ދުނިޔެ ދެން މާގިނަދުވަހަކު އޮވެދާނެހެން ހިޔެއް ނުވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް ސްކޫލްތަކުގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ބެހޭގޮތުން އެންވަޔަރުމެންޓް އެންޑް ކުލައިމެޓް ޗޭންޖު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ޤަރާރަކީ މުހިންމު ގަރާރެއް ކަމަށް ދެކޭ ކަމަށެވެ.

"އިންސާނުން ވަނީ ދުނިޔެއަށް ވަރަށް ވަރު ކޮށްފައި. އަހަރުމެން ވެސް އުޅެމުންދާ ތިމާވެށި އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުގެ ސަބަބުން ދެން މާގިނަދުވަހަކު ދުނިޔެ އޮވެދާނެ ކަމަށް ހުދު އަޅުގަނޑު ވެސް އަދި ސައިންވެރިން ވެސް ނުދެކޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންސާނުންގެ މި އަމަލުތަލުގެ ސަބަބުން މިހާރު ދުނިޔެ މިއޮތްވަރުގައި ހިފެހެއްޓިދާނެ ކަމަށް ސައިންސްވެރިން ނުދެކޭ އިރު ސައިންސްގެ މައުލޫމާތަށް ބަލާއިރު މި ބަދަލުތަކަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި ފެނިފައިވާ ކަންކަން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރަގީގެ ޕްރޮޖެކްޓް ތަށް ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށާއި އެހެންނަމަވެސް ގުދުރަތީ ރޭވުމާ ހިލާފަށއ ހިނގާ މަސައްކަތްތަކަށް ވާންނުޖެހޭ ކަމަށެވެ.

"ކޮންމެ ރަށެއްވެސް ދާނީ ގިރަމުން ވައި ބާރުވެ ކަނޑުގެ ދިޔަ ބޮޑުވޭ، އެއްފަހަރާ ވަރަށްބޯކޮށް ވެހި ފެންބޮޑުވުން ގާތްވާނެ މިހެން ކަންތަށް ވާއިރު ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގަވާއިރު މިފަދަ ކަންކަމަށް ވިސްނަން ޖެހޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެ ކުރިން ވެސް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ތިމާވެށީގެ މައްސަލަތަކުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ޅކުޔ

    ބޮޑުސޭޙް

    74
    5
    • ޢ

      ބޮޑުސޭކް

      72
      1
      • ލައިމާނު

        ބޯގޯސް

        5
        1
  2. ހެޔި

    މާކުރިންވެސް އިނގޭ ކަމެއްތި...ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޒާރުދެއްވާފަވަނީ...އައު ވާހަކައެއް ދައްކަބަލަ، ސިންގަލޭ ޕުލާސްޓިކޭ ކަހަރުވަކޭ ނުކިޔަ.

    131
    6
    • ކޮސް

      ތިޔަ ބުނި މީހަކު ބުނެފަ އެބަހުރި ތިކަހަލަ ކޮސް ކިތަންމެ ވާހަކައެއް.

      52
      11
    • ސަކީނާ

      އެހެންވީމާ ނަޝީދުވެސް އެވިދާޅުވަނީ ރަސޫލާގެވެސް ބަސްކޮޅުތާދޯ

      6
      26
      • އެސް

        އެބުނަނީ ޔަހޫދީން ބުނާ ވާހަކަ. ޔަހޫދީން އެބުނަނީ 2022 ވަނަ އަހަރު ދުނިޔެ ނިމޭނެކަމަށް.

        14
        3
  3. ޙަސަންފުޅު ދޮހޮއްތު

    އެހެން ވީމަ ތިޔައުޅޭ ނުބައި ނުލަފާ ގޮތްގަނޑު ދޫކޮށްލާ، އަވަހަށް ތައުބާވެ ހެޔޮމަގު ޚިޔާރުކުރޭ!

    172
    3
  4. އަޒްގެޑާ

    ދީނީ ގޮތުންވެސް ދުނިޔެވީ ނަޒަރިއްޔާތުން ބަލާއިރުވެސް ނަޝީދު އެ ވިދާޅުވަނީ ތެދަކަށް ވެދާނެ.. ފަހު ޒަމާން ނިމެން ކާރިވެއްޖެ.

