޤަތާއި އެއްގޮތް ވާހަކައެއް ނޫން. ޓްރިމަރެއް ބޭނުންކޮށްގެން ގައިދީއެއް ބޯ ތުނި ކުރި ކަމުގެ މައުލޫމާތު ލިބިފައިވޭ. އެކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އިމްރާން ވިދާޅުވިއެވެ.

ކަރެކްޝަންސް ގައިދީންގެ ބޯ ބޭލި ކަމަށް ފެތުރުނު ވާހަކަތައް އިއްޔެ އިން ވަނީ ދޮގުކޮށްފަ އެވެ. އިމްރާން ވިދާޅުވީ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކުގައިވެސް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށާއި އަދި އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ހިންގައިގެން ނުވާނެ ކަމަށެވެ.

މި މައްސަލަ މިހާރު ގެންދަނީ ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އިތުރުން ރައްޔިތުންގެ މަޖިލީހުންވެސް ބަލަމުންނެވެ. ހަމައެހެންމެ، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ކޮމެޓީ އެއްގެ ބައްދަލުވުމަކަށް، ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ އިސްވެރިން ހާޒިރު ކުރަންވެސް ވަނީ ނިންމާފައެވެ.

މިއަދު މެންދުރު ބޭއްވި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ މިރޭ 8:30 އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ކަންތައްތަކާއި ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލައަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލަ ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މިހާރު ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަބްދުއްލާ

    ގައިދީންގެ ބޯ ތުނިކޮށް ކޮށި، ކަރެކްޝަންސް އިން ހެދީ ދޮގު - އިމްރާން

    އިމްރާން ދޮގުވެރިއެއް

    އިމްރާން އާނމްރައްުޔިތުތިންގެ ކުރިމަތީ ބުނީ " ތިމަން އަތުގައި މިހިރީޔޭ ޑރ އަރާސީމް މަރާލިމީހާގެ ލިޔެކިޔުންތަށް ''

    31
    1
    • އިމްރާނާސިވާލުކުރޭ

      ގާތިލުންގެ ދިފާއުގަ ސޭކު އިމްރާން ނިކުމެއްޖެ...ހެޑްލައިން ސަޅިވާނެ މިހެންއިންނަމަ...މީ ގަތިލުންތަކެއް ހިމާޔަތް ކުރި ފުރަތަމަ ހޮމްމިނިސްޓަރު... އެވެސް ބުންފުޅި ނުދީގެން...އިމްރާން އަކީ ޖަލަށް ވަގަށް ފޯނުވެއްދިމީހެއް މިމައްސަލަ ބަލާނީކާކު...؟؟؟

  2. ކަމަނަ

    ކޮބާ މީކިހާ ވަރެއް އަދި އައްމަސް ގައުމުހަލާކު ރަގަޅު ވާނެތަ
    ޢިންސާފު ލިބޭނެތަ
    ތަރައްގީ ވާނެތަ
    ޢަނިޔާކުރޭތަ
    ޢަނިޔާވެރިކަން ހުއްޓުވަން އައީ މިސަރުކާރަކުންއަނިޔާއެތްނުކުރާނެ

    22
    2
  3. ޢަޒީޒު

    ރަރަނގަޅު ބޮލާއި ތުނބުޅި ހުންނަންޖެހޭނީ ރީތިކޮށް ތުނިކޮށް ކޮށާފަ އެއީ މައްސަލައެއްނޫން..ތަންތަނއދިގުކޮށް ބޭނުންގޮތަކައް އުޅެންބޭނުމިއްޔާ ހަލައް ގެންދާ ކަގަލަކަންކަން ނުކޮށް އުޅެވޭތޯބަލާބަލަ..

    10
    16
  4. ސަޓޯ

    ބަލަގަ ކޮބާތަ މައްސަލައަކީ... ޖަލުގަ ތިބޭ މީހުން ހުންނަން ޖެހޭނީ ރީތިކޮށް ބޯކޮށިފަ ޑީސަންޓުކޮއް...

    4
    17
  5. ކެޔޮޅު

    ގައިދީންގެ ބޯތުނިކޮއް ކޮށިވާހަކަޔާ ބޯދޮއްވިވާހަކަޔާ ތެޔޮލީވާހަކަ ނުދައްކާ ދެންހެޔޮ ލަދުން ބޯހަލާކު ކީއްތަތިކުރީ؟؟؟؟

    9
    3
  6. މަރީ

    މީހަކު ތިކަމުގައި ބުނާނެ މާބޮޑު އެއްޗެއް ނޮއޮންނާނެ އިމްރާނުއަށް ޖަޅުގެ ހަގީގަތް މާބޮޑައްވެސް އިގޭނެނޫންތޯ ޖަޅުން ފުރީކޮށް

  7. Anonymous

    ޖަޅުން ފުރީކޮށް ވިއްކާ މަސްތުވާތަކެތި ވިއްކުން އެބަ ހުއްޓުވޭތޯ ؟؟؟

    10
  8. ދެބައިކުޅަ

    ދެން މަށައް ފެންނަނީ މައުމޫނު ދައުރުގައި ޖަލު ދޫކޮށްޅާފައި އޮތްގޮތައް ދޫކޮށްލަން ހުރިހާ ކަރެކްޝަންސްގެ ސްޓާފުންވެގެން. އާފަހެ މިމީހުން ގޮނޑީގައި ޓައިއަޅާގެން ތިބީމަ މިމީހުންނަކަށް ނޭންގޭ ޖަލުގައި ތިބީ އެކިމީހުންގެ ހައްގައް އަރާގަނެފައި ތިބިމީހުން ކަމެއްވެސް. އޮފިސަރައް ހަމަލާ ދިނީމައޭނު އަނިޔާވީ. އިމްރާނުވެސް ޖަލުގައި އޮވެފައި ތިހިރީ އަނިޔާއެއް ނުކުރޭ

    8
    1
    • ކަލޭ

      ގައިމު އިމުރާނު އަބަދު ހަޅެލެވީ ސަރުކާރޭ އަނިޔާއޭ ކިޔާގެން... މިހާރި މިވާ އެއްޗެއް ނޭނގުނު

  9. ހެހެހެ

    ފޭކް އިމްރާންގެ ވާހަކަ އަކީ އިތިބާރު ކުރެވޭ އެއްޗެއް ނޫން.

    11
  10. މިނިސްޓަރު

    އިމްރާން ވެސް ތީ ގައިދީ އެއް. ގައިދީ އަކަށް މިނިސްޓަރު ކަން ދިނީމަ ތިކަހަލަ ވާހަކަ ދައްކާނީ.