ދުނިޔޭގެ އެންމެ މަޝްހޫރު، އެންމެ ރީތި ޔޮޓް "މޮޓޯ ޔޮޓް-އޭ" އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.
މިޔޮޓް އިއްޔެ ރާއްޖެ އައިސް ބަނދަރު ކޮށްފައި ވަނީ ޖުމައިރާ ވިޓަވެލި އައިލެންޑް ރިސޯޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.
"މޮޓޯ ޔޮޓް-އޭ" މާލެ ކައިރިން ދަތުރުކުރި މަންޒަރު ވެސް އިއްޔެ ފެނިފައި ވެއެވެ. މާލެ ކައިރިން މިޔޮޓް ދަތުރުކުރި ވަގުތު ނަގާފައިވާ ބައެއް ފޮޓޯތައް އިންޓަނެޓްގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ހަތް ކޮޓަރި ހިމެނޭ 14 މީހުންގެ ޖާގައިގެ މިޔޮޓަކީ ރަޝިއާގެ ބިލިއަނަރު އަންދްރޭ މެލްނިޗެންކޯގެ ޔޮޓެކެވެ. މިލްކިއްޔާތުގައި 10 ބިލިއަން ޑޮލަރު ހުރި އަންދްރޭގެ "މޮޓޯ ޔޮޓް-އޭ" ގެ އަގު 300 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
"މޮޓޯ ޔޮޓް-އޭ" ވިޓަވެލި ރިސޯޓްގައި ބަނދަރު ކުރިކަން ކަށަވަރު ކުރެވުނު ނަމަވެސް އެޔޮޓުން ރާއްޖެ އައިސްފައިވާ މީހުންގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިޔޮޓް ޑިޒައިން ކުރުމުގައި އަންދްރޭގެ އަނބިކަނބަލުން އެލެކްސަންޑްރާ މެލްނިޗެންކޯ ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"މޮޓޯ ޔޮޓް-އޭ" އަކީ ދިގުމިނުގައި 119 މީޓަރު ހުންނަ ޔޮޓެކެވެ. 2008 ވަނަ އަހަރު ދުއްވަން ފެށި މިޔޮޓަކީ ގަޑިއަކު 23 މޭލު ބާރުމިނުގައި ދުވާ ޔޮޓެކެވެ. ކޮޓަރިތަކުގެ ޖާގަ ވަރަށް ބޮޑުކޮށް އެނދުތައް ވެސް އެނބުރޭ ގޮތައް ތައްޔާރުކޮށްފައިވާ ޔޮޓްގެ ފަރުނީޗަރުތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފަރުނީޗަރުތަކެކެވެ.
ތިގޮލާ ގުޅި ސްލިޕްވޭ އަށް މިރޭ އެހެލަންވާނެ
މިރައީސް ގާތުގައި ތި ޔޮޓަކީ ހަމަ ސުމެއް.
ކޮބަ އިމަގެންސީ އޮތްކަން އެމިހުންކާރީގަ ބުނެދީބަލަ. ނޭގެނީ ކަމަށް ވާނެ.
ތިޔޮޓު ރާއްޖޭގަ އޮންނަތާ އެތައް ދުވަހެއްވެއްޖެ.
ތިބުނީ ހަމަތެދެއް.
އަވަހައް ޔާމީނު ޕިންކު ޕޯޑިއަމައް އަރާބުނޭ، އެއީ މަގޭ ގެނެސްދީފައޮތް ތަރައްގީ ބަލަން މާލެއައި ޔޮޓެކޭ. ޕަކަޕަކަޕަކަޕަކަ....
އަވަހަށް ބޭރުކުރޭ.. މީ ސްޓޭޓް އޮފް އެމަޖެންސީ.. ނުރައްކާއެއް ވެދާނެ.
ތިޔަ ޔޮޓް ރާއްޖޭގައި މަހެއްހާދުވަސް ކޮށްފަ ފުރައިހެން ނުދާކަމެއްވެސް ނޭނގޭ. ހިންމަފުށި ކައިރީގައި އޮންނަތާވެސް ދެ ހަފްތާ ކޮށްފަ އެތަނުން ދިޔައީ މީގެ 2 ދުވަސް ކުރިން. ޢޭގެކުރިން އޮތީ ދޫނިދޫ އާއި ކޭވީ އާ ދެމެދު.
އަޗާ ދެންބުނާނެ ހާލަތުގޯހޯ
.ތިޔައީ ދިފާއީ ބާރެއް ޔާމީން ގެނައި. .ސާބަހޭ
ތިޔޮޓޮ 19 ޖެނުއަރީ 2018 އިން ފެށިގެން މިއަދާ ހަމައަށްވެސް ތިއުޅެނީ ރާއްޖޭގަ.
ވަރަށް ރީތި. ވަރަށް ޗާލު. ލޯބިން މަރުވާ ވަރުވޭ
119 މީޓަރެއް ނުހުންނާނެ