ބ.އަތޮޅު ކަމަދޫ ހެލްތް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ މުހައްމަދު ނަވީލް "ވަގުތު" ގެ މެނޭޖިން އެޑިޓަރަށް ފޯނުކޮށް އަވަގުރާނަ ގޮވުމަށް ފަހު ބިރުދައްކައިފިއެވެ.

ކަމަދޫ ހެލްތް ސެންޓަރުގައި ޓްރާންސްލޭޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ނަވީލް "ވަގުތު" ގެ މެނޭޖިން އެޑިޓަރާއި ދިމާއަށް އަވަގުރާނަ ގޮވާފައި ވަނީ އިއްޔެ "ވަގުތު" ގައި ގެނެސްދިން ޚަބަރެއްގައި ކަމަދޫ ހެލްތް ސެންޓަރުން ފޯނަށް ޖަވާބު ނުދޭ ވާހަކަ ލިޔެފައި އޮތުމުންނެވެ.

ކަމަދޫ ހެލްތް ސެންޓަރުގެ މުވައްޒަފު ނަވީލް ވަނީ "ވަގުތު" މެނޭޖިން އެޑިޓަރުގެ ފޯނަށް ގުޅައި "ކަލޭ މެން ފަ* *ށ" ބުނެ އަވަގުރާނަ ގޮވާފައެވެ.

ކަމަދޫ ހެލްތް ސެންޓަރުގެ މުވައްޒަފު ނަވީލް މިގޮތައް ވާހަކަދައްކާފައި ވާއިރު މިއީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައި އޮންނަ މުވައްޒަފުންގެ ޤަވައިދާއި ވެސް ހިލާފު ކަމެކެވެ. "ސިވިލް ސާވިސްގެ ޤަވައިދުގެ" 16 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ކޮންމެ މުވައްޒަފަކު މަސައްކަތުގައާއި އުޅުމާއި ގުޅުމުގައި ހެޔޮ މަސައްކަތު އަޚްލާޤާއި ހަރުދަނާ ސުލޫކު ހިފަހައްޓާ ނަމޫނާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެޤަވައިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ކޮންމެ މުވައްޒަފެއްގެ ވެސް އުޅުމާއި ގުޅުން ބަހައްޓަންވާނީ ދިވެހި ސިވިލް ސަރވިސްގެ އަބުރާއި ޢިއްޒަތާއި ޝަރަފާއި ޤަދަރު ހިފެހެއްޓޭނޭ ގޮތަކަށް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމަދޫ ހެލްތް ސެންޓަރުގެ މުވައްޒަފު ނަވީލް އަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭނާ އަކީ މިހާރު ވެސް ޤަވައިދާއި ހިލާފަށް ބިދޭސިން ލައްވާ މަސައްކަތް ކުރުވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

"ރަށުގައި ހިންގާ ހުރިހާ ޖަރީމާއެއްގައި އިސްކޮށް އުޅޭ މީހެއް އެއީ. މިހާރު ވެސް ދެތިން ހަތަރު ވަގު ބަންގާޅީން ލައްވާ މަސައްކަތް ކުރުވައިގެން އުޅެނީ. އެއީ ވެސް ޤާނޫނާއި ހިލާފު ކަމެއް." މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޤަވައިދާއި ހިލާފަށް މީހުން ލައްވާ މަސައްކަތް ކުރުވުމުކީ ހިއުމަން ޓްރެފިކިންގެ ކުށެކެވެ. އެއީ ރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން ބައިނަލްއަޤުވާމީ މުއާހަދާތައް ބުނާ ގޮތުން ވެސް ބޮޑު ކުށެކެވެ.

މިއީ ސިވިލް ސާވިސްގެ މުވައްޒަފަކު "ވަގުތު" އަށް ގުޅައި މިފަދަ ހަޑިހުތުރު ގޮތަކަށް ވާހަކަދައްކާ އިންޒާރު ދިން ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކެޔޮޅު

    އަވަގުރާގޮވިޔަސް ދޫއުފުރާލާފަ އެއްލާލިއަސް ހަގީގަތް ވާނީ ހަމަ ހަގީގަތައް އެސޮރު އެއުޅެނީ އަދި ކަމާދާ މީހަކާ ނުޖެހިގެން!!

