އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، އެ ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސާކްގެ ހަތް ގައުމާއި އިތުރު ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ ބައްދަލުވުން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު 1 އިން 3 އަށެވެ.

އައިޕީޔޫއަކީ ރައްޔިތުންގެ މަޖިލީހަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާ އެކެވެ. ރާއްޖޭގެ ސިޔާސީ ކަންކަން ހަލަބޮލިވާ ވަގުތުތަކުގައި، މަޖިލީހުގެ މެމްބަރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެ ޖަމިއްޔާގެ އެއްބާރުލުން މީގެ ކުރިން ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    ތިޔަ ބައްދަލުވުން ހަނދުގައި ނުބޭއްވޭނެތޯ؟

    2
    2
  2. ޖެތް

    އަނެއްކާ އަޑޫ ކޮންވެންޝަން ސެންޓަރު ހަދައިގެން ލާރިގަނޑު ކާލިގޮތަށް ކޮންމެވެސް އެއްޗެއް ބައިށްވައިގެން ފައިސާ ލޫޓުވާނެ ގޮތެށް ހޯދަނީމި.

    3
    1