ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި މުއްދަތާއި ރައީސް ޞާލިހްގެ ވެރިކަމުގައި ހިނގި މުއްދަތައް ބަލާއިރު ކުރީ ދެސަރުކާރަށް ވުރެ ގިނަ މަސައްކަތްތައް މިސަރުކާރުން ކޮށްފިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ "ކްނޫޒް" ގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ގިނަ މަސައްކަތްތައް ފެށުނީ ދޮޅު އަހަރު ފަހުން ކަމަށާއި ޔާމީންގެ ސަރުކާރުގައި ގިނަ ކަންކަން ފެށުނީ ދެއަހަރު ފަހުން ކަމަށެވެ. ނަމަވެސް އެދެސަރުކާރަށް ވުރެ ގިނަ ކަންކަން މިސަރުކާރުން ކޮށްފި ކަމަށެވެ.

"މާގިނަ ކަންކަން ކޮށްދީފި. މާގިނަ މީހުންގެ ޙައްޤުތައް ދީފި. ޕްލޭންކުރެވިގެން ސިސްޓަމެއް ރޭވިގެން ސަސްޓޭނަބަލް ޑިވެލޮޕްމަންޓެއް މިގެންނަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިސަރުކާރުން މާގިނަ މީހުންގެ ޙައްޤުތައް ވެސް ދީފި ކަމަށެވެ.

"މާގިނަ ކަންކަން ކޮށްދީފި. މާގިނަ މީހުންގެ ޙައްޤުތައް ދީފި. ޕްލޭންކުރެވިގެން ސިސްޓަމެއް ރޭވިގެން ސަސްޓޭނަބަލް ޑިވެލޮޕްމަންޓެއް މިގެންނަނީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ދިވެހި ރައްޔިތުން ކެތްތެރިކަމާއި އެކު ސަރުކާރުން ކުރާ ކަންކަން ބަލަން ތިއްބެވުމަށް އެދުވަޑައިގެންފައެވެ.

"ދިވެހި ރައްޔިތުން ކެތްތެރިވެގެން ތިއްބަވާ. ރޭވިގެން ކަންކަން ކުރީމަ ހެޔޮ އަގުގައި ގިނަ ކަންކަން ކުރެވިދާނެ. އަޅުގަނޑަށް އޮތް ޔަގީންކަމަށް ބަދަލެއް ނާދޭ. އަޅުގަނޑު ވަރަށް ރަނގަޅަށް ކަންކަން ބަލަމުން މިދަނީ. އެގޮތައް ކުރާއިރު ކުރަން ޖެހޭނީ އެންމެ ރަނގަޅަށް ރާވައިގެން. އެއީ ހަޤީޤީ މަންފާ ލިބޭ ގޮތަކީ." ގާސިމް ވިދާޅުވިއެވެ.

ސަރުކާރުން ކަންކަން ކުރާ ގޮތައް ބަލާއިރު އަދި އެންމެ ހަތް މަސް ވެގެން ދިޔައިރު ކަންތައްތައް ނުކުރެވޭ ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

މިސަރުކާރަށްވީ ހަތް މަސް ކަމަށް ގާސިމް މިރޭ ވިދާޅުވި ނަމަވެސް މިއަދަކީ ރައީސް ޞާލިހްގެ ސަރުކާރު ވެރިކަމާއި ހަވާލުވިތާ ނުވަ މަހާއި ހަތަރު ވަނައަށްވީ ދުވަހެވެ.

މިސަރުކާރުން މާގިނަ ކަންކަން ކޮށްފިކަމަށް ގާސިމް ވިދާޅުވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ސަރުކާރުގެ ސްޕީޑް މާލަސްކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ޕާޓީތަކުގެ މެންބަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. އަހުމަދު

  އަބަދު ﷲ ށްޓަކައި ޤައުމަށްޓަކައި ދީނަށްޓަކައި މަސައްކަތްކުރާކަމުގެ ދަޢުވާކުރާމީހަކު ތިޔަފަދަ ބުހުތާން ދޮގެއް ހަދަންކެރުނީތީ ޢަޖައިބުވަން ! ތިކަށި ތިހުރީ މިހާރު ޤައުމިއްތާއި ދީނުގެ އިދިކޮޅަށް އެނބުރިފަ!

