ކޮންމެ މާއްދާއަކަށް ވަކި ފެކަލްޓީ އެއް ނުވަތަ ވަކި މާއްދާތަކަކަށް ޙާއްޞަ ޔުނިވާރސިޓީ އެއް ހުރުމަކީ މުޙިއްމު ކަމެއް ނޫން ކަމަށް، ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ޙުސައިން ވިދާޅުވެއްޖެ އެވެ.
ހިސާން މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"ކޮންމެ މާއްދާއަކަށް ވަކި ފެކަލްޓީ އެއް ނުވަތަ ވަކި މާއްދާތަކަކަށް ޙާއްޞަ ޔުނިވާރސިޓީ އެއް އެޅުމަކީ އަޅުގަނޑުމެން އެކަން ކުރަންޖެހޭ ގޮތެއް ނޫން. އޭގެ އެންމެ މުޙިއްމު ކަމަކީ ކިޔަވައިގެން ނިކުންނަ ކުދިންނަކީ އަމިއްލަ ސިކުނޑިން ވިސްނުން ބިނާ ކުރުމަށް އެނގޭ ކުދިންނަށް ވުން. އެގޮތަށް އަޅުގަނޑުމެންނަށް އެކުދިންނަށް ޓްރެއިނިން ދެވޭނީ ރަނގަޅު މެނޭޖްމަންޓަކާއެކު ހަރުދަނާ އުޞޫލުތަކަކާއި އެކު ޔުނިވާރސީޓީ ހިންގިގެން. އިސްލާމިކް ޔުނިވަރސިޓީ އެއް ވަކިން ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑު ނުދެކުން." ހިސާން ވިދާޅުވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ، ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ ތަކާއި، ކެމްޕަސް ތައް ހުއްޓުމަކަށް އައިސް، އެތަންތަނުގެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށާއި، ސިޔާސީ ގޮތުން މުޅި ޔުނިވާރސިޓީގެ މެނޭޖްމަންޓް ކޮރަޕްޓް ވެގެން ގޮސްފައިވާ ކަމަށެވެ.
"ދިވެހި ރާއްޖޭގައި މިހުރި ޔުނިވާރސިޓީ ތަކަކީ ފެންވަރު ރަނގަޅު، ތަންތަން ކަމުގައި ހަދަން ޖެހޭ. އެ ޔުނިވަރސިޓީ ތަކުގެ ފެކަލްޓީ ތަކުގެ މަޤްޞަދަކަށް ވާން ވާނީ ފެންވަރު ރަނގަޅު ޑިގްރީ ތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނުން. ނަމަވެސް އެ ތަންތަނުގެ ފެކަލްޓީ ތަކާއި، ކެމްޕަސް ތައް ހުއްޓުމަކަށް އައިސް، އެތަންތަނުން ޚިދުމަތް ލިބެމުން ނުދާ ކަމީ އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭ ކަމެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސިޔާސީ ގޮތުން މުޅި ޔުނިވާރސިޓީގެ މެނޭޖްމަންޓް ކޮރަޕްޓް ވެގެން ދިއުމުގެ ސަބަބުން، ތަޢުލީމު ފޯރުކޮށްދެން ޖެހޭ ގޮތަށް އަތޮޅުތަކުގައި ހުރި ކެމްޕަސް ތަކުން ވަނީ ފޯރުކޮށްދިނުމަށް ނުކުޅެދިފަ." ހިސާން ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ނަމުގައި ތަނެއް ބެހެއްޓުން މުހިންމު ނޫންކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދާއިރު، ރައީސް ޞާލިހްގެ ވެރިކަމަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު އަދިވެސް އިސްލާމިކް ޔުނިވަސިޓީ އަށް ޗާންސެލަރަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.
ބޭރުން ބޮޑު އަމުރު ކަލޭމެނަށް އައީ ދޯ. ތިއީ ކަނޑައެޅިގެން ހިންގާ ބޮޑު ޖަރީމާ އެއް.
އުދުހޭ މުސަލަމެން މިއަދު ތިޔަހެން ބުނީމަ އަތްޖަހާ މީހުން އަބަދަކު ނުތިބޭނެކަން ހަނދާން ކުރާތީ ތިބެހެނީ މިޤައުމުގެ ދީނާ އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ވެއްޓޭނެ.
ތިހެން ބުނާނީ އިސްލާމްީނާއި ގުޅޭގޮތުން މަތީތައުލީމް އުގެނިގެން ތިބިމީހުން.... ލޯޔަރަކަށްވީމާ ހުރިހާ ކަމެއް އެނގުނީ ކަމަށް ނަހަދާތި.... ދީނަށް ކުރާ ކޮންމެ ފުރައްސާރައަކީ ތިމާމެންނާއިމެދުގައި މީހުން ނުރުހުން ވާނެ ކަމެއް.. އަނެއްކާ އަނެއް 23 ޑިސެމްބަރު ގެންނަން ތިޖެހުނީ....