    74
    10
  5. ބެއްޔާ

    މީނޭގޭ އެއްކަމެއްވެސް އޮންނަ އިންސާނެއް ނޫން ހަމަ އެފަދައިން ނުބެހޭ ކަމެއް ވެސް ނުމެނެއްމެ ހުރިހިތާމަ އެއްގެ ބޮޑުކަމާއޭ

    92
    1
  6. ރޯނު އެދުރު

    މިކަލޭގެއަށް އެނގޭބާ ޔައުޖޫޖު ބާގައިގެ މީހުން ނުކުމެ ގަސްތައް ކައި ހުސްކުރާނެ ކަމާއި ކޯރުތައް ބޮއެ ހުސްކުރާނެ ކަން. އަދި ދުނިޔެ ނެތިގެން ދާނީ ﷲ ގެ އަމުރުފުޅަށް ފުމެލެވޭ ތާޅަފިއްޔާ އެކީކަން މިކަލޭގެ ގަބޫލު ކުރޭބާ.

    97
    3
    • ލުބާސް

      ތިބާއަށް ނޭނގޭތޯ ކޯރުތަކުން ފެން ހުސްވެ ދުނިޔޭގެ ބޮޑެތި ޖަންގަލިތައް ހަނަފަސް ސަހަރާއަށް ވަމުންދާކަން. ޔައުޖޫޖް ވަ މައުޖޫޖް ފާޅުވެއްޖެ ކިތަންމެ ޒަމާނެއް. އެމީހުން މިހާރު ވެރިކަން ކުރަނީ ދުނިޔޭގައި

      24
      16
      • އަލީ

        ޔައުޖޫޖު މައުޖޫޖު ބާގާގެ މީހުން އަދި ފާޅެއްނުވޭ. ޢެޔަކީ ޤިޔާމައި ވުމުގެ ބޮނޑު އަލާމާތްތަކުން އެއްކަންތައް.

  7. ހުސޭނުބޭ

    ހެޔޮނުވާނެ! ރައްޔިތުންގެ މަޖިލިސް ކަލޭ ތި އިންނަ މޭޒުދަށުގައި ނަމަވެސް ސަންދޯކެއް ބަހައްޓައިގެން އިނދޭ! އޭރުން ކަލޭގެ ނުބައިކަމާހެރެ ދާންހުރި ތާކަށް އަހަރެމެންނަށްވެސް ތަންކޮޅެއް ފަސޭހައިން ފޮނުވާލެވޭނެ!

    66
    3
  8. ޢަފްލާ

    ކަލޭ ނުން އެންމެން ދުނިޔެއިން ނިމޭނެ ކަލޭ ތިގޮޑީގަ ިންނާނެ ގިޔާމަތާ ޖެހެންދެން

    50
    5
  9. ޖަހާންގީރު

    މި ކަލޭގެ މުރުތައްދު ކޮންމެ މަގަކަށް ވަންނާނެ

    48
    5
    • އާއެކޭ

      އާއެކޭ އާއެކޭ ތިޔާއީ ދިވެހިންނަށް ޖެހިފައިވާ ބޮޑު ބަލާވެރިކަމެކޭ. ޔަހޫދީންނާއި ނަސޯރާއިންނާ އެއްބައިވެގެން ގައިގައި ސޮލީބު ޓެޓޫ ވެސް ޖަހައިގެން އުޅޭ މަރުމޯލެކޭ.

      10
      2
  10. މަސްވެރިޔާ

    އެއްބަޔަކަށް ދުނިޔެ ނިމިއްޖެ ނުންތޯ،،، ހީއެއްނުވޭ، އިސްލާމްދީނަށް ފުރައްސާރުކުރާ މީހުން މާގިނަދުވަހު ދުނިޔޭގަ ތިބޭނެހެން. ... ދުނިޔެ ނިމިގެންދާނެ ދުވަސް ދެނެވޮޑިގަންނަވަނީ ﷲ ސބވތ...އިންސާނުން ކުރަންވީކަމަކީ ރަގަޅު ހެޔޮބަޔަކަށްވުން، އަދި އިސްލާހުވެ ތައުބާވުން، މަހުޝަރުގެ ލަގަބަކީ ރައީސެއްނޫންކަން ދަނެ، އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކުރަންވީ،، ތައުބާވާންޖެހޭ ކަންކަމުގައި ތައުބާވެ، މާއްދިއްޔަތުގެ ދަހިވެތިކަންދޫކޮށް އުޅުން.....