  65
  6
 2. ނަހުލާ

  ކޮށްދިން ކަމެއް އަޅެ ބުނެދީބަލަ

  68
  4
 3. ނާސިރު

  ކަލޭގެ ކުންފުންޏަށް ލާރި ގަނޑު ދިނީމާދޯ

  68
  3
 4. އަލީ

  މާގިނަ ކަންކަން ގާސިމަށް ކޮށްދީފި ދޯ. މާގިނަފައިސާވެސް ލިބިއްޖެ ދޯ. ހުރިހާ ޖޫރިމަނާވެސް މާފުކޮށްދީފި ދޯ.

  66
  2
 5. ހަސަންތަކުރު

  ގާސިމުވިޔަސްނަހީކުރެއްވިގެންވާކަމެއް
  ކޮއްފީޔާފާފަވެރިވާނެ

  56
  1
 6. ނަވާރަ

  މިސަރުކާރުން މާގިނަކަންކަންކޮއްދީފި ތިހެންއަދި ބުންޏަކަސްކަމަކުނުދާނެ ކުުރިކަންތައްތަކާ އެކަންތައްތަކުގެ ތަފްސީލްވެސްކިޔާދޭންޖެހޭނެ އާނރަގަޅުވާހަކައެއް ކުރިކަންތައް ގިނަކަމުންކަންނޭންގެ އަނހަރުހުސްނުވަނީސް މިހާތަނައްރާއްޖޭގަފާސްކުރި އެންމެބޮޑު ބަޖެޓްހުސްވީ ތަރައްޤީއައްކުރިކަމެއްފެންނާކައްނެތް އަނގަނުތަޅާކަލޭމަޑުންހުރޭ

  51
  1
 7. ާއަނިލް

  ސޭޓުގެ މުދަލާއި، ތަންތަން އަތުލައި ނަގަން
  ފެށުމުން ކަންތައްތައް ކޮށްދޭ ވާހަކަ ދައްކަން
  ފެށުން މާކަގިނަދުވަހެއް ނެތް ކުޅިގަޑު ފެށެން
  ޥަރަށް ގާތްވެއްޖެ

  55
 8. ރަސީދު

  ތެދެއް ގާސިމު އައް 7 މަސް ތެރޭ 100 އެތައް މިލިޔަނެއް ދީފި މީ ކުރިން ނުލިބޭބަރު، އައްހެނުން އެހެރީ މިނިސްޓަރު ކަމުގަ ، ހަތް އެތައްބަޔަކައް ބޮޑެތިމަގާމު ދީފި ގާސިމައް ފެންނާނީ ގިނަކަމަށް ތާ ދޯ

  56
 9. ސާ

  ސޭޓޫ!ކަލޭގެ ބޮލޭ ނުކިޔާ.

  51
 10. ރަތްގަލަން

  ގާސިމާ ކަލޭ ހަމަތަ. ތިޔަހަރީ ހިނދުކޮޅުގައި އުތަ.

  57
 11. ޏ

  ގާސިމަށް ވާހަކަ ދެއްކޭނީ އައިޝާ ގެ އަގައިން ބުނާށޭ ބުނެފިނަމަ ބުނަށް ޖެހިފަ .ދެން ތިބި ބަޔަކު މިޖެހެނީ މިބަޔަކު ދައްކާހާ ވާހަކަ ޔަށް އަތްޖަހަން އެވަރިހަމަ ހަގީގަތަކަށް ނުވިއަސް މިސަރުކާރަށް ގުރޭޑް ދެނީކީ ގާސިމެއް ނުން ރައްޔިތުން މިއީ އުއްމީދެއްނެތް ސަރުކާރެއް .އިބޫ ސޯލިހަށް ރައްޔިތުންނަށް ކަމެއް ކޮއްދެވިދާނެ ކަމަށް ޝައްކު .

  53
  1
 12. ހަސަންކޮއި

  މިސަރުކާރުންކޮންކަމެއްކޮއްދިނީ؟

  46
 13. ސައްދާމް

  ކަލޯގެޔާ ނަގުލައް އެރީތޯއްޗެއް. މީމިގައުމުގައި އުޅޭ އެންމެ ނަގޫދިގު އެތި ވަރަށް ފަސޭހައިން ނަގުލައްއެރޭނެ.

