ރާއްޖޭގެ ރަށެއްގައި ތުއްތު ކުއްޖަކު ވިއްކާލި ކަމަށް މީޑިއާ އިން ފަތުރަމުންދާ ޚަބަރު ކުއްޖާގެ މަންމަ ދޮގުކޮށްފިއެވެ. ކުއްޖާގެ މަންމަ މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާ އެހެން ދެމަފިރިއަކާއި ހަވާލު ކުރީ ޝަރުޢީ ކޯޓު މެދުވެރިކޮށް އޮންނަ އުސޫލުގެ މަތިން ކަމަށާއި، ދަރިފުޅު ދިނުމުން ލިބުނު ފައިސާ އަކީ ޞަދަގާތެއް ކަމަށެވެ.
ދެކުނުގެ އަތޮޅެއްގެ ރަށަކުން، އެއަތޮޅާއި ޖެހިގެން އޮތް އަތޮޅުގެ ރަށެއްގެ ދެމަފިިރިއަކަށް ވިއްކާލި އެއް އަހަރުގެ ކުއްޖާ އަކީ ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެކެވެ.
ކުއްޖާގެ މަންމަ ބުނީ ދަރިފުޅު އެހެން ބަޔަކާއި ހަވާލު ކުރީ ދަރިފުޅު ބެލުމުގެ މާލީ ގާބިލްކަން ނެތުމުން ކަމަށެވެ.
"އަޅުގަނޑަކީ އެކަނި ހުރި މީހެއް. ދަރިއަކު ބަލާނެ ފުދުންތެރިކަމެއް ނެތް މީހެއް. އެހެންވެ ދަރިފުޅު ބެލޭނެ ވަރުގެ ބަޔަކާއި ދަރިފުޅު ހަވާލު ކުރީ." ކުއްޖާގެ މަންމަ ބުންޏެވެ.
ކުއްޖާގެ މަންމަ ބުނީ އެމީހުންނާއި ދަރިފުޅު ހަވާލުކޮށްފައި ވާނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ހެއްކެތް އަންހެން މީހާ "ވަގުތު" އާއި ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ހަޤީޤަތް ކަށަވަރެއް ނުކުރެވެއެވެ.
ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ދިނުމުން ދެމަފިރިން ދިން 30000 ރުފިޔާ އަކީ ޞަދަގާތެއްގެ ގޮތުގައި އެމީހުން ދިން ފައިސާ ކަމަށެވެ.
ކުއްޖާ ގަތް ދެމަފިރިން ނިސްބަތްވާ ރަށުގެ ކައުންސިލްގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އެކުއްޖާ ވިއްކާލާފައި ވަނީ އެގްރިމެންޓެއްގައި ސޮއި ވެސް ކުރުވުމަށް ފަހުގައި ކަމަށެވެ. އެގްރިމެންޓްގައި ލިޔެފައި އޮތީ ކުއްޖާ ދިނުމުން ހަދިޔާއެއްގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 30000 ރުފިޔާ ދޭ ކަމަށެވެ.
ޖެންޑާ މިނިސްޓްރީ އަށް މިކަމުގެ މައުލޫމާތު ލިބިގެން ރަށު ކައުންސިލަށް ގުޅާ، ކުއްޖާ ގަތް ދެމަފިރިންގެ އަތުގައި ލިޔުމެއް އޮތްތޯ ސާފުކޮށްދިނުމަށް އެދުމުން ރަށު ކައުންސިލުން ވަނީ އެލިޔުން ޖެންޑާ މިނިސްޓްރީ އަށް ފޮނުވާފައެވެ. ލިޔުން ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ރަށަށް ގޮސް އެކުއްޖާ ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީ އިން އަދި މީޑިއާ އަށް އެއްވެސް މައުލޫމާތެއް ނުދެއެވެ.
