މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައިވާ ރިޕޯޓް އެއްކޮށް އާއްމު ކުރުމާއި މެދު ވިސްނާ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ދެއްވުމަށް ފަހު އަލުން އެރިޕޯޓް އަތުލާފައިވާ ކަމަށް ދެކެވުނު ވާހަކައާއި ގުޅިގެން ނަޝީދު މިއަދު ވަނީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަތްޕުޅަށް އަރުވާފައި އޮންނަ ރިޕޯޓެއް "އަނބުރާ އަތުލުން އެއީ ހިންގޭނެ ފަދަ އަމަލެއް ވެސް ނޫން" ކަމަށެވެ.
މުޅި މަޖިލީހުގެ ނިޒާމް ގުޅިފައި ވަނީ ސިޔާސީ ޕާޓީގެ ނިޒާމާއި ކަމަށާއި އެހެންކަމުން ސިއްރުން ނަމަވެސް ހާމަކޮށް ނަމަވެސް ނުވަތަ އަނދިރީގައި ނަމަވެސް ހަވާލުކުރެވޭ ރިޕޯޓެއް އަނބުރާ ނާތުލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރެއްވި ރިޕޯޓްގެ ހުލާސާއެއް ހާމަކުރުމުން ފައިދާ ބޮޑު ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން މުޅި ރިޕޯޓް އާއްމުކުރުމާއި ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސިއްރު ހެކި ހުލާސާ ރިޕޯޓްގައި ވެސް އަދި ޖުމްލަ ރިޕޯޓްގައި ވެސް ހާމަކޮށްފައެއް ނުވާ ކަމަށާއި ސިއްރު ހެކިންނަކީ ކޮބައިކަމެއް އެމަނިކުފާނަށް ވެސް އެނގިފައި ނުވާ ކަމަށެވެ.
ރިޕޯޓްގައި ނަންގަނެވޭ ހުރިހާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެފައިވާ ކަމަށާއި އެމަސައްކަތް މިހާރު ކުރިއަށްދަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީ އަޅެފަހެ އަޖައިބެއް ކަހަލަ ކަމެއްނު. މިދެން ކާކުތަ މި ޤައުމުގެ. ޤާނޫނު ހަދާ މަޖުލީހުގެ އިނދެގެން ހެދިފަހުރި ޤާނޫނު ތަކަށް ފުރައްސާރަކޮށް ހެދުން މީ މީނަގެ އާދައަކަށް ވެއްޖެ އެއްނު. މުޅި މި ޤައުމު ކީއްކުރަން ، މުޅި އުއްމަތަށް ޖެހިފަ އޮތް ވަބާ އަކަށް ވެއްޖެ މިހާރު. .
ތި ބޭފުޅާ އޮރިޔާން ވާން ބޭނުންފުޅުނަމަ ތިކަންކުރޭ ކޯޓްތަކާ ބެހެން ތީކާކު؟ މަޖިލީހެއްކަމަކު މި ޤައުމުގެ ހުރިހާ ބަރަކާ ނުކުޅެވޭނެ ! މަޖިލީހަކީ ޔޫގެ ބޮޑުބޭބެގެ ތަނެއްތަ؟
ނަޝީދޫ ޅައެއްޗެއް އެޅުނީމާ އެނުވާކަމަކަށް ހެދުމުގެ ބަދަލުގައި މޮޅުވާހަކަ ދެއްކުމަކީ ހޮޅިކަމެއް. ސިއްރުހެކީންގެ ކިބައިން މާފަށް އެދެންޖެހޭނެ އަދި އެމީހުނަށް ސަރުކާރުގެ ފުރިހަމަ ސަލާމަތްތެރިކަން ކަށަވަރު ކުރުވަންޖެހޭނެ.
އަދިމިކަހަލަ ކޮސްކަންކަނަކުރަމުންގިސް އެމްޑީޕީގެ ހުރިހާމަޖުލިސް މެންބަރުންލައްވާ އިސްތިއުފާވެސް ދޭނެ ވެރިކަމުގަ ހުރެގެން މިނިސްޓަރުން ލައްވާ އެކަންކުރުވިގޮތައް.
ކައުންސިލް އިންތިޚާބުން ކާމިޔާބު ލިބިއްޖެ ނަމަ މައްސަލަ ހިނގާނެބާ؟
ތިޔަ ރިޕޯޓް ގާ ހަގީގީ ވާހަކަޔަކަށް އޮތީ މިނިވަންނޫހުގާލިޔެފާހުރިކަމަށް ބުނާ ލާދީނީ ވާހަކަ އެކަނި ދެންހުރީ ފޭކް ވާހަކަތަކެއް . ލާދީނީ ވާހަކައަކީ އެހެން މީހެއްގެ އިންޓަވިޔު އެއް. އެ ލިއުން އަޕްލޯޑް ކޮށް ޓްވީޓް ކުރިން މިނިވަން ނިއުސް އިން އެ ލިއުން ޑިލީޓް ކރުމުން މިހާރު އެލިއުމަށް ޓްވިޓާ އިން ނުވަދެވޭ އައރިސްޓައިމުންވެސް ހުރީ ޑިލީޓްވެފާ.
އަވަސްކުރޭ ވަގުކަލޭގެ. ޓެރަރިސްޓު އަތަށް ތިއޮތީ ކަނޑިއެއް ލިބިފަ. ބާޣީ ބޭނުން ގޮތަކަށް އަނބުރާފަ ބަހައްޓާ.
ކިއުންތެރިންނޭ ދެން ނެތްތަ މިމީހާއަށް ކަނޑައެޅި ބަޔާން ވެފައިވާ ލަގަބެއް؟
މީހަކު މޮޔަވާނީ މިވަރަށެވެ.މާބޮޑަށް ޖާހިލުވުމުންވާނީ މިހެންނެވެ.
ތިރިޕޯޓު ހުތުބާތަކަށް އަޅައިގެން ހުކުރު ދުވަހު ބަހަން ފެނޭ.