ޕީޕީއެމްގެ ލީޑާޝިޕްގެ ފުރުސަތަކީ ތަބަބަކަށް ލާފައި ދޭ އެއްޗެއް ނޫން ކަމަށާއި ޕާޓީގެ ލީޑާޝިޕް ދޭނެ މެންބަރުން ކަނޑައަޅާނީ އާއްމު މެންބަރުން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ "ދަ ޕްރެސް" ނަމަކަށް ކިޔާ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައި ވަނިކޮށް ޔާމީން ވިދާޅުވީ ލީޑާޝިޕް ދޭނީ ކާކަށްތޯ ނިންމަނީ އެޕާޓީގެ މެންބަރުން ކަމަށާއި އެކަން ކުރަނީ އާންމު މެންބަރުންގެ ކޮންގްރެސް އިން ކަމަށެވެ.

"މި ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލައްވަން ބޭނުންވާ ބޭފުޅަކަށް އެ ފުރުސަތު އޮންނާނެ، އެ ބޭފުޅަކު ލީޑާޝިޕަށް ކުރިމަތިލައްވައި އެބޭފުޅުންގެ މަސައްކަތް ޕާޓީގައި ޝާމިލްކޮށް ދައްކަވަން ވީ" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ ފަހި ފުރުސަތު ލިބެނީ ޕީޕީއެމް އަދި ޕީއެންސީން ކަމަށް ވާނަމަ، ޕީޕީއެމް، ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަންވީ ކަމަށެވެ.

ޖަމީލާއި އުމަރަށް އިޝާރާތް ކުރައްވާ، ނަމަވެސް އެއިން ބޭފުޅެއްގެ ނަން ވިދާޅުނުވެ ޔާމީން ވިދާޅުވީ، ކިރިޔާ އުނދަގުލެއް ވާއިރަށް، އޮޑިން ފުއްމާލައިފައި އަނެއްކާ ފަހި ވާއިރަށް އަރުމަކީ ކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށާ، ޕާޓީއަށް ވަދެ މަސައްކަތް ކުރަން ވީ ކަމަށެވެ. ލީޑާޝިޕަށް ކުރިމަތި ލަނީ ހަމައެކަނި ރައީސް ކަން ހޯދުމަށް ނޫން ކަމަށާއި، އެމަނިކުފާނު ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕާޓީގެ ރައީސްކަން ލިބިވަޑައިގެން ނޫން ކަމަށެވެ.

ޕީޕީއެމްއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ފާޅުކުރައްވާފައެވެ.

އުމަރު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގަންނަވާނީ ރައީސްކަން އޭނާއަށް ލިބިވަޑައިގަންނަވާ ނަމަ ކަމަށް ވިދާޅުވެފައެވެ. އުމަރު ބޭނުންފުޅު ވަނީ ޕީޕީއެމް އިން ކުއްލި ކޮންގްރެސްއަކަށް ގޮވާލުމަށެވެ. ޖަމީލް ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ މިސަރުކާރުން ކުރާ ނޭއްގާނީ ކަންތައްތަކުގެ ވާހަކަދެއްކޭނެ ޕްލެޓް ފޯމަކީ ޕީޕީއެމް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޕީޕީއެމް އިން އޭނާ ފެނިގެން ހިނގައިދާނެ ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕަށް ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުން ދާއިރު ޔާމީންގެ މައްޗަށް މިހާރު ވެސް މައްސަލައެއްގައި ދައުވާ ކުރެވި ޝަރީޢަތެއް ހިނގަމުން އެބަދެއެވެ. އަދި އެތައް މައްސަލައެއްގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރެވެމުން އެބަދެއެވެ. އެހެންކަމުން ޔާމީނާއި އެކު ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    މަނިކުފާނު ހުންނަވަނިކޮށް ބޮނޑިބަތެއްވެސް ހުދުވަލެއް ވެސް ބޭނުމެއް ނޫން. (އެންމެ ބޭނުންވި ދުވަހު ދޯކާ ދިން މީހުން ނޭ އެއީ)ކޮން ބަ*ާ އެއްތަ އުޅޭނެ ގޮތަކަށް އުޅޭނެތާކު އުޅެފައި އައިސް އަހަރެމެން ޕާރޓީ އިން ފައިދާ ލިބިގަންނާކަށް.
    ޑރ.ޝަހީމް ޑރ.މުޢިއްޒު ފަދަ ބޭފުޅުން ނާއި އަދުރޭ ސަރ އަލީ އާރިފް އަދި ނިހާން ސަރ މެން ތިއްބަވަނިކޮށް ތެޔޮނާށި ކާޅުޖެހިޔަ ދީގެން ނުވާނެ.