ނަމަވެސް ފުލުހުން ވަނީ ކުއްޖަކު ވިއްކާލި މައްސަލައެއް ތަޙްޤީޤު ކުރަމުންދާކަން ކަށަވަރު ކޮށްދީފައެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ބެލުމަށްވުރެ ކުއްޖަކުބޭނުން ވެފައިވާ ދެމަފިރިއަކާއި ހަވާލުކުރުން ރަނގަޅުކަމަށްފެނޭ. އެންމެފަހުންވެސް ބެޑްޝީޓް އަޅައިގެން އޮތްކުއްޖާ ފިލީ.
މަންމަ ބަލަންޖެހޭނީ. ޒިނޭކޮށް ދަރިން ނުހޯދާނީ ނުބެލެންޏާ. ދަރިން ވިއްކާ ކުޅި ފަށަން މިހާރު މި މަސައްކަތްކުރަނީ.
ދަރިން ނުލިބޭ މީހުން މަރާލަންވީ ތަ
ދަރިން ނުލިބޭ މީހުން މަރާނެ ކަމެއްނެތް. އެމީހުނަށް ދަރިއަކު ލިބުނީމަ ބަލާނީ. ދަރިން ނުލިބުމުން މަރަން އޮންނަ ގާނޫނެއް މަ ނުދެކެން. އެހެން ނޫނަސް ތިމާގެ ކުދިން ތިބޭނެ. އެމީހަކަށް ވެވުނު މިންވަރަކުން އެމީހާގެ އާއިލާއަށް އެހީތެރިވެވޭނެ. ބަލާނެ މައިން ބަފައިން ނެތް ކުދިން، ޝަރުޢީ ހަމަތަކުގެ މަތިން ހޯދާ ބަލަންވީ. ގަންނާކަށް ނުޖެހޭނެ. އެއަށް ކިޔަނީވެސް ހަމަ ހިޔުމަން ޓްރެފިކިން. ޓްރެފިކް ކުރުމަކީ، މުޅިދުނިޔޭގެވެސް ކުށެއް. ކޮންމެ ތަނެއްގަ ހުއްޓަސް ހިފާ ޝަރީޢަތްކުރެވޭ.
ދަރިން ނުލިބޭ މީހުންނޭ ކިޔަނީ ސިއްހީ ކަމެއް ދިމާވެގެން ނުލިބޭ މީހުން. ލިބުނީމަ ބަލާނީ އޭ ކިޔާފައި ދެރަ ނުކޮށްލާ. ތިމާގެ ކުދިންގެ މައިންބަފައިން ތިބޭ އެކުދިން ބަލަން. ހިޔާއިން ކުދިން ހަވާލު ކުރާނީ ދަރިން ތިބޭ މީހުންނާ . ބާކީ މިވަނީ ކޮން ބައެއް. ގޮތް ހުސްވަނީ ކޮންބައެއް. ޙަލާލު ގޮތުގައި ދަރިން ހޯދަން އެތަށް އަހަރެއް އެކުގައިވޭތުކުރާ ދެމަފިރިން. ދަރިން ލިބޭ މީހުންނަށް ކެކުޅުން ނުވިސްނޭނެ. ނުލިބޭ މީހުންނަށް މަލާމާތް ކޮށް ދެރަކޮށްލުން ނުން ކަމެއް ނުކުރެވޭނެ.
ޖެންޑާ މީހުން އެންމެ ކުފޫ ހަމަ ވަނީ ކުދިން ގެންދަން....
ކުއްޖާގެ މަންމައައް ސަދަގާތެއް ކުރީ ކުއްޖާ ބޭނުން ވެގެން އެހެންވީމަ އެއީ ސަދަގާތަކައް ނުވާނެ މިސާލަކައް ކުއްޖާގެ މަންމަ ކުއްޖާ ބަލަމުން އައި އިރު އެމީހުންގެ ހާލަތު އެނގި އެހީތެރިވެ ސަދަގާތެއް ކުުރިނަމަ ރަނގަޅުވީސް ސަދަގާތަކީ އެކެއްގެ ކިބައިން އަނެކަކު ނޭނުންވާ ކަމެއް ކޮއްދިނުމައް ކުރާ ކަމެއްނޫން އިޚްލާސްތެެިކަން ނެތީމަ ތިހެން ކަންތައް ދިމާވީ
ހމމމމމ ދެން ދަރިން ވިހަ ވިހައިފައި ވިއްކަން ފަށަންވީ ދޯ؟ ހަލާލެއް ނަހަލާލެއް ކިޔާނެކަމެއް ނެތެއްނު
ލާރިލިބޭނެ އެހެން ދޮރެއް މި ހުޅުވުނީ... ސާބަހޭ
ރަނގަޅު ބިޒްނަސްއެއް މިފަށަނީ. ނަހަލާލަށް ވިހާފަ ކުދިން ވިއްކަން. ޒިނޭކޮށް ފައިސާ ހޯދުމާއި، ޒިނޭގެ ދަރި ވިއްކައިގެން ފައިސާ ހޯދުން. މިސަރުކާރުން މިކަން ނުވެސް ބަލާނެ. ނުވެސް ހުއްޓުވާނެ.
