އިންޑިއާ އިން އެއްވެސް ވަރެއްގެ ބާރުގެ ބޭނުމެއް ކުރަން ވިސްނާ ދިވެހިރާއްޖެއަށް ސިފައިން ފޮނުވާނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ކަން އިންޑިއާ އަށް ހަނދާން ކޮށްދޭކަމަށް ބުނެ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ދިފާޢުގައި އިންޑިއާ އަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ޗައިނާ އިން މިއިންޒާރު ދިނީ ޗައިނާގެ "ގްލޯބަލް ޓައިމްސް" ގެ އެޑިޓޯރިއަލްގައެވެ. މިއީ ޗައިނާ ސަރުކާރުން ހިންގާ ނޫހެކެވެ. އެނޫހުގެ އެޑިޓޯރިއަލް އަކީ ޗައިނާ ސަރުކާރުން އެކި ކަންކަމާއި ދެކޭ ގޮތް އާންމު ކުރާ ކޮލަމެކެވެ.
"ގްލޯބަލް ޓައިމްސް" ގައި ބުނެފައި ވަނީ ގައުމެއްގެ ހާލަތާއި ބެހޭ ގޮތުން އަވައްޓެރި ގައުމުތަކަށް އާންމުކޮށާއި އަދި އާންމުކޮށް ނޫނަސް މަޝްވަރާ ކުރެވޭނެ ކަމަށާއި ނަމަވެސް ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް އެއްވެސް ގައުމަކަށް ނުވަދެވޭނެ ކަމަށެވެ.
"ދިވެހިރާއްޖެއަށް ދިމާވެފައި ވަނީ ދާހިލީ މައްސަލައެކެވެ. މައްސަލަ ހައްލު ކުރުމަށް އިންޑިއާ އިން ބާރުއެޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އޭގެ އިތުރަށް އިންޑިއާ އިން ރާއްޖެއަށް ސިފައިން ފޮނުވަން މަސައްކަތް ކޮށްފިނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ވާހަކަ ވަރަށް ސާފުއިބާރާތުން، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށް އެކަން އަންގަމެވެ." ނޫހުގައި ބުނެފައި ވެއެވެ.
ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ވަންނަން ޗައިނާ އިން އިންޑިއާއަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް ގްލޯބަލް ޓައިމްސް ގައި ބުނެފައި ވެއެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށާއި، އިސްތިގުލާލަށާއި، ދިވެހިރާއްޖޭގެ ސަރަހައްދަށް ހުރިހާ ފަރާތްތަކަކުން ވެސް އިޙްތިރާމް ކުރަން ޖެހޭނެއެވެ. މައްސަލަތައް ހައްލު ކުރަން ވާނީ ބައިނަލްއަޤުވާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަސްކަރީ ބާރު ބޭނުން ކުރުމަކީ ބައިނަލްއަޤުވާމީ ހުރިހާ އުސޫލަކާއި ހިލާފު ކަމެކެވެ." ނޫހުގައި ވެއެވެ.
ޗައިނާގެ ނޫހުގައި ބުނެފައި ވަނީ 1988 ވަނަ އަހަރު ރާއްޖެ އަށް ލަންކާގެ ހަނގުރާމަވެރިންތަކެއް އެރުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެހީއަށް އެދުނު ކަމަށާއި އިންޑިއާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެފަހަރު ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ އިން ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެއީ އިންޑިއާގެ ބާރުތައް ފުޅާކުރަން އިންޑިއާ އިން ކުރި ކަމެއް ކަމަށް ދެކޭ މީހުން ވެސް އެބަތިބި ކަމަށް ނޫހުގައި ބުނެފައި ވެއެވެ.
