ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ބަންދުކޮށްފައި ހުންނަ ގޮޅީގެ ތެރެއަށް ހޭނެތިގެން ވެއްޓުމުން އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އަދީބު މިރޭ އައިޖީއެމްއެޗް އަށް ގެނެސް ފަރުވާދެމުންދާކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.
އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ ޅ.މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުށްސާބިތުނުވާ ކަމަށް ހައިކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީއެވެ. މާބިންހުރާގެ މައްސަލަ ބަލައި ނިމެންދެން އަދީބު ހައްޔަރުކޮށްފައި ބަހައްޓަން މިމަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ފިލައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްގެން ގެނެސް ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ އެކޯޓުން އަދީބު ދޫކޮށްލިއެވެ. އެއީ އަދީބު ހައްޔަރުކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފަށް ކަމަށް ފުލުހުންނާއި ޕީޖީ އިން ކޯޓުގައި އިއުތިރާފުވުމުންނެވެ.
ނަމަވެސް އަދީބު އަލުން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން އަދީބު ހައްޔަރުކޮށް، އަދި އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވެސް އިތުރު ކުރިއެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް އަނެއްކާ ސުޕްރީމް ކޯޓުން ވެސް އަދީބު ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރެއް ނެރެެފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން އަދީބު ހައްޔަރު ކުރުމުގައި ގޯހެއް ހެދިފައިވާ ކަމަށް ދައުލަތުން ބުނުމުންނެވެ.
ޝަރީޢަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ވާއިރު އަދީބުގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާން އަދި ތާވަލް ކޮށްފައެއް ނުވެއެވެ.
މިއީ ގޭމް ނިމޭ ހިސާބު.
މިފަހަރު ރާއްޖެއިން ބޭރަށް ފޮނުވައިފިއްޔާ ފިލާނެ.
އެބޭފުޅާޔަށް ދޭބަޔަކުދޭން އުޅޭ ފަހު ފުރުސަތު.
ކޯޓްގައި ވީ އެއްބަސްވުންވެސް އެއީ މަޖުބޫރުން ކުރުވިކަމަކަށްވެ ނިމޭނެ.
ކިހިނެއްތަ އެގެނީ އަދީބު އެޖައްސަނީ ގޭމެއްކަމެއް. އެހާ ހޫނުގަދަ ގޮޅިޔެއްގަ ތިއިން މީހަކު އެކަނިމާއެކަނި އޮންނަންޖެހުނުނަމަ ވާނެގޮތާމެދު ވިސްނާލިންތަ. އަދީބުވާ ކުށަށް އިއުތިރާފުވެއްޖެތާ. ދެންތިބި އެންމެންތިބީ ލާރިތަށް ބަނޑުއަޅާލާގެން ތިމަންނައެއް ނޫނޭ ކިޔާލަކިޔާލާ.
އަދީބު ކުށަށް އިއުތިރާފުވީ ޑީލެއްގެދަށުން، އަދީބު މިނިވަންކުރުމަށް ޝަރުތުކޮށް.
ދޮންބެ ޖިނާއީ އިޖުރާތުގެ ގާނޫނު ބަލާލަބަލަ. ކުށަށް އިޢުތިރާފުވާ
މީހުންގެ މައްޗަށް
ދަޢުވާނުކޮށް ދޫކޮށްލުމާއި
އަދަބު ލުއިކޮށްދިނުމާ ބެހޭބާބު. އޭރުން އެގޭނެ އަދީބު މިނިވަން ނުކުރެވުނަސް އަދަބުގެ ދެބާކުޅަ އެއްބާ ލުއިކޮށްދެވިދާނެކަން.
ކިހިނެތް އިގެނީ އޭނަ އޮތީ ހޫނުގަދަ ތާކުކަން
100% ފޭކް އެކަމަކުވެސް ދެންސަރުކާރުންޖެހޭނީ އެސޮރުގެއައް ބަދަލުުރަން އެހެންގޮތެއްނޯންނާނެ
ޢެ ސޮރު ކުޅުނީ .އޮފީސް-ޑްރާމާގެ-ވެސް -ލީޑު-ޜޯލު-ޢެފަހަރު.
ވަގުކަލޭގެ ހޭ ނާރުވަ ބާއްވާ... ހާދަ ގައްދާރުކަން ބޮޑު ހާއުނެކޭތީ...
ހޯހޯ އެހެން ނުހަދާތި. ވަގުން ހޭނައްތާފަ ބޭތިއްބީމަ ދެންމިގައުމުގަ ހޭލާތިބޭނީ ކޮންބައެއް.
މި ސްޓަންޓުތައް ބާވެއްޖެދޯ
ހުސްފޭކު ޑުރާމާ. މިހާރުވެސް ގޮޅިން ބޭރަށްލާބަލަ، ވަގުތުން ފިޓްވާނެ. ރާއްޖޭގެ ބޭރަށް ގެންގޮސްފިއްޔާ ބޮޑީބިލްޑަރަކަށް ވުރެ ފިޓްވާނެ އޮޓަމެޓިކުން. ސީދާ އަދަގޮޑިއަކަށް ލާފަ ބަހައްޓަންވީ.
ވާނީވެސް ތިހެން ގައުމުގެ ހުރިހާ ރައްޔިތުންގެ ހަޒާނާ ބަނޑުއަޅާލާގެން ހަމަޖެހިގެން ނޫޅެވޭނެ އެންމެން ބަދު ދުއާ ކުރާނެ ކަލެއަށް
ސިނެމާޖައްސަންމިވަރެއް ނުދެކެން! ވީއައިޕީ ސާރވިސްތަ؟
ސިނެމާ އޭ ؟
އެއީ ކޯޗެއް ؟
ޢަދީބު މަރަނީ މިއޮގެން
ކޮބާ އަދީބަށްކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަން ކެރޭ އެމްޑީޕީ ސޮރެއް ނެތީތަ މިހާރު. ހަހަހަހަ.