އެއްޖިންސުގެ ކައިވެންޏަށް ތައްޔާރުވަމުންދަނީ. އަންހެނުން ތިބެންޖެހޭނެ ޒިނޭކޮށް ދަރިން ހޯދަން. އެއްޖިންސުން ގުޅިގެން އުޅޭ ކޮންމެ ޖޯޑަކަށް 2 ކުދިންގެ މަގުން ނަހަލާލަށް ވިހާ ދަރި ވިއްކަންފެށީމަ ދެން އެއްޖިންސުގެ ޖޯޑުތަށް ނުކުންނަން ފަށަންވީ.
މިހުންނަނީ، ރާވައިގެން ހިންގާ ޖަރީމާ. މިދަނީ ހުޅަނގު ސްޓައިލަށް. އެއްޖިންސު ޖޯޑުތަކަށް ދަރިން ލިބޭނެ މަގު ތަނަވަސްކުރުމަށް، ސްޓްރެޓެޖިކަލީ ކުޅޭ ކުޅިއެއް މިއީ. ޖެންޑަރއިން އަދި، މަޖްލިހުންވެސް، ފުލުހުންވެސް މިކަމަށް ހުއްޓުމެއް ނުގެންނާނެ. ކޮބާ، 15 އަހަރުގެ މަންމައާއި ބައްޕަ؟ އެއީ ސެލެބްރިޓީޒްނު މިހާރު. ހަލާކާ ދިމާއަށް މިހިރަގެންދަނީ. ﷲ ތަޢާލާގެ ގަދަފަދަ ކޯފާއަށްވެސް ތައްޔާރަށް ތިބެންވާނީ. ގިނަ މީހުން ނުބައިވެއްޖެނަމަ، އެކަލާނގެ އެތަނެއް ހަލާކުކުރައްވަނީ، ވޭންދެނިވި ގޮތަކަށް. ދުނިޔެމަތީގައި އެވޭން އުފުލަންޖެހިފަ ހުރިކަމުގެ އެތަށް ހެތްކެއް ފެންނަންއެހުރީ.
ޑްރަގް ހުއްޓުވާފަ، ޒިނޭކުރުމާއި، ދަރިވިއްކުމުން ފައިސާ ހޯދަންފެށީ. ކޮންމެ މީހަކު ޞަދަގާތެކޭ ކިޔާފަ ފައިސާ ނަގަންވީ.
ތި ޞަދަގާތް ދޭނެތަ، ދަރި ނުދިންނަމަ. އެހެންވިމަ އެއަށް ކިޔާނީ، ވިއްކާފަ ފައިސާ ހޯދުން. ޞަދަގާތްދޭނީ، ބަދަލުގައި އެއްޗެއް ނުހިފިނަމަ. އެފަދަ މާތް ކަމެއް މުޑުދާރު ގޮތްކުޑަ، ދުނިޔެއާ އާޚިރަތުގައި، ގަދަފަދަ އަޒާބު ހުރި ކަމަކާ މި ޝާމިލްކުރީ. 100 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރަށް، އަނގަ ހައްދުވެސް ޖަހަންވެފަ ހުރި އަންހެނެއް ތިހުރީ.
