ދުވަސްވެ ވެއްޓެން ކައިރިވެފައި ހުރި ހަ ގެއެއް މާލޭގައި އެބަހުރި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެއްޓެން ކައިރިވެފައި ހުރި ހަ ގެއެއް ފާހަގަ ކުރެވިފައިވާ ކަމަށް މޭޔަރު ޝިފާ ވިދާޅުވި ނަމަވެސް އެ ގެތަކުގެ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މޭޔަރު ވިދާޅުވީ ދުވަސްވެ ވެއްޓެން ގާތްވެފައިވާ ހަ ގެއެއްގެ އިނިސްޕެކްޝަން ހަދާ ޕްލޭނިން މިނިސްޓްރީ އަދި އިންފްރާސްޓަކްޗާ (މިނިސްޓްރީ) އާއި ހިއްސާކުރެވިފައިވާ ކަމަށެވެ.
މޭޔަރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ގަވައިދާއި ހިލާފަށް މަސައްކަތް ކުރަމުންދާ ދެ ގެއެއްގެ މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށެވެ.
Gavaaidha hilaafah masahkai kuramundhaa 2 geyge mashkai huhtuvafavani. Dhuvasve vehten gaivefaivaa 6 geygeyge inspectionhadhaa planning and infrastructure aai hihsaakurevifaivani .
— Shifa Mohammed🎈🇵🇸 (@SifaMohammed) July 15, 2019
ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި މާލޭގެ އިމާރާތްތަކުން ތަފާތު ތަކެތި ވެއްޓި މީހުންނަށް އަނިޔާ ވުން ވެސް ވަނީ އާއްމު ކަމަކަށް ވެފައެވެ. އަދި ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި ދެ އިމާރާތެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓިފައިވެއެވެ. އޭގެ ތެރެއިން އެއް ހާދިސާގައި ބަޔަކަށް އަނިޔާ ވެސް ވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު މާލޭގެ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުއްޖަކު ނިޔާވި ހާދިސާ އާއި ގުޅިގެން އިމާރާތްތަކުގެ ސަލާމާތީ ކަންތައްތައް ބަލަން ސިޓީ ކައުންސިލާއި، ސަރުކާރުގެ މިނިސްޓްރީތަކުން ނިކުތެވެ. އެމަސައްކަތް ވަރަށް ބާރަށް ފެށި ނަމަވެސް އެކަމުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އިމާރާތްތަކުން އެއްޗެހި ވެއްޓޭ މައްސަލަ އާއި ސަލާމަތީ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރާ މައްސަލައަށް ހައްލެއް ހޯދުމުގައި އިދާރާތައް ފެއިލް ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
މިދިޔަ ހަފްތާގައި ވެސް ސިމެންތި އަޅާފައި އޮތް ޖަމްބޯބޭގެއް އިމާރާތަކުން ވެއްޓި މީހަކު ނިޔާވިއެވެ. އެހާދިސާ ހިނގީ ހުޅުމާލޭގައެވެ.
1 ރައީސުލް ޖުމްހޫރިއޔާގެ އޯފީސް
ސްޕްރީމްކޯޓް
އެޓާނީޖެނެރަލްއޮފީސް
ޙައިކޯޓް
މުލިއާގެ
ނާޤާބިލުވެ ވެއްޓެން ކައިރިވެފައިވާ ވަގު ވެރިކަމެއް ރައްޖޭގައި އެބައޮތް!
ތިހިން ނުކިޔާ ތިގަސްކަޑަލަންވީނު..މާލޭގަ އެބަހުރި ވެއްޓެން ކައިވެފަ ހުރި އެތައް ތަނެއް..ގަސް އެކަނިތަ ފެނުނީ..މަގުމަތިން ހިގާ ދާއިރު މީހުން ވެއްޓޭ ގޮތައް ކިތައް ކާނު ގަޑު ހުރިކަން އެގޭތަ؟
އެވާނީ ޔާމިން އިންދިގަސް ކަމައް
މޫނުމަތިން ހަންޑިއެއްގެ ސިފަ ފާޅުވާ، ދީނުގެ ކުޑަވެސް ކަންފުޅެއްނެތް ހައްދުފަހަނަ އަޅާ ދާން ކައިރިވެފަ ތިބި ހައެއްކަ އަންހެނުންވެސް އެބަތިބި ރާއްޖޭގެ ސީޔާސީ މަތިފަޑީގަ. ހަމަ ބުނެލީ.
ހަހަހަހަ ކެކެކެކެކެ ތެދެއް ތިބުނީ.
ކަޅޭ ހާދަ ހިކި ރީތިވެއްޖޭ
ރީއްޗޭ! އެ ދައިތަ ރީތި؟ ތިހިރީ ރީތިހުތުރު އެނގިފަ.
