ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށެއްގެ ކައުންސިލަރަކު ކަމަށް ކުރިމަތިލެއްވިޔަސް ދެން އިންތިހާބު ނުވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު މޫކައި ހޮޓެލްގައި ޑީއާރުޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖާބިރު ވިދާޅުވީ އިދިކޮޅުގައި އޮތް ޕީޕީއެމްގެ ލީޑަރު ކަމުގައި ހުންނެވި ޔާމީން ވެސް ހުންނެވީ ބަނގުރޫޓޫ ވެފައި ކަމަށެވެ.

"ބަނގުރޫޓުވެފައިވާ ކުންފުނިތަކެއް ހިނގާ ގޮތަށް ޕީޕީއެމް އެހިގަނީ ލީޑަރު ކަމުގައި ހުންނެވި ޔާމީން މިދިޔަ އިންތިހާބުގައި ޔާމީން އެ ހުންނެވީ ފެއިލްވެފައި" ޖާބިރު ވިދާޅުވިއެވެ.

އިދިކޮޅު ލީޑު ކުރަމުން އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޑީއާރްޕީން ކަމަށާއި މި ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި ދެން ޔާމީން ކައުންސިލަރަކަށް ލިޔަސް އެ ބޭފުޅާ ނުހޮވޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހުރިހާ ކަމެއް އެނގޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިހާރުވެސް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު ސަރުކާރު ޖަވާބުދާރީ ކުރުވަން 100 މީހުން ބޭނުމެއް ނުވޭ. ކޮންމެ ޓީމެއްގައި ވެސް ހުންނާނީ އެންމެ މެސީއެއް، އެންމެ ފެޑެރާއެއް. 11 މެސީއެއް ނުތިބޭނެ" ޖާބިރު ފާހަގަކުރެއްވިއެވެ.

މުޒާހަރާ ކުރަން ޖެހިއްޖެނަމަ އެކަންވެސް އެ ޕާޓީން ކުރާނެ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްނުދޭނަމަ އެކަމާ ޑީއާރްޕީން އަޑުއުފުލާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ނަމަ

  ޖާބިރު މީހުން ހޮވާގޮތައް ހަމަ ޖެހުނީބާ އަނެންކާ

  78
  3
  • ޔާމީނު

   ރައީސް ޔާމީނަށް މާހެޔޮއެދޭ ބަޔަކަށްވެގެން ރައީސް ޔާމީނަށް ސަޕޯޓުކޮށްފަ ކޮންމެހެން ކޮމެންޓު ކުރާނެކަމެއްނެތް ތިއިން އެކަކުވެސް. ރައީސް ޔާމީނު މިހާރު މިހުރި ހާލަތައް ވައްޓާލީ އޭރު އަތްޖަހަންތިބި ޕީޕީއެމް ގެ މެންބަރުންކަމާމެދު އެއްވެސް ސައްކެއްނެތް. މިކަންތަށްތަށް ނިމޭނީ އަހުމަދު އަދީބާ ހަމަޔަކުންނެއްނޫން މިކަންތަށްތަށް ނިމޭނީ ޕީޕީއެމް ގެ އާމުމެން ބަރުންނާހަމާން. މިކަންތަށްތަށް ނިމޭނީ ރައީސް ޔާމީނާ ހަމައއިން. ރައީސް ޔާމީނަށް ތިހާ ހެޔޮއެދޭ ބަޔެއްނަމަ ރައީސް ޔާމީނުގެ ސަޕޯޓަރުން ކިޔެއްވެގެންތޯ މަގުމައްޗަށް ނުނުކުމެ މިޔަދު މިތިބެނީ.???????????

   27
   51
   • ސަޕޯޓަރު

    މަގުމައްޗަކީ ކަންކަން ނިންމާ ތަނެއްނޫންވެފާ، މަގުމައްޗަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާތީ ރައީސްޔާމީނުގެ ސަޕޯޓަރުން މަގުމައްޗަށްނުނިކުމެ މިތިބެނީ.

