މަހުޖަނުނަށް ހީވަނީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް ފައިސާ ހޯދުމުގެ ވަސީލަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަށް ފަނޑިޔާރު ޖަވާބުދާރީ ނުކުރެވެނީ ތިން ސަބަބަކާހުރެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައިވެސް އިންނަވާ ނަޝީދު ވިދާޅުވީ ފުރަތަމަ ސަބަބަކީ ރާއްޖޭގެ ބައެއް ފިޔަފާރިވެރިން ކަމަށާއި ވިޔަފާރިވެރިންނަށް ހީވެފައި އޮތީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް އެހީތެރިވެ ފައިސާ ހޯދުމުގެ ވަސީލަތެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ބައެެއް ވިޔަފާރިވެރިންނާއި ގާތް ގުޅުން އޮންނަ ކަމަށެވެ.
އަދި ދެވަނަ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި އޮންނަ ގާތް ގުޅުމެވެ. ސިޔާސީ ލީޑަރުން ސިޔާސީ ބާރު ހޯދުމަށްޓަކައި ފަނޑިޔާރުން ބޭނުން ކުރަމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ތިންވަނަ ސަބަބަކީ ގޭންގުތަކާއި ފަނޑިޔާރުންނާއި އޮންނަ ގުޅުން އޮންނަ ކަމަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަނޑިޔާރުންނާއި އެގުޅުން ބާއްވަމުން ގެންދާ ކަމަށެވެ.
ރައީސު ނަޝީދަކީ ހަގީގަތަށް ވަހަކަދައްކާ ބޭފުޅަކަށްނުވިޔަސް އެވިދާޅުވީ ތެދުފުޅެއް، އެ މަނިކުފާނު އަރިހުގައި އެހެރީ ފަނޑިޔާރުންނަށް ރިޝްވަތުބަހާ އެއްމެ މައިމުލު، ފެބުރުއަރީ 1ގައި ސުޕްރިމްކޯޓް ފަނޑިޔާރުން ނެރި ޢައްދާރު އަމްރަށް ބަލާލިޔަސް އަދި ފަހުގެ ރިޔާސީ އިންތިޚާބުގެ އޮޅުވާލި ވަގުވޯޓްގެ ހަގީގަތާޚިލާފު ނަތީޖާ ނެރެލިގޮތަ، އަދި އެ ވަގުވޯޓްގެ ޝަރީޢަތް ސުޕްރިންކޯޓަށް ވެއްދީމަ އެކޯޓްގައި މިހާރުތިބި ފަނޑިޔާރުންނަށް މުއްސަދިން ރިޝްވަތްދީގެން އެޝަރީޢަތްވެސް ނުބަލާ ބޭރުކޮއްލިގޮތާއި އަދި ވޯޓަށް މަކަރުހެދި ޢައްދާރު އީސީ މެމްބަރުން ގަވާޢިދާއި ޚިލާފަތް އެ ވޯޓްކަރުދާސްތައް އަންދާލި މައްސަލައިގަވެސް ޝަރުޢީ ކޯޓްތައް ހަނުތިބެގެން އުޅޭމައްސަލަ މިހިރީ ހަމަ މިގައުމުގެ މުއްސަދިން ފަނޑިޔާރުންނަށް ރިޝްވަތުދީގެން އަމިއްލަގާތަށް ބޮޑުގޮދަ ދަމަންވީމަ ކުޅުވާ ޚުދުމުޚުތާރު ރޯލު!!!
ނަޝީދު އެބުނީ ހަމަ ތެދު ވާހަކައެއް! އެކަން ހިނގާމަގު އެއީ ރައިސް ޔާމީންގެ ސަރުކާރު މަގުމަތިން ވައްޓާލަން މައުމޫނާ ގާސިމާ ޚުދު ނަޝީދުވެސް ފަނޑިޔާރުގޭގެ (ސްޕްރީމް ކޯޓުގެ) ބޭނުން ހިފި! އެއީ ރިޝްވަތުގެ ކަޅު ފައިސާ ނަހަމަ ގޮތުގައި ބޭނުން ހިފައިގެން! މުގުލުގައި ހުރީ ނަޝީދުގެ ޒަމާންވީ ދުޝްމަނު މައުމޫނު! ދެ ދުޝްމަނުން އެކުވީ ގާނޫނުތަކާއި ޚިލާފުވެގެން “ކެކުރި” ކުޑަ “ކެކުރި” އަކަށް ނުބަލާ ރައިސް ޔާމީންގެ ސަރުކާރުން ގާނޫނުގެ ދިގު އަތް މިމީހުނާ ހަމަޔަށް ގެންދިޔައީމަ ދެމީހުންވެސް އަދި ސޭޓުވެސް ސަލާމަތްވުމުގެ ބޭނުމުގައި! މިހާރު އެތިބީ މައުމޫނަށާ ގާސިމަށް ފެން ކައްކާ ބޮލީގެ އިއްޒަތް ދެވި އަދި ކެޔޮގަނޑު ކަނޑާ ލެވުނީމާ ގަހުގެ ބޭނުން ނުހިފޭފަފައިން ކަންވެ ނިމިފަ! ނަޝީދު މިހާރު މިކުރާ ކަމަކީ އޭނާވެސް ބުނާހާގޮތަކަށް ހަދާނެ ފަނޑިޔާރުގެއެއް ތައްޔާރުކުރުން! އެހެންވެ ޖޭއެސްސީގަ ޚުދު އޭނާ ހުރެ އޭނާގެ ވަކީލުންވެސް އެތަނަށް ލައިގެން އެފަދަ ބަންޑާރަ ނައިބަކުވެސް ބަހައްޓައިގެން ހަމަ ތިމާ މިހާ މިދައްކާ ވާހަކަ ހުރިގޮތަށް ކަންކަން ކުރަމުން މިދަނީ! އެހެންވީމަ މިޔަށް އަހަރެމެން ކިޔާ އުޅެނީ ނަޝީދު ގުދޯގުދޯ ގޮވަނީއޭ!