"އިންޑިއާ އިން ގަބޫލު ކުރަނީ ރާއްޖެ އިންޑިއާ އަށް އަބަދުވެސް ބަރޯސާ ވާން ޖެހޭނެ ކަމަށެވެ. އިންޑިއާ އަށް އަބަދުވެސް ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވެވެންވާނެ ކަމަށް އިންޑިއާ އިން ދެކެއެވެ. ނަމަވެސް ހަޤީޤަތަކީ އިންޑިއާގެ އަމަލުތަކުގެ ސަބަބުން ރާއްޖެ "ވަރުބަލި ވެއްޖެކަމެވެ." ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ގެންގުޅުއްވަނީ އެމެރިކާ، ޗައިނާ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާން ފަދަ ގައުމުތަކާއި އެކު ވެސް ހަމަހަމަ ޑިޕްލޮމެޓިކް ސިޔާސަތަކެވެ. އެގޮތް އިންޑިއާ އަށް ކަމަކުނުދެއެވެ." ޗައިނާ އިން ބުންޏެވެ.
ޗައިނާ ނޫހުގެ އެޑިޓޯރިއަލް ނިންމާލަމުން ބުނެފައި ވަނީ އދ.އިން ނިންމައިގެން ނޫން ގޮތަކަށް ރާއްޖެއަށް ސިފައިން ފޮނުވުމުގެ ފުރުސަތެއް ޗައިނާ އަކުން ނުދޭނެއެވެ. އަދި ރާއްޖޭގެ ދާހިލީ ކަމަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ވެސް ޗައިނާ އަކުން ނުދޭނެއެވެ.
"އިންޑިއާ އިން ރާއްޖެއަށް ސިފައިން ފޮނުވައިފިނަމަ އިންޑިއާ ސިފައިން ހުއްޓުވަން ޗައިނާ އިން ވަގުތުން ފިޔަވަޅު އަޅާނަމެވެ. ޗައިނާ އިން މިކަމުގައި ފިޔަވަޅެއް ނާޅާނެ ކަމަށް އިންޑިއާ އިން ކުއްހީއެއް ކޮށްގެން ނުވާނެއެވެ." ޗައިނާ އިން ބުންޏެވެ.
މޯދީ މަބުނީމެއްނުން ކަލޭމެނަށްވުރެ ބާރުގަދަ ބަޔަކު މިޤައުމުގެ ދިފާޢުގައި ނިކުންނާނެއޭ، އަންނި ޢާއި ދެމީހުން މަޑުންތިބެބަލަ، ތިކުރަން އުޅޭކަންތަކުން ހައްތަހާ ރާއްޖެ ކަލޭމެން ދެކެ ރުޅިއައިސް ޗައިނާގެ ބާރު ގަދަވެގެން ދާނީ.....
މިކަންކަމުން ނަޝީދު އައް ކުރާނެ އެއްވެސް ގެއްލުމެއް ނޯންނާނެ، ޗައިނާ އާއި އިންޑިއާ ޖެއްސުވީމަ ނަތީޖާ ހިތިވާނެ،
ރަނގަޅު ނަޝީދަށް ގެއްލުމެއް ނުވާނެ އެވޭޅާ އުޅުއްވާނި އިނގެރޭސިވިލާތުގަ އަރާމުގަ ހިމާޔަތުގަ.. ނިކަމެތި ދިވެހި ރައްޔިތުންނަށް ހުރިހާގެއްލުމެއް އޮތީ.. ރައްޔިތުންދެކެ ލޯބިވަންޏާ މިލެވަލަށް ކަންތައް ނުގެންގޮސް އިންތިހާބު އަންނަންދެއް މައިތިރިވެގެން ހުންނަންވީނު
ޗައިނާޔާ އިންޑިޔާ އާއި ޖައްސުވަނީ ކެރަފާ ނަޝީދު.
ސޮނި މުގާބޭ ތިކަމުން ދެކަމު އެކީ ދެވިފަ ހުންނާނީ
ބިރުވެރި ޚަބަރެއް. ކޮންމެގޮތެއްވިޔަސް މިހާރު މި ވަތަނަކީ ދިވެހިންގެ ވަތަނެއް ކަމުގައި ނުބުނެވޭނެ.
