ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ގޮވާލާ އަދި ފެލްޓްތައް ފޭރިގަތުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެ މުޒަހާރާގައި ފަސް މީހުން ބައިވެރިވިކަމުގަވިޔަސް ކުރިއަށްގެންދާނެ ކަމަަށް އިދިކޮޅު ކޯލިޝަނުން ވިދާލުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާޢު ވިދާޅުވީ، އެ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިދިކޮޅު ޕާޓީތަކުން ބާއްވާ ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ. މި ރެލީގައި ފަސް މީހުން ވިޔަސް އަޅުގަނޑުމެން މިކަން ކުރާނަން" ޝުޖާޢު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި އިހުތިޖާޖުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން ނުގެންނާނެ ކަމަށެވެ. ބާޣީ ލުތުފީ ގެނައުމާއި އެއްކޮޅަށާއި، ފްލެޓްތައް ފޭރިގަތުމާއި ދެކޮޅަށް ކުރާ އިހުތިޖާޖުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް އެ ސަރަހައްދު ދޫކޮށް ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން އެ ހުއްދަ ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޏަމް

    ހަމަޔަގީން ތަޔައީހިތްވަރެއް ލޮބުވެތި އިއްޒަތްތެރި ރައީސް ގައުމާއިގެން ވަޑައިގަންނަވާ ހެޔޮނުވާނެ މިގައުމު ބާގީންތަށްހަލާކުކޮށްފި ގައުމެއްނެތް.

    76
    12
  2. ކައްބެ

    އަޅުގަނޑުމެން ޕޮލިހުންވެސް ބައިވެރިވާނަން.

    71
    10
  3. އަބުދުﷲޔާމީނު.

    އަބަދުވެސް މި ދައްކަނީ ކޮންމެވެސް ތަނަކަށް އެއްނުވެވިގެން އުޅޭ ވާހަކަ. ކޮންމެހެން ތަނަކަށް އެއްވާން ބޭނުމިއްޔާ ހައްޖަށްދޭ.

    13
    64
    • ހުސޭނުބޭ

      ހާދަ ވަރަކަށް ތި ކަރަނީ! ވެއްޓެން ހުރި އެއްޗެއް ނުހިފެހެއްޓޭނެ!

      42
      6
    • ރާމިޒު

      ކަލޭމެންނަކީ، ގަރަހިތަ ތަކެއް. ގަޖްނީން. އިހަށްދުވަހާ ޖެހެންދެން މަގުތަކުގައި، ރީނދޫ ވަދުޖެހި ފައިވާންތަށް ހެނދުނު ހޮވަން ހުންނަނީ، ކީއްވެ؟ މުޒާހަރާގަ ހަމަނުޖެހުން އުފައްދާފަ ދުވަން ދުވުމުގެ ތެރޭ ދޫވާ ރީނދޫ ޗައްޕަލްގަނޑުތަށް ހުންނާތީ. ހެއްދެވި ފަރާތް ހަނދާން ނުހުންނަ ބަޔަކު އިއްޔެ ވީކަމެއްވެސް ހަނދާނެއް ނުހުންނާނެ.

      9
      1
  4. ދާއިރާ

    އެމަނިކުފާނު ފަހަކަށްއައިސް ތިކަހަލަ ކަންތަކުގަ ބައިވެރިވަނީ ފޯނުން. އަނެއްކާ މަނީލޯންޑަރިން މައްސަލަފުޅުވެސް އެއޮތީ ކުރިއަށް.

    12
    36
    • Anonymous

      މިސަރުކާރުގަ މިހާރުހުސްތިބީ މަނީލޯންޑްރިން މައްސަލަބަލަން ޖެހިފަތިބިމީހުން.ހިތާމަޔަކީ މިދުނިޔެމަތިން އެމައްސަލަނުބެލޭނެ، މަޙުޝަރުދުވަހުން ޖަވާބުދާރީވާން ތައްޔާރަށް ތިބޭ.އެދުވަހަކުން ހިތިޖަޒާ ލިބޭނެ.

