މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲއަށް އިންސާފް ހޯދާ ދެވިފައި ނުވާ ކަމަށް ފުލުހުން އެއްބަސްވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރިޟްވާންގެ އާއިލާ އާއި އެކުވެރީން ކުރަމުންދާ ހިތާމާގައި ފުލުހުންވެސް ބައިވެރިވަމުންދާ ކަމަށެވެ. އަދި ރިޟްވާންއަށް އިންސާފު ހޯދައިދިނުމުގައި އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން ބޭނުންވިފަދަ ހިދުމަތެއްދެވިފައި ނުވާ ކަމަށެވެ.

"އަދި އަހުމަދު ރިޟްވާން އަބްދުﷲ އަށް އިންސާފު ހޯދައިދިނުމުގައި އަހުމަދު ރިޟްވާން އަބްދުﷲގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ފަދަ ހިދުމަތެއް މި ސާވިސް އަށް ފޯރުކޮށްދެވިފައިނުވާތީ މި ސާވިސް އިން އެކަމާއި ހިތާމަ ކުރަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި، ރިޟްވާންގެ މަރާއި ގުޅޭގޮތުން މަރު ކޮމިޝަނާއި ގުޅިގެން ފުލުހުންނަށް އެއްކުރެވިފައި ހުރި ހެއްކާއި ގަރީނާ އަދި މައުލޫމާތުތައް ކޮމިޝަނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަހްގީގަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މައުލޫމާތާއި ސާފްކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން ފުލުހުންގެ އިދާރާއިން ފޯރުކޮށްދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުުހުން ވިދާޅުވީ، ކޮމިޝަނުން މި މައްސަލާގައި ތަހުގީގުން ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފުލުހުން އިތުރަށް ތަހުގީގު ކުރަންވީ ކަންކަމާއި ގުޅޭޮގޮތުން މިއަދު ފުލުހުން ކޮމުޝަންގެ މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައި ވާ ކަމަށެވެ.

"އަދި ކޮމިޝަންގެ މަސައްކަތްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވާނީ ދަންނަަވާފައެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި، ރިޟްވާން ގެއްލުވާލި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ފުލުހަކާއި، ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކން ބަލާ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް އޮފް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"އަދި މި މައްސަލާގައި ކޮމިޝަނުން ތަހުގީގުކޮށް ނިންމާ، މި މައްސަލާގެ ތަހުގީގު ރިޕޯޓް މި ސާވިސްއަށް ހަވާލުކުރުމުން މި ސާވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާއީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރަތާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ރިޟްވާންގެ މައްސަލަގައި ހިމެނޭ ތަހުގީގީ ރިޕޯޓް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް އަރުވާފައެވެ. އަދި އެ ތަހުގީގީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާވެސް ކޮށްފައި ވެއެވެ.

އަދި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ރިޟްވާންގެ ދައްތައާވެސް ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަސްލް

    ތިޔަކަަކާ ފުލުހުން އެއްބަސްނުވާނެ އެއީ ޅިޔަނު ސިއްކައިގެ ވާހަކައެއް ހައްތަހާވެސް ފުލުހުން ބަދުނާމުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޅިޔަނު ސިއްކަ ހިންގާ ޕްރޮޕެގެންޑާއެއް

    52
    4
  2. ތަކުރު

    ????????????

    12
  3. ބަދަލު

    އަވަހަށް ބަދަލު ހޯދަން ހުށަހަޅަންވީ. ބަދަލުގެ ގޮތުގަ 20 ބިލިޔަން ޑޮލަރ ހޯދަންޖެހޭނެ. އޭރުން އިންސާފުލިބުނީ.