މިހާރު އޮންނާނީ ރާކަނިމަސް ކެވިފަ.
ތީގަ އޮތީ އިންޑިޔާ އެކަނިއަރާފިއްޔާއޭ ޖަވާބު އެކަނި ނާރާނެ ނަމަވެސް ދެކަނި އަރާފާނެ
ނޫން މީ ހަމަ ދިވެހިންގެ ތަނެއް މި ޤައުމުގެ ބާރާއި ނުބައްދަލު ބާރެއް މިޤައުމަށްއަރައިފި ނަމަ ރާއްޖެ އަށް ވަފާތެރި އެކުވެރި ޤައުމުތަކުން ރާއްޖެ ސަލާމަތް ކޮށްދޭން މަސައްކަތް ކުރާނެ...
މިގައުމުގެ ބާރާ ބައްދަލު ބާރެއް ބުނެބަލަ. ދެން ހަނދާން ކޮއްދެން މީ ވަގުތު ނޫސްކަން. ޢަދި ބުނެލަން ފުރަތަމަ ފިޔަވަޅު އެޅި ބައެކޭ އޮންނާނީ ޗައިނާވެސް އިންޑިއާ އަކާ ކުރިމައްޗެއް ނުލާނެ. ސަބަބީ އެމީހުންގެ އިކޮނޮމީ އާ އިންފްރާސްޓރަކްޗާ މުހިއްމުވާނެ ރާއްޖެއަށްވުރެ. އެއީ ކައިރީގައި އޮތް ނިޔުކްލިއާ ދެ ބާރު.
ސާބަސް ޗައިނާ ތީ ވަފާތެރި އެކުވެރިންނަކީ.
އިންދިއާ ދެން އަތްޖަހަ ދެން އަތްޖަހަ
މީ ހަމަ ދިވެޖިންގެ ގަޢުމު. އިންޑިޔާއިން ގަދަބަސް ބުނަމުންދާއިރު. ރާއްޖެއާ އެކުވެސް ބާރުގަދަ އެތައްޤަޢުމު ތަކެއް ހުރިކަން އިންޑިޔާއިން ނުވިސްނާ ބަސް ބުނަނީ. އެއްވެސް ނުރައްކަލެއް އަދިނެތް. އިންޑިޔާ އަދި ސައިޒައް ބާލާނެ.
ސާބަހޭ ޗައިނާ. މިހާރު ރޭޕިސްތާނު ތިބޭނީ ސައިޒްވެފަ...
ހީވޭތަކަމެއްހެން ތަކުރުމެންނޭ! އަދި ރަޝިޔާ ، ސަޢޫދީއަރެބިޔާ އޮތީ ސަރުކާރުގެ އޯޑަރަކަށް ބަލަބަލާ! އަޝްކަރީގޮތުންވެސް މާލީގޮތުންވެސް މި ޤަވްމުތަކުގެ ކުރިމަތީގަ އިންޑިޔާ ޖެހޭނީ ވަޅަށްވަންނަން! މިކޮމެންޓް ލިޔާއިރުވެސް އެނގޭ އިންޑިޔާއިން އެ އަރުވާ އަޑުތަކަކީ ރަސްމީ ޙައިސިއްޔަތެއްނެތް ހަމައެކަނި ލޮނުމެދުފަޓާސްކަން! ޖީއެމްއާރަށް މިޤަވްމު އަލުން ދަރުވާލާ ޑޮލަރުތަކެއް ފޭރިގަންނާނޭގޮތެއް ހޯދަނީކަން!