މިސަރުކާރު ވެއްޓޭނީ އަދީބާހެދި!
އެކްޓަރ ޕެރެލައިޒެއް ނޫންތަވީކީ؟ ޣައްދާރު، ޚާއިން.
އެކްޓަރ ޕެރެލައިޒެއް ނޫންތަވީކީ؟ ޣައްދާރު، ޚާއިން.
އޭނާއަކީ ކުރިން ޑްރާމާ ކުޅެ ފިލްމު ކުޅެއުޅެފަ ފަހުން ވައްކަންވެސްކުރިމީހެއް ވަރަށް ޑްރާވާނެ އެހެންވީމަ
ގައުމު ދަވާލި ބޮޑްވަގެއް އެގެންގުޅެނީ މިނިސްޓރ ކަށްވުރެވެސް ފެންވަރު މަތީގަ 24 ގަޑީރު ބޮޑީގާޑުން ކައިރީގަ ބޭނުންވަންޔަވާހާއެއްޗެއްކާންދީގެން ސަޅިއެއްނު ބޭސްފަރުވާއަށް ބޭނުންވާ ކޮންމެ ގައުމަކަށް ވެސް ފޮނުވައިގެން ހިލޭބޭސް ފަރުވާކޮއްދެ އަދި ނުވީ ތާކަށް އިރު އިރުކޮޅަކާ ފިލައެ ހަމަފިލައިރަށް ސަރުކާރުން ރަށްޔިތުންގެ ފައިސާއިން ޚަރަދު ކޮއްގެން ގެނެ ގައުމަށް ޚިޔާނާތްތެރިވެފަ ގައުމުދަވާލާމީހުން ގެންގުޅެންޖެހޭ ފެންވަރަކީ މީތަ؟
ޓަގެއް ބޭނުންވާނެ ތީނަ ހޮސްޕިޓަލަަށް ގެންދަން!
މިއީ ސަރުކާރުން ކުޅޭ ގޭމެއް! ޔާމީންގެމައްޗަށް ދޮގުހެކި ދިނުމަށް ޝަރުޠުކޮށް އޭނަ ގެޔަށް ބަދަލުކޮށްލުމަށް ޖެއްސި އެއްޗެއް! ހޭނެތުނީކީ ނޫން. ހޭނެތުނުކަމަށް ހެދުނީ! ދެން އެކަމަށް ޓަކައި އޭނަ ގެޔަށް ބަދަލުކުރާނީ! ބަލަން ތިބޭތި
ހައިރާންވޭ. ޓަގްބޯޓުގައި ކަޑުމަގުން އިންޑިޔާއަށް ދާއިރު ހަމަ ޅަދުވަސް. ފިޓް.
އަނެކަކު ހައްޔަރު ހަމަ ކުރާއިރަށް މައިބަދައިގެ އޮޕަރޭޝަނެއް ނުކޮށްފިއްޔާ މަރުވާނެކަމުގެ ލިޔުންތައް ޑޮކްޓަރުން ދޫކުރި.
އަނެކަކު ހިތުގެ މާބޮޑު ބަލިމީހަކަށްވި. އެކަމަކު ހަމަ ދޫކޮށްލާއިރަށް ކޮންމެމީހަކު މުޅިމޫނު އިރޭވަރަށް ހެވިފަ، ކަރު އިރޭވަރަށް ފެލިފަ ތެޅިބާލާއިރު ހީވަނީ ވަރުގަދަ ސަންގުގެރި ތަކެއްހެން.
ތީ ހަމަ މަކަރުވެރި ސްޓަންޓެއް ކަމަށް ވާނީ.
ހިޔުމަންރައިޓްސް އާއި ޓްރާންސްޕޭރެންސީގެ ކުދިންކޮޅު ގޮވައިގެން ތީނާކައިރީ މަޑުކޮށްލިނަމަ ހައިވީމާ ކެތްނުވެގެން އަމިއްލައަށް ތެދުވީސްކަމަށް ފެނޭ.
ނުފިލި، ހައްޔަރުވެ، ދުށްހުރިހައި ހުވަފެނެއް ބިލާހަކަށްވެ، މީހާބޭޒާރުވެ، ކުރިމަތީގައިއޮތް ދުވަސްތަކުގެ ޕުރެޝަރު ބޮޑުވާނެކަން ޔަޤީންވާތީ ބޯގޮވީދޯ!
ގޭމް ޖައްސާނެ. އެކަމަކު ޖައްސާގޭމް މޮޅަށް ދެނެވޮޑިގެންވާފަރާތެއް ވާކަން މިބޭޗާރާ ނުދަނެއެވެ. ގޭމް ޖައްސަބަލާށެވެ! އެކަމަކު މިފަހަރު ފުރައިގެން ދިޔަދީގެނެއްނުވާނެ.
އެމްސީ ހަމީދު، މާރިޔާ، އަންނި، އަދީބު، އިބޫ ސޯލިހު ގުޅިގެން ހަފުތާ ބަންދައް އަނެއް ޑުރާމާ ހިންގާލަނީ. ކުރީ ހަފުތާގަ ކުޅުނު "ޓަގު ބޯޓު ޓުޓުކޮޅިން" ފުލޮޕް ވީ. ޖަޒީރާ ރާއްޖެ، އެޖެންޑާ19.
ފިލި ވަގަށް ކިހިނެއްމިވަނީ؟
ތިޔަކަލޭގެ ޑްރާމާކުޅެނީ... ޔާމީނު ނަމަ މިހާރު ތިޔަކަލޭގެ ޑްރާމާ ދި އެންޑް އަރުވައިފީސް