  56
 14. ޒުހޫރު

  ޔަގީނުންވެސް މީ ސޯލިހު ލިޔެފައިދިން އަންބާއެއް.

  52
  1
 15. ބޭންބެ

  ކަލޯއަށް ނުވެގެން އުޅުނު ކޮންކަމެއް ހާސިލްވީތޯ؟ ރަގަނޅު މަންފާއެއް ލިބުނީތޯ؟ ފަޅު ރަށެއް ލިބުނީތޯ؟ ނުވަތަ ޖޫރިމަނާއާ އެކިގޮތްގޮތުން ސަރުކާރަށް ދައްކަންޖެހިފައިވާ ލާރިގަނޑެއް ދަށުންދަމާ ކުޅެގެން މައާފުވީތޯ؟ ނޫނީ ހަމަ ރަގަނޅަށްވެސް ދެދޮލަށް ފެންނަގޮތް ވީތޯ؟ ހަމަ ޔަގީނުންވެސް މީނާ އެދޭ ހުރިހާކަމެއްވީ ނުވަތަ ވާނެކަމުގެ ގެރެންޓީ ލިބުނީ!! އެހެންނޫނޫ ގާސިމޭ ނުކިޔާނެ މީނާއަކަށް! އހ

  43
  1
 16. ކާފަބޭ2019

  އަނެއްކާކޮންކަމެއްބޭނުންވަނީތޯ ފޮރުވިގެންކޮންމެވެސްކަންތައްގަނޑެއްއެދިގެން ޚުޝާމަދުކުރައްވަނީތޯ ކުރިންފެނުނީވެސްއެމަންޒަރު

  36
 17. ހުދުހުދު

  ރަގަޅުވާހަކައެއް ވިލާއިން ދައުލަތައް ދައްކަންޖެހޭ ފައިސާތައް މަޑުޖައްސާލުމާއި ބައެއް އުނިކުރުމާއި މިކަލޭގެ އެދޭބައެއް ކަންކަން ކުރީގެ ދެ ސަރުކާރައްވުރެވެސް އަވަސް.

  109
  2
 18. ކޮސްބެ

  ކާސިންބެ ތިހެން ބުނެފިއްޔާ އަޑިއަޑިން ބައާވާތެއް ފެށެނީ ކަމަށް ބޮޑަށް ލަފާ ކުރެވެނީ

  39
 19. އަދުނާނު

  މިކަލޭގެ އަދިވެސް އެބަ އުޅޭތަ. މަހިތުން ޅަކޮށްލާގެން ބެހިގެން ދިޔައީކަމަށް.

  32
 20. ބިދޭސީ މީހާ

  މިއޮތީވާ ކަމެއް މުޅިންވެސް ލިޔެފަ ދޭން ޖެހޭނީ. މިފަހަރު އަންނިޔާ ދެކޮޅައްދޯ

  40
 21. އަޒުމް

  މީނާ މިހުރީ ރޯނާވެފައިތަ.

  40
 22. ޖުހާ

  އައިސް ބާގްގެ ހަގީގަތް؟

  30
 23. އަސް

  ކޮބައިތޯ މިސަރުކާރުން ކުރިކަންތަކަކީ ޖަލުގަތިބި ބައެއް ދޫކުރުންތޯ ؟ގައުމުގެ ރައީސާއި ނައިބުރައީސް ދެފަހަރުމަތިން ސްރީލަންކާއައް ގޮސް ޔަހޫދީންގެ ސިންބަލް ރޯކުރުންތޯ ތިބުނާގިނަކަންތަކަކީ

  36
  1
 24. Juhaa

  މިއީ ތަނެއްގައި ހުރި ބީތާއެއްތަ؟ މީނާގެ އަނބިމީހާ މީނާއަށް ނޭނގި މާގިނަ ކަންތައްތައް ކުރީތޯއްޗެ.

