ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެއެވެ.
1988 ވަނަ ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީ ދިރިއުޅޭ ތަން 2014 ވަނަ އަހަރު އެނގުނު ކަމަށާއި އޭރު ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރީފް މިއަދު އޮންލައިން ނޫސް "އަވަސްއަށް ވިދާޅުވީ އިމްރާން މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް އެގޮތަށް ކޮންމެ މީހަކު ބުނެގެން ނަމަވެސް އިމްރާން ދައްކަވާފައިވުމުން އެެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"މިއަދު މަޖިލީހުގައި އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް، ލުތުފީ ގެންނަން ކުރި މަސައްކަތާއި އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ، އެކަން ހޯމް މިނިސްޓަރު އުމަރު ކުރެއްވީ އަޅުގަނޑާ ގުޅިގެން،" އަވަސް އަށް މައުލޫމާތު ދެއްވަމުން އަރީފް ވިދާޅުވިއެވެ.
އަރީފް ވިދާލުވީ، މިގޮތަށް ހަގީގަތް އޮޅުވާލުމަކީ ދެރަކަމެއް ކަަމަށެވެ.
މިނިސްޓަރ އިމްރާންގެ ވާހަކަތައް އުމަރުވެސް ދޮގުކުރެއްވިއެވެ. އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަޖިލިސްގައި މިނިސްޓަރ އިމްރާން، އަޅުގަނޑާއި ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު." ކަމަށެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ އޭރު ލުތުފީ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން ހޯމް މިނިސްޓަރާއި އެކަމުގައި އުޅުނު ފުލުހުންނާއި މުއާމަލާތް ކުރެވިފައި ވަނީ "އަނގަބަހުން" ކަމަށެވެ. ލުތުފީ ރާއްޖެ ގެނައުމަކީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫންކަމަށް އޭރުގެ ހޯމް މިނިސްޓަރު ވިދާޅުވި ކަމަށް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ލުތުފީ ގެނައުމަށް ކުރި މަސައްކަތުގެ ތަފްސީލް އުމަރު ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ. ލުތުފީ ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅޭތާ ދެމަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް އެކަން ބޭޒާރުކޮށްލީ ވެސް އުމަރެވެ.
ކިޔެވީދީ ހަދަނީ ދޮގު އަދި ޑިމޮކްރަސީ ޕާޓީ..އިލްމު ލުބި އެއަށް އަމަލު ނުކުރާ މީހުންނަށް ހުރިއަޒާބް އިނގޭބާ..ވައިޔާޒްބިﷲ
ޤައުމެއްގެ ހޯމް މިނިސްޓަރ އަކަށްހުރެ ރައްޔިތުންނަށް އެމީހުންގެ މަޖްލިސްތެރޭ ހުރެ ދޮގްހެދީމަ އެއްވެސް އިތުބާރެއްނެތް، އަމިއްލަޔަށް އިސްތިއުފާދީ.... ެ ފެބްރއަރީ 7 ގައި ރ.ނަޝީދުގެ ސަރުކާރު ސައިޒްކުރީ މިކަލޭގެ އިމާމަކަށްހުރެ، އެކަމަކު މިހާރު ބުނަނީ .. މަށެ ނޫން... އިމްރާނޫ އެމްޑީޕީ އެކްޓިވިސްޓުން ދުލެއްނުކުރާނެ....ރ.ސޯލިހު ގޯންޏަށް ލައިގެން މަގާމް ދިފާއު ނުކުރެވޭނެ ....
ޢިމްރާން އިތުރުފުޅެއް ނުހައްދަވާނެ.
އުމަރަށް ގެނެވޭނީ "ކުއްތާ ! " އެކަން ކޮށްފީމެއްނު ؟ ދެން މަޑުން ހުރޭ !
ﷲ އިރާދަކުރެއްވިއްޔާ، ދުރުނޫން މުސްތަގުބަލެއްގައި އުމަރު ނަސީރު މިގައުމުގެ ވެރިކަންވެސް ކުރާނެ. އަލްޖިބްރާ ބަލަންހުރޭ.
ތި އަލްޖިބްރާއަކީ މޯދީގެ ޕަޕެޓުގެވެސް ޕަޕެޓެއް. ޢުމަރުވާ އެކަންތައްވެސް ކޮއްފިއެއްނު. ޢެކަމަކު މިހާރު މިއުޅޭ ލާދީނީ ބައިގަނޑުގެ ސަރުކާރަށް އިނގޭނީ ދޮގުހެދުމާއި ޤައުމުގެ ހަރުމުދާ ގެރިމޯދީމެންނަށް ވިއްކުން.
