މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގުމުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު މީހަކަށް އަނިޔާ ކުރުމުން ހަ ފުލުހަކު ސަސްޕެންޑު ކުރުމުން، ބައެއް ފުލުހުން އެފުލުހުންގެ ދިފާއުގައި ފޭސްބުކް ޕްރޮފައިލް ފޮޓޯ ކަޅު ކުރި މައްސަލަ ބަލާ ޕްރޮފައިލް ފޮޓޯ ކަޅު ކުރި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.
ފުލުހުން ސަސްޕެންޑް ކުރުމާއި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ދެކޮޅު ކަމަށް ވެއެވެ. އެއީ ފުލުހުން އޭނާ އަށް އަނިޔާ ކުރީ އޭނާ އިސްވެ، ފުލުހުންނަށް ހަމަލާ ދިނުމުން ކަމަށް ވާތީއެވެ. ފުލުހުން ސަސްޕެންޑް ކުރުމާއި ދެކޮޅު ފުލުހުން ބުނާ ގޮތުގައި ވީޑިއޯ އާއްމުވުމާއި އެކު އެއްވެސް ތަޙްޤީޤެއް ކުރުމެއް ނެތި ފުލުހުންގެ އަގު ވައްޓާލަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރުމަކީ ވެސް ވަރަށް ބޮޑު ގޯހެކެވެ.
މީގެކުރިން ބަޣާވާތް ކުރާ ވާހަކަ އަޑުއިވި، އެކަން ވެސް ކޮށްފައިވާ ކަމަށް ވިދާޅުވެ މިއަދު މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ޑިސިޕްލިނަރީ ފިޔަވަޅެއް ހަ ފުލަކާމެދު އެޅީމާ ޕްރޮފައިލް ކަޅު ކުރި މީހުންގެ ނިޔަތުގައި އޮތީ ކޮންކަޅުކަމެއްތޯ ބަލަންޖެހޭ ކަމަށެވެ.
"ވިސްލްބްލޯކުރުން ނުވަތަ ކަމެއް ފަޅާއަރުވާލުމުން ކުށަކަށްވާނަމަ، ކުށް ބަޔާންކޮށް އަދަބު ކަނޑައަޅާ ގާނޫނު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް. މި ގައުމު ބޭނުންވަނީ ސާފު ހުދު ޕްރޮފައިލާއެކު މަސައްކަތް ކުރާ މީހުން ވިސްލް މިއޮތީ ބްލޯ ކުރެވިފައި، ދެން އެކަންބަލަންވީ،" ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މިހާރު އަނެއްކާ ވެސް ފުލުހުންގެ މައްސަލަތަކެއް ފެންމަތިވެ، އަނެއްކާ ވެސް ބަޣާވާތެއްގެ އަޑުތައް އިވެން ފަށާފައިވާ ކަމަށެވެ.
ނިޔާޒު ސަސްޕެންޑް ކުރަން ފެނޭ.
ދެން ކޮންތާކު މިޖެހުނީ. އަދިވެސް ފުލުހުން ކުއްވެރިކުރެވޭތޯ ބަލާތި.
މާރިޔާވެސް ސިފައިންނަށް ދެރަވާގޮތަށް ގޮސް ބޭރުގައުމެއްގައި އެމީހުންގެ އަގު ވައްޓާލީ.
އަދިވެސް ތިބަލަނީ މައްސަލަ ގޯސްކުރަން، ގަދަ ބަދަވިކަމާއި އެކު އުޅެން ދިމާނުކުރޭ، ޕްރޮފައިލް ފޮޓޯ އަކީ އެމީހަކު ބޭނުން އިރެއްގަ ބަދަލު ކުރެވޭނެ އެއްޗެއް، ފުލުހުންގެ ޤާނޫނުގަ ވެސް އަދި ހެދިފަހުރި ޤަވާޢިދެއްގަ ވެސް އެއީ ކުށެއް ނޫން، ފުލުހުން ޕްރޮފައިލް ޕިކްޗަރ ބަދަލުކުރީ އެމީހުންގެ ތެރޭގައި އެއްކޮށް މަސައްކަތް ކުރިބަޔަކަށް ދިމާވި ހިތާމައިގަ ބައިވެރި ވުމަށް، މީހަކު ނިޔާވީމަވެސް ޕްރޮފައިލް ޕިކްޗަރ ބަދަލު ކުރޭ، މިހާރު ތިޔަ ދަނީ މާމައްޗަށް، ގަދަކަމަކުން އިޙްތިރާމެއް ނުހޯދޭނެ
ފުއްޕާފަ ވާހަދައްކަބަލަ ނިޔާޒްގެ ޕރޮފައީލް ޗޭންޖް ކޮއްލަ ދީފާނަން. މާލާބޮޑު ވަނިއްޔާ. ތި އުޅެނީ 5 އަހަރުގެ ޓާމެއްގަ. ހަދާން ކުރާތި
ޕުރޮފައިލް ކޮންމެ ކުލަޔަކައްބަދަލު ކުރިޔަސް އެއީ މައްސަލައެއްތަ ކުލަ ކުލައިގެ އަންނައުނުވެސް ދެންނުލެވޭނެދޯ އަނެއްކާ ގާނޫނެއް އުފަންވީބާ
އަޅުގަނޑު މިޔަދު އޮފީހައް ވަޑައިގެންނެވީ ކަޅުކުލައިގެ ޓައީއެއް އަޅައިގެން އަޅުގަނޑު ބިޓުކެޓީމަވެސް ޕުރޮފައިލް ކަޅުކޮއްލަން?