    34
    4
   • ބުނެލަން

    އެމްޑީޕީ މީހުންހެން މަގުމައްޗަށް ނިކުންނަން ނުޖެހޭ ކޮންމެހެން ސަޕޯޓްކުރާކަށް. ޔާމީނަށް ހެޔޮދުއާކުރުމަކީވެސް ކުރެވިދާނެ ކަމެއް. މަގުމަތިން ފެންނަ މަންޒަރެއްގައި އޮންނަހާ މީހުންގެ ބާރެއް ނޫން ހަގީގީ ބާރަކީ. ރައީސް ޔާމީން އެ ހާލަތަށް ވެއްޓުމުގައި އަމިއްލަ ޒިންމާވެސް އެބައޮތް. އެކަމު ތާއީދުކުރާ މީހުން އެންމެ ފަހުވަގުތާ ޖެހެންދެން ސަޕޯޓްކުރުމުގައި ތިބޭނެ މަގުމަތިން ނުފެނުނަކަސް. ލިބުނު ވޯޓުންވެސް އެނގޭނެ މަގުމަތިންނޫންކަން ޔާމީނަށް އޮތް ތާއީދު ފެންނާނީ.

    14
    1
 2. ދިޔާ

  ޖާ ކޭ ހަނުހުރެބަލަ. ބޭކާރު އަގަނުތަޅާ

  72
  4
  • ޖޯޖޯ

   ޖާބިރު ތިހެން ބުނެފިތަ؟ ތީގެ ހަގީގަތް އޮންނާނީ ސީދާ އިދިކޮޅަށް. މިހެން މިބުނީ ހަމަ އޭނައެއްނުން ބުނީ ރަލެއް ނޭގެއޭ، ކެސީނޯއެއްވެސް ނުދަންނަމޭ...

   24
   1
 3. އެދުރުބެ

  ލޮލީ މަހަށް ދޭބަލަ. ތިހިރީ ހަމައިގެތަ؟

  71
  4
 4. އަފިރިންގެ ޚިޔާލް

  ޖާބިރު ތިބާ އަދި އިތުރު ކޯޓެއްލިޔަސް ދިވެހި ރައްޔިތުންގެ ތާއީދެއްނުލިބޭނެ، ތިބާ މުއްސަފިވެ ފަފީރުވެ ދަރާ، މިހެން އެބުރޭ ވަހުތާނަހެން ތިޔަ އުޅުއްވަނީ، ބަލަ، ބުރާތިވެފަތަ ތިހުރީ، ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގަ ލައްކަހެއްހާ ވޯޓް ހޯއްދެއްވީ ރައްޔިތުންގެ ލޯބިން، ފައިސާޔަކަށް ވޯޓް ނުގަނޭ، ޑީއާރޕީ އާރޯނުވާނެ، ހިނދޭނީ.

  77
  5
 5. ޕިސް ޕިސް

  މިއަކީ އައިބުގައިވާ ކަންތައްތައް ވެސް އިނގޭ މީހެއްތަ؟

  65
  3
 6. ސަލާމް

  ސާބަހޭ ޖަބިރު.

  9
  73
 7. އަޙުމަދު ޙަމީދު

  ޢިދިކޮޅު މީހުން ބައިބައިކުރާނަމޭ ހިތާ އެމްޑީޕީން ފޮނުވި އަނެއް ފަނި. ކާށިދޫ ވޯޓުކޮޅު ކަލޭ ކޭބަލްކާރުގެ ދަޅަ ދައްކައިގެން ގަތަސް ރޢްޖޭގެ މީހުންނަށް ކަލޭ އެނގޭ. ޠާމީނާ ނުބެހި އެމްޑީޕީ މީހުންނަށް ފޮޑިއެއްވެސް ނުޖެހެނީތަ؟

  66
  6
 8. ހދ

  ޖާބިރުވެސް މައިތިރިވެ ވަޑައި ގަންނަވާށެވެ
  މަނިކުފާނުގެ މައްސަލތައްވެސް ހައްލުކޮށްދެއްވޭނީ
  ހަމަ ޔާމީނަށެވެ ދަރަނިތައްވެސް ހިމެނޭ ގޮތުގައެވެ
  އަދި އެހެންނޫނަސް ޖާބިރަކީ ތިންލައްކަ ވޯޓެއް
  ނޫނެވެ އެހެންވީމާ ތިބުނާހެން ހަމަ ހިލާ ނުވާނެ
  އެވެ.

  63
  4
 9. ދިޔާނާ

  ކަލޭތީ އެއްވެސް އެއްޗެއް އިނގޭ މީހެއް ނޫން ބޭކާރު ވާހަކަ ނުދައްކާ ހުރެވޭތޯ ބަލާބަލަ..