މޭޔަރުކަން ކޮށްކޮށް މުސްކުޅިވީއިރު މިހާތަނަށް އެނގުނުހާވެސް އެއްޗަކީ ތިއީތޯއެވެ! ނޫނޭ ކަމަނާ ވާ ކުޅަދާނައެވެ!
ދެން އަވަހައް ނިކުމެ ފޫގަޅާފަ އެ ހައެއްކް ގެ އަޅާލަދޭންވީނު...
މޭޔަރ ވިޔަސް ނުޖެހެ ދޯ އަހަރުމެންގެ މި ޖީލުގެ އުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އަށް ނުސީދާކޮށް މަލާމާތް ކުރާކަށް ޖިހާދުވެސް އެއީ ދުވަސްވެ ވެއްޓެން ކައިރިވެފަ ހުރި ގަހެއް
ޔަޤީން، ބަލަދު އަރާފަހުރި މީހެއްގެ ގެގަނޑު ތަންކޮޅެއް ބާވީކަން.
ވެރިކަން ލިބުމާ އެކު، ގޭގޭ ދޮރުމަތީ ބަހައްޓާފަ ހުރި ޕެލެޓް ގަނޑުގަނޑު ނެގުމާއި، މަގުމައްޗަށް ކުނިއަޅާ މީހުން ނޫސްތަކާ ޓީވީ ތަކުން އިޝްތިހާރު ކުރުމުގެ މަސައްކަތް ފޫގަޅާފަ ފޯރީގަ ފެއްޓި. މިހާރު ޕެލެޓްތައް ހުސްވެ ކުނިއެޅުން ހުއްޓުނީބާ! ??????
ހުރަވީ އަދި ޤާޒީ ބިލްޑިންގ ހުރީ ވެއްޓެން ކައިރިވެފަތަ ނޫނީ ކުނޑި ކުނޑި ވެގެން ފައިބަނީދޯ
ޕާޓީގެ 6 މީހަކަށް ދައުލަތުގެ ބަޖެޓުން ގެދޮރު އާކޮށްދެއްވަނީ،
ތިޔަ ސަރުކާރުވެސް މިހާރު ވީރާނާވެ ވެއްޓެން ވަނީ ކައިރިވެފަ..
މޭޔަރަށް ދަންނަވާލަން މީހުންގެ ކުރިމަށްޗަށް ނުކުންނައިރު ތަންކޮޅެއް ގައިންބޮލުން ތާހިރުވެގެން ތިޔަ ކުނި ގޮތްގަނޑު ދޫކޮށްލުމަށް
ތިގެތައް ސަރުކާރަށް ނަގަންފެނޭ
މީނަ ބާރުތައް ނުލިބިގެން އުޅުނު އިރު ހީވި އެހެންފަދަ ކަމެއްހެން. ލިބުނީމަ ރަތްޔިތުންންއް ކަމެއް އެބަކޮށް ދެވޭތަ. ބާރުތައް ނަގައިގެން ކުރިހާވެސް ކަމަކީ ތިމާ މީހާގެ މުސާރަ ބޮޑު ކުރީ. ރަތްޔިތުން ގެ ޓެކްސް ފައިސާ އިން.
ބެލްކަނީ ވެއްޓުނު ގޭގަ ވެސް އަދިވެސް މަތީ ފްލޯ ތަކުގަ ބަންލަދޭޝް މީހުން އުޅޭ. ކޮބާ އިންސާނީ ހައްގުތައް؟ އެމީހުންވިއްޔާ އޯކޭ ވާނެދޯ!
ކަލޭ އަޅައިދީބަލަ އެގެތައް. ކަލޭމެން އެކަނީ ޚަޒާނާ ކާލައިގެން ތިބޭނެ ކަމެއް ނެތް.
އޭއި ބަލަ ތިއެއް ނޫނޭ. ކޮބާހޭ ކަލޭމެން ބުނި ސަރަހައްދު ބަލަހައްޓާ ޕޮލިހުން. ސިނަމާލެ ފްލެޓްތެރޭ ކުރިންވެސް ޕާޓޭން އުޅޭ. އެކަމަކު މިހާރު އުޅުމަށް ނުކުޅަދާނަ. ކޮންކަމެއް ކުރެވުނީ؟ ލަދެއްނުގަނޭނު. ނުކުމެ ހަ ގެއޭ. ހަމީދަލޭ ގޮވާލީމަ މިއަހަރަށް ކުރަން ހުރި މަސައްކަތް ނިމި އަވަދިވީ. ސާބަހެއް ދެންތަ ކަލޭމެނަށް؟