  38
 25. ސަޓޯ

  ގާސިމްބެ އަށް ނިދިޖެހިފަ އިންދަ ހޭލެވިއްޖެ !! ކީއްކުރާނީދޯ މުސްކުޅިވީމަ ވާގޮތް އެއީ

  36
 26. ާަާަަައަސްލު

  ސަރުކާރުގެ %40 ލިބުނީމަ ޓެކްސް އަދި ޖޫރިމަނާފައިސާ ނުދައްކާހުރެފަ މިހާރު ސަރުކާރުން ލާރިގަނޑުލިބެންފެށީ....ލޮލީ ޖާބިރު ގޮވާކަހަލަ މޮޔަގޮވަނީ ދެތޯ...މިގައު ހަލާކުކުރީ ކަލެޔާ ނަސީދުއާ ދެމީހުން...މުނާފިގުން ގެސިފަލިބިފަތިހިރީ..ދެެއިރު ދެގޮތަށް...

  37
 27. ސަރީފް

  މީނަމީ ބޮޑު މޮޔައެއް.

  34
 28. އިބުރާހިމް

  ލާއިލާހަ އިލްލަލްﷲ މުޙައްމަދުން ރަސޫލުﷲ އަޝްހަދު އައްލާއިލާހަ އިލްލަﷲ ވަ އަޝްހަދު އަންނަ މުޙައްމަދަށް ރަސޫލުލްﷲ. މާތް ﷲ ގެ އެއްކައު ވަންތަ ކަމާއެއެވެ. މިނިކަމެތި އިންސާނާގެ ދޫ ރައްކާތެރި ކުރައްވާށި. ޢަދި ތެދުމަގު ދައްކަވާށި.

  43
 29. ދިވެހި

  ތިޔަ ބުރުމާ ޤާސިމު ތިއީ މިޤައުމުގެ ހަލާކު

  39
 30. އައިޝާ

  ކަލެއަށް ކަމުދާނީ ކަލޭ އެކަނި. މިސަރުކާރެއް އެހެން ސަރުކާރެއް ކިޔާނެކަމެއް ނެތް. ކަލޭ ނިކުންނާނެ ހުރިހާ ސަރުކާރެއް ވައްޓަންް އެންމެ އިސްވެހުރެ.

  35
 31. މަހަށްދޭބަލަ

  ކޮން ކަމެއްތޭ ދަހިންނަވަރޭ ވެރިކަމުގައި ކުރެވުނީ އެމެންނަށް އިނގޭނީ މަސްކައްކަން ދަރުން އެކަނި އެނޫން ކަމެއް ކުރަން އެކަނޑު ކޮހުންނަށް ނޭގޭނެއޭ ކޮން ޕްލޭނެއް ކުރެވިގެންތޭ ކަންކަން ކުރެވެނީ އިންޑިއާ ގެ ޖީއެމްއާަރަށް ގުޅިފަޅަށް ޕޯރޓް ބަދަލު ކުރަން ދިނީ އެއްވެސް ބިޑް ކުރުމެއް ނެތިއޭ ހިންނަވަރޭ މެން ދަ ގޫބައްްޑާ ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  30
 32. ދިޔޯ

  މާތްﷲ ތިމާއަށް އަނަގައެއް ދެއްވީމަ ހަމަ ހިތްފުރެންދެން ދޮގުހަދަންވީތަ. ތިދޮގުބޮޑިވަރު ނަހދައިފިނަމަ އަނބިގޮތްޔެ މިނިސްޓަރުކަމުން ވަކިކޮށްފާނެ.

  38
  1
 33. ޢަލީ

  ގާސިމަށް ކަންތައްތަކެއް ކޮށްދިންވާހަކަ ތިބުނީދޯ.

