ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު ވެފައިވާ އިއްތިހާދުގެ މަތީގައި ކަމަށާއި ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ޖުމްހޫރީ ޕާޓީން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ހުސައިން ރަޝީދު މިހެން ވިދާޅުވެފައި މިިވަނީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ ޕީޕީއެމްގެ ފިކުރު ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މީޑިއާގައި ވާހަކަ ދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހުސައިން ރަޝީދު މިއަދު ވިދާޅުވެފައިވަނީ ޖަމީލު ހާމަކޮށްފައިވަނީ ޕާޓީގެ ވިސްނުން ނޫންކަމަށާއި އެއީ އޭނާގެ އަމިއްލަ ވިސްނުން ކަމަށެވެ.

އަދި ޖޭޕީގެ ކައުންސިލް އެއްބާރުލުމެއް ޕީޕީއެމްއާ ގުޅެން ނުލިބޭނެ ކަމުގެ ޔަގީންކަންވެސް ހުސައިން ވަނީ ދެއްވާފައެވެ.

ޕާޓީގެ ތެރެއިން ވަކި ބޭފުޅަކު ފާޅުކުރާ އަމިއްލަ ޚިޔާލަކީ ޕާޓީގެ ރަސްމީ ބަސް ކަމުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހުރިހާ ބޭފުޅުންވެސް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ބެހެއްޓުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއްގެ ދައުރު އަދާ ކުރުމުގައި އެހީތެރިވެވެން އޮތް ގޮތަކަށް އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖަބޭ.

  ބަލަ ހުސައިނޫ ނޫނޫ ސަރުކާރުގެ މިނިސްޓަރު ކަމުގައިވެސް ހުރެވޭނެ ބިރުނުގަނޭ. ސަރުކާރުން ބުނަނީ ވަކިފިކުރަކަށް ނުބަލާނަމޭ. މިސަރުކާރުން މީހުން ނުކަނޑާނަމޭ. މިސަރުކާރު ވެރިކަމަށް އައީ ވަކި ފިކުރަކަށް ނުބަލާ ހެޔޮވެރިކމެއް ކޮށްދޭނެކަމަށް.މިސްރުކާރުން މީހުން ވަކިކުރަނީ ޒީރޯ ޓޮލަރެންސްގެ ދަށުން.

  15
  2
 2. ފާއިޒު

  ވަޒީރުކަން ގެއްލިދާނެތީ ހދަ ބިރެއް ގަނޭދޯ

  18
 3. އައްޔާ

  ނާޒިމް ސާ ބުނަނީ ޖޭޕީއާ އެއްކަމެއްގެ އެއްބާރުލުމެއް ސަރުކާރުން ނުދޭ ކަމަށް. ނުކުޅެދޭ މީހުންގެ ބިލުވެސް ބޭރު ކޮށްލީ. ދެން ތިޔާ ޕާޓީގެ އެސްޖީ ކިޔާ އެއްޗަކާ ގުޅުނެއް ނެތް ދޯ މިވާ ކަންކަމާ. އަނެއްކާ ތީ ތިޔާ ޕާޓީގެ ސުޕޯކްސްޕާސަނެއްވެސް ނާުނެއް ނުން ބޭފުޅާބ ޖަމީލޭ ތިކިޔަނީ

  12
 4. ވަގުތު ހޭޓަރ

  ބޮނޑިބަތް ކާނަން

  3
  2
 5. ދދދދދދ

  ތިއެއްނޫނޭ ކަލޭ ލާދީނީ ބާގައަށް ސޮއިކުރަނީ ކޮންއިރަކުހޭ؟. ލަސްކުރަނީ ކީއްވެހޭ؟ ގާސިމް އަތުން ކެވުނުވަރު މަދީހޭ؟ މިވަރު ބޯބުރާންތި ޑރ. އެއް މި ގައުމަކު ނޫޅޭނެ.