    72
    3
  11. ނަސީދު

    މީނާއައް އަނެތްކާ ވަހީބާއްވާލެވުނީތޯ ނޫނީ ހިދުކޮޅުގައި އިންގަނޑިޔަކާދިމާވީތޯ ހިނިއަންނަނީ މިކަހަލަ ސޭކުންލައިގެމް ގައުމް ހިންގަން އުޅެންފެށީމާ

    50
    3
  12. ރުޝްދީ

    މީގައި ކޮބައިތޯ ގޯސް އެއްޗެއް؟ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމަށްފަހު އަބަދުވެސް އަޑު އިވެނީ ފަހުޒަމާނުގެ ވާހަކަ، ވީމާ މުސްލިމެއްގެ ހައިސިއްޔަތުންވެސް އެއީ ގަބޫލު ކުރެވޭ ވާހަކައެއް. ފިތުނައާއި ދުރުވެ އިސްލާޙު ވާންވީ، ވައްކަމާއި ބޮޑެތި ފަސާދަ އާއި ޖަރީމާއިން ދުރުވާންވީ، ދެންއޮތީ ސައިންވެރިން ނުވަތަ ބައެއްމީހުން ބުނާކާފަރުންގެ ވާހަކަ، ތިމާވެށި ހަލާކު ވެގެން ދުނިޔެ ނިމޭ ވާހަކަ. އަޅުގަނޑު މި ދެ ވާހަކަ ވެސް ޤަބޫލު ކުރަން.

    26
    12
  13. ހުދު

    ދުނިޔެ ނިމުމުގެ ކުރިން ތިބާވެސް މަރު ހަނދާން ކުރޭ ... ދުނިޔޭގެ ނިމުމާއި ބޭހޭ ގޮތުން ގުރުއާން އާއި ރަސޫލާގެ ހަދީސް ބަސް ފުޅުތައް ކިޔާލައްވަވާ ސައިންސް ވެރިން ގާތުން އޮޅުން ފިލުވުމަށް ވުރެ މިގޮތް މާއިތުބާރު ބޮޑު ހައްގުގެ މަގުގައި ހުންނަވާ ކުފުރުވެދާނެ ބަސްތަކުން ދުރުހެލިވޭ ... ދުނިޔެ ނިމޭއިރުގެ އަލާމާތްތައް ދަސްކުރޭ ތިބާ ތިވަނީ އަނދިރި ވަޅެއްގެ ތެރޭގައި ތިޔަ ވަޅުން އެރޭނީ ލައްކަ މަސައްކަތުން އަގީދާ ވަރު ގަދަ ކޮށްގެން އިސްލާމް ދީނާ ބަދުބަސް ތައް ބުނުން ހުއްޓުނު ދުވަހަކުން.

    63
    3
    • ކަހެރުވައް

      ފޭކުބަސްތައް ކިޔައިގެން ކަންކަން އޮޅުން ފިލާނީ ތިކަހަލަ ފޭކުންނަށް

      12
      8
  14. ކުޑަބަޖަރާ

    ތިޔަ ބަހުގެ މާނައަކީ ސޯލިހު ރައީސްކަމުގައި މާގިނަދުވަހަކު ދެން ނުހުންނާނޭ. މުސްލިމަކުވިއްޔާ ގަބޫލުކުރާނެ ޤިޔާމަތާޖެހެންދެން ދުނިޔެ ދެމި އޮންނާނެކަން. އެކަމަކު އެކަން ގަބޫލުނުކޮށް ތިޔަކަހަލަވާހަކަ ދައްކާނީ ކާފަރުން.

    45
    4
    • ??

