"ޖަޒީރާ ރާއްޖެ" ކެމްޕޭނެއް ހިންގަން ރައީސް އޮފީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދަން ބޭނުންވާ "ޖަޒީރާ ރާއްޖެ" ކެމްޕެއިންގެ މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދަން ބޭނުންވާ "ޖަޒީރާ ރާއްޖެ" ކެމްޕެއިންގެ މެޓީރިއަލްސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސެޕްޓެންބަރު 1 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ރައީސް އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދޭކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
"ޖަޒީރާ ރާއްޖެ" އަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ބޭނުން ކުރި ކެމްޕޭން ސްލޯގަން އެވެ. "ޖަޒީރާ ރާއްޖެ" އެއް ރައްޔިތުންނަށް ހޯދައިދިނުމަކީ ރައީސް ޞާލިހްގެ އެންމެ މުހިއްމު އެއް ކެމްޕޭން ވައުދެވެ.
"ޖަޒީރާ ރާއްޖެ" ނަމުގައި ރައީސް އޮފީހުން ހިންގަން ތައްޔާރުވަމުންދާ ކެމްޕޭނާއި ބެހޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން މީޑިއާ އާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ.
"ސިޔާސީ ކެމްޕޭނެއް" ކުރިއަށް ގެންދަން ރައީސް އޮފީހުން ތައްޔާރުވަމުން މިގެންދަނީ ރައީސް ޞާލިހްގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަ ކުރަން ސަރުކާރުން ބޮޑު ޚަރަދެއް ކުރަން ނިންމާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ރައީސް އޮފީހުން ޚަރަދުކޮށްގެން މިފަދަ ސިޔާސީ ކެމްޕޭނެއް ހިންގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކުރިން ވެސް ވެރިކަން ކުރާ ޕާޓީގެ ކެމްޕޭން ސްލޯގަންތައް ރައީސް އޮފީހާއި އެހެނިހެން މިނިސްޓްރީ ތަކުން ވެސް އެކި ކަންކަމުގައި ބޭނުން ކުރެއެވެ.
ދަރަނިވެރިވެ އިނދަ ޖެހޭ އިރު ވެސް ކުޅިވަރާ ނާޗަރަންގީގަ
ބަޖެޓް ހުސްވީ، ސަޕްލިމެންޓަރީ ބަޖެޓް ކަހާލާނެ ސްޓްރެޓެޖީއެއް ރާވަނީ އުތަ.
ކަލޭމެން ނިދާ އެނދުމަތީ ތިކަހެރުވަތް ހަދަންވީނުން. ހިތާދޫ މީހަކަށް ހުދުފޮށާއެއް ލިބުނީމަ ވީވަރު އިނގޭތަ؟
ޖަޒީރާ ރާއްޖެ އޭ ކިޔާފަ އެއްވެސް ކަމެއް ކޮށްދޭ ތަނެއް ނުފެނޭ! ރާއްޖޭގެ ރަށަކަށް ފައިދާ ހުރި ކަމެއް ކުރާ ތަނެއް ނުފެނޭ! ހުސް ހެން ނުބައި، ގޯސް ކަންތަށް ފަތުރަން އެމްޑީޕީން އުޅެނީ! ނުބައި، ލާދީނީ ކަންތަށް ފެތުރުން ހުއްޓާލާފަ ރާއްޖޭގެ ރަށްތަކަށް ފައިދާ ހުރި ކަންތަށް ކޮށްދީބަލަ! އެމްޑީޕީ ސަރުކާރުގަ ކޮންމެ އަތޮޅެއްގަ ރަގަޅު ހޮސްޕިޓަލް އަކާ ރަށްރަށުގަ ރަގަޅު ސްކޫލް އެއް އަޅައިދީބަލަ! ވަރަށް އުންމީދާ އެކީ ރައްޔިތުން ހޮވީ ރަށްތަކަށް ރަގަޅު ތަރައްގީ އެއް ގެންނަން
އެހެންވީމަ ބުނަންޖެހެނީ ޖަރީމާ ރާއްޖެއޭ ދެއްތޯ؟ އެކަމަކު ޖަރީމާގެ ފަހަތައް ރާއްޖެއައީމަ ކަމަކު ނުދޭ! އެއީ ޖަރީމާތައް ހިންގުމުގައި މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން ބައިވެރިނުވާތީ! ރީނދޫ ހުން ނުވަތަ އެފަދަ ހުމެއްޖެހިފައިވާ އެހެން މަދުބަޔަކު އަމިއްލަ ފައިދާ އިސްކޮށްގެން ގައުމު ހަލާކުގެ މަގަށް މިގެންދަނީ! ޖަރީމާ ހިންގަނީ ޖަޒީރާ ވަންތަކަން އިސް ބަހަކަށް ހަދައިގެން! އހ
ދުނިޔޭގެ ރެކޯޑްއެއް، އަނެެއްރާއްޖެ. ވިހާކޮންމެމޯހަކަށްކަޅުފޮއްޓެއް. ޖަޒީރާއްޖެ
މިކަންތައްތަކަށްފިލްމުކުޅުވަންވީ
ޖަޒީރާ ފެންނާނެ ކޮންމެވެސް ތަނެއް ބަލާލީމަ އަމާހަނދާން ކުރަން ތިޔަ އުޅެނީ އިބްރާހިމް މުޙައްމަދު ސޯލިޙް އަޅެ އެއްޗެއް ބައްލަވައިގެން ހިއްޕަވައިގެންތޯ ތިޔަ ހުންނެވީ
އެއް. އހަރެމެން ރައްޔިތުންގެ ފައިސާއިން އިސްރާފު ނުކުރޭ! ޚަބަރުދާރު! އަދުލުވެރިކަމާއެކު ވެރިކަން ނުކުރެވެންޏާ އިސްތިއުފާދީފައި ރައްޔިތުންނާ ހަވާލުކުރޭ!