ދޮގުހެދުމަކީ ހުއްދަކަމެއް. ޤާނޫނީ ޝަރުޢީ ބާރު އެކަމުގައި އަޅުގަޑަށް އެބައޮތް - ޢިމްރާން
"އަޅުގަނޑަށް އެބަ އަޑުއިވޭ. އަޅުގަނޑަށް އެބަ ވަސް ދުވާ. އަޅުގަނޑަށް އެބަ ފެނޭ." އިންރާން
ސީޕީގެ ތެދުވެރި ކަމާމެދު ސުވާލު އުފެދޭ
ބަލަ ދޮގުހެދުމާވައްކަނއކުރުނއ ހަރާމް ކަން ައިމުރާނަށް ނޭގޭނެ ވަގުނއގެ ފަހަތައްއެރީމާ
ޝަޔްޚު ޢިމްރާން އިސްތިޢުފާ
އިމުރާނު ކަލޭވެސް ތިޔަހަލާކުވެ ނިމުނިއްޔޭ ތިހާދޮގުތަކެއް ބިރެއްނެތި ތިހަދާލީ ހަމަ މަޤާމުގެދަހިވެތިކަމުގަދޯ ތިޔަމޑޕ ގުޅުނީމަތިދެން ދުވަސްދިޔައްޔޭ ކާފަރުވެ ނިމުނީ ދޮގުހެދިޔަސް މާތްﷲ ދެނެވިޑިގެންވޭދޯ އެކަން އެނގޭތަ؟؟؟ ކަލޯމަހަމަ ހައިރާންވޭ ޖެހިލުމެއް ބިރެއްނުތި މުޅިގައުމުކުރިމަތީ ހަދާލިދޮގު ކަލޭމެންދެން ކޮންކަމަކާތަ ދޮގުނަހަދާނީ ޕިސްޕިސްޕިސް ސާބަސްއިނގޭހަމަ ސާބަހޭ
ކަންތައްތައް މިދާގޮތުންނަމަ އާޚިރުގައި މި އިމްރާނަށް ޖެހޭނީ ހުސެން ރަސީދު އަހުމަދަށްވެސް ޖެހުނު ހާލު. މަގާމާއި ފައިސާއަށްޓަކައި އުޅެންހަދައިގެން، ނަގޫ ފިތިފަ ތެޅިތެޅި ހުންނަން ޖެހޭނީ.
ދޮގެއް ނޫނިއްޔާ މިމީހުން ނައް ބަދަން އިނގޭބާ
ބަދަނަކީ ކޯންޗެއްކަން އެނގުނަސް އެމީހުން ބުނާނެ ނޭނގެއޭ. އެމީހުން ތެދުބަހުން ވާހަކަ ދައްކާލެއް ގިނަކަމުން, ޕާޓީ ދިދައިގައި އިން ތިލަފަތްވެސް މިހާރު އިނީ އެއްފަރާތަށް އަރިއަޅާލާފައި.
އިމްރާންދޯ. މިހާރު ލުތުފީ އާސް އަމިއްލައަށް ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަތާ 3 މަސްވިއިރުވެސް އޭނާ ރާއްޖެ ނުގެނެވިގެންއުޅެނީވެސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރ ހުއްދަ ނުދީގެންތަ. ކޮންކަމެއްތަ މި ސަރުކާރަށް ކުރެވެނީ. ހަމައެއްލަމައެއްނެތި މީހުން ވަޒީފާއިން ވަކިކުރުންދޯ.
މުނާފިގެއް
ކޮބާހެ ތެދު؟ ދޮގު ހާމައެބަވޭ، ތެދެއް ނުވޭ... ދެން ލަލަލާ
އިތުރުފުޅެއް ކިޔާނެ ކަމެއް ނެތް ތިވެސް ވަޒީރާއެކު ބަޣާވާތްފުޅުގަ ބައިވެރިވި މީހެއް. ޅިޔަނު ސޮރަށް ނިކަން ރީއްޗަށް ވެރިކަން ލިބިއްޖެނު. އަހަރުމެންގެ ހައްގަށް ދައުވާ ކޮށް އެހައްގު ލިބިގަންނާނަން ގިޔާމަތް ދުވަހު. ހަނދާން ކޮށްގެން ތިބޭތި. މިހާރުވެސް ތިތިބީ މައިތިރި ކުރައްވާފައެއްނު.
އަނެއްކާ ކޭތައެއް ހިފަންްުއުޅޭ ވައްތަރު ޖަހާލައިފި ހިބަރު ވަދުކޮޅެއް ހޯދަންވީ ކުދިންނޭ
ޤައުމުގެ ޣައްދާރަކީ ހަމައެކަނި ލުތުފީއެއްނޫން! ދައުލަތުގެ ޚަޒާނާ ބަނޑުއަޅާލި ޔާމީނަކީވެސް ވަރަށް ބޮޑު ޣައްދާރެއް! ހާއިނެއް!