ނުހިންގެނީ އޭ ނުބުނާތި
އެމްޑީޕީ ކިޔާ ޕާޓީއެއްވެސް އޮންނާކަށް ނުޖެހޭ.
މަޖިލީސް ކުރާނެ ގެޔެއްވެސް ހުންނާކަށް ނުޖެހޭ!
ކޮބައި އިލްޔާސް ޙުސައިން؟
އަހަ ތަންނުވެގެއި އެތަންނެ ިސާބާއި އިގިރޭސިޔާއި އަދި އެހެން މާއްދާތަން ކޭވައި ދެނެކަމާ
"އިސްލާމް" މި ލަފުޒު ފެނުނަސް، އަޑު އިވުނަސް މި ބޭފުޅުން މިގަންނަނީކީ އަމަށަކު ބިރެއް ނޫނިއްޔާ. ހާދަހާ ބިރެކޭ ތިގަންނަނީ. ފެންނަނީ "އިސްލާމް" މިލަފުޒު ބަހުގެ ރަދީފުން އުނިކޮށްލަން..
އަދި މީނާ ބުނާނެ ނަމާދުކުރާކަށް ކޮންމެހެން މިސްކިތްތަކެއްވެސް ހުންނާކަށް ނުޖެހެޔޭ ، ގޭގައިވެސް ނަމާދު ކޮއްލީމަ އޯކޭ ވާނެޔޭ
މި ލޮބުވެތި ޤައުމު ސަލާމަތް ކުރައްވާނދޭ، މި ޤައުމުގައި އިސްލާމްދީން ދަމަހައްޓަވާންދޭ!
ސަހަރޯ ހިސާން؟ ބަލަގަ ދީނޭކިޔައި ގެން ކަމަނާއަށް އަނގަ ބޮޑު ނުކުރެވޭނެ؟
މިމީހަކު މަޖިލީހަށް ހޮވަން ވޯޓުދިން ބަޔަކަށް ހަލާކުހުރި..
މިގޮތްވެސް ހަމަވަރިހަމަވާނެ މިއަދު އެހެންނުވާނީ ހަމަމިމީހުންގެ ބާރުގަ މަޢުހަދުއްދިރާސާތު ވެސްއުވާލީ ނަމަވެސް މިކަންވެސް ބޮޑެއްނުވި އެކަމު 100 ޕަސެންޓް މުސްލިމޯ ފަހެ މިގައުމުގެ ރައްޔިތުން ހަމަހޭގަބާތިބީ މިހެންގޮސް ދެންބުނާނީ ކޮންމެހެން މިސްކިތް ހުރުމަކީ މުހިއްމުކަމެއްނޫނޭ ގޭގަވެސް ކުރެވޭނެވިއްޔާއޭ މިގޮތަށްވެސް ހަމަވަރިހަމަވެ ރުހިގެން ތިބޭނެ ނަހަލާލު ވެރިކަމަށް ދަހިވެތިވި ބައިގަނޑު އުތަ އިމުރާނާ އިލިޔާސް އަދި ސިދާތާޔާ އަލީޒާހިރަށް ކޮންކަމެއް އެތިބީ އަދާލަތު ޕާޓީ އުފައްދައިގެން ހެވިފަވިއްޔަ ޔާﷲ މިގައުމު ސަލާމަތް ކުރައްވާށި އާމީން
ކަލޭމެން ދެން ނަތަންޔާހޫއާއި މޯދީއާއި ޓުރަމްޕުތަ ގެންނަނީ އިސްލާމް ކިޔަވައިދޭން.
ކިލޯގަޔާ މިހާރު ބުނެފި ކޮންމެމީހެއްގެ އަތުގަ ސްމާޓް ފޯނެއް އޮންނައިރު ކީއްކުރާ ތާޅަފިލި ތަކެންހޭ....... ޤައުމުގެ 85% އެއީ އަރުމެންކަމަށް....
ދީން އުވާލަން ކުރާމަސައްކަތް... އެމެރިކާ އާއި އެއްކޮޅަށް ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުނަށް އެމެރިކާގެ ސަރުކާރުން ނަސާރާ ދީން ފެތުރުމާއި ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ ހަޔަރ ލެވަލްގެ ބޭފުޅަކު ދީނަށް ކެރިގެން ހަޖޫޖަހާނަމަ ހިމާޔަތް ދޭނެކަމަށާއި އެބަޔަކަށް ފުރައްސާރައިގެ ބާވަތަށް ބަލާފައި ބޮޑެތި އަދަދުތަކުން ރިސްވަތުގެ ފައިސާ ލިބޭނެ ސިއްރު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައި... ވވވ ވާހަކަ މިއީ...