އަލްހަމްދު ﷲ
އިންޑިޔާ ބަޔަކު ނޫޅޭ އަންނާކަށް މިޤައުމަކަށް ހަނގުރާމަ ކުރާކަށް. ކޮންހާ ވާހަކަ އެއްފަތުރާކަށް ދިވެހި ރައްޔިތުން ބިރުގަންނުވަން. ( ފޮނުވައިފިނަމައަޭ، ހަނގުރާމަ ކުރަން އާއްސިނަމައޭ ކިޔައިގެން)
އިންޑިޔާއޮތީ ބުޅާ މަސްގަނޑަކަށް ބަލަބަލާ އޮތްހެން މިގައުމުގެ ސިފައިން ކަތިލާފަރާއްޖެއަށް ވެރިވެވޭތޯ ބަލަބަލާ! ސޮނިބެގެ ދަރިއެއްތަތީ އަނެއްކާ؟؟؟
.އަޅާ ނުލާ ބޭރުގެ އެއްވެސް އަސްކަރީ ބާރަކުން މިހާރު ދިވެހިންނަކާ ކުރިމައްޗެއް ނުލެވޭނެ. .މާބާރުގަދަ ހަތިޔާރު ދިވެހި ރާއްޖޭގަ އެބަހުރި
އަދި އޮތީ އަހަރުމެންގެ ރަޝިޔާ ވެސް ނުބޭ ކަންކަމާ ނުބެހޭ ،، ސައިޒު އޮޅިގެން ނޫޅޭ ހޮޅިން ރާއްޖެއަށް އެރިހެން މިހާރު ނޭރޭނެ..
ޗައިނާއިން ޢިރާޤަށް އެރުން ވެސް ބްލޮކް ކުރިއެވެ. އަދި ޔޫގޯސްލާވިޔާއަށް އެރުން ވެސް ބްލޮކް ކުރިއެވެ. ވީޓޯ ކުރިޢަދަދެއް ވެސް ނޭގެއެވެ. ޔޫ އެން ގައި ވީޓޯ ކުރުމުގެ ޗައިނާގެ ރިކޯރޑް އެއްވެސް ބަޔަކަށް މުގުރާ ނުލެވޭނެއެވެ.
އިންޑިޔާގަ ތިބެނީ މޮޔައިން. އެހެންވެ އެގައުމު ކުރިނާރައިގެން އެއުޅެނީ
3 ނޮވެމްބަރުގެ ހާދިސާގެ ރަނގަޅު މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށއ ސަރުކާރަށް ގޮވާލަން.. ތެދެއް އިންޑިއާސިފައިން އެދުވަހު އެހީވި..އެކަމު އެމީހުން އައުމުގެ ކުރިން ދުޝްމަނުން ދިވެހި ސިފައިންގެ އަތުން ބަލިވެގެން ފިލައި.. އިންޑިއާއިން ބޮޑަށް އެހީވީ ރަހީނުން ސަލާމަތްކޮށް ބާޢީން އަތުލުމަށް
ޗައިނާގެ ބަޔާނަށް ތާއީދުކުރަމެވެ ހަމަ އެއާއިއެކު އިންޑިއާގެ ބަޔާންތައް ކުށްވެރިކުރަމެވެ
އިންޑިއާއިން ރާއްޖެއާ ހަނގުރާމައަށް އަންނަން
ޖެހޭ އެއްވެސް ސަބަބެއް ނެތެވެ ރާއްޖޭގެ ދާޚިލީ ކަންކަކަމުގެތެރެއަށް ވަނުމަށާއި ސިފައިން ފޮނުވަން ޖެހިދާނެކަމަށް ތަކުރާރުކޮށް
އިންޑިއާއިންބުނުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ
ނަފަސާނީގޮތުން ދިވެހިންނަށް ދޭ ހަމަލާއެއްވެސް
މެއެވެ
އިންޑިއާ މަހައްދޭ
ރައީސް ނަޝީދުގެ ހިކުމަތު އަމަލީގެ ދަށުން މިއޮށް ބޮޑުހނގުރާމައަކަށް ދުނިޔެ ތައްޔާރުވަނީ. ނަޝީދާއި ނަޝީދުގެ ބޮޑު އަނގައޭނާގެ ހަލާކު
އަލްހަމްދުއްލިއްލާހި.. ހަމްހުރިﷲއަށް.. ކޮންމެ މުސީބތަކުންސަލާމަތްވާނެދޮރެއްﷲދައްކަވާނެ....ހުރިހާމުސްލިމުދިވެހިންﷲގެހަޒުރަތުންވާގިއެދިތިބެގައުމުގެވަލިއްޔުލްއަމުރުގތަބާވެގެންކިޔަމަންތރިކަމާއެކުތިބޭތިﷲނަސްރުމިންވަރުކުރައްވާށިi...އާމީންq..