    42
    2
  2. ވގ

    ތީ ޕާޓީއެއްތަ ނޫނީ ފުޓްބޯޅަ ޓީމެއްތަ 2 ބައިއެއްކޮއްލީމަ ޓީމެއްކިރިޔާހަމަވަނީ

    13
    138
    • އަލީ

      ކަލެއަށް މާބޮޑަށް އެނގެނީ... ކަލޭ ދޭ ރީނދޫ ހުން ޖެހިފަ ހުރި ޕަޕެޓް ކާރިއަށް.... ވ ސަލާމް

      35
      4
  3. ލަކީ

    ޙެހެ އުމަރާ އަދި ޖަމީލަކީ ކޮން ރައިޔިތަކާގެ ސަޕޯޓް ތިބޮ ބައެއް ތަ ތި ދެމީހުން ޕީޕީ އެމް ޕީއެންސީ އާ ގުޅިއްޖެއިޔާ ތި ދެ ޕާޓީގެ ދުވަސް ދިޔަޢީ އުމަރަށް ދަންނަ ވާލަން އޮތީ ހަރުގަނޑުގެ މައްސަލަ އެބޯތޭ ކުރިޔަށް ރެޑީވެގެން ހުންނައް ޗޭ

    28
    5
  4. ރެޑްވޭވް

    ޕްލީޒް ސަލީމާ ހަވާލުކުރަން ޔާނު ކައިރީ ބުނެބާ!
    ރެޑްވޭވް ސަލީމަށް ތި ޕާޓީ ކޮޅަށް ޖެހޭނީ

    14
    58
  5. އާދަމް

    ޕީޕީއެމްގެ ލީޑަރޝިޕުން ވިސްނާލުން ވަރަށް މުހިންމު.. ޔާމީން މި ޤައުމަށް ގެނެސްދިން ތަރައްޤީ އެއީ އެއްވެސް ރައީސަކަށް 5 އަހަރުން ގެނެވޭނެ ތަރައްޤީއެއް ނޫން. ނަމަވެސް މިއަދު ޔާމީން އިސްވެހުރެ ޕީޕީއެމް ވަރުގަދަ ނުކުރެވޭނެ... އެމަނިކުފާނުބޮލުގައި އަޅުވާފައިވާ ތުހުމަތު ތަކުގެ ސަބަބުން ހުދު އަޅުގަނޑުވެސް އެމަނިކުފާނު ފަހަތުގައި ނުކުތުމަށް ލަދުވެތިވޭ!

    8
    114
    • އ. ޖ. އ

      ތިހެން ނުބުނޭ.. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް އެކަކަސް ނޭނގޭނެ.. ﷲ އައުލަމް

  6. ދ ދަރިއެއް

    ރ ޔާމީނާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް
    ގެންދެވޭނެކަމާއިމެދަކު އެއްވެސް ސައްކެއްނެތެވެ
    ޕޕމ އަކީ 2023 ގައި ވެރިކަމަށް އަންނާނެ
    ޕާޓީއެވެ އެހެންކަމުން އެޕާޓީގެ ރައީސް އަކީ
    ރ ޔާމީންއެވެ ޕާޓީގެ ރައީސްކަމަށާއި އިސް
    މަގާމްތަކަށް ސައުގު ހުރި ގައުމީ ރޫހްގައި ތިއްބެވި އެންމެބޭފުޅުން ޕޕމއާ ގުޅިވަޑައި ގަންނަވަންވީއެވެ ޕާޓީގެތެރޭގައި ކެރިއާރ ބިނާ
    ކުރައްވައި ރައްޔިތުންގެ ތާއީދު ހޯއްދަވަންވީއެވެ
    އޭރުން މާރީތިކޮށްވެސް ފުރުސަތު ފަހިވެގެން
    ދާނެއެވެ ފުރަތަމަ މިއޮތީ ޕާޓީއަށް ޚިދުމަތް ކުރެއްވުމެވެ ދެއްތޯ.