ކޮބާތަ ހުރިހާ ދީނީ އިލްމްވެރިން ކޮބާ އިލްޔާސް ؟ކޮބާ އިމްރާން ؟ކޮބާ ޑރ އިޔާޒް؟ ހަމަ ބުނާނެ އެއްވެސް އެއްޗެއްންތީތަ ؟ މަގާމަށް ޓަކައި ދީން ވިއްކާނުލާ ހެޔޮނުވާނެ
އިސްލާމް ނަމެއްކިޔާތީ ލަދެއްނުގަނޭތަ..މަންޖެެޭ!!
އެހެންނުންވާނީ އިސްލާމަކަށް ވީތީވެސް ހިސާން ލަދުގަންނަހެން ހީވާނީ އެމެރިކާއަށް މީނަ ބަދަލުވާންފެނޭ. ދީނީ އިލްމެއް ނެއްޖާހިލުން ވީމަ ގޮވާނެ އަގަފުޅަކޮށްފަ މިފަދަ ފުރައްސާރަ މި ހިސާނަށް ކިހާ ބައިވަރެއް ޔަހޫދީ އެމެރިކާއިން ދިނީ ސުވާލު ކުރަންފެނޭ
ގައިގަ ދަވާދު ލާގެން އޮރިޔާމުން ތިބޭމީހުން ގޮވާނެ އިސްލާމް ދީނެއް ބާއްވާކަށް ވެސް ނުފެންނަކަމަށް އަދި
ކަންތަކާޖެހުނީ މި... މާދަމާ ބުނެފާނެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ ކޮންމެހެން ޤާނޫންއަސާސީގަ އޮންނާކަށް ނުޖެހެޔޭވެސް... ޢެޖެންޑާގެކަންތައް ފެށުނީ... ޔާﷲ މިގައުމު މި މަކަރުވެރިންގެ އަތްދަށުން ސަލާމަތް ކުރައްވާށި. ޢާމީން.
މުޒާހަރާއަށް ނިކުންނަންވީ ކިހަާ ބޮޑު ކަމެއް
މިބައިގަނޑަށް ކިހިނެއްތަ ވެގެން މިއުޅެނީ ސަރުކާރަށް ހިލޭ އެހީގެ ގޮތުގަ ލިބުނު ފައިސާއިން ވީނުވީއެއް ނޭނގުނު 1.6 ބިލިއަން ހޯދަން އުޅެބަލަ އިސްލާމް ދީނާ ނުބެހި
ފުރަތަމަ މީޙާ އަވުރަ ނިވާކޮށްބަލަ . ތީއީ އމޑޕ ގެ ވައްތަރު.ކަލޭ ޙީކުރީ ކަލޭ ލޯޔަރަކަށް ވީ މަ ހުރިހާކަމެއް އެގުނީ ކަމަށްތަ.
މިނިސްޓްރީތަކުގަ ޔުނިޓްތަކާ ޑިޕާޓްމެންޓްތަކާ ނުވިތާކަށް ކޯނާތަކާ ޑެސްކް ތަކެއްވެސް އެބަހަދާ ހިންގުން ހަރުދަނާކުރާށޭ ކިޔާފަ.މީގެ ބޭނުމަކީ ކޮބާތޯ؟ކީއްކުރަންތޯ މިނިސްޓްރީތަކެއް ހަދާފަ ބޮޑެތި މުސާރަދީފަ ވަރުވަރުން މުއައްޒިފުންލައިފަ އެތިބެނީ ރައީސްއޮފީހުގަ ޑެސްކެއް ބޭންދީމަ ނިމުނީނޫންތޯ؟ޔޫތު މިނިސްޓްރީއެއް ހަދާފަ ޒުވާނުންގެ މަރުކަޒެއް،ކުޅިވަރު އެކުވެންޏެއް،ކޮންމެ ކުޅިވަރަކަށް ވަކިއޮފީހެއް ކީއްވެތޯ ހަދާފަ އެހުންނަނީ.އެކަންކަން ކުރިއަރުވަން ނޫންތޯ؟އިސްލާމް ދީނާބެހޭކަން ކުރިއަރާދާނެތީ ތިޔަހާބިރުން ތިޔައުޅުއްވަނީ ވަކިބަޔަކު ނުރުހިދާނެތީތޯ؟
ސޭހެއްގެ ދަރިޔަކު އައުރަ ނިވާ ނުކޮށްހުރެގެން އިސްލާމް ދީން ނައްތާލުމަށް ތިޔަ ކުރާ މަސައްކަތަކީ އެޖެންޑާ 19 ގެ ހަޤިޤީ މަޤުޞަދު އަދި ރޫޙު
ޤާނޫނު ހަދަން ވަކި މަޖިލިސެއްވެސް އޮންނާކަށް ނުޖެހޭ މިނިސްޓްރީތަކުން އެހަދާލާފަ ގެޒެޓް ކޮށްލީމަ މާރަގަޅުވާނެ !