  35
 34. މިހުރީ ހަނު

  ތެދު ފުޅައް
  1. 25 ބުރީގެ ހޮސްޕިޓަލް ނިންމި
  2. ބުރިޖުއިން ދަތުރުކުރުން ވަގުތު ކޮޅަކަށް ހުއްޓާލާފައި ފެށި
  3. އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް
  4. ސުޓިކަރ ޖެހުން
  5. ތަންތަނުގެ ނަންބަދަލު ކުރުން
  6. އެހެނިހެން އެތައް ފަސޭހަ/އުދަގޫ ކަންތަކެއް
  7. ދެންނުލިޔެވޭނެ

  32
 35. ޢމޑ

  މީނަމިހީކުރަނީ ދިވެހިންންކީ މީނަކަހަލަގަމާރުންކަމައް އުމުރުންދުވަސްވާވަރަކައް ކޮސްގޮވުންއިތުރުވާނެ

  32
 36. ކަޑަ

  ގާސިމޫ ކަލެއަށް ރަގަޅުވާނެ އައިޝާ މޮނިސްޓަރު ކަމުގަ ބަހައްޓަނިކޮށް...ލޮލައް މިރުސް އެޅިފަތަ ތިހިރީ

  37
 37. ލަަލަލާ

  މިސާލަކަށް ކޮމިޝަންތައް އުފެއްދުން. ދެން ވާހަކަ ގިނަ ކުރުން.

  30
 38. ފަޅުވެރިން

  ގޮތްކުޑަ ވިޔަސް ދެން ފުކެއް ބޮޑުވަރު! މީނައަށް ސަރުކާރު 30 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލު ދިނީމާ ހުރިހާ ކަމެއް ރަނގަޅުވީ. މިތިބީކީ އަޞްލުގައި ސިޔާސީ މީހުންނެއް ނޫން. ސިޔާސީ ޕާޓީ ހަދައިގެން އުޅެނީ ވިޔަފާރި ކުރަން! ސަރުކާރަށް ޕްރެޝަރު ކޮށްގެން މީނަގެ ސިޔާސީ މަޞްލަޙަތުތައް ކަށަވަރުކުރަން. މިހާރު މިސަރުކާރުގެ ހުރިހާ ކަމެއް ވެސް މީނައަށް ރަނގަޅުވާނެ، ފައިސާ ލިބިއްޖެވިއްޔާ!

  31
 39. ބުރޯ

  ގާސިމް އެ ވިދާޅުވި ވާހަކަ ދޮގެއްނުކުރާނަން .32 ބިލިއަން ރުފިޔާ ހުސްވެގެން 19 ބިލިޔަން ރުފިޔާގެ އިތުރު ބަޖެޓެއް ފާސްކުރަންޖެހޭނީ ކޮންމެވެސް ކަންތައްތަކެއް ކުރެވުނީމަ .އިންޑިޔާ ސަރުކާރާއެކު ހެދި 1.4 ބިލިއަން ޑޮލަރުގެ އެގްރީމެންޓް ގެ ފައިސާއެއް މިގައުމުގެ އެއްވެސް ބޭންކަކަށް ޖަމާވިތަ ؟މިގައުމުގެ ބަޖެޓްތެރޭން އިންޑިޔާ އަށް އެއްވެސް އެއްޗެއް ދީފިތަ؟ މީގެ މާނަޔަކީ ނަސީދާ ޔާމީނުގެ ސަރުކާރުން ކުރިވަރަށް ވުރެ ގިނަ ވައްކަން މި ސަރުކާރުން ކުޜިޢޭ ނުބުނާނަން.؟ލިޔަކިއުންތަކުން އެއްވެސްކަމެއް ނުފެނޭ އަމަލުން ހިންގި ހަރަކާތެއްނުފެނޭ ބަޖެޓް ހުސްވެއްޖެ ..ވީމާ ސިއްރުން ކުރެވޭނީ ކޮންކަހަލަ ކަންކަންބާ ؟ކިއުންތެރިންގެ ހިޔާލަށް ދޫކޮށްލަން.

  37
 40. އިމްރާން

  ޢާން.. އައިޝާއަށް މާގާމެއްދީފި.. ލައްކަކަންތައްތާމީ

  24
 41. ކެޔޮޅު

  ޤާސިމް ހުއްނެވީ ހަމަހެއިގާ ކަމާމެދު ވަރައްބޮޑައް ސުވާލުއުފެދޭ އޭނާ ގެ ޔޫރިން ޱެސްޱެއް ހަދަން ފުލުހުންނައް ގޮވާލަން!!

  23
 42. ކެޔޮޅު

  ޔަގީނުންވެސް ލޮލުގެ މައްސަލައެބައުޅޭ!