އެއީ އެމީހަކަށް ލިބޭ ޙައްޤެއް އަދި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތެއްގެ ފަރިދީ ޙައްޤެެއް. އެހެންމީހެއްގެ ފޮޓޯ ބޭނުން ނުކުރެވޭނީ. މާ އެނގެނީ އިބޫ ކޮއްކޮ ވީމާ. ބާޣީން އަތުގައި ބިޑި ނޭޅުވި މައްސަލަ ހުށަނޭޅީ ކީއްވެ.
ތަންދޮރު ނޭނގޭ މީހުން މަޖިލީހުން ބޭރުކުރޭ...
ކުށުގެ ވެށީން ހައްޔަރު ކުރި ބަންގާޅު ޑްރަގް ވިއްކާ މީހަކު ފުލުހުންގެ ގައިގަ ޖެހީމަ އެކަމާ އަޅާލީމަ ފުލުހުން ކުށްވެރި ވީއެވެ. ޑްރަގް ވިއްކާ މީހުން ކުރިމަތީ ފުލުހުން ގެ އަގުވައްޓާލީއެވެ
ދިވެހި ދިދަ ބައިދަޑިއައް ތިރި ކުރާހެން އެމީހަކު ޕޮރޮފައިލް އެމީހަކު ބޭނުން ކުލަ އަކައް ބަދަލުކުރެވޭނެ މީދެންބޮޑުވަރު ކުރީގަ ޕޮލިހުގަ ކަރުދާސް އެޅިއޭކިޔާފަ މީހަކު ޖަލައްލި އެގެ އިތުރުން ސިއްރު މައުލޫމާތު ލީކުކުރިޔޭ ކިޔާ ވަޒީފާއިންކަޑާ މިހާރު އަނެއްކާ އެސަގާފަތް ގެންނަން ތިއުޅެނީ އެމްޑީޕީން ބައިބައި ކުރުވަން ތިއުޅެނީ
ދެން ވީ ޕްރޮފައިލްގައި ރީނދޫކުލަ ޖައްސަންތަ؟
އަޅުގަނޑު ވެސް ބައެއްފަހަރު ޕާޓީ ބަދަލުކުރަން ހިންހަމަ ނުޖެހުނީމަ އެއީކީ އަޅުގަނޑަކައް މައްސަލައެއްނޫން ނުބައި ބަޓަނައްވެސް އޮއްބާލެވޭ އެކަމު ރާއްޖޭގައި ނޯންނާނެ ކަޅުކުލައިގެ އެއްވެސް ޕާޓީއެއް އެހެންވީމަ ފުލުހުން ޕޮރޮފައިލް ކަޅުކުރުމަކީ ސިޔާސީވުން ކަމަކައް އަޅުގަނޑު ނުދެކެން
ޑިކްޓޭޓަރ ސިފަތައް އެފެންނަނީ! ލަދުން ބޯ ހަލާކު!
ދެންގޮވާލާ ފުލުހުންނައް ފޭސްބުކްއައް ވަދެވިގެން ނުވާނޭ ބަލައެއީ އެމީހުންނައްވެސް ިިބިގެންވާ ޙައްގެއް ޕްރޮފައިލްކަޅުކުރުމާއި ފޭސްބުކްއައްވަނުން ކޮބާތަމިނިވަންކަމަކީ ތިއުޅެނީހުރިހާއެއްޗެއް ފޭރެންތަ
ހުޅުމާލޭގަ މެމްބަރުއޮފީސް ހުޅުވީ ނަމަކައް.. އޮފީހުން ކުރާކަމަކީ ސިޓީ ކައުންސިލް ގޮޑިއައް އަނބިކަބަލުން ހޮވަން ކެމްޕެއިން ކުރުން.. މާލޭސިޓީ މޭޔަރަކައް އަނބިކަބަލުން ގެންނަންވެގެން.....ވ.ވެދުން އަލީނިޔާޒައް.
ހުރިހާ ފުލުހުން އެއްބައިވުމަކީ އެންމެ ރަގަޅު ގޮތް.