    64
    4
  2. Anonymous

    " ކަމަދޫ ހެލްތް ސެންޓަރުގެ މުވައްޒަފު ނަވީލް މިގޮތައް ވާހަކަދައްކާފައި ވާއިރު މިއީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައި އޮންނަ މުވައްޒަފުންގެ ޤަވައިދާއި ވެސް ހިލާފު ކަމެކެވެ. " . ޤާނޫނުގަ އޮންނަގޮތަށް ކަންތަށް ކުރަނީ ކޮންބައެއްކަން ސާފު ކޮށްދީބަލަ ؟

    55
    11
    • ޢަލީ

      ލުތުފީއާއި އެމްޑީޕީ ކުދިންކޮޅު. އެމީހުން ގައުމުގަ ހުޅުޖެހިޔަސް އޯކޭ

      9
      2
  3. އިއްބެ

    ވަރައްއަވަހައް އެބަދަން އެސޮރު ސައިޒުކޮއްލަން އެހެން ނުފުއްޕޭނެ!

    53
    11
  4. ކޮއްކޮ

    ފާފުގަ އަބަފިލިޖަހާފަ ސުޓާޖަހާފަ ހުސްތަންކޮޅެއް ދޫކޮއްފަ ސުޓާޖަހާފަ ށ ޖެހީމަ އެއީ އައުގުރާނަތަ. ފަ* *ށ

    27
    50
  5. ދިސްވޭ

    ތިޔާއީ އިންޑިއާ އަށް ވާނެ ވަރު 1 މިލިއަން ޑޮލަރު ދެވޭނީ އަދި ދޭއިރު ވެސް ތިޔާ ހުރިހާ މަސައްކަތެއް އަދި ތަކެއްޗެއް ވެސް ގަންނާނީ އިންޑިއާ އިން އަދި ތަކެއްޗާއި މަސަައްކަތުގެ ފެންވަރު އިންތިހާ އަށް ދަށްވާނެއޭ އެއީ ޔަގީން ކަމެކޭ އަދި ވެސް މިއުޅެނީ އައި ޖީއެމްއެޗްގެ މަރާމާތުން އަރައިނުގަނެވިގެންނޭ އެވަރުގެ 100 ހޮސްޕިޓާ އަޅާނެ ޚަރަދު ހިނގައްޖެއޭ ދައުލަތުގެ ބަޖެޓުން އެތަން ޖެހޭނީ އާޚިރުގައި ހަމަ ތަޅާލަންއޭ މީއޭ ހަގީގަތަކީ މިއަދު...

    22
    3
  6. އާދަނު

    ދެރަކަމެއް. އެ މަރުކަޒުގަ އުޅޭ ސޮރު އެކުރިކަންތައްވެސް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ހުތުރު ބަހުން ވާހަކަ ދައްކައިގެން ރަސްމީ އިދާރާއެއް ތަމްސީލުކުރެވިގެން ނުވާނެ. އެއީ ސަރުކާރު، މާނައަކީ އާމުންނަށް ހިދުމަތް ދޭ ތަންތަނޭ. އެހެންވީމާ މަސައްކަތުގެ ސުލޫކު ދަމަހައްޓަންވާނެ

    38
    4
  7. ޢިޔާބު

    މައްސަލަ ޖައްސާ.. ވ ކެނޑިފަ ތިބޭ މީހުން ގިނަ ރަށެއް.

    43
    3
  8. ނާސްތާ

    ކޮންމެސްދޮގެއްނުބުނާތި ރއީސް ވަރަށް ބައްލަވާނެ. ރައީސްގެ މިންގަޑުން ދޮގަކަށްފެތިއްޖެއްޔާ ޖަލުހުކުމެއް.

    28
    7
  9. ތީބޭކާރު އަމަލެއް

    ހަމަރަނގަޅު ބިމާހަމަކޮށްފާ ބައިތިއްބާ!