ކާފައަށް މިކަން ގޯހެއްނޫން. ދިވެހިރާއްޖޭގަ އެބަތިބި ދަރިން ނުލިބޭ މީހުން. ދިވެހިރާއްޖޭގަ އެބަތިބި ދަރިން ނުބެލޭވަރުގެ މީހުން. އެހެނވީމަ ނުބެލޭ ދަރިއަށް އިހުމާލުވުމަށްވުރެ ބެލޭނެފަރާތަކަށް ދިނުން ރަނގަޅު. ހަދިޔާއެއް ނުލިބޭގޮތަކަށް އެއްވެސް ކަމެއް ނުދޭ. އެހެންވީމަ ހަދިޔާ ދިނަސް ކާފައަށް އޯކޭ އެކުއްޖާއަށް ރަނގަޅުވެއްޖެއްޔާ
ދަރިން ނުލިބި ދަރިން ހޯދަން ބޭނުން ނަމަ ޖެންޑަރ މިނިސްޓްރީއިން ކުއްޖަކު ނަގައިގެން ބެލި ނަމަ ފައިސާ ވެސް ދޭކަށް ނުޖެހުނީސް މަމެންދޭ ކައިރީގަހުންނަ ގެއެއްގަ އެބަ ގެންގުޅޭ ޖެންޑަރއިން ނަގައިގެން ދެކުދިން
ދަރިން ލިބޭ މީހަކަށް ދޯ ލިބުނީ. ޙަދިޔާއަކަށް ހަދިޔާއެއް ގޯސްވަނީ ކިހިނެއް؟. ދަރިން ނުލިބިގެން އުޅުނު މީހަކަށް 300000 ރުފިޔާ އަކީ އެއްވެސް އަގެއް ހުރި އެއްޗެއްވެސް ނޫން. ޢެކަމަށް ބޭސް ކުރަން ބޭސް އެކަނި ގަންނަންވެސް ތި އަދަދު ދާނެ. ޢިހުސާސް ކުރެވޭނީ ދަރިން ނުލިބޭ މީހުންނަށް
ޖެންޑަމިނިސްޓްރިން ރަގަޅުވާނީ މީހުންގެ ދަރިންނާ ހަވާލު ނުވިއްޔާ. ކުފޫ ހަމައެއްނުވޭ ....
ޖެންޑާ މިނިސްޓްރީ ތީ ދެއްކޭ ބައެއް ..ކަންތައްތައް ވާ ބަޔަކަށް ހެދިގެން އުޅެނީ މި މީހުންނަށް ކުދިން ބެލޭތި ދޯ ފުރާޅުމަތީ ކުދިން އުޅޭ ނީ .. ފިލއލައިގެން ކުދިން ދަނީ
ދެން އަނެއްކާވެސް އަނެއް ދަރި ރަށްމެދަށްވިހާ ފައި ހަދިޔާދޭ ދެމަފިރިއަކަށް ދީ.މުއްސަނދިވުމުގެ އަލާމާތެއް.
ފުރުތަމަ ތިޔަ އަންހެނާ، ޒިނޭކުރުން، ދެވަނައައް ކައިވެނިން ބޭރުން ލިބުނު ދަރިފުޅައް އިހުމާލުވުން، އެވެސް ފައިސާގެ ދަހިވެތިކަމުގައި، ދަރި ހަވާލުވީ ދެމަފިރިން ގެ އެއްވެސް އޯގާތެރިކަމެއް ހުރިނަމަ 30000 ހާސް ރުފިޔާ ކުޑަދަރިފުޅުގެ މަންމައާ ހަވާލުކުރާނީ، އެއްވެސް ބަދަލަކާނުލާ، ތިޔައީ ގަސްތުގަ ހިންގާފައިވާ ޖަރީމާއެއް، ލާރި ހޯދަން މާދަމަ މައިން ބަފައިން ވެސް ވިއްކާލަފާނެ، ހަށިވިއްކާން ވެސް ފަށާފާނެ، ތިޔަ ނުލަފާ އަންހެނާ ހައްޔަރުކުރޭ، ތިޔައީ ވަރައް ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވާ އަނިޔާ ވެރިއެއް،
ކުއްޖާ ބޭނުންވެގެން ނެގި ދެމަފިރިންނަށް ބްލޭމް ކުރުމުގެ ކުރިން އެމީހުންގެ ހާލަތާއި މެދު ވިސްނާލުން ރަނގަޅު. ރަނގަޅަށް ވިއްޔާ އެތައް ޒަމާނެއް ވަންދެން ދަރިއެއްގެ އިންތިޒާރުގާ ތިބޭނޭ ބަޔަކަށް ވާނީ.
