އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޕެންޝަނަށްބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅުއްވި އިސްލާހަށް މިއަދު ވަނީ އިބްތިދާޢީ ބަހުސް ފަށާފައެވެ.

ޖާބިރު ވިދާޅުވީ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރަން ހުށަހެޅީ ދިރިއުޅުމުގެ ޚަރަދުތައް މިހާރު އިންތިހާއަށް ބޮޑުވެފައި ވާތީ އެވެ.

"މިއިސްލާހް މިހުށަހެޅީ އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއި ފުދުންތެރިކަމާއި އުފާވެރިކަމާއި އެކު ދިރިއުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ޚިދުމަތައް ބަލާފައި އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުންނަށް ކަންތައްތަކެއް ކޮށްދޭން އެބަޖެހޭ ކަމަށެވެ.

"ފަސް ހާސް ރުފިޔާ އިން ކޮން ކަމެއްތޯ ކުރެވޭނީ؟ އުމުރުން ދުވަސްވީ މީހުން ބަލަހައްޓަން ވެސް އެބަޖެހޭ މީހަކު ހުންނަން. އެންމެ 5000 ރުފިޔާ ލިބިގެން އެއްވެސް ކަމެއް ނުވާނެ މިހާރު." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް 10000 ރުފިޔާ ދިނުމުގެ ގާބިލްކަން ސަރުކާރުގައި ހުންނާނެ ކަމަށެވެ.

"އަބަދުވެސް ޚަރަދު ކުޑަކުރަން، ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ. އިތުރަށް ޚަރަދު ކުރަން ޖެހޭ ކަންކަމަށް އިތުރަށް ޚަރަދު ކުރަން ޖެހޭނެ. ގައުމަށްޓަކައި ބޮޑެތި ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް މިފަދަ އިނާޔާތްތައް ލިބެން ޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޚަރަދު ބޮޑުވާ ވާހަކަ އަބަދުވެސް ސަރުކާރުން ދައްކާނެ ކަމަށާއި ސަރުކާރުން ޖެހޭ ކޯސްޓް އޮފް އޮޕަރޭޝަން ކުޑަކުރަން ކަމަށެވެ. "މިގައުމުގައި ސަރުކާރުން ވަރަށް ބޮޑެތި ބޭކާރު ޚަރަދުތަކެއް ކުރަމުން އެބަގެންދޭ. އެކަންކަން މަދު ކުރަން ޖެހޭނީ." ޖާބިރު ވިދާޅުވިއެވެ.

މިބިލް މަޖިލީހަށް ބަލައި ގަތުމާއި މެދު ގޮތެއް ނިންމާނީ އިބްތިދާއީ ބަހުސް ނިމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސައިމާ

    އެބޭފުޅާ ހަމަތޯ ސުވާލުއުފެދޭ. އަޅެ ވަޒީފާއަދާކުރާ މީހުންގެ އަސާސީ މުސާރަ -/10000 ރުފިޔާއަށް ހަދަން ހުށަހަޅާކަށް އެކަކަށްވެސް ނުވިސްނޭދޯ. މަސައްކަތެއްނެތި ހޮޅުއަށިތަކުގަ ވައިއަނގަ ތަޅަންތިބޭ މީހުންނަށް މިހާރުވެސް ދޭ ވަރު ބޮޑު.

    45
    21
  2. ޔަހުޔާ

    ޑިޕްލޮމާ ފެންވަރު ޓީޗަރަކަށް ވެސް ގެއަށް ގެންދަން ދިހަ ހާސް ރުފިޔާ ނުލިބޭ!