މިހާރު އިންޑިއާ އެ އުޅުނީ އަމިއްލަ ސައިޒު އޮޅިގެން. ރާއްޖެއަކަށް އިންޑިއާ ބޭނުންހާ ގޮތެއް މިހާރަކު ނުހެދޭނެ. އެދުވަސް މާޒީވެ ހިނގައްޖެ. މިޢީ ހޮޅިން ރާއްޖެއަށް އައިފަދަ ޒަމާނެއް ނޫން. ޖަޒުބާތުގައި އިންޑިއާ ނުޖެހި ހެއުވިސްނުން އިސްކުރޭ!
އަލްހަމްދުލުއްލާހި. ކުރީގެ ތާރީޚީ އިލްމު ވެރިޔަކު ވިދާޅުވެފައިވަނީ ދިވެހީންގެ ހުރިހާވެސް ހަތިޔާރަކީ އެމީހުން ހެއްދެވި ފަރާތައް ކުރާ" ދުޢާ " ކަމައް އެއީ ތެދު ޙަގީގަތް ރާއްޖެއައް އިންޑިއާ ސިފައިން ގެންނަން ގޮވާލާ މީހުންނަށް މިވަރުން ފުދޭނެ
މާތްކަލާކޮ. މިތާނެތް ތި ދެގައުމު ތަޅާފޮޅާ ހަގުރާމަކުރާނެ ޖާގައެއް.
ސޮނިބެ (ކެރަފާ އަންނި) ފިލާ ހުރެގެން ބާރުގަދަ ބައެއްގެ މަދަދު ލިބޭނެ ކަމަށް ކުށްހީކޮށްކޮށް އެފަކީރު ހަލާކުވެއްޖެ. ޗައިނާއިން އެ އަންގަނީ އިންޑިއާއަށް ކުޑަކުދިން ބޮއްވާނަމަ ފިޔަވަޅު އަޅާނެކަމަށް. ސޮނިބާލަމުން މައިކު ފޫހިފިލުވާ ފިލުމުސްޓާރު ދެން ދޭ މަހަށް.
الله أكبر الله أكبر الله أكبر
މޯދީ ދެން މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ. ޗައިނާއާއި ނުކުޅެވޭނެ. ޗައިނާއަކީ މިއަދު މިގައުމުގެ ރަނގަޅު ބައިވެރިއެއް. އިންޑިއާގެ ސައިޒް މިހާރު އެނގޭނެ.
ސީނުކަރަ އޮތީ މަމެންގެ އަތްދަށުގަ
މީ ނުރައްކާތެރިކަމެއް. މިތަން ދެބައިމީހުންގެ ކިއްލާއަކަށް ވެދާނެ. މިގައުމަށް އެއްވެސް ގައުމަކުން އަރާކަށް ނުޖެހޭ. މީ ދިވެހިންގެ ގައުމު. އިންޑިޔާ ނަމަނަމަ ގޯސްފިޔަވަޅެއް ނާޅާތި. ޗައިނާ އެތަން ބަލާކަށް ނުތިބޭނެ. އޭރުން ހަލާކުވެގެންދާނީ މިގައުމު. ގެއްލިގެންދާނީ އެތައްބައެއްގެ ފުރާނަ، ދީނާއި މިނިވަންކަން.
الحمد لله. ياﷲ މިޤައުމު ސަމާމަތް ކުރައްވާށި!
ދަރިން ނޭ ހޭއަރާ ވިސްނާށެވެ. އެމެރިކާ ބޭނުންވަނީ އޭޝިޔާ ގައުމުތަގު މެދުގައި ބޮޑު ހަންގުރާމައެއް ފަށުވާ މިހިސާބުގެ ހަލާކު ކޮށްލަން.