ރާއްޖޭގެ ދަރިން ނުލިބޭ މީހުންނަކީ ހުރިހާ ސަރުކާރަކުންވެސް އިހުމާލުވެފައިވާ ބަޔެއް. އެމީހުން ނަށް ލިބޭ ބޭސް ފަރުވާ ކުރުމަށް އެއްވެސް ސިއްހީ އިންޝުއަރަންސް ސްކީމް އަކުން ހަރަދު ނުކުރާތާނގަ ހިޔާ މެދުވެރިކޮށް ވެސް ކުދިން ހޯދުން އޮންނަނީ ދިގު އުނދަގޫ ކަމަކަށް ހަދާފާ. އަދި އިތުރު ގޯނާ އެއްގެ ގޮތުން ކުދިން ނުތިބޭ ތީއޭ ކިޔާފަ ގޯއްޗެއް އެއްޗެއްވެސް ލިބޭނޭ ގޮތެއް ނޯވޭ.
ދެން މިފަދަ ގޮތަކަށް މި ދަރި އެއް މިހޯދީ. އޯކޭ. ދަރިއެއް ހޯދުމުގެ ކަންތައް ކޮމޯޑިފައި ކޮށްގެން ކުރުން އެއްވެސް ވަރަކަށް އެކްސެޕްޓަބަލް އެއް ނޫން. އެކަމަކު އެ ދެމަފިރިން ކިހާ ވަރަކަށް މިކަމަށް އެދިފަ ތިބި ވަރުން އެ ޑިޒިޝަން އެ ނެގީ.
އެކަމަކުވެސް ކުއްޖެއް އެހެން ލިބުމުން ވެސް ޔަޤީން އެ ދެމަފިރިން އަދިވެސް އެތައް ކަމެއް ތަހައްމަލު ކުރަން ޖެހޭނޭ ކަން. ދަރި ބަލައިގަންނާނަމޭ ޢާއިލާގެ އެހެން މެންބަރުން ވެސް ބުންޔަސް އަސްލު ހަޤީޤަތަކަށް ވާނީ އަމިއްލަ ލެއަކާއި އެއްގޮތަކަށް އެހެން މީހުން ގެ ފަރާތުން އެ ލޯތްބެއް ނުލިބޭނެ. ލިބޭ ލޯބި ވާނީ ހަމަ ކޮންޑިޝަނަލް އެއްޗަކަށް. އަދި އެއްވެސް އޮފީހަކުން ވެސް މިކަހަލ ކުއްޖެއް ނެގިޔަސް މެޓާރނިޓީ ޕެޓާރނިޓީ ލީވް އެއްވެސް ދޭ އުސޫލެއް ނޯވޭ. އެހެން ކަމުން ކުއްޖެއް މި މީހުން ބަލަމުން ވެސް ގެންދާނީ މުޅި މުޖުތަމަޢު ބާކީ ކޮށްލާފާ ވާ ބައެއްގެ ގޮތަށް.
