ޤާނޫނު އަސާސީ އިސްލާހުކޮށް ބޭރު މީހުންނަށް ރާއްޖޭގެ ރަށްވެރިކަން ދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ޕީއެންސީ އިން ބާއްވަމުންދާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ވަރަށް އަވަހަށް ޤާނޫނު އަސާސީ އަށް އެއިސްލާހު ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް އެމީހުން ގެންނަން އެބައުޅޭ ބިލެއް، ގާނޫނެއް. ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް އެއީ. އަޅުގަނޑުމެންނަށް މި އިވެނީ ދިވެހިރާއްޖޭގެ މީސްކޮޅު މަދުވީމަ، އިގުތިޞާދު ހަލާކުވެގެންދާ ވާހަކަ މި މީހުން މި ދައްކަނީ. އެހެން ގައުމެއްގެ ބަޔަކު މި ގައުމުގެ ދަފްތަރުގައި ނުވަތަ މި ގައުމުން ރަށްވެހިކަން ދޭން އެބަ މަސައްކަތް ކުރޭ،" އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެހެން ގައުމުތަކުގެ މީހުން ރަށްވެހިކަން ދޭން އުޅެނީ މި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭތީ ކަމަށާއި އެއީ އެހެން ބަޔަކަށް ވޯޓުލުމުގެ ހައްގު ދީ، ތާއަބަދު ވެރިކަމުގައި ތިބެވޭނެ ގޮތެއް ހަދަން ވެގެން ކަމަށެވެ.
"ކީއްކުރަންތޯ މިއުޅެނީ؟ މިވެރިކަމަށް ޑެލިވާ ނުކުރެވޭތީ. މި ވެރިކަމަށް އެމީހުންނަށް ޕާފޯމް ނުކުރެވޭތީ. ކަމެއް ނުކޮށްދެވޭތީވެ އެހެން ބަޔަކު ގެނެސްގެން ވޯޓުލުމުގެ ހައްގު އެމީހުންނަށް ދީ، މި މީހުން ތާއަބަދު ވެރިކަމުގައި ބައިތިއްބަން ކުރަމުންދާ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން. ތިބޭފުޅުން ވަރަށް ވިސްނަވާތި. މި ދެންނެވި އިސްލާހު ގާނޫނު އަސާސީއަށް އެބަ އާދޭ. މިބޭފުޅުން އެބަ ގެންނަވާ،" ޝިޔާމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީ އަށް މިފަދަ އިސްލާހެއް ގެންނަން އުޅޭކަން ސަރުކާރުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.
އޭރުންތާ ބުދުފައްޅި އެޅޭނީ.
ބިރުގަތީ ދޯ ބުދުފައްޅި ދެކެ؟
ހަފުސާ! ބުދުފައްޅި އަޅައި މުޅިގައުމު ދާނީ ހަފުސްވެގެން.
މިގައުމުގެ ދިވެހިން ކޮޅު މަރާ ހުސްކޮށްލާނެ. ސުބުހާނަﷲ
އޮށްޓްރޭލިޔާގެ ރައްވެހިންހެން ދިވެހިންވެސް ފައްސާ ނަގާލާނެ.
ތިހަދަން އުޅެނީ އެއްމެ ފަހުއެތި، ބާތިލް ދީންތަކުގެ މީހުން މި ކުޑަމުޖުތަމައް މަސްހުނިކޮށް، އަމިއްލަވަންތަކަންވެސް މިގައުމުން ފޮހެލަން މި އުޅެނީ. ﷲ މި މީހުންގެ މި ހީލަތްތެރިކަމުން މިޤައުމު ސަލާމަތްކުރައްވާންދޭވެ.
މިސަރުުކާރަކީ ތެޔޮބިޑީގެ ފިިކުރާއި މޮޑީމަޒާގެ ބާރުން ޤައުމުު ހިންގާ ސަރުކާރަކަށް ވުުމުން. ދެންް ދިިވެހިންނަށް ލިބޭ ފުުރުުޞަތާއި ފުދުުންތެރިކަންްދާނީ ނެެތެމުން. މިއީ އެމްޑީޕީޕީގެ ފަރާތުން ދިިވެހިންގެ މައްޗަށް ފިލުވާލަދޭ ޖަޒީރާ ޙަސަދައެއް. ބަނަވެ ނިކަމެތިވުމުގެ ކުރީގައި ވިސްނަންޖެހެ
ބަލަ ރީނދޫ ގަމާރުތަކާ އިހަށް ދިވެހިރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ. އަނގަޔާ އަތާ ދިމާނުވާވަރު ވަމުން މިދަނީ.