  61
  3
 10. ބަކުރުބެ

  ކަލޭ ކާށިދޫ ކަނޑުގަ ފޮޅިއަޅާ ބަލަ ޖާނޫ، މީނާ ދައްކާނީ ހުސް ހޮޅިވާހަކަ، ތިބޮލުރޮދި ކެނޑިފައި ހުރި ގުޑިއެއް ދައްކާ ވާހަކައެއް އަޑުއަހާނެ މީހަކު މިހާރަކުނެތް

  53
  2
 11. އައިމިނަބީ

  މީނަ އިދިކޮޅުވެގެން ނުކުމެ މިއުޅެނީ ރޔާމީނާ. މީނަމީ ސަރުކާރުގެ އެއް ހިއްސާދާރު. ކާށިދޫގަ އަޅަމުންދާ ޔުނިވާސިޓީތަކާ ޔޮޓްމެރީނާތަކާ ކޭބަލް ކާރުތަކާ ފުލެޓްތަކުގެ އުދަގުލާހެދި މަތިންވެސް ކަނޑުންވެސް އަޑިންވެސް ދަތުރެނުކުވޭ. އެހެންވެ ކައުންސިލް އިންތިހާބުގަ ޖާބިރު ދެއްކިމީހަކަށް ވޯޓުލާން މިތިބީ. ކަލެއާ ދިޔާނާއާ ދެމީހުން ކީކޭބާ ހިތަންއަރައިގެން ތިތެޅެނީ. ރޔާމީނާ ކަލޭ ދިމާކުރަން ތީކާކު.. ކަލޭ ލާރި ބަހައިގެން ގެނައި ސަރުކާރުން ރައްޔިތަކަށް ކޮއްދެވޭކަމެނެތް.. ސޯލިހަށް ލަފާދީބަލަ ކަލެއަށް ހަމަޖެހުމެ ލިބޭވަރަށް ކަލެއަށް ގޮތެވޭތޯ. ދައުލަތަށް ދައްކަންހުރި ފައިސާ ދައްކަބަލަ.

  35
 12. ހޮޑާފުށީ ކަތީބު

  ކަލޭ ލޮލީ ވިއްކަންނުކުތަސް މިހާރު ގަންނާނެ މީހަކު ނުވާނެ ތަނެއް އޮތިއްޔާ އިދަޖަށްސާލަން ވަންނަ ހިބަރެއް ދާދި އަވަހަށް ތިޕާޓީ ހުލިވެދާނެ އާމީން

  35
  1
 13. މިއަދު

  ޖާބިރު ގަދަބަސްނުބުނޭ ޖާބިރު ކާށިދޫ ދާއިރާއަށް ހޮވާފައިތިހުރީ ޖަބިރުވެގެނެއްނޫން އެމްޑީޕީއާއި އެއްމެދުރު މީހަކަށް ކުރިމަތިލާފަހުރި މީހަކަށް ޖާބިރުވީމަ އެކަން އޮންނާނީ މީގެކުރިން ޖަބިރުއަށް ވ ރަގަޅަށް ދައްކަދީފަ ހީނުކުރާތި ކާށިދޫ ދާއިރާގެ ރަޢިއްޔަތުން ޖާބިރުހޮވީ ހަމަ ޖާބިރުވެގެނެއްނޫން އެމްޑީޕީ އޮތްފަޅިއަކުން ޖާބިރުކުރިމަތިލިއަށް މި ކާށިދޫ ދާއިރާއިން ޖާބިރު ނުހޮވޭނެ މިދާއިރާގެ މެޖޯރިޓީ ރަޢިއްޔަތުންނަކީ އެމްޑީޕީއާއި ދިމާއިދިކޮޅު ފިކުރު

  32
  • މޯލްޑިވިޔަން

   ގަމާރު ނުކިޔަވާ ބަޔަކު ގިނަ ރަށެއްކަން ވަރަށް ރަނގަޅައް އެނގޭ

   5
   3
 14. ރަތްގަލަން

  ކަލޯ ޖާބިރާ! ކަލޭތަ މަޤާމް ތަކަށް މީހުން ހޮވަނީ....؟ ހީކުރާގޮތް އުތަ. ކޮސްނުގޮވާ ޑީއާރޕީ މެންބަރުންނާއިގެން ގޮސް ހޮނޑައިދޫ ބީޗްގަ ވެރިކަންކުރަން އިނިއްޔާ މާތާހިރުވާނެ. ދޮންވެލިން ފުށްޖަހައިގެން

  30
 15. ށަނޫން

  ޑީއާރޕީ ތިނިމުމަކަށް އައީ
  ޖަބަރޭ އަކީ ބޮލު ރޮދި ކެނޑިފަ ހުރި ރޯނާ އެއް.