      މި 5 އަހަރު ނިމުމުގެ ކުރިން ދުނިޔެ ނިނެނީތަ؟.އަދި ވަރަށް ގިނަ ތަޙްޤީޤްވެސް، ގޮތްނޭގޭ މަރުތައްވެސް ސުބުހާނަﷲ

  15. މޮހަނު

    އެކަން އެނގޭތީދޯ މީހުންނަށް އަނިޔާވެރިވާން އަދިވެސް ތި މަސައްކަތް ކުރައްވަނީ

    39
    3
  16. ރަައްޔިތު މީހާ

    ދުނިޔެ ނިމޭނެ ދުވަހެއް އެނގޭނީ އެންމެ ފަރާތަކައް... އެންމެހާ ރައްޔިތުންނައް ހެޔޮ ވިސްނުން ދެއްވާށި.

    37
  17. ޢާމިނަ

    މިބޭފުޅާ ކުރިން ވިދާޅުވި ރާއްޖެ އަޑިއަށް ދާނެއޭވެސް

    26
  18. އަޙްމަދް

    މިނާގެ ލެވަލް ހާދަހާ މަތިވެއްޖެދޯ!؟-
    "ރޯނު އެދުރު"

    29
    1
  19. ކިއްކީއް

    އަނެއްކާ މިހަބަރު ނާދޭބާ އަލްޖަޒީރާއިން ؟ކީއްތަވާނީ މުޅި ދުނިޔެއަށް އަޑުގަދަކުރަން ނުކުތިއްޔާ ؟ ޢެންމެންގެ އީކޯ ސޭކު ރައީސް ވިއްޔާ ތިއީ.. އިހަށްދޭ ކަޑުއަޑިއަށް ދެން އަލްޖަޒީރާއިން ލައިވް ކޮށްލާ.. ދެން ހުރޭ ގޮސް މޫދުގަ ފަޓުލޫނު ތެންމާލައިން އަތް ފުރަގަހަށްލައިން ހުތުބާކިޔަން.. ދެންއެވަރުން ނުވިއްޔާ ދޭ އިގިރޭސިވިލާތަށް ވައުލު ވިދާޅުވާން.. ސަލާމަތްނުވެޔޭ!!

    21
  20. އަޙްމަދް

    ހެހޭ: މަޖިލީހުގެ ރައީސްކަމާއި އެކު ދުނިޔޭގެ ރައީސްކަންވެސް ލިބުނީތޯ!؟

    21
  21. ޖައްރާފު

    މިކަލޭގެއަށް ވެރިކަންލިބޭވާހަކަ އެވިދާޅުވަނީ އެއީ އެދައްކަން އުޅޭވާހަކައަކީ ނޭގުނޭ ތިޔަވިދާޅުވި ބަހުގެ މައުނައެއް.......

    19
    1
  22. ޟަރި

    ކުރިން އަހަރެން ހީކުރީ މިސޮރު މީ މުޅިން މޮޔަ ސޮރެއް ނޫންކަށް. މިހާރު އިންގިއްޖެ މީ މުޅިން މޮޔަކަން

    20
  23. ނަމަ

    ހީވެފަ ހީނުވާކަމެއްވެސް ނޯންނާނެ

    19
  24. އަޒާ

    ފަރަންޖީ ސޭކު...

    24
    1
  25. ޢަބްދުﷲ

    ދުނިޔެވެސް ފާނާވެ ނެތިދާނެއެވެ. މީހުންތައްވެސް މަރުވެ ހުސްވާނެއެވެ. މިކަންކަމަކީ، އެއްވެސް ޙާލެއްގައި ޝައްކުކުރެވޭނެ ކަންކަމެއްނޫނެެވެ.

    17
  26. އަލީލީ

    މީނަ ބޭނުންވަނީކަންނޭގެ ދެން މިއޮތް މަދު ދުވަސްކޮޅުގައި ވެރިކަން ކޮށްލަން.

    15
  27. ޤާދިރު

    'މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ސްކޫލްތަކުގެ ދަރިވަރުން ހުށަހެޅި ޤަރާރަކީ މުހިންމު ގަރާރެއް ކަމަށް ދެކޭ ކަމަށެވެ.' އަމިއްލަ ގޮތުން ނަމަ އެއީ ބަލައިގަންނަ އެއްޗެއް ނޫންދޯ؟

    14
  28. ބޮޑު މޮޔަ

    ނަޝީދު މި ދުނިޔެއަކީ ނިމިދާނެތަނެއް މިކައުނު ހެއްދެވި ފަރާތުން އަމުރު ކުރައްވަފައިވަނީ އެފަރާތަށް އަޅުކަން ކުރުމަށް އެއި އެއްކައުވަންތަ މާތްﷲ!