އަދި ޖެންޑަރ އިން ވެސް އެ ވޭނުގެ މައްޗަށް އިތުރު ވޭން ތަކެއް މި ދެނީ މުޖްތަމަޢު އަށް މި ކަހަލަ ކޭސްތަކުގެ މަޢުލޫމާތު ތައް ފަޟީހަތްވާ ގޮތަށް ހާމަ ވާ ގޮތަށް ޢަމަލު ކުރުމުން. މިއޮށް ކުދި ކުދި ރަށް ތަކުގަ އެކަކު އަނެކަކު އިނގޭ އިރު ހަމަ މިއަށް ވުރެ ކޮންފިޑެންޝަލް ކޮށް މި ކޭސް ޖެންޑަރ އަށް ތަހުގީގު ނުކުރެވުނީސް ތަ އަޅެ ފަހެ؟
މިހާރު ތި ކަން ކުރި ގޮތުން މި ކުއްޖާ އެ ލޭބަލް ވީ މުޅި އުމުރަށް އެއްކަލަ ވިއްކާލި ކުއްޖާ ގޮތުގަ. އެ ދެމަފިރިން މި ލޭބަލް ކުރީ ކުއްޖެއް ގަތް ބަޔެއްގެ ގޮތުގަ.
ކަލޭމެން ދެން އަހަރުން ދަރިން ނުލިބޭ މީހުންތައް މަރަން ފަށަން މަށަށް ފެންނަނީ. މަގޭ ހިތަށް، ހަށްޓަށް ގައިމުވެސް ލުއި ވާނެ.
ޢަހަރެން ދަރިއެއް ނުލިބޭ މީހެއްގެ ހައިސިއްޔަތުން ތިބާއަށް ސެލިއުޓް ކުރަން. ﷲ ތިބާއަށް ހުރިހާ ކަމެއް ފުރިހަމަ ކޮސްދެއްވާށި. ޢަދި ދިވެހިންގެ ކޮށި ވިސްނުން ބަދަލު ކުރައްވާށި
ނުޖެހޭ ސަރުކާރުން ގެންނާކަށް. ތިކުއްޖާ ބަލަން ބަޔަކު ހަވާލުވީމާ ކޮބާތަ މައްސަލައަކީ. ތިޔަފަދަ ހުރިހާކުދިން ސިދާ ތާ ގެންނަންވީނު. ފިޔަވަތި އޮތީ ހުސްވެފަ ވިއްޔާ.
އެކަނިވެރި މއިންނަށް 5000 ރުފިޔާ ގައިމުންދޭ .
ދަރިން ހޯދާފަ ވަރިވެއްޖިއްޔާ އެކަމުގެ އުފަލުގަ އިނާޔަތް ދޭ. ޢަލަތު ކައިވެނި މަތީގައި ދަރިއަކު ނުލިބިގެން ކިތައްމެ ހަގުރާމައެއް ކުރިއަސް އެހީވާނެ ބަޔަކު ނުތިބޭ.
"އަޅުގަނޑަކީ އެކަނި ހުރި މީހެއް. ދަރިއަކު ބަލާނެ ފުދުންތެރިކަމެއް ނެތް މީހެއް. އެހެންވެ ދަރިފުޅު ބެލޭނެ ވަރުގެ ބަޔަކާއި ދަރިފުޅު ހަވާލު ކުރީ." ކުއްޖާގެ މަންމަ ބުންޏެވެ.
ފަދަ ނެތިއްޔާ ކަންކަންވެސް ނުކުރާނީ. ނުކޮށް ނޫޅެވެންޏާ މީހަކާ އިންނާނީ. ޖަޕާނުމަހެއްހެން ދަރިން ވިހަވިހާފަ ވިއްކާނީކީ ނޫން.
(މިކޮމެންޓް ކޮޅުގަ ވަރަށް އޮށްޓަރު އެބަހުރި) މިއޮށް ކުދި ކުދި ރަށް ތަކުގަ އެކަކު އަނެކަކު އިނގޭ އިރު ހަމަ މިއަށް ވުރެ ކޮންފިޑެންޝަލް ކޮށް މި ކޭސް ޖެންޑަރ އަށް ތަހުގީގު ނުކުރެވުނީސް ތަ އަޅެ ފަހެ؟
މިހާރު ތި ކަން ކުރި ގޮތުން މި ކުއްޖާ އެ ލޭބަލް ވީ މުޅި އުމުރަށް އެއްކަލަ ވިއްކާލި ކުއްޖާ ގޮތުގަ. އެ ދެމަފިރިން މި ލޭބަލް ކުރީ ކުއްޖެއް ގަތް ބަޔެއްގެ ގޮތުގަ