    11
    6
  3. ނަސީދު

    މަޖިލީސް މެމްބަރުން އަމިއްލައައް މުސާރަބޮނޑު ކޮއްގެން އުޅޭއިރު ބަޖަޓަކައް ބުރަބޮޑެއްނުވޭ ރައްއިތުމީހާ އަށް ސަރުކާރުން އެއްޗެއް ދޭންވެއްޖިޔާ ބުރަބޮނޑު ވަނި 2024 ވޯޓް ހޯދަން އަންނައިރު ތިކަން ދައްކާލާތި

    13
  4. ދިވެހިމީހާ

    އެއް ލައްކަ ދޭންވީނޫންތޯ. މުސްކުޅި މައިންބަފައިންގެ ކޭޝްކާޑު އޮންނާނީ ދަރިފުޅު އަތުގަ. އާއިލާއަށް ޕެނަޑޯލުގުޅައެއް ވެސް ގަނައެއް ނުދެވޭ. ދަރިފުޅު ބެންކޮކުގަ. ރަނގަޅުތާ. ކަންދައްކަން ބޮޑެތި އަދަދުތަކުން ފައިސާބެހުން ހުއްޓާލާފަ، ހަރުދަނާ އުސޫލެއް ގާއިމުކޮށްބަލަ. މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްބަލަ. މުސްކުޅިންނަށް އަޅާނުލާށެކޭ ނޫން އެކަމަކު ގައުމު ކުރިއަރާނީ މަސައްކަތްތެރިން ދާއޮހޮރި ވަރަކަށް. މިވާހަކަ ވެސް މަށެއްނު ހަނދާންކޮށްދޭން މިޖެހެނީ. މީވާ ސަރުކާރެއް.

    14
    3
  5. ހުސައިން

    ވަޒީފާ އަދާކުރާ މީހުންނަށް 5000 ރުފިޔާ މާބޮޑުދޯ؟ ތިޔަކަހަލަ އަމިއްލަ އެދުމުގެ ގަމާރުން މި ޤައުމުގައި ގިނަވެގެންގޮސް މަޤައުގައި މަސައްކަތްކުރާ މީހުން މިދަނީ ނިކަމެތި އަޅުވެތީނަށް ވެގެން!

    12
    5
  6. ރުނޑިކާޅު މަޖިލިސް

    ހިތްވަރުކޮށްލާ މިޤައުގައި މަސައްކަތްތެރިންވެސް އެބައުޅޭ؟
    ޖާބިރު އެކަހަލަ ވިސްނުމެއް ނެތްތަ؟ އަޅަ އެއީވެސް މީހުން

    7
    3
  7. ބޯކިބާ

    ބޭހަށްވެސް ނުގުޑާވަރުވެފަ އެހެރީ.

    8
    3
  8. Anonymous

    ޖާބިރުގެ ތިޔަ ހުށަހެޅުމަށް ސާބަސް، ގައުމުގެ ގިނަ އާއިލާތަކުގައި 65އަހަރުންމަތީ ކާފަ،މާމަ އަދި މުނިމާމައިން ބަލަހައްޓަންޖެހިފައިވާއިރު އެއިގެތެރެއިންވެސް ދާއިމީ ބައްޔެއްގައި އުޅެމުންދާމީހުން ވަރަށްގިނައޭ ދެންނެވޭނީ، މިފަދަ ބަލި ކާފަ،މާމަމެން ބަލަމުންދާ ގިނަ އާއިލާތަކަކީ ވ.ފަގީރު ހާލުގައި އުޅޭމީހުންވެސްމެއެވެ، މިހާރު ލިބޭ 5000ރ އިންވެސް އެމީޙުންނަށް ކޮންމެވެސް ހަމަޖެހުމެއް ލިބެމުންދާއިރު އަދި އިތުރު ފުދުންތެރިކަމެއް ލިބުމަކީ އެމީހުންގެވެސް ގިނަގުނަ ދުއާއާއި އާދޭހެވެ. ނަމަވެސް ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ 2000ރ އަދަރު އިތުރުކުރުމަށް ދާދިފަހުން މަޖިލީހަށްވެއްދި ހުށަހެޅުންވެސް ބޭރު ކޮށްލާފައިވާތީ، ތިޔަ ހުށަހެޅުމަށްވެސް އެއްވެސް އޮށްތަރެއްލާނެކަކަށް ނުބެލެވޭ.