    47
    1
  4. ފާއިޒް

    އެމްސީ ކަލޭ ބަޔަކު ހިތްހަމަ ޖައްސަން ފުލުހުންގެ އަގު ވައްޓާލީ ދޯ .. ކޮމިޝަނުން ޢާއްމު ކުރީ ޕޮލިސް އިންޓެލްގެ ފަރާތުން ހޯދާފަ ހުރި މަޢުލޫމާތު އެހެންވީމާ ފުލުހުންގެ ފަރާތުން އެކަމަށް މަސައްކަތް ނުމުރެވި ކޮބާ.. ޗުލުހުން ރުޅި މަޑު....

    55
    3
  5. އިންސާފު

    އަޖާބެއް މީ ހަމަ އެކަނި ރިލަްވާނުތަ މަރާލާގެން މި އުޅެނީ ކޮބާ ދެން ތިބި މީހުނަށް ލިބެން ޖެހޭ އިން ސާފު އޭނަ މަރާލި ގްރޫޕާއީ ރިލްވާނުއާއި މާބޮޑު ތަފާތެއް ނެތޭ ،

    19
  6. ސަމިި

    މީނަ ނޫނީ އިންސާފު ނުލިބޭ މީހަކު ނުވަތަ މަރާނުލާ މީހަކު ނެތީތަ

    18
    1
  7. ބާދަލަާ

    މީ މިހާރު މަރުތަހުޤީޤުކުރާ ކޮމިޝަންގެއެއްބައިދޯ ދެން ނަންބަދަލުކޮއްލާ

    10
  8. ނޫރު

    ރ.މައުމޫނުގެ ވެރިކަމުގައި މަރާލެވިފައިވާ އެތައް މަރު ހިނގާފައިވަނީ ޖަލުގަ ފުލުހުން ޖަލު ބެލެއްޓި ދުވަސްވަރު. އޭގެ ތެރޭ މަޝްހޫރު އަތްބަޅޭއާއި ޏ.މުލަކު މަރުހޫމް ވާފިރު، އަދި އިތުރު އާއިލާތަކެއްގެ ދަރިން ހިމެނެއެވެ. މަރުހޫމް ހުސައިން ސލާހުގެ މަރުގެ ހަގީގަތާއި، ޑރ .މަރުހޫމް އަފްރާޝީމްގެ މަރުގެ ހަގީގަތުގައި ޕޮލިސްގެ ެެެެެެi އިހުމާލު ވޭތޯ.... ބަޔާނަކީ ސިޔާސީ ފީކަޅާ ބަޔާނެއް، ދިވެހި ފުލުހުންނަށް ނުހޯދުނު މަރުގެ ހަގީގަތެއް، ހުސްނުއްސޫދުގެ ސިޔާސީ ޓީމަށް ނުހޯދޭނެ، ސީޕީ ހަމީދު ތިކުރެއްވީ ޕޮލިސް އޮފިސަރުންނަށް މަލާމާތް...

    21
    1
  9. ހުސޭނާ

    ރާއްޖޭގެ ދާޙިލީކަންކަމާ ލަންކާ ބެހެވޭނެތޯއެވެ؟އިންޑިޔާ ގެ ދާޙިލީ ކަންކަމާ ދިވެހިންނަށް ނުބެހެވޭ ،ކިހާ ބޮޑު ޖޯކެއް ދޯ މިއީ ؟

  10. މަސްވެރިޔާ

    ސީޕީ ހަމީދުއާއި، އިމްރާން، ދިވެހި ހިތްވަރުގަދަ ފުލުހުން އަގު ވައްޓާލުމަށް ނެރުނު ބަޔާނެއް، ޕޮލިސް އިންޓެލްގެ ގާބިލުކަމާއި އެމެރިކާގެ އެފްބީ އައިގެ އެހީގައި ކުރެވުނު ތަހުގީގް އަކަށްވުރެ ސުއޫދު ކޯޓުން ވަކިކޮން ކަމެއްތޯ އިތުރަށްހޮވޭނީ.

    13
  11. މީވެސް ގަމާރުންބާ

    އަހަރުމެންމީހުން ކަތިލުމުގެ ބަދަލުހި ފުމަކަށް ނުކުވެއްޖެޔާ ވާނީކިހިނެއްބާ؟މިއުޅެނީމީހުން މިކޮށުގަމަދުކަމަކުންނޫން!