  30
  1
 16. ބާނިލް

  ލޮލް.. މިއީ ވވވ ފާޑެއްގެ ދަގަނޑު ފިރިހެނެއް.އަދި ހަމަ ކަނޑައެޅިގެން ބޯހަނަނުޖެހޭ މީހެއް.މިގޮލާ އަވަހަށް ގުރާދޫއަށް ފޮނުވާލާ!ކާށިދޫ މީހުންނަށް ހަމަ އައްސަރިބަހާއި ސާބަސް މިކަހަލަ މީހަކު މަޖިލީހަށް ހޮއްވެވީތީ.ހެހެހެހޭ.

 17. ...

  ކޮންމެ ބަޔަކުވެސް މި އުޅެނީ ޔާމީނާ އަޅައިގަނެގެން. މައްސަލަ ވަަރަށް ސާފު. މި އެންމެންވެސް ޔާމީނާ އެއް ހަމައަކަށް އަންނަން އަސްލު ބޭނުންވަނީ. ޢެކަމަކު ނާދެވޭނެތީ އަންނަ ރުޅިން ޔާމީނަށް ހުރިހާ ފޯރިއެއް މި ބާލަނީ.
  ޖާބެ ވެސް ކޭބަލް ކާރު ނޭޅުނީމަ ބުނާނީ އެއީ ރޔ ގެ ސަބަބުންނޭ ކަންނޭނގެ ?
  ޢަދި ބުނަން ވާހަކައެއް. ޖާބެ މެން ހޮވޭ ގޮތަށް ޔާމިން ނުހޮވޭނެ. އެއީ އޭނަ އަކީ ލާރި އަށް ވޯޓު ގަންނަ މީހެއް ނޫން ވީމަ. ޔާމިން ހޮވެންޏާ ހޮވޭނީ ރީތި ގޮތުގަ. ވަރަށް ވާހަކަ.

  14
  • ގަމާރުމޯލްޑިވިއަންމ

   ޔާނު އަކީ ހާދަ ބޮޑު ފޭލިޔަރެކޭ

   13
 18. ޢަދުރޭ

  ކަލެއަށް ހީވާ އެއްޗެއްތީ .ހުޅުމާލެއާ މާލެއާ ދެމެދު ތިއޮތް ބުރިޖް އޮތްހާ ހިނދަކު ޔާމީންގެ ޒިކްރާ މި ދީބުން ފޮހެލުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫން . އަދި އޮތީ އަންނަން އޮތް ބައި ޖާބިރު ކަލޭ ތިބުނި ބަސް ކަލޭގެ އަނގަޔަށް ވައްދާފަ ހުއްޓާލާނީ އަހަރުމެން . މި ކޮމެންޓް ނުޖެހިޔަސް އޯކޭ މި ކަލޭގެ މި ބުނި އެއްޗަކުން އަހުރެން ރުޅިއައިއްސަ ހުރި ވަރު މި ކޮމެންޓް ކީ މީހަކަށް އެނގޭނެ . ޔާމީނަކީ ތިކަލަ މީހެއް ނޫން . ކެސިނޯ ތިހިރީ އެޅިފަ . ll

  16
  • ގަމާރުމޯލްޑިވިއަން

   ކާކުބާ ބުރިޖުނަ ޒިކުރާ އާ ކުރަނީ.ތިގޮތަށް ޒިކުރާ އާ ކުރާނަމަ ނަސީދުގެ ޒިކުރާ މާފުށި މީހުން ކުރާނެ

   2
   1
   • ..