    9
    2
  9. އައިޝާ ސަނާ

    ޖާބިރު ކަހަލަ އަބަދު ހިނދުކޮޅުގައި ތިބޭ މީހުން މޖުލިސަށް ހޮވިމަ ވާނެ ހައެތި މިވަނީ. ކާށިދޫ މީހުން މީނަހޮވީއިރު ކިހިނެއް ވެފައި ބާ ތިބީ..

    8
    7
  10. މިއަދު

    ސާބަސްޖާބިރު ތިއީ ރަޢިއްޔަތުންނަށް ހެޔޮއެދުމަކީ ތިއީ ކާށިދޫދާއިރާއިން ޖާބިރު ހޮވިބޭނުމަކީވެސް ދައުލަތުގައި ފައިސާހުންނާނެ ދައުލަތަށް ޚަރަދު ބޮޑުވަނީ 65 އަހަރު ފުރޭމީހުންނަށް ބޮޑު ޢިނަޔަތެއް ދޭންވީމަ ދަޢުލަތަށް ޚަރަދުބޮޑުވަނީ ސިވިލްސަވަންޓުންގެ މުސަރަ ބޮޑުކުރަންވީމަ ދަޢުލަތަށް ޚަރަދުބޮޑުވަނީ ރަށްފުށު ތަރައްގީއަށް ޚަރަދުކުރަންވީމަ އެކަމު ރައިސްކަން ކުރާމީހަކަށް ބޮޑެތި ޢިނާޔަތް ދޭން ދައުލަތުގައި ފައިސާއެބަހުރި މަޖިލިހުގެ 1 ދައުރު ،ދެދައުރު 3 ދައުރު ވެސް ފުރިހަމަކޮށް ނުކުންނަމީހުންނަށް ބޮޑު ޢަދަދުން ޢިނާޔަތް ދޭންވީމަ ދައުލަތުގައި ފައިސާއެބަހުރި ކެންޕޭނު ވަޢުދު ފުއްދަން ދަޢުލަތުގައި ފައިސާއެބަހުރި އަޅުގަނޑު ކާށިދޫ ދާއިރާއަށް ޖަބިރު ހޮވުމަށް ގަދައަޅާ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން ޖާބިރުގެ ކިބައިން ވަރަށްބޮޑަށް އެދެން އެއްމެ މުއްސަދިމީހާއާއި އެއްމެނިކަމެތި މީހާ ހަމަހަމަ ކޮށް ދަޢުލަތުން މިނަގާ ޓެކުސް ނުވަތަ ޖީއެސް ޓީ ނެގުން ހުއްޓުވޭނެ އިސްލާހެއް ހުށައެޅުމަށް ނިކަމެތިމީހާ ސަލާމްޖަހައިގެން ހޯދާ 5 ރުފިޔާއަށް ގަންނަ ކިރުމެޓާއިންވެސް ޖީއެސްޓީނެގުން ކަޑަ ހެނދުނު8:00 އިން ފެށިގެން އުނަގަނޑު ދަމާނުލާ މަސައްކަތްކުރާ ދަޢުލަތުގެ މުއައްޒަފުންނަށް 5000ރ ދޭންވީމަވެސް ބޮޑު ނުވިހާ ކުއްޖާއަށް 10،000ރ ދޭންވެސް ކެންޕއެިނުވަޢުދު ވެއްޖެނަމަ އޯކޭ

    8
    1
  11. ޢަދުރޭ

    އަޅުގަނޑަށް ވެރިކަން ލިބިއްޖެއްޔާ ޖާބިރު ބާއްވާނީ ގުދަށް

    6
    3
  12. ސަހީމާ

    ވަޒީފާ އަދާކުރާތާ 40 އަހަރު ފަހުން ވަޒީފާއިން ވަކިވާއިރުވެސް ހުޅުއަށީ ތާއބަދަށް ތިބޭމީހުންނަށް ވާ ވަރުވެސް ނުވި ކޮބާ އަހަރެމެންގެ މުސާއިން ފަހަށްރައްކާ ކުރުމަށް ކޮންމެ މަހަކު ނެގި 7 ޕަސެްނޓްގެ ލާރިގަނޑު މިއީ އިންސާފުބާ