      26
      2
  5. ޢާން

    އުފަލުން ފޮޅިއްޖެ!އަލްޙަމްދުލިއްލާހި!
    ދިވެހިޤައުމު ސަލާމަތް ކޮއްދެއްވާ! ގަޓް ރައީސް
    ޝުކުރިއްޔާ ރައީސް ޔާމީން.
    ޝުކުރިއްޔާ އުމަރު ނަޞީރު! ހިއްވަރު ގަދަ 2ބަަޠަލުންތީ .މިކަމުގައި ހުރިހާ ދިވެހި ލޮބިވެތި ރައްޔިތުން ނުކުންނަށްވީ.

    27
    6
  6. عبدالله سعيد

    އުތީމު 3 ބެއިންނާއި ދަންޑަހެލާއި ދެޙާޖީންގެ ޝަރަފުން ޝަރަފު ލިބިގަންނާށެވެ. 2004 ގައި ވެރިކަމާ ދެކޮޅަށް ނުކުތުމުން މިރާއްޖެއަށް އެއްވެސް މޮޅެއް ރަނގަޅު ގޮތެއް ވެއްޖެހެއްޔެވެ. ލީބިޔާގައިވެސް މިޞްރުގައިވެސް ޢިރާޤުގައިވެސް ޝާމްކަރާގައިވެސް ހިނގަމުންދަނީ، މާބޮޑަށްވެސް ބިނާކުރުމުގެ ނަމުގައި ފަނާކުރުމުގެ މަސައްކަތެވެ. އެޖެންޑާ 19 ގެ ދަށުން ޢަދުލުއިންޞާފު ހޯދައި ދިނުމުގެ މާނާގައި ކުރެވޭ ކަންތައްތަކުގެ ސަބަބުން މިރާއްޖޭގެ ޞުލްޙަ މަސަލަސްކަން ގެއްލޭނެއެވެ. އިންޞާފު ހޯދައިދޭނެ ކޯޓެއް މިރާއްޖޭގައި ނުހުންނާނެއެވެ މިހާރުވެސް ބައެއް ރަށްރަށުގައި ކޯޓްރޫމުގެ ތެރޭގައި ބުނަމުންދަނީ، ޖުޑީޝަރީގައި ދަންނަވައިގެން ތިޔަ މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްލާނަމެވެ.

    12
  7. ދިވެހިދަރިން

    ދިވެހިންނޭ އަލިރަސްގެފާނުގެ ދަރިކަލުން ސަކީނާއަށް ދެއްވި ނަސޭހަތް ހަނދާންކުރޭ.. ރަސްކަލެއް ދަރިކަނބަލުންނަށް ދެއްވި ނަސޭހަތަކީ... ގައުމު ކާފަރުންގެ އަތުން މިނިވަންކުރަން ނިކުންނަ ޒުވާނެއްގެ ފައިވާން ފޮހެންވިޔަސް ދަރިފުޅު ހުންނާށޭ... އެކުވެރިންނޭ ގައުމެއްވާނެތް... އިންޑިޔާގެ އަޅުދާސްތައް ގޮސް ހުސްވެއްޖެ އުލުބޭންދިޔަސް މިހާރު ނިކުންނަން ވެއްޖެ.... މިކަމުގަ އުމަރަކީ ގަޓުހުރި ހަރުދަނާމީހެއް... އެކަކު ނިކުތަސް މަވެސް ދާނަން އިން ޝާ ﷲ

    12
  8. ޔަގީން

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްދޯ. މީދެން ބޮދުވަރު

    2
    13
    • Anonymous

      ކާކުދެކެ ތިބާ ތި ލަދުގަންނަނީ؟ ﷲ އަށް ލަދުވެތިވަންތަ؟ މައިންބަފައިންނަށް ލަދުވެތިވަންތަ؟ ތިމާގެ ނުބައި އަޚްލާޤާ މީހުންގެ އަބުރު ކަތިލާ ، ނެތިމޮށެ، ﷲ ނަހީކުރެއްވިހާ ކަމެއް ކުރަމުން ތިދުވަނީ ލަދުގަންނާތީތަ؟

      9
      1
  9. އުމަރު

    ތީ ބޮޑު ފިނޑިއެއް އެންމެފަހުގަޑީގަ ކޮންމެވެސް ބަހަނާއެއްދަށްކާފަ ފިލާނެ.

    2
    12
    • Anonymous

      ގައިމުވެސް ހައިކޮމިޝަނަކަށް ނުވަންނާނެ.