    26
    2
  10. ދެކުނު ތަރި

    ރަނގަޅު ޚަބަރެއް. ގޮތްކުޑަ ކޮރަޕްޓް މީސް މީހުންގެ ފަރުދާ ހަމަ ކަހަންވީ! ތި ކަލޭގެ ފޮޓޯއެއް ވެސް ޖެހިނަމަ ހުންނާނެ ..

    46
    4
  11. މޮހޮދު

    އެކަހަލަ އެއްޗެހި ބޮއެއުޅޭ އެއްޗެހިންނަށް ދުލުން ކިޔޭނީވެސް އެކަހަލަ އެއްޗެހި. އަދި މާ ފުއްޕައޭ އެބަ

    26
    6
    • ބޮނބި

      އޭނީއެއްނުހޭ އެ ރަށުު ސިއްހީ މަރުކަޒުގެ ވާހަކައެއް ނޫހުގަ ޖެހީމައޭބުނެފަ.... ހެޑްލައިން ކިޔާލައިގެންދޯތި ކޮމެންޓް ކޮށްލީ??

      10
      2
  12. ކޮންކަމަކާތަ..!

    އަވަގުރާނަގޮވީ ކޮންކަމަކާގުޅިގެންތޯ.. ކޮންމެވެސްސަބަބެއްވެސް އޮންނާނެތާދޯ.. ވަގުތުން ޖަވާބެއްދެއްވާ....!

    17
    14
    • އިބޫ

      ކަލޭ ރަގަޅަށް މަތިން ތިރިއައް ކިޔާބަލަ ފުރަތަމަ

      16
      2
  13. ކާކު

    ތީ މިހާރުގެ އާދަ ކުންފުނިތަކުގަވެސް ހާއްސަކޮށް ސްޓެލްކޯގެ ވެރިންގެ ކަމަކީ ދަށުގެ މުވައްޒަފުންނަށް ބެވުން ކަން ކުރެވެނީ އެއްބަތަކަށް

    21
    2
  14. މައިބްރޭން

    ވަގުތު މަސައްކަތާގެން ކުރިއަށް. އެކަހަލަ ގުއިރޯނު ރޮނގާލިން ކޫޑިއެޅީމާ ތެލޭނީ އެވައްތަރަށް އެއްދުވަހުންއަނެއްދުވަހައް އެކަހަލަ ހިކިހިތްވަރުއަރާ ސޮރުން ދާނީގުރުޑުވަމުން. .

    16
    3
  15. ކާފަ

    އިންސާނާގެ ހުރި ނުކުޅެދުންތެރި ކަމާއެވެ. ކިތަންމެ ފުއްޕިޔަސް ބިންފަޅާފައި އަޑިޔަށް ނުދެވޭނެ، އުޑު ފަޅާފައި މައްޗަކަށް ނޭރޭނެ. ޢަދި ހަމަ ބިމަށް ތިރިވާ ދުވަހު އޮންނާނީ ވަގުތު ފާއިތުވެފައި

    9
    1
  16. ފެނަކަ ސޮރު،

    ސިއްޙީ މަރުކަޒުން ޙިދްމަތް ދެއްވުމުގައި ދުވާލާއި ރޭގަނޑު 24ގަޑިއިރު ޙިދްމަތް ލިބޭއެވެ.ސިއްޙީ މަރުކޒުން ކުދިންނާއި އަޅާގެނެގެން އުޅޭމީހަކައްތިއަވާނީ. ޥަގުންގެ ނިމުން ތިޔާފެންނަނީ.ސިއްޙީ މަރުކަޒުވަރެއްނެއް!!!

    1
    5
  17. ފާތުން

    ކޮންމެހެން ކީގޮތައް ކިއުއްވަން އުޅޭކަމެއްނެތް އެއިރުން އެސޮރުގެ ދަރައައް ވެއްޱުނީނޫން މޮޔަޔާ؟

  18. ހުސޭނުބޭ

    އެހެންނު ވާނީ! ވަގުތު ނޫހުން ތި ގުޅީ ކަމަދޫ ހެލްތު ސެންޓަރުގައި ހުންނެވި އަވަގުރާނަ ޑަކްޓަރާ! ނަސީބެއްނު ސްޕެޝަލް ބޭސް ސިޓީއެއް ނުލިޔެދިންކަން!

    8
    1