އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށާއި، އެ އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްވުރެ ކައުންސިލް އިންތިހާބުގައި އޮޅުން ބޮޅުން ބޮޑުވާނެތީ އެ އިންތިހާބު ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެއްފޮއްޓަކަށް ލެވޭ އެންމެ ގިނަ އަދަދަކީ 700 ކަމުގައި ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެންދާއިރު، އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވެގެން ދާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަންސް ކޮމިޝުން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓްފަދަ ދަކެތި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ދަނީ ތައްޔާރުވަމުން ކަމަށް ވެސް ޝަރީފް މިއަދު ވިދާޅުވިއެވެ.
ދަވާލެވޭތޯ ބަލަންވާނެ
ބޮޑު މުލި ވަގު ވައްކަމަށް ތައްޔާރުވަނީ
އަޑު އިވޭޯއޭ ޝަރީފޫ