  23
 43. ގަވްމު

  މަގަތުގައި ނުބޭއްވީބާ އަނެއްކާ؟ ކަލޭ ބުނެދީބަލަ އެއްކަމެއްވެސް ހެލްމެޓްއެޅުވުން ފިޔަވައި؟ތިޔަހުރީ ސަރުކާރަށް ދައްކަންޖެހޭ ރުފިޔާގަނޑަށް ދުލެއްދިނީމާ މީހަޔަށް މީހާ އޮޅިފައި!

  11
  1
  • ފޫހިވޭ

   އޭ ބަލަގަ ކުދިންނޭ... މި ބުރުމާ މި އެނބުރެނީ ވާތަށާ ކަނާތަށް....އެނބުރި ގަންނަ ގަޑީގަ ނިކަން ބާރަށް އެނބުރި ގަންނާނެ. މިއީ މިވާގޮތަކީ...ލަދުގެ ކަންފުޅުވެސް ނެތް...

 44. ލަލަ

  ތިޔައީ ބޯނެތް ބުރުމާ! ކަށި ތެދަށް ނުހިފެއްޓެނީ ވައިބްރޭޓް ގަދަވީމާ! ދެން ދާނީ ކަށި ބިންދާގެން.

  13
 45. ރާސްތާ

  މީނާގެ ކަންފަތްމައްޗަށް މީހަކު އަތްދޮވެލީމަ ބުނާނެ އެކަންކޮށްފިޔޭ.

 46. ބަރުގޮނު

  ގާސިމް އެއްދުވަހު ދުލުން ވާހަކަ ދެއްކިއްޔާ އަނެއްދުވަހު ވާހަކަ ދައްކާނީ މައްޗަށް ނިސްބަތްނުވާ ކޮންމެވެސް ކޮޅަކުން. 2008 ގައި ނަޝީދު ހޮވި ނަތީޖާ އިޢުލާނު ކުރި ރޭ ފަތިހު ހެދުނުގެ އިރުއަރާތަނާ ދިމާވާގޮތަށް ލޮނުޒިޔާރަތް ކޮޅުގައި ބޭއްވުނު މިޔްޒިކް ޝޯ ބަލަން ހުރެފައި، ލަވްކޮށް ވާހަކަ ދައްކަމުން ޙަމްދު އަޅާ ޝުކުރުކޮށް ނަހަމަޔާ އަނިޔާ ޤަވްމުން ދިޔައީކަމަށް ބުނި މީހާ ހޯމް މިނިސްޓަރުކަން ލިބުނީމާ ވީ މެއްސެއްގެ ޢުމްރާ އެއްގޮތަށް 3 ހަފްތާ. ބައިކުޅަބައި މަދޭ ބުނި ބުއްރޫސް ޖަހައިފި. ދެން ޔާމީން ހޮވަންވެސް ބާރު އަޅާދީފައި ތަޅުންގަޑު ސާފުކުރަން ފިހިގަޑު ދިނަސް ހިފައިގެން ހުންނާނަމޭ ބުނެފައި މަޖްލިސް ރައީސްކަން ނުލިބުނީމާ އެސަރުކާރު ގޯސްވެއްޖެ. މިއަދުގެ ސަރުކާރު ގެ ކެމްޕޭނުގައި ޖަރުމަނުގައި ހުރެ ބައިވެރިވެފައި ދޭތެރެއަކުން ވައިވެގެން އުޅެއުޅެގައި މިހާރު ސަރުކާރު މޮޅުކުރަނީ މީ ބޮޑު އަރަތެއް.
  ޅަކެކުރި ފާ ކުރަން އުޅެނިކޮށް ޖަލަށްލީ ހޯރައެއްތޯ އިއްބެއެއްތޯ ބިންބިއެއްތޯ މީހަކު މިނިވަންކުރުމާ ، އިސްލާމީ މަރުކަޒު ކައިރިން އަމީރު އަޙްމަދުމަގުގައި ޖަހާގައި މުށިތައް ތެޅުމާ ، ރަސްރަނިބަގީޗާގެ ނަން ބަދަލުކުރުން ފަދަ މާނައެއްނެތް ހައެއްކަ އަށެއްކަ ކަމެއްނޫނީި ކަމެއް ކޮށްފައި އެބައޮތްތަ..؟؟؟؟؟ ކަރަންޓް ބިލް ކުޑަކުރީ ދެތުންފަތް ދޭތެރޭން. މާލެއާ އެއް އަގުގައި އަތޮޅުތެރެން ކާޑް ލިބޭގޮތް ހެދީ ދެފައި ... ޤާސިމާ.. އާއެކޭ ތެދެކޭ ނުބުންޏަކަސް މިކަމާ ދެކޮޅު ނުހަދާތި.

