ޑރ. ޒިޔާދު އޭނާގެ ފޭސްބުކްޕޭޖުގައި ވަނީ ދިވެހި ބިމުގައި ހުރި އިސްލާމީ ޝަހުސިއްޔަތު އަންގައިދޭ ރަމްޒު ކަތިލުމަށް ތައްޔާރުވަނީ، އެވެސް އިސްލާހީ މަސައްކަތުގެ ތެރެއިންތޯ ސުވާލު އުފައްދަވައިފައެވެ.

ޒިޔާދު ވިދާޅުވީ މިއަދު އަޑު އުފުލަމުންދަނީ އިސްލާމިކް ޔުނިވާސިޓީ އުވާލަން ކަމަށާއި ދިވެހިންގެ ޒަމާންވީ ތައުލީމީ ކިއްލާ ދިވެހި ބިމުން ފޮހެވިގެން މިދަނީ ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީއަކީ އިސްލާމީ ޝަހުސިއްޔަތު ރަމްޒު ކޮށްދޭ އަލި ގަދަ ދަންމަރެއް ކަމަށާއި އިސްލާމީ ޔުނިވާސިޓީން ހުރިހާ ދާއިރާތަކުން ތައުލީމީ ގާބިލު ދަރިން ތަކެއް ދިވެހި މުޖްތަމައަށް ނެރެދިން ކަމަށެވެ.

އަދި އެމުއައްސަސާއާމެދު ދިވެހިންގެ ހިތްތަކުގައި ލޯބި އުފެދިފައިވާކަމަށާއި އަދި 2009 ވަނަ އަހަރު މައުހަދުވެސްވަނީ އުވާލާފައވާ ފާހަގަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ ކުއްލިއްޔާވެސް އުވާލަން އެދުވަސްވަރު މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ﷲ ގެ ރަހުމަތުން އެދުވަހު އެކަން ނުވި ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަށަށް އިސްލާމިކް ޔުނިވާސިޓީ ގެންދަން މަޖިލީހުގައި ކުރި އިއްޔެކުރެވުނު ބަހުސުގައި ގައުމީޔުނިވަރސިޓީގެ ފެކަލްޓީއަކަށް ހެދުމަށް ވާހަކަދެއްކުމުން އަދާލަތުޕާޓީންް ވެސްވަނީ އެކަމާއި ނުރުހޭކަންހާމަކޮށްފައެވެ.

އެގޮތުން އަދާލަތުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނާއި ގުޅޭ އިލްމީ ދިރާސާކޮށް ދީނުގެ އިލްމު ފެތުރުމަށް މުސްތަޤިއްލު ޔުނިވާސިޓީއެއްގެ ގޮތުގައި އިސްލާމިކް ޔުނިވާސިޓީ ހުރުން މުހިއްމު ކަމަށެވެ. އަދި މީގެ އިތުރުން ކުރީގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރު ޑރ.ޝަހީމް ޢަލީ ސަޢީދުވެސް ވަނީ މިމައްސަލާގައި ސަރުކާރަށް ފާޑުކިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮނު

    އިސްލާމްދީން މިބިންމަތިން ފުހެލުމަށް ގަދައަޅާ މަސައްކަތްކުރަމުންދާ ސަރުކާރުގެ މިކަންކަން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަކީ ރަސޫލާ ދުޢާ ދެންނެވިފަދަ ބޭފުޅެކޯ. ވީމާ ތިކަމުގަ ދެންނެތެއްނު އެއްޗެކޭ ބުނެވޭކަށް.

  2. ހެހެހެ

    ސޭކު އިލްޔާސް އާއި ޑޮލަރު އިމްރާން ކޮބާ؟

    4
    3