މަޖިލީހަށް ހޮވާފައި ތިޔަހުރީ ދާއިރާއަށާއި ދާއިރާގެ ރައްޔިތުންނަށާއި ޤައުމަށް ފައިދާހުރި ރަނގަޅު ކަންކަމުގަ. ބޭކާރު ކަންކަމުގައި ވާހަކަ ނުދައްކާ ދާއިރާއަށާއި ދާއިރާގެ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގައި ވަކާލާތު ކުރުން މާ ރަނގަޅު ވާނެ..
ފުލުހުންނާ ނުބެހި މިރާއްޖޭގަ މިއޮތް ޣައިރުގާނޫނީ ބުލެކުސަރުކާރުން ތިބެބަލަ ކިހާބޮޑު ދުއްޕާނެއް މިބުލެކުސަރުކާރާ ހެދި އަހަރުމެންގެ އަގުވެއްޓިއްޖެ!!!!!!!!
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ސަސްފެންޑް ކުރަންވީ... ފުލުކުންނަށް ވެސް އަމިއްލަ ހަށިގަޑު ދިފާއު ކުރުމުގެ ހައްގުވޭ.... ކުއްވެރިން ފުލުހުންނަށް އަނިޔާ ކުރީމަ ގޯސް ވަނީ ކުއްވެރިވަނީ ފުލުސް މީހާ... އިންސާފެއް ނެތް އެމްޑީޕީ ވެރިކަން
ނިޔާޒު ހުޅުމާލޭ މެމްބަރުކަން ހޯއްދަވައިގެން ތިޔަ ހުންނެވީ ސާފު ސީދާ ތެދުމަގުގައި ހުންނަވައިގެން އެއްވެސް ރިޝްވަތެއް ނުދެއްވައި ރިޝްވަތުގެ ހަޑިމުޑުދާރުކަމެއްނެތި އެއްވެސް ނުފޫޒެއް ފޯރުވުމެއްނެތި އެއްވެސް ބާރެއް ބޭނުންކުރެއްވުމެއްނެތި ހަމަ ފޮތުގައޮތް ގޮތަށްކަމަށްވާނަމަ ތިޔަކަހަލަ ވާހަކަ ދެއްކުން ވަރަށް ރަނގަޅު އަދި އެވާހަކަތައް ޤަބޫލްކުރަންވެސް ފަސޭހަވާނެ ތިމާ ކާޏްވީމާ ހަލާލު އަނެކަކު ކާންވީމާ ހަރާމް މީތި ކަޑަ ހަރާމް ވާނީ ހަރާމް ހަލާލުވާނީ ހަލާލު މިކަމަކަށް އެއްވެސް މީހަކަށް ބަދެއް ނުގެނެވޭނެ
ދިރިހުރުމަށް ނޭވާލާ ފުލުހުންނާއި މެދުވެސް ފިޔަވަޅު އަޅަން ވީނުން! އެއްމެން އެއްފަހަރާ ޑިއުޓީއަށް ނުނިކުމެ ގޭގަ އަނބިދަރިންއަށް ވަގުތު ހުސްކޮށްލަން ކިހިނެއްވާނެ
ޕޮލިސް އަގުވައްޓަން ނޫޅެ ހުރެބަލަ ނިޔާޒް ކުލުމާލެއަށް ކުރީކޮންކަމެއް ހުޅިމާލޭ ފްކެޓްތަކުގެޖުރިމައިނާފައިސާ ރައީސްޔާމިން މަޢާފްކުރި ގޮތަށް އެކަންކުރިއަށް ގެންގޮސް ދީބަލަ
އީސީ ޝަރީފު މެން އިހުލާސް ތެރިކަމެއް ނެތީމަ ދިމާވާ ދެރަކަންތައް މިފެންނަނީ
ކަލޭގެ އަޅުންނެއް ނޫނެއްނު ފުލުހުންނަކީ ކަލޭ ބޭނުންވާ ގޮތަށް ރީނދޫ ކުލައިން ޕްރޮފައިލް ބަހައްޓާކަށް. ތިހެން އޮޅިން ތެޅެން ހަދައިގެން ކުރީ ފަހަރު ވީގޮތް ކަލޭ ހަނދާނެއް ނެތްތަ؟ -އެމްޑީޕީ ބާގަގަނޑުން އަނިޔާ ކުރި ފުލުހެއްގެ އާއިލާ މީހެއް-
ފުލުހުންނާމެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަންކުރަންޖެހުނު ސަބަބު ފުރަތަމަ ކަމަކަށް ހެއްދެވުން ރަނގަޅުވާނެކަމަށްފެނޭ. ޤައުމުގެ ރައްކައުތެރިކަން ދެމެހެއްޓުމަށް، ޤާނޫނުން ލާޒިމްކޮށްފައިވާ މުވައްސަސާގެ ބަޔަކު އަގުވައްޓާލުމަށް މީޑިއާ މެދުވެރިކޮށް ޢަމަލް ކުރިފަރާތަށް އޮތީ ކޮންކަމެއްތޯ؟ އަދިވެސް މުޖުތަމަޢުގައި ކުށްވެރިންކަމުގައި ހަދަންވީ ފުލުހުންތޯ؟