 47. ސިޔާސީ ރަންނަމާރި

  7 މަސް ވެގެން ދިޔައިރު ސަރުކާރު ހިނގުމުގެ ނިޒާމް އަކަށް ބަދަލެއް ނާދޭ. ހަމަ ބޯދާ ގަބުޅި ރިހާކުރު ސިލްސިލާ މަތިން ހިނގަމުން ދަނީ. ރޭވިގެން ބަދަލު އަންނާނީ ސިސްޓަމަށް ބަދަލު އައިސގެން. ސިޔާސީ ސުމްބުލި އެބުރިއަކަސް ޖަޒީރާ މީހުންގެ ދިރި އުޅުމަކަށް ބަދަލެއް ނައަންނާނެ. ބަދަލުވާން ޖެހެނީ ވިޔަފާރީގެ ގެ އުސޫލުތަ ސަރުކާރު ކުޑަކޮސް ޓެކްސްތަ މަދު ކޮށް ޕުރައިވަޓޭޒަށަން ބަދަލު ކޮށް ސަރުކާރުގެ މުހިއްމު ކަން ކުޑަ ކުރަން ފެށިނަމަ 7 މަސް ދުވަސް ކީއްކުރަން ދެމަހުންވެސް ޖަޒީރާ މީހުންގެ ދިރި އުޅުމަށް މިހާރު އޮންނާނީ އެތައް ބަދަލެއް އައިސްފާ.

 48. ޤާސިމަށްހެޔޮއެދޭ ސަޕޯޓަރެއް

  ހަމަހޭގައި ހުރެގެން އިންސާފަށް ވާހަކަ ދައްކާށެވެ. ޤާސިމްވެސް ހެއްދެވީ ﷲއެވެ. ޤާސިމަށް މުދާ ދެއްވީވެސް ﷲ އެވެ. ޤާސިމަށް މުދާ އިތުރު ކޮށްދެއްވަނީ އިބޫޞާލިޙާއި އަންނިއެއް ނޫނެވެ. އެކަން އޮޅުނީހެއްޔެވެ. ﷲ ރަޙުމަތުން ޤާސިމަށް ލިބުނީ ނުފެންނަ ލޮލަކާ' ނުވިސްނޭ ސިކުނޑިއަކާ' ވާހަކަނުދެއްކޭ ދުލަކާ ހަމައާއި އިންސާފު ނޭނގޭ ބުއްދިއެއްހެއްޔެވެ. ﷲ އަށް ބިރުވެތިވާށެވެ. ބަލާވަޑައިގަންނަވާ މަލާއިކަތުން މުދާގިނަމީހަ ބަލާފަ އެމީހާ ބަހައްޓާފާ ނުދެއެވެ.
  ޅެންވެރިއެއްގެ ޅެންބައިތެއްގައި ވެއެވެ.
  ދުނިޔެދޫކޮށފާއެދާއިރު ފެންނަފަށުގައި އެންމެނަށް
  ފުނިޖަހާފައި ހުންނަފަސްކޮޅަކާ ދެގާނޫނީ ނެތޭ.
  ގާސިމް ބުނިބަސް އަނބުރާ ނެގުމަށް ގޮވާލަމެވެ.

 49. ޢަދުރޭ

  އެ ތެދެއް މީނަޔަށް 30 މިލިއަން ބަދަލުގެ ގޮތުގައި ދީފި އަދި އެތައް ބައިވަރު ފަޅުރަށެއް ދީފި . ރައްޔިތުންނަށް ކަމެއް ކޮށް ނުދެނީ

 50. asdandi

  mashah kohdheefi