އެއީ މިނިވަންކަމަކީ އެހެންނޫންތޯ.. މި އެމްޑީޕީއަކީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތްއޮތުމައް ނިމުން ގެންނާނެ މީހުން.. ބަލަންތިބޭ.
“ނުވާނަމަ ސަފުން ބަދަލުވުމުގެ ހިޔާލާތެއް
ކަލާންގެ ސަފުން ނުކުރައްވަތެ ބަދަލެއް”
އެބައެއްގެ ހަލާކާ ގެއްލުން އެބައެއްގެ އައްތަކުން ނޫނީ އެބަޔަކު ހޯދާ ނުގަނެއެެވެ. ދިވެހިންނަށް ހެޔޮވިސްނުން މިންވަރު ކުރައްވާ ރާއްޖޭގެ މަސްރަހުގައި ހިގަމުން މިދާ ކަންތައްތަކުން އިބުރަތް ހާސިލްކޮށް ދިވެހިންގެ ދީނާއި އަމިއްލަވަންތަކަން ދެމެހެޓުމުހައި ސާބިކަން ދެއްވާށި. ޢާމީން
ޢެއީ އެވަރުކަމެއްތަ؟ މިނޫނިއްޔާ މިދުނީއޭގަވެސް ނޯވޭ ތިޔަ ފުރުސަތު ނެތްގައުމެއް ބޮޑެތި މަހުޖަނުންނާ ތަފާތު ޢިލްމްވެރިންނާ ހުނަރުވެރިންނަށް ރައްވެހިކަން ހަމަދޭންވީ
ތިބާގެ ގެއިން ނުވަތަ ގޯތިން ބިދޭސިންނަށް ބައި އަޅާފާނަންތަ؟ ޖަނަވާރުންގެ ތެރެއިން އޫރު ނޫނިއްޔާ ނުރައްކަލެއް ދިމާވާ ހާލަތުގައި އަނބިދަރިން ދޫކޮށްފައި ނުބަޗާނެ. އިންސާނުންގެ ތެރެއިން އެގޮތަށް ކަންކުރަނީ ދެބަދޭތެރޭގައި އުޅޭ ބުރާންތިން.
އެހެންޤައުމުތަކުގެވާހަކަދައްކާއިރު ވިސްނާލިންތޯ އެޤައުމުތަކަކީ މިޤައުމާއަޅާބަލާއިރު އެތައްގުނައެއްބޮޑެތިގައުމު ކިހިނެއް މިޤައުމައްހަދަންތޯ ތިވިސްނަނީ ބޭނުންހާއެއްޗެއްހަދަން ދިވެހިން ފުރުސަތެއްނުދޭނެކަން ހަނދާންކުރާތި މީވަރައްވާހަކަ
ފިޖީ އަށް ހެދިގޮތަށް ހަދާލާނެ. އެތަނުގައުވެސް ވެރިކަން ކުރަނީ އިންޑިޔާ ދަރިކޮޅު!
ކިހާ ރަނގަޅު... މިރާއްޖޭގެ ދަރިންތަކެއް އަސީރުވެފަ ސީރިޔާގެ ކުރުދީން އަތްދަށުގަ... އެތަނުން އެއްވެސް މީހަކު ގެނަޔަކަ ނުދިން އަންނިއެއް... އިބޫ ކިތައްމެ ގެންނަން އުޅުނަސް އަންނި އެކަން ހުއްޓުވާ އެބަ... މީގެ ދޮޅު އަހަރެއްވަރު ކުރިން ސީރިޔާގެ ރެފިޔުޖީ މުސްލިމުންތައް ގެންނަން ވާހަކަދެއްކި... އެކަމު އެއީ މުސްލިމުން ވީމަ އޭރު އެމްޑީޕީން ކެކި އެރީ... ޔަމަނުން ރެފިޔުޖީ އެއްގެ ގޮތުގަ އައިސް ރާއްޖެ ކުއްޖަކާ ކައިވެނިކޮށް ރާއްޖޭގައި އުޅެމުން ދަނިކޮށް ހައްޔަރުކޮށް ޖަލަށްލީގޮތަށް އަދިވެސް އަޅައެއް ނުލާ... އެކަމު އިންޑިޔާ ބުޑިސްޓުންތައް ގެންނަންވީމަ މިކުއްތާއިން ތެޅޭ ވައްތަރެއް ތާ ދޯ... މިޔަންމާގެ މުސްލިމުން ވަންނާނެ ތަނެއް ނެތި އެއުޅެނީ