    މަ ޔާމީނުގެ ޒިކުޜާ އާ ކުރަން. ބްރިޖާ ތަންތަން ފެންނަ ކޮންމެ ފަހަރަކު ޔާމިން މަތިން ހަނދާން ވޭ. ކަލެއަށް ކީއް؟

 19. ސީލާ

  އަވަސް ރިޔާސީ އިންތިޚާބެއް ބާއްވާ މިހާރު މިއަދު ވޯޓެއްނެގިޔަސް 70 ޕަސެންޓް ވޯޓުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ! 2018 ގެ ވޯޓުންވެސް ޙާޤީޤަތުގައި ހޮވުނީ ރައީސް ޔާމީން. ވޯޓު ފޭރިގެން ސަރީފްގެ ސޮއްޑުދަށުން ދިޔަވޯޓުވެސް އުޅެނީ 96000 ގައި! ދެން ލަލަލާ! ކަލެޔަށް ކާށިދޫ ދައިރާއިން ލިބޭނީ 6 ވޯޓު! ސްޕީޑް ލޯންޗްފަހަރާ ، ރަށުޕިކަޕްތަކާ އެޔަރކޯންތަކާ ހާހުން ބަހައިގެންވެސް ކިރިޔަކިރިޔާ ތިހުރީ ހޮވިފަ! ބޭކާރު އަގަ ނުތަޅާ ކާށިދޫއާ ގާފަރު މަތިންނާ ތިރިން ގުޅާލަންއުޅޭ!

 20. ޒާ

  ކަލެޔަށް ތިޔަ އޮތީ ޑީއާރުޕީ ހިންގިފަ. ދެން ބޮލިހޮވަންދޭ. ސިޔާސީގޮތުން ފާޑުކިޔަން ނޭނގިގެން އަބަދު ޔާމީނަށް ދިމާކުރާނަމަ ކަލެޔާއި ޑީއާރުޕީ އޮޔާލާނަން. މަ ހީކުރީ ކަލޭތީ ރަނގަޅު މަސައްކަތެއްކުރާނެ މީހެއްކަމަށް. އެކަމަކު އިނގިއްޖެ ކަލޭގެ ހަސަދު ޔާމީނަށް ދިމާކޮށްގެން ފިލުވަން އުޅެނީކަން. މަ ނުހުންނާނަށް ތިޔަ ޑީއާރުޕީއަކު.

 21. ދިޔާނާ

  ކަލޭ ސިކުނޑީގެ މައްސަލައެއް އުޅޭކަމަށް ފެންނަނީ، މުޅިންވެސް ތިދައްކަނީ ދެއުޅި އެއްނުވާ ވާހަކަ

 22. ައާ

  ރައީސް ޔާމީން ކުރިމަތި ލައްވާނީ ކައުންސިލް ކަމަކަށް ނޫން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާކަމަށް އިންޝާﷲ މާތްﷲގެ ވާގިފުޅާއެކު އެމަނިފާނު ދެންއަންނަ ދައުރުގެ ރައީސުލް ޖުމްހޫރިއްޔާއަކީ .އަހަރުމެން ރައީސް ޔާމީނަށް ތާއިދު ކުރާ މީހުން ބޭނުމެއްނޫން ޖާބިރު ކަހަލަ މީހަކާ ރައީސް ޔާމީނާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދައްކާކަށް

 23. ބެއްޔާ

  ރައީސުލްޖުމްހޫރިއްޔާ އަލްއުސްތަނަކުން ޢަބްދުﷲ ޖާބިރު ކިޔާނެ ދުވަހެއް މިގައުމަކަށް ނާންނާނެ. ވަރަށް ޔާގީން ކަމާއެކު މިބުނީ. މައުމޫނަށް ވަރިކަމަށް އާދެވުނަސް ޖާބިރަކަށް ނާދެވޭނެ

 24. ސާމިޔާ

  އަހަންނަކީއަބަދުވެސް ޖާބިރުދައްކާވާހަކައަށް ޖޯކުޖަހާ ކޮމެންޓުލިޔާމީހެއް ... އެހެންނަމެސް ޖާބިރު މިފަހަރުތިބުނިވާހަކައަށް ވަރަށް ތާއީދުކޮށްފިން ... އެކަމަކުވެސް އެއްކަލަ ކޭބަލްކާރުގެކަންތައްމަތިން އަދިވެސްހަނދާންވޭ އިނގޭ !!