    48
    4
  7. މިއަދު

    ސްޓޭޖުކައިރީގައި ސިޑި ބަހައްޓާފައިހުންނަނީ ފުންމައިގެންއަރާ ސްޓޭޖުގައި ފައިހަރުކުރަން އުޅެފިނަމަ ލިބިދާނެގެއްލުމަކުން ސަލާމަތްވުމަށް ފަހަރަކު ސިޑިއަކުން އަރަމުންގޮސް ސްޓޭޖުމަތީގައި ފައިހަރުކުރުން މުހިއްމީ

    30
  8. sun

    yAmin leaderukan feyrigathee fandiyaarunah rishwath dheegen

    3
    79
  9. ޙަހަހ

    މިހާރު ބޭބެ ފުޅައްޕާޓި ދޭން ފުރަތަމަ ދުރުން ޖައްސާ ސަޓަންޓް ހަހަހ ޕީޕަންނޯ ވެރީ ވެލް ބަޓް ޔޫ ޑޯންނޯ ދިވެހި ޕީޕަލް

    2
    66
  10. އ. ޖ. އ

    ޕާޓީން ބޭނުމީ ލަޔާލް

    4
    71
  11. ޕސޓ

    އަހަރުން ބޭނުމީ ޕާޓީ އުވާލާފަ އެހެން ޕާޓީއެއް ހަދަން ކަލޭ ނުލާ

    3
    18
  12. ހަގީގަތް

    އުމަރަށް ދީ

    6
    11
  13. މަހޭޝް

    އުމަރަށްވެސް ދޭނެކަމެއްނެތް، ޖަމީލަށްވެސް ދޭނެކަމެއްނެތް. ރައީސް ޔާމީން ހަމަ ހުންނަވަންވީ، އެމަނިކުފާނަށް ނުވިއްޔާ ނުވީ. ދެން އެނިމުނީއެއްނުން. ޕާޓީދެކެވެސް، ރައްޔިތުންދެކެވެސް، ޤައުމުދެކެވެސް ލޯބިވާ ދެވަނަ މީހަކު ރާއްޖެއަކުނެތް، އަދި ލޯބިވާން އެނގޭމީހަކުވެސް ރާއްޖެއަކުނެތް. ރައީސް ޔާމީން ނޫނީ. މިހެން މިބުނީ ވަރަށް ވިސްނާފަ.

    18
    2
  14. ވގ

    ދ ދަރިއެއް އެއީ ވައްކަމުގެ ކެރިއަރ ތަ؟؟؟؟

    1
    3
  15. ބުރޯ

    އިންތިހާބުގެ ނާކާމިޔާބަކީ ޕިޕީއެމް އަށް ވެރިވެގަތުން . ޕިޕިއެމް ކުރިޔަށް ނެރެން ބެނުންނަމަ ޕީޕިއެމް އާ ދުރަށް ޔާމީނު ވަޑައިގެން ޕާޓި އުފެއްދި އަސްލުފަރާތަ ކަމުގައިވަ މައުމޫނަށް ޕާޓީ ރައްދުކުރައްވާ. ޔާމީނު ޕީއޭ ނުވަތަ މިހާރުގެ ޕީއެންސި އަށް ވަޑައިގަންނަވާ . މިހާރު ވެސް މިއޮތީ ޔާމީނުގެ ބޭނުންގައުމަށް ޖެހިފަ ކަން .ރައޔިތުންނަށް ވިސްނެންދެން ދުރުގަ ހުންނަވާ. ޔާމީނުގެ ބޭނުންގައުމަށްޖެހޭނެ އެ ވަގުތަށް އިންތިޒާރުކޮށްލައްވާ .