      4
      1
  10. ހާމިދު

    ރައީސް ޔާމީނަކީ، މިގައުމު މިހާތަނަށް ދުއް ގައުމީ ވަންތަ، ދީނަށްޓަކައި، އުއްމަތަށްޓަކައި މަސައްކަތްކޮށްދި ދިވެހި ރައީސް.

    15
    1
  11. ޒޫނާ

    އިދިކޮޅު ކުދިން ނިކަން ހިތާވާނެ. މަނިކުފާނުގެ އަބުރު ކަތިލާ ވަގަށް ގޮވަނީ، ވާހިތަލެއްގެ ބޮޑުކަމުންނާ ޖެލެސީން.

    6
    1
  12. ޚާލިދުބިން އަސްމާ

    މިހާރުގެ ސަރުކާރަކީ، މަނިކުފާނު ދެކެ ނިކަން ބިރުގަންނަ ސަރުކާރެއް. ކުރާހާވެސް ކަމަކީ، މަނިކުފާނު ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވި ތަރައްޤީއާ ފާގަތިކަމަށް ހަސަދަވެރިވެގެން ތިބެ، މަނިކުފާނަށް ވަގަށް ގޮވާ މަނިކުފާނުގެ އަބުރު ކަތިލުން. "ތިޖޫރީ" ގުރޫޕްގެ އެކްޓިވިސްޓުންނަކީ، އަޚްލާޤެއް ހުންނަ ބައެއްނޫން. މައިން ބަފައިންނަށްވެސް އަލިފާން ކުލައިގެ ޖާހިލުން ކޮންމެ ފަދަ ނުބައި އެއްޗެއް ކިޔަންވެސް ފަހަށްނުދާނެ.

  13. މުންދު

    އިދިކޮޅުގަ ތިބި މީހުން އެއިގެން އެންމެ މީހަކު ނުކުތަސް މުޒާހަރާއަށް ނުކުންނަންވީ. ގައުމުގެ ހާލު ގޮވަންވީ. ރަަށްރަށުގައި ތިބި ތަނެއް ދޮރެއްނޭނގޭ މީހުންނަށް ވިސްނައިދޭންވީ. ޝައިޠާނާގެ އެހީގަ ރީނދޫކުލައަށް އަޅުކަން ކުރަމުން މިދުވާ ބައިގަނޑުގެ ކިބައިން މިގައުމު މިންޖުކުރުމަށް ކުރެވެން އޮތްހާ ޖިހާދެއް ކުރަންވީ. ގައުމު މިވަނީ، ހަލާކަށް އެއްލާލެވިފަ.

  14. ތަކުރު ބެއްޔާ

    ހައްޖަން ދާން ތަ އެއްވަނީ...

    • މިނި

      ކީރިތި ﷲ އެމަނިކުފާނުގެ މަސައްކަތުގައި ބަރަކާތް ލައްވަވައި މިއެއްވުމަކީ ދިވެހި ގައުމަށް ފައިދާ ކުރަނިވި އެއްވުމެއްކަމުގައި ލައްވަވައި އިސްލާމް ދީނުގެ ޢަދުއްވުން ގިނަ މިސަރުކާރު ނިމުމުގެ ސިއްކަ ޖައްސަވާފާންދޭވެ!އާމީން

  15. ޙޫން

    ޔާންޓޭ ހިފާ ހައްޔަރުކުރޭ ދިވެހިންގެ މާލިއްޔަ ކައިގެން އެހުރީ އަވަހަށް އައްޔަރުކުރޭ......

    • ހުސޭނުބޭ

      2.8 ބިލިއަން ރުފިޔާ ދިރުވާލި ވަގު ހިފައި ހައްޔަރުކުރިއްޔާ މާ ތާހިރުވާނެ!

  16. ގައުމުގެ ދޫ

    ހުރިހާ ބާރަކާ އެއްކޮށް ވެރިކަން ކުރާން ލިބުނީމާ ރިވެތި ވެރިކަމެއް ނުކުރެވުނު ބަޔަކަށް ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއްވެސް ނުހިންގޭނެ. ބަޔަކު މާއްދިއްޔަތަށް ގޮސް ހުސްވެއްޖެނަމަ ރަނގަޅާއި ނުބައި އޮޅުން ފިލާނެ ގޮތެއްނެތް. ވެދުމާ ސަލާމް

    1
    2