ސާބަހޭ ނަސީދު ތިވިދާޅުވާ ތިންސަބަބުގެ ތެރޭގައި ދެވަނަ ސަބަބު ގައި ހިމެނޭ މީހުންގެ ތެރޭގައި ނަސީދު ހިމެނެއެވެ. މާނައަކީ ކޯޓުތައް ހަލާކު ކުރަނީ ނަސީދު ގެ ވެސް ބައިވެރިވުން އޮވެގެންނޭތޯ ތިވިދާޅުވަނީ އެހެން ކަމަށް ވާނަމަ ނަސީދު އަކީވެސް ޣައްދާރެއް
ނުފޫޒުފޯރުވިވަރު އެންމެރަނގަޅަށްއިގޭނީ ތިބޭފުޅާއަށް މިއަދުތިޔަގޮނޑީގަ ތިޔައިންނެވީ ހަމައެއްވެސް ނުފޫޒެއްނުފޯރުވާތޯ ހަމަދަންނަވާލީ ގުދޯގުދޯނުގޮވާ!!!!
ާވަސް ނުކުމެވަަްޓާލާ
ބުއްޅަބެޔަށް ހީވަނީ އޭނާ ބޭނުން ވައްތަރެއް ޖައްސަން އޮންނަ ކުޅިވަރު ސްޓޭޖެއްހެން
ދެން މީނައަށް ހީވަނީ މިޤައުމުގެ ހުރިހާ މުއައްސަސާތަކަކީ މީނަގެ ތަނެއްހެން. ކަލޭ ދޭބަލަ އިނގިރޭސި ވިލާތަށް. މިތަނަށް ފާވެގެން އުޅެނީ ކޮން ވިހަޔެއް ލާކަށް.
ކަލޭ ފަނޑިޔާރުގެ މުށުތެރެއަށް ލާން ތެޅިއަރުވަނީ ކޯޗެކޭ ހީވާތީތަ؟
ރާއްޖޭގައި ހިގާހާ ކަމަކާ ގުޅިގެން ރަޢިއްޔަތުންގެ މަޖްލީހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަން ޖެހޭތަ..؟؟؟؟ ނުބެހޭ ކަންތަކާބެހި އަގަތަޅަން ހަދައިގެން ސަރުކާރު އެބަ ބޭޒާރުވޭ. ފޮރިން މިނިސްޓްރީއިން އިޢުލާން ކުރައްވާފައި ވާގޮތުން ލުޠުފީ ލަންކާ އެމްބަސީއަށް ދިޔައީ 1 މޭ ގައި. މަޖްލިސް ރައީސް ހާމަ ކުރެއްވި ގޮތުން އޭގެ 10 ދުވަސް ކުރިން ލުޠުފީ އެމްބެސީއަށް ހިގައްޖެ. ފަޑިޔާރުންނަކީ ކުރިއްސުރެ ނަޝީދު މާ ގަޔާވާ ބައެއް. ޢަބްދުﷲ ޤާޟީއަށް ސިފައިން މަރުކަޒެއްގައި މަޑުކޮށްލެވުނީވެސް ނަޝީދު ގެ ސަރުކާރު ގެ ދަވްރުގައި. ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު 2008 އިން ފެށިގެން ކޮންމެ ބުރެއްގައިވެސް ނަޝީދު އުޅުނީ މަހުޖަނުން ގެ އެހީ ހޯދަން. އެމް.ޑީ.ޕީ އަށް ކާމިޔާބުވި 2 ފަހަރުވެސް މިކާމިޔާބުވީ މަހުޖަނުން އެއްބާރުލުން ދިނީމާ.
އެވިދާޅުވީ ތެދުކަން ޤަބޫލު ކުރަންޖެހޭދޯ؟ ވައްކަން ކުރި މީހަކު ތިމަންނައޭ ވައްކަން ކުރީ ބުނީމަ ދެން ނުޖެހޭނެދޯ އެހެންމީހަކު ހޯދާކަށް. މިރާއްޖޭގައިހުރި އެންމެ ގިން މީހުންގެ ސަޕޯރޓް އޮތް ސިޔާސީ ލީޑަރަކީ ނަޝީދު. އެހެންވީމަ ތިމަންނަމެން ސިޔާސީ ލީޑަރުން ފަޑިޔާރުންނަށް ނުފޫޒު ފޯރުވަމޭ ބުނީމަ ދެން އެ ތެދުނުވާނެ ގޮތެއް އޮންނާނީ 3=2+2 ވާގޮތަށް.
ނަޝީދު އަކީ ވެސް މަހުޖަނެއްކަން ވަނީ ހާމަ ވެފައި. އެކައުންޓުގައި ހުރީ މިލިއަނުން. ދެން މަހުޖަނުންނޭ ބުނާ އިރު އޭނާ އަށް ވެސް މިބަސް ރައްދުނުވެ ނުދާނެ.