ޔާމީނަކީ ޣައްދާރަކަށް ވަންޏާ އިބޫ ސޯލިހާއި މިސަރުކާރުގެ ވަޒީރުންނާއި ބޮޑުންނަކީ ޝައިތޯނުން ފަދަ ބައެއް. އަދި އެއުޅޭ އަންނިއަކީ އިބިލީހާ، ގާރޫނާއި، ހާމާނާއި ފިރިއައުނު މެންފަދަ މީހެއް. އެމްޑީޕީގެ ސަޕޯޓަރުންނަކީ މިޝައިތޯނުންތަކަށް ތަބާވާބައެއް.
ލާދީނީ ރީދޫ ބައިގަނޑަށް އިނގޭނީ ހަމަ އެކަނި ތޯތޯ ވާހަކަ. ދޮގު ހެދުމުގެވެސް އެދުރުން . ދައުލަތުގެ ހަޒާނާ ބަނޑުއަޅަނީ މިހާރު މި ވެރިކަމުގަ އުޅޭ މޯދީގެ ޕަޕެޓުންނާއި އެމީހުންގެ އަޙްވާނުން. ބޮޑު ޙާއިނު އެބައުޅޭ އަނގަ މައިތިރި ނުވެގެން ދޮގުހެދުމުގެ. ޢެކަލޭގެއަށް ވާގި އެދޭ ކުދި ޙާއިނުން އެކަލޭގެ އަށް ސަނާކިޔުމުގެ. ރީދޫ ބައިގަނޑަށް ތިއުޅެނީ ޔާމީން ގެނެސްދެއްވި ތަރައްޤީ ހަޖަމު ނުވެގެން. ޙަމަ އެކަނި ތި ރީދޫ ލާދީނީ ބައިގަނޑަށް އިނގޭނީ ދޮގު އަނގަ ތަޅަން. ޢެނޫން ކަމެއްކުރާކަށް ނޭންގޭނެ.
7ފެބުރުއަރީ ގައިވެސް އެސޮރުހެދީ ހުސްދޮގު!!
ނިކަން ވިސްނާލަ ބަލަ ޝޭޚެއްގެ ލަޤަބު ޖަހައިގެން ހުރެ ސޭކު ޢިމްރާނު މަޤާމާ ޖާހުގެ އެދުން ކުރިޔަށްނެރެ ދުނިޔޭގެ އެދުމާހުރެ މަރުވާނޭކަން ހަނދާންނައްތާލާ ހަދާ ބޮޑަތި ދޮގުތައް! މިކަލޭގެ ރަޖަމްކުރަންވީނު މީހުންގެ ޢަބުރު ކަތިލަން ނުބަހައްޓާ!
ޝޭހު އިމުރާނޯ... އެއީ ރާއްޖޭގެ ޝޭޙުންގެ ހާލު... ސޭކު އިމުރާން އިސްތިއުފާ
ދޮގުހަދާ މަކަރާހީލަތް ހަދާމީހުން ހިމެނޭނީ އެމީހުންގެ ތެރެއިން ނެވެ
އިމުރާނަކީ ލާދީނީ ޝޭހެއް މަޤާމާ އާރާ ބާރާ ނުފުޒަށް އަދި ފައިސާއަށް ދީން ވިއްކާ ޖާހިލެއް އެކަން ވަރަށް ރަނގަޅަށް ދިވެހިރައްޔިތުންނަށްވަނީ ސާބިތުވެފަ އެމްޑީޕީ އާއި ނަޝިދޭ ކިޔައިގެން ދީން ހަތިޔާރަކަށް ހަދައިގެން ދެއްކި ވާހަކަ ތަކުގެ ވީޑިއޯ މިހާރުވެސް އެހުރީފެންނާން އެކިދުވަސްވަރު ސިޔާސީ ގޮތުން ދީން ހަތިޔާރަކަށް ހަދައިގެން ދެއްކިވާހަކަތަކަށް ބެލުމުން އިމުރާނުގެ އިޙްލާޞްތެރިކަން ވަރަށް ރަނގަޅަށް ހާޟަވާނެ ޑރ އަފްރާސީމުގެ މަރާގުޅިގެން ދެއްކިވާހަކަތަކާއި ކެނެރީގޭ ނަޝީދޭ ކިޔައިގެން ދެއްކިވާހަކަތަކަށް ވަލާލީމަވެސް އިމްރާނުގެ ދީނީ ޢިލްމުވެރިކަން އިތުރަށް ހާމަވެގެންދޭ މިފަދަ މީހުން ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯންނާނެ އެމީހުން ވޭނުންވާނީ ދުނިޔެ މުދަލާ ފައިސާ އާރާއި ބާރު
އަލްޖިބްރާއަށް ވެދުން ސަލާމް...ދަންނަވާލަން އޮތީ އެކަންވެސް އުމަރުކޮށްފިތާ..މިއުޅޭ ބޯގަޅި ނަޝީދަށް ވާނެކަމަކީ އެމްބަސީއަށްވަދެ ކުކުޅެއްހެން ފިލުން.