ކޮންމެހެން މިޤައުގަ ކޮންމެ ކަމަކަށް ވަކި މިނިސްޓްރީ އެއް ހުންނާކަށް ނުޖެހޭ... ކަމަނާ.. ހޭޅިގަނޑު ކޯޓުން ވެސް ހުރިހާ ކަމެއް ކުރެވޭނެ.. އަދި ހިސާން މަޖިލީހުގައި ވެސް ހުންނާކަށް ނުޖެހޭ.. ތިޔައީ ކާކު..
ހިސާން ހުސައިނަށް އައުރަ ނިވާކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭކަމެއްނޫން.
ހިޝާން އެބުނީ ހަމަ ހިޝާން ބުނަންޖެހޭގޮތަށް އެއީ ކޮންމެހެން މުސްލިމެއްވިއްޔާ އައުރަ ނިވާކުރަންވެސް ނުޖެހޭތީބާ އިޝާން އައުރަނިވާނުކޮށް އެހުންނަނީ
ޔާﷲ އިސްލަމުންގެ ނަމުގައި ތިބެމެ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މިފަދަ ދައްޖާލުންގެ މައްޗަށް މިދުނިޔޭގައިވެސް އިބަސުވާމީންގެ ކޯފާއާއި ޢަޒާބު ކޮންމެވެސް ސިފައެއްގައި ދައްކަވާނދޭވެ. އާމީން
ޢިވޭގޮތުގަ މިއީ ދީނީމީހެއްގެ ދަރިއެކޯ މިބައްޕަ ގިޔާމަތްދުވހު މިކަމާ ސުވާލުކުރެވޭނެ
ހިސާނަށް އިންގިވަޑައިގަންނަވާތޯ ތިޔަ ވިދާޅުވެވޭ އެއްޗެއް.
ދަންނާށެވެ:
އިސްލާމީ ޢުލޫމަކީ މާއްދާއެއް ނޫން.
އެ ޢިލްމަކީ ޢުމުރު ހުސްވިޔަސް ކިޔަވާ ނިމޭނެ ޢިލްމެއް ނޫން.
ތިޔަ ދައްކަވާ ވާހަކަފުޅުން ދޭހަވަނީ އަޅުގަނޑުމެންގެ ޢިލްމީ ކޮށިކަން.
ކޮންމެ ދަރިއެއް އުފަންކުރަން މަންމައެއް ބޭނުންވާ ފަދައިން ކޮންމެ ޢިލްމެއްވެސް ދަސްކުރެވޭނީ އެގިންތީއެއްގެ ޢިލްމުވެރިންގެ ގާތުން. އެ ޢިލްމުގެ ހުރިހާ ބައިތައް ހިމެނޭ ޕްރޮގްރާމުތައް ފަރުމާކޮށްފައިވާ ސިސްޓަމެއްގެ ތެރެއިން މެނުވީ ޙާޞިލެއް ނުކުރެވޭނެ.
އައި.ޔޫ.އެމް އަކީ މި ހުރިހައި ބައިތައް ހިމެނޭ ޕްރޮގަރާމުތައް ކިޔަވާދޭ ޔުނިވަރސިޓީއެއް.
ވީމާ ޚިޔާލާއި ފިކުރުގެ ފުރިހަމައަށް ބޭނުންކުރައްވައިގެން ދުރުވިސްނުން އިސްކުރައްވައިގެން ބުއްދީގެ ބެނުން ހަމަގޮތުގައި ހިއްޕަވައިގެން ކަންކަމާމެދު މަޝްވަރާ ކުރުން ރަންގަޅުވާނެކަމަށް އަޅުގަނޑަށް ވަރަށް ފެނޭ
ހެދުން ލައިގެން އޮރިޔާމުން އުޅޭ އަންހެނުން
ސައިތާނީ ވިސްނުން ކަމަނާ ތިގެން ގުޅެނީ މޮޅޭ ބުނާނަން ތިބިކު ފާސް ކޮށްބަލަ
ގަމާރާ އިސްލާމްދީނަކީ ވަކި މާއްދާއެއް ނޫނެވެ އުއްމަތެކެ އިސްލާމްދީނުގައި އެތައް ކަމެއް އެކުލެވެއެވެ މަޖިލީހައް ވަދެތިތިބީ ކުފޫހަމަވެގެން ނެއްނޫނެވެ އަބޫޖަހުލަކީވެސް ރަސޫލާ ގެ އާއިލީ ބޭފުޅެއްކަމައްބުނެވެއެވެ.ހިސާނުގެ ބައްޕައކީ ކާކުކަް އިންގެއެވެ.