އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސްގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުން، ކޮމިޝަނުގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ބީއެމްއެލްގެ 38 މުވައްޒަފަކު އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ކަމަށެވެ.

މުއައްވިޒު ވިދާޅުވީ، އެކަމުގައި އެބޭންކްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުންނުން ފެށިގެން މެނޭޖުމެންޓާއި ބޯޑް މެންބަރުންވެސް ޝާމިލުވާ ކަމަށެވެ.

އަދި މުއައްވިޒު އިތުރަށް ވިދާޅުވީ، އެ މައްސަލާގައި އެ މުވައްޒަފުންނާއި، ސުވާލުކޮށް ބަޔާން ނަގަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް އެކައުންޓަށް ވަންނަމުން ދިޔަ ކަން އެނގިގެން އެކަން ފަޅާއަރުވާލީ ބީއެމްއެލްގެ ފ.ނިލަންދޫ ބްރާންޗުގެ މެނޭޖަރަކަށް ހުރި ގާސިމް އަބްދުލްކަރީމެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް ޖަލަށްވެސް ލިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިނގައިފައިވާ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައެވެ. މި ހިޔާނާތުގައި މިހާރުގެ ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭކަމަށް ބުނެ، ބައެެއް ބޭފުޅުން ސަސްޕެންޑްވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ބީ އެމް އެލް ގެ އެންމެ އާދައިގެ މުވައްޒަފުންނަށް ތިވަރު ކަމެއްގެ ކުޅެވޭނެ އެއްވެސް ރޯލެއް ނޯންނާނެ އެހެނަކުން ނޫން މަތީ ފަންތީގެ މީހުން ގެންގުޅޭނެ ފޭވަރ ( ކޮފީއަށް ގެންދާ ކުދިން ) ކުރާ ސްޓާފުން އަންހެން / ފިރިހެން ވެސް އޭގެން ސްޓާފުން ލައްވާ ޓްރާންސެކްޝަންތައް ހައްދުވާފަ މަތީ މަޤާމުގަ ތިބި މީހުން އެ އެޕްރޫވް ކުރެވިދާނެ

  2. ސުވާލު

    މިއީ ރައީސް ނަޝީދު (ޓެރަރިޒަމް އަށް ހުކުމް ކުރެވި ސަރުކާރު ބަދަލުވެމުން އޭގެން ރެކިގަނެފަައިހުރި) އެޅުވި ފަނި އަދީބުގެ ނުފޫޒުން ގޭންގުތަކުގެ އެހީގައި ބޭންކުގެ ބޮޑެތިމީހުނަށް ބިރުދައްކައިގެން ކުރުވި ކަމެއް. އެހެންވީމަ މީގެ މޭސްތިރިއަކި ނަޝީދުކަމާމެދު ޝައްކެއްނެތް!