މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރުގެ ގާބިލިއްުޔަތުކަން އިތުރުކޮށް އެ މުއައްސަސާ ހަރުދަނާކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބަންޑާރަކޮށީގައި ކުރިއަށް ދިޔަ ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްގެ ދެވަނަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވެފައިވަނީ ގާނޫނީ އަދި އަސްކަރީ ދާއިރާ ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގައި ކަނޑައެޅި އާންމުކޮށްފައިވާ ޚާއްސަ ސިޔާސަތުތަކެއް ހުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ. އެހެން ނޫންނަމަ، ބައެއް ފަރާތްތަކުގެ ކިބައިގައި ހިތް ނުތަނަވަސް ކަމާއި ޝައްކު އުފެދުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ސިފައިންގެ ތެރޭގައި އެކުލަވާލެވިފައިވާ އުސޫލުތަކާއި އެންމެހާ ސިޔާސަތުތައް ވާންޖެހޭނީ ކުރިއަށް އޮތް ދުވަސްތަކުގައި މުއައްސަސާ ހިންގަންތިބޭނެ، ޒުވާން ޖީލުތަކުން ބަލައިގަންނަ، އަދި އެފަރާތްތައް ޝާމިލްވާ ސިޔާސަތުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަނަލް އަދި ޒިންމާދާރު ހިދުމަތެއް ސިފައިންނަށް ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލުތަކާއި ނިޒާމުތައް ކަނޑައެޅިފައިހުރުމަކީ މުހިއްމުކަމެއް ކަމުގައެވެ. މި ސަރުކުރާނުން ސިފައިންގެ ގާބިލުކަން ވަރުގަދަ ކުރުމަށްޓަކައި އެހީތެރިކަން ދެމުން އަންނާތީ ޝަމާލް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްގެ ދެވަނަ ބައްދަލުވުން ބޭއްވީ، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜަދިީފު

    ކަމަާނަާ ބުރުގާަކޮޮބަާ މުސިލިމަާ ؟؟؟؟

    8
    3
  2. މަސީހު

    މިހާރުމީ 5ސްޓާ ޖެނަރަލް އެކޯ މިކަމަނާއައްވުރެ މޮޅައް މިލިޓަރީކަންކަން ދަންނަމީހަކު އެމް އެން ޑީއެފް ގަވެސް ނެއްކަމައް ވިދާޅުވަނީ

    9
    3
  3. ހުސޭނުބޭ

    އަސްކަރީ ޤާބިލްކަމޭ! ދައްތާ ނަމަނަމަ ދުނިޔޭގެ 3 ވަނަ ބޮޑުހަނގުރާމަ ނުފަށާތި! މިހާރުވެސް ހިބަރުވަދު ވެއްޖެ ރަޝިޔާއަށް ގޮސް ނިއުކްލިއަރ ބޮމެއް ގެންނަން!

    11
    2
  4. އަޝީރު

    ކަލޭމެންނައް އިސްްކަންދެވޭނީ އެއްޖިންސުން ގުޅުން ހިންގުމަށާއި ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފަނާކޮއްލުމައް. ތިތަނައް ކަލޭ ލާފަ ތިހުރީ ކީއްވެކަމެއް ރައްޔިތުންނަކައް އަދި ނުއޮޅޭ.. ދީނާއި ކުޅެވިދާނެކަމައް ތިޔަދެކޭ ހުވަފެން ހަގީގަތަކައް ނެެހެދޭނެ ތިތާ ކަލޭ ހުއްޓަކަސް.

    8
    2