ގދ. ތިނަދޫއަށް އުދަ އަރަން ފަށައިފިއެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ، އެރަށުން އުދަ އަރަން ފަށާފައި ވަނީ ހުކުރުގެ ފަހުން ކަމަށެވެ. އަދި ހުރިހާ ދިމާލަކުން އުދަ އަރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި އުދަ އަރަމުންދާތީ އެކަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި އަދި ފުލުހުންގެ ސަމާލުކަމަށްވެސް މިހާރު އެކަން ގެނެސްފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.