    6
    1
  12. ހަސަން ސައީދު އަހުމަދު

    ކިހާ ބޮޑު ވެލާ އެއްދެން މި!! މި ގައުމުގައި އިންސާފު ނުހޯދަދެވެނީ މި ދެމީހުންނަށް އެކަނިތަ ނޫނީ މި ދެމީހުން އެކަނިތަ އަނިޔާއެއްވެފައިވަނީ.. ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު ރިލުވާނު މީ!!!!!!!!!!!!!!!!!

    12
    1
  13. މޯޑް

    އެމްސީ ހަމީދު ހަމައެކަނި ސިޔާސީ ކަންކަން ބަލަން 300 އިންޓެލް މީހުން ލައިގެން ކުރީގެ ސަރުކާރުތަކަށްވުރެ ބޮޑަށް ސިޔާސީ މީހުންނަށް ފާރަލާކަންކަން ކުރާއިރު އިނިޝިއޭޓް ނަގައިގެން މައްސަލައެއް ބަލާލާނެ ފަންވަރު މޯލްޑިވްސް ޕޮލިސް ނެތުމަކީ އޭނައަކީ އެމަޤާމަށް ގާބިލް ނޫން ފަރާތެއްކަން އަދި އެންމެ ނާގާބިލް ކޮމިޝަނަރު ކަން އަރުވާ ނާށިފައްޗެއް ކަރަށް މަހާލަން ޖެހޭ ކަމެއް

  14. ފިލާވަޅު

    ރައްކާތެރިކަމާ ސަލާމަތްކަން ކަށަވަރު ނޮކޮށްދެވުމުގެ ނަތިޖާއަކީ ކޮބާ؟ އިސްލާމްދީން ބަރޯސާވަނީ އަދުލު އިންސާފުގެ މައްޗައް؟ އުމަރުގެފާނުގެ ޙަލީފާކަމުގައި ރަން ދަޢުރު ހިންގާދިޔަގޮތް ބަލައިލި މީހަކައް އިބްރަތް ހަމަގައިމުވެސް ލިބިގެންދާނެ އިންސާފް އަކީ ވަރައް ބޮޑޮއެއްޗެއް އޭގައި ވަކި މީހަކު އިސްތިސްނާއެއް ނުވޭ، ސަލާހުދީންގެ އައްޔޫބީ ޖުރޫސުލްމްއައް މިނިވަންކޮށްފައިވެސް މިނަމުނާފެނިގެންދާނެ

  15. ސީނު

    ކޮބާ ޝިމާ؟ ޝިމާވެސް ގެއްލުނީނު

  16. ހާލު

    ކުރީދުވަހަކު ނޫހުގައޮތް ލިޔެފަ އެމެރިކާގަ ކުށެއްނުކުރާމީހަކު ޖަލުގަ 34 އަހަރު ހޭދަކުރިކަމަށް އޭގެފަހުން އަސްލު މީހާ ހޯދުނީ ވީމާ ނުވާނެއޭ ނުބުނުއްވާ

  17. ރާޅު ބޯއީ

    ފުލުހުންގެ ތަހުގީގީ ރިޕޯޓެއް ތިޔަ ކޮމިޝަނުން ހާމަކޮށްފައިވަނީ. އިތުރު އެއްވެސް މައުލޫމާތެއް ނެތް. ފާޑުފާޑުގެ ކޮމިޝަން ހަދައިގެން ރައްޔިތުންގެ ފައިސާއިން އިސްރާފު ތިޔަ ކުރެވެނީ. މިހާރު ތިޔަވީގޮތުން ފުލުހުންނާއި ކޮމިޝަން ޖެހުނީ.

  18. ނަޖާ

    ކޮމިޝަން ހެދީ ހިތުން ރައީސް ޔާމީން ބޮލަށް ކަނޑާލަން. ދެން އަވަހަށް ތިޔަ ކޮމިޝަން އުވާލާ. ތީގެ އެއްވެސް ބޭނުމެއް ނެތް.