ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) އިއްޔެ މަގާމުން ދުރުކޮށްފައި ވާތީ، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ.
ޖޭއެސްސީގެ އިއުލާނެއްގައި ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަޤާމް 28 އޮގަސްޓް ވީ ބުދަ ދުވަހު ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ހުށަހެޅުނުން އެދޭކަމަށެވެ.
ކުރިއަށް އޮތީ ހަފްތާ ބަންދުގެ ދެދުވަސް ކަމަށް ވީނަމަވެސް ޖޭއެސްސީގެ އިއުލާނުގައި ވިދާޅުވީ 01 ސެޕްޓެމްބަރު ވަނަ ދުވަހުގެ 12:00 ގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވެސް އެފަރާތެއް ވާން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ޑީޑީ މަގާމުން ދުރުކުރަން ފާސްކޮށްފައި ވީނަމަވެސް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރެފައިވާ އަމުރެއް ބުނާ ގޮތުން ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، ވަޒީރުން މަގާމުން ދުރުކުމާއި މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.
ތިޔަމަގާމަށް ހޯރަ އިއްބެ ތަނގަޅުވާނެ
އާނިޔާ އެންމެ ރަގަޅީ ތި މަޤާމަށް
ސުރުޚީ ރަގަޅެއްނޫނެވެ. " ވަކި މީހަކަށް ފަނޑިޔާރުކަން ދިނުމަށް ފަނޑިޔާރުގެއިން ހުސްކުރި ގޮނޑިޔަށް ކުރިމަތިލަން ހުޅުވާލަފިއެވެ" މިގޮތަށް ސުރުޚި އިޞްލާޙްކޮށްލައްވާށެވެ.