ޕެސިފިކް ކަނޑުގެ ޖަޒީރާއެެއް ކަމަށްވާ ޕަޕުއާ ނިއު ގިނީގެ އަވަށެއްގައި ހިންގި ގަތުލު އާއްމެއްގައި އެ އަވަށަށް ނިސްބަތްވާ 18 ވަރަކަށް މީހުން ރަހުމު ކުޑަގޮތަކަށް މަރާލައިފި އެވެ.

އަވަށުގައި އޮތް ދެކޮޅުވެރިކަމުގެ ސަބަބުން މަރާލެވުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ މާބަޑު އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ޕަޕުއާ ނިއު ގިނީގެ ގަބީލާއަކާ ދެކޮޅަށް ހިންގި އެންމެ ބޮޑު ގަތުލުއާއްމެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ޖޭމްސް މަރާޕް ވިދާޅުވީ މިއަދަކީ ހިތާމަވެރި އެއް ދުވަސް ކަމަށެވެ.

ހޯމަ ދުވަހު ހިންގި މި ގަތުލު އާންމުގައި މަރުވި މީހުންގެ އަދަދު އެއަށްވުރެ މަތި ވާނެ ކަމަށް ލަފާކުރެވެ އެވެ. މި އަވަަށުގައި ގާތްގަނޑަކަށް 700 މީހުން އުޅޭ އަވަށެކެވެ.

މި ޖަރީމާ ހިންގާފައިވާ ގޮތް ބަލައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނޑުކޮސް

    މި އަންނިގެ ޖަޒީރާރާއްޖޭގަވެސް ތިކަހަލަ ގަތުލުއާއްމެއްް ވަރަށްއަވަހަށް ހިނގާނެ އެއީއިންޑިއާ މީހުންނާ ދިވެހިންނާ ކުރިމަތި ލައިގެން މިކަންފެށޭނީ ދިވެހިންއިންޑިއާއަށް ގެންގޮސް ސަރީއަތް ކުރަންފަށާދުވަހު މުޖައްރިބު.

    42
    14