    7
    1
  29. ގާގެހި

    އެބުނީވަރަށްރަގަވާހަކައެއް މިވެރިންގެ ވެރިކަންމާގިނަދުވަހަކަށްނޯންނާނެ "އިންޝާﷲ"

  30. ނަޝައިޚު

    ނަޝީދު ބުނަންތަ ވާހަކައެއް.. ދުނިޔެ ނުނިމޭނެ ދައްޖާލު ފައުޅުކުރައްވާ ޔަހްޖޫޖް މަހުޖޫހް ފާޅުކުރައްވާ މުސްލިމުންގެ އަތުން ކާފިރު ބަލިކުރައްވާ މަހުދީގެފާނު ފައުޅުކުރައްވާ އީސާގެފާނު ފައުޅުކުރައްވާ ހުޅަންގުފަރާތުން އިރު ނާރަނީހެއް. މިކަންކަން ހިނގުމައް ފަހުގައި މެނުވީ ހަމަހިލާ ދުނިޔެ ހަލާކެއްނުވާނެއެވެ.

  31. ޛިކުރު

    ރަނގަޅިވެސް ދުނިޔެ ވީހާ އަވަހަކަށް ނެތި ދިޔައިއްޔާ އޭރުން މިދުނިޔޭގައި އެއުޅޭ ޖާހިލުންގެ ބޭއިންސާފަށް އަވަހަށް އިންސާފުލިބި ޙައްޤަށް ނަޞްރު ލިބޭނީ

  32. އަހާށޭ ބުނާބަސް

    އެހެންވީމާ ބަރުލަމާނީއޭ ކިޔާ ހަޅޭލެވުން ހުއްޓާލާ، ދީނަށް އެބުރި ރުޖޫޢުވޭ! ލިބިފައިވާ ބާރުގެ ބޭނުންކޮށް މި ޤައުމުގައި އިސްލާމީ ޝަރީޢަތް ޤާއިމްކޮށްބަލަ! ޤިޔާމަތުގެ މައިދާނުގައި ކާމިޔާބު ލިބޭނީ އޭރުން! އެދުވަހުގައި ދެއްކޭނެ ޢުޒުރެއް ނޯންނާނެ! ޖިސުޓް މީހުންނަކަށް އެއްވެސް އޯލްޓަރނެޓިވް ނެރެޓިވެއް ހޯދައިނުދެވޭނެ ޖަހަންނަމައިން މިންޖުވާކަށް!

  33. ކާށިހޮވާ

    ކޮބާ ތަމެން ބާސާ ކަނޑަމުން ދަނި ކޮށް ތަމެން ފަހާލެވޭ ވަރުގެ މަހެއް މިކަނޑަށް އަރަން ގާތް ވެއްޖެ ކަން ތަމެންނަށް އިނގޭނެ އެއް ނޫންތޭ ތަމެންނަށް ތަމެން ދެން ހެޔޮވެރިކަން ކުރާ ވާހަކަ ނުދައްކާ ރަށުތެރޭން މުޑި ކާށި ހޮވުމާއި ގެން އުޅެންވީ އެއް ނޫންތޭ މަމެން ބުނަން ނެތީމޭ ދަގަ ދަގަ ދަގަ ކާށިހޮވަން ބަލާ އެއޮތީ ކާއްޓެއް މިއޮތީ ކާއްޓެއް ހޮވާ ބަލަ ކާށި ހޮވާ ހޮވާ ހޮވާ ކާށި ހޮވާދޯ ހާއްހަހާހާހާހާހާ ހާހާހާހާހާ ހާހާހާހާހާ ހޮހޮހޮހޮ...

  34. ރާއްޖެތެރެ

    މީނާޔަ ތާއީދު މިކުރަނީ ގަމާރުން

  35. ޑީޕީ

    އަދި އެއަށް ވުރެ ކުރިން އަހަރުމެންގެ ނިމުން މަރު ވެސް މާ ގާތް ކަން ބޮޑު.