  13. މާމިގިލީ މީހާ

    މިހާރުވެސް 65އަހަރު ވީ މީހުން ވަޒީފާތަކު އެބައުޅޭ. މާމިގިލީ އެޔާޕޯޓްގަ. މިމީހުންނައް ސަރުކާރުން ދޭ އިނާޔަތް ކަޑާލާންޖެހޭ. މިހާރުވެސް 10000 ވުރެ މަތިން ލިބޭ، މިމީހުންނައް.

  14. ލަކީ

    ޢެބޭ ފުޅާ މިހާރު ހާމަޔަކު ހުރިހެން ހީނުވޭ މުޅިން ސަރުކާރަށް ޕުރެސަރު ކުރަން ވެގެން މިއުޅެނީ

    1
    1
  15. ބޭބެ

    10000ރުފިޔާބޮޑު. 7500ރުފިޔާ ރަންގަޅު.

    5
    2
  16. ނަސީރު

    ކޮބާ ވަޒީފާ އަދާ ކުރާމީހުންގެ ހަމަ މުސާރަ ހިތަށް އެރީމަ ..ހިތަށް އަރާވަރު ދެނީ.މިކަމަށްވެސް ޤާނޫނެއް ހަދާފަ އޮތްނަމަ .މިވާހަކަ ނުދަކާނެ އަޅުހަޑުމެން ބުރަމަސައްކަތް ކޮށް ގެން ރެއާއި ދުވާލު މިލިބެނީ 4500ރ ކިހިނެއް މިވަރުން ދިރި އުޅުމުގެ ހާލަތު ރަގަލުހު ކުރާނީ ގިނަފަހަރު މިތިބެނީ ކޮންމެ ވެސް މީހަކަށް ނުވަތަ ފިހާރަ އަކަށް ދަރާފަ.ނުވިތާކަށް ބެންކަށް ވެސް ދަރާފަ..

    1
    1
  17. ކަޅުސޮރު

    އަހަރެމެން ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން ތިވަރު މުސާރައެއް ނުލިބިގެން މިއުޅެނީ. ދެން އަދި އެވަރު ކަމުނުގޮސްގެން، އަހަރެމެން ދައްކާ ޓެކްސް ފައިސާކޮޅު ތިގޮތަށް މީހުން އަޗާ ތަޅަން ދިނުމަކީ ފޭރި ކެއުން ނޫން ކަމެއް ނޫން.

    2
    1
  18. ތިމަންނަ

    ޖާބިރު ބަރާބަރު ، ގަބޫލުކުރިއަސް ނުކުރިއަސް ކާށިދޫގައި ތިބީ މޮޔައިން...

    7
    2
  19. ާަަަަަެެެޮޮިުއަފީ

    މަޖިލީހުގަތިބިއެމްޑީޕީމެންބަރުންއެވެސްމަސެއްކަ
    ތެއްނުކޮއްލިބޭލާރިގަނޑުމަދުވަނޯތޯ؟އާމުރަތްޔަތު
    ންގެލޮލުގައަދުންއަޅުވާ

  20. ަލޮލީޕޮޕްސް

    މީނަ މިއުޅެނީ މީހުންގެ އެޓެންޝަން ހޯދަން

  21. 1111

    މަހުޖަނުންނަށް ދައުލަތުގެ މާލިއްޔާއިން ޚަރަދު ކުރުމަކީ ކަނޑައެޅިގެން އިސްރާފެއް ކަމަށް ދެކެން. މަޖިލީހުގަ ތިބި އެފަދަ މަހުޖަނުންނަށް މުސާރަ ދިނުމުގެ ބަދަލުގި ހަމައެކަނި އެލޮވެންސް ދޭކަހަލަ ގޮތަކަށް ގާނޫން އިސްލާހް ކުރަން ފެނޭ!