ދަރިފުޅާ ސޯލިހުގެ ރޭވުމާ އެއްގޮތަށް އައްނި މަސައްކަތްކުރަނީ. ސޯލިހު ސާފުކޮށް ޒިންމާއެ ނަގަންނުޖެހި މޑޕއާ އައްނިއާ ސޯލިހު ބޭނުންވާ ހުރިހާކަމެ ކުރަމުންދަނީ. ސޯލިހަކީ ރޯނުފިލާހުރި ޅަކުއްޖެނޫން. ތިމަންނަގެ މަގާމާ މަސްއޫލިއްޔަތުނޭގެން. 25އަހަރު މަޖުލިހުގަ އިދެފި މޑޕ އުފެދުނީއްސުރެ އެޕާޓީގަ އުޅެނީ ޅައިރުއްސުރެ ގާތް އެކުވެރިޔާ އައްނި. ސޯލިހުގެ ބާރުނެތި ސޯލިހު ބޭނުންނުވެ މިހުރިހާ ނުބައެއް ހިގަންޏާ ސޯލިހު އެބަޖެހޭ ރައްޔިތުންނަ ވާނުވާ އޮޅުންފިލުވަދޭން.. އަދި އިސްތިއުފާދޭން.. މިއީ ސޯލިހު ކަންކުރަންޖެހޭގޮތް. އެކަމަކު ސޯލިހުގެ ނަމުގެ ފަހަތަށް ސޯލިހު އައިގޮތަށް ކަންކަމުގެ ރަގަޅުގޮތްވެސް ފަހަތަށް ފޮނުވާލާފަ ހަނުހުރެގެން އައްނި ކެރޭމީހާލައްވާ ނުބައިބައި ކުޅުވަނީ
އަންނި އެއީ ބުއްބޯ ޅަކުއްޖެއްތަ؟
ދިވެހިން ހޭއަރަންވެއްޖެނު. ގައުމަށް ހަރާމްކޯރު ބަޔަކު މިގައުމުގައި ފިތުނަފަސާދަ އުފައްދައި ކާމިޔާބު ހޯދައިފި. ރައްޔިތުން ނިކަމެތިކޮށް އަޅުދާސްތުކޮށްފި. މިހާހިސާބަށް އާދެވުމުން އެހެނިހެން ދީންތަކަށް ގައުމު ހުޅުވާލިޔަސް ޗުއްޕޭ ބުނަންކެރޭނެ މީހަކު ހުންނާނެތަ. ޢެއޮތީ ވަޒިފާގެ ބިރު. އެއޮތީ އިންޑިއަްއްޑޫ މިލިޓަރީ ބޭސް ބިރު. ނުލަފާ މީހާގެ ނުލަފާކަން ދެކެގެން ތިބުން ނޫން ގޮތެއް ދިވެހީންނަކަށް ނެތް.
މޮޔައިން ގޮވާގޮވެލި ތާއީދުނެތުނީމަ ދައްކާވާހަކަ
ތިއުޅެނީ ގައުމުގެ ބައިތުލްމާލު ކާލިބައިގަޑު
މި މަސައްކަތް ކުރަނީ އިންޑިއާ އިން އަންގައިގެން އަންނި...މި ގައުމުގެ ވެރި އަކަށް އިންޑިއާ މީހެއް ގެނެސް އެމިހުން ގެ ގައުމުގެ ދަށް އަޅުވެތި ކުރަން...ބޮޑެތި މުޖިރިމުން ނަކީ އަންނި ކަހަލަ އައުވާނުން
މިހާރުވެސް ރައްވެހިވެވޭނެ ރާއްޖޭގެ ވަކި ޝަރުތުތަކެއއ ހަމަވާންޖެހޭ.. ޤާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭކަމެއް ނޫން އެއީ..ޝިޔާމްމެންގެ ޢިލްމީ ޤާބިލްކަމެއް ނެތީމަ ކޮސް ގޮވަނީ..
ދެރަކަމެއްނު. މިހާރުވެސް މިތާ ބޭރުމީހުން ގިނަވެގެން އަހަރުން މިއުޅެނީ، އަނެއްކާ ބަޔަކު ގެނެސް ރަށްވެހިކަންވެސް ދެނީ. ދުވަސްކޮޅަކުން އަހަރެމެން ދިވެހިން ކަން ނޭގެ މިތަން ދޫކޮށް ދާން ޖެހޭނީ އެހެން ގައުމަކުން ރަށްވެހިކަން ހޯދަން.