 25. ރާބިރު

  ލޮލީ ޖާބިރު ކަމަކީ ބޮއެގެންހުރެ ބޭކާރު ވާހަކަ ދެއްކުން. ކަލެއަށް ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބުނުތަ؟ ކުރިމަތި ލިއަސް ނުހޮވޭނެ އިން ޝާ ﷲ.

 26. ފފފފ

  މިކަލޭގެ ދެން ކިޔާނެ އެއްޗެއް ނޭނގިގެންތަ މިއުޅެނީ. ރައީސް ޔާމީނާ ނުބެހެއްޗޭ އިނގޭ!!!

 27. Anonymous

  ހޮނޑާދޫ އެއީ ކޮން ރަށެއް ކަމެއް، ރަލަކީ ކިހިނެއް އެއްޗެއްކަން ނޭނގޭ!!! ބަލާބަލަ ގުރައިދޫ މަރުކަޒުގަ ހުސް ޖާގައެއް ހުރިތޯ.

 28. Anonymous

  ނާ ހަމަތެދެއް. ދެން ރައީސް ޔާމީނަށް، ކައުސިލަރުކަން ނުލިބުނިއްޔޯ!!! ދެން ދިވެހި ރައްޔިތުންނަށް، ކަލޭމެން ކީއްކޮށްދޭނީ؟؟ 32 ބިލިއަން ރުފިޔާގެ ބަޖެޓު 7 މަހުން ކައި ހުސްކޮށް ރީ ނިމިއްޖެ. ރައްޔިތަކަށް ވީ ފަސޭހައެއްނެތް.. އިންފްރާސްޓްރަކްޗަރ އެއްވެސް ޕްރޮޖެކްޓެއް ނުހިންގުންތާ، ހަދާފަހުރި ތަންތަނުން ހަލާކުވާ ތަންތަން މަރާމާތު ކޮށްނުލެވޭ. ރަސްފަންނުގެ ކުޑަތައް ހަލާކުވެ އެދިޔައީ. ރައީސް ޔާމީން އައިސް ކުޑަދަށުގަ އިންނާނެތީތަ އެތަން ނުހަދަން އެހުރީ. އެހެނެއްނޫން އެވަނީ. ދިވެހި ރައްޔިތުންނަށް މިސަރުކާރުން ކުރާ ޖެއްސުމާއި، ޖައްސާ އުނދަގުލާ ދިވެހި ރައްޔިތުންގެ ހައްޤު މިންވަރަކީ، މުންޑާ، ލިބާހާ ކަނއްކާ، ގަންޖުފޮރާހަށްވާތީ ރައްޔިތަކަށް ކަމެއް ކޮށްނުދެނީ.

 29. Anonymous

  ހިއްޕަވާ، ކަލޭ ދެން ޔާމީން ދެކެ ހާދަބިރެކޭ ދޯ ތިގަންނަނީ.. ކެކެކެކެ

 30. ލޮލީބޮލީ

  ޖާބިރު ތިހެން ހީކުރިއަސް ޔާމީނަށް އަދިވެސް ޖާބިރަށްވުރެ ގިނަ ވޯޓް ލިބޭނެ މާތްﷲގެ އިރާދަފުޅާއެކު. ޔާމީން ކައުންސިލަރުކަމަށް ކުރިމަތިލާ ވަރަށްވުރެ މާ ހިންގުމުގެ ކެޕޭސިޓީ ހައި ބޭފުޅެއް އެއީ. ކައުންސިލަރުކަމަށް ހޮވިގެން ޓެލެންޓް ބޭކާރު ކުރުމުގެ ބޭނުމެއް ޔާމީނަކަށް ނެތް.

 31. މިގޭ

  ހޮޑައިދޫ ކަތީބު މިކަޔަނީ ކީކޭތަ

 32. އަސަދު

  ޖާބިރުގެ މިވެއެވެނި އެއްޗެކޭ ކިޔާބަލަ މަޖިލީހުގައި ވާހަކަ ދައްކާއިރުވެސް ހުސްދޮގުހަދަނީ ރަލަކީ ކޮންއެއްޗެއްކަން އެގޭނީ ރާބޯމީހުންނަށޭ މިހިރަ ހުފިލަޑަޔާ ނުބުނަންތަ! ހޮޑައިދޫ ގޮޑުދޮށުގައި ރާބޮއިގެން ނެށިހަދާން ނެތުނީތަ! ހަޔާތްކުޑަޔަސް ތިވަރުބޮޑު