އެމެރިކާއިން އިނޑިޔާ ޔައް އެއްބާރުލުން ދީގެން ޗައިނާ ޔާތޮޅެން ބޭނުންވާތާ ކިތަންމެދުވަހެއް. މިކަމުގެ ސަވަބުން ފުނޑި ހަލާކުވާނީ ދިވެހިރާއްޖެ.
އިންޑިއާއިން އެރިއަސް އަރާނީ އެމެރިކާގެ އެއްބާރުލުމާއި އެކުގައިކަން ހަދާޏް ކުރާތި އެއިރުން ޗައިނާ އަކަށް ނުކެރޭނެ ދެފަިދުރުކޮށްލަންވެސް.
އަޅެ އެވެރިން މިޤައުމުގެ މިނިވަން ކަން ބޭރުގެފަރާތްތަކާއި ހަވާލު ކޮއްފިއެވެ. މީ މިނިވަން ގައުމެއްތަ؟
ހެހޭ: މާވާހަކަ ގިނަކުރީމާ ދެންވާނީ ތިހެން ރީތިވެއްޖެދޯ؟
ސާބަހޭ ޗައިނާގެ އިޚްލާސްތެރި ރައްޔިތުންނަށް. އައްސަރިބަހާ ސާބަސް. މޮޔައަކު ނޫނީ ތިޔަ އިންޑިޔާދަށަކަށް ނުދާނެ..އައިހެވަން ޗައިނާއަށްދީ އިންޑިޔާއަށް ރަނގަޅު ފިލާވަޅެއް ދޭންވީ
އަލްޙަމްދު ލިﷲ ޙަމްދަން ކަޘީރާ. އިންޑިއާ އަށް އެމީހުންގެ ސައިޒް އަންގާލަދިން ކަމަށްޓަކައި ޗައިނާ ސަރުކާރަށާ ރައްޔިތުން ނަށް ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަމެވެ.
އިންޑިއާގެ މޮޔަ ހިންދޫން ބަލި ކުރުމަކީ ޗައިނާއަށް ވަރަށް ފަސޭހަކަމެއް
މި އާޓިކަލް ލިޔުނުމީހާގެ އަމިއްލަ ހިޔާލު މީ. ޗައިނާއިން ތިހާ ހަރުކަށި ބަޔާން އަދި ނުނެރޭނެ. މީ ޗައިނާގެ އަވަށެއްނޫންވިއްޔާ
ޚޮބާ ހީވެއްޖެކަމެންހެން ތިއޮތީބޯން އުޅުނުބޮނދި ބޮވިފާ...
އެފަހަރުވެސް އެރީ ލަންކާ ބަޔެއްނޫން... އިންޑިޔާގެ އުފެއްދުމެއްކަމަށްވާ އިންޑިޔާ ޓަމިލް ނާޑޫގެ އިންޑީޔާ މީހުން އެީ.. އެމީހުން އުޅޫނީ ލަންކާ އަށް ހެދިގޮތް ހަދަން އަހަރުމެންނަށް، އިންޑިޔާގެ ސަރުކާރު އެކި ދިމަދިމާލުން އެކަމަށް އަޞްލު ތާއިދު.. ސަލާމަތްވީ ރަޖީވް ގާންދީ ކަހަލަ ވެރިއެއް ހުރީމަ އޭރުވެސް.. އިނގޭނުން ހަރުކަށި ހިންދޫން އެސޮރުވެސް ބޮންގޮއްވާ މަރާލީ....
ޢެހެންވީމާ މީޗައިނާ ސަރުކާރެއް ދޯ މާގިނަދުވަހެއް ނެތް
ޗައިނާ އިން އަޅުގަނޑުމެންގެ ލޮބުވެތި ގައުމުގެ ދިފާއުގައި ތިޔަވިދާޅުވާ ހެޔޮބަސްފުޅަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މޯދީ ޅައެއްޗެއްނަހަދާތި