މިދިޔަ ހަފްތާގައި ސަރުކާރުގެ ސިޔާސީ އިން މަޤާމަކަށް އައްޔަންކޮށްފައިވާ އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް (ސުމިތު)، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ މަރާއި ގުޅިގެން ފުލުހުންނާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއް ކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމު ދީފައިވާ ސުމިތު މި ތުހުމަތު ކޮށްފައިވަނީ، އަފްރާޝީމްގެ މަރާއި ގުޅިގެންނާއި، ތައުލީމީ ފެންވަރަށް ބެލުމެއް ނެތި ސުމިތަށް ސަރުކާރުގެ އިސް މަޤާމެއް ދިނުމުން އެކަމަށް ފާޑުކިޔައި މީހަކުކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކުރިން ހައްޔަރުވެސް ކޮށްފައިވާ ސުމިތަށް ފާޑުކިއުން އަމާޒުކޮށް އޭނާގެ ފޮޓޯއެއް އާންމުކުރަމުން، އާންމު ފަރާތަކުން ކޮށްފައިވާ އެ ޓްވީޓުގައި ވަނީ، "އަފްރާޝީމް މަރާލި ގްރޫޕުގެ މެމްބަރަކަށް ސަރުކާރުގެ ވަޒީފާ. އެޑިއުކޭޝަން ފެންވަރަށް ބެލުމެއް ނެތި. އަދިވެސް އަންނާތި ވޯޓު ހޯދަން"، މިހެންނެވެ.
މި ޓްވީޓަށް ރައްދު ދެމުން ސުމިތު ބުނެފައިވަނީ، އަފްރާޝީމް މަރާލީ އަބްދުﷲ ޔާމީން އާއި ފުލުހުންނާއި ގުޅިގެން ކަމަށެވެ. އަދި އެކަމުގަ އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ސުމިތު ބުންޏެވެ. ސުމިތުގެ ޓްވީޓުގައި އޭނާ އިތުރަށް ބުނީ، އެ ޓްވީޓަކީ، އަފްރާޝީމްގެ މަރުގެ މައްސަލަ "އެމްޑީޕީ ބޯލަށް ކަޑާލަށް ވޭގެ ކުރެ ކަމޭ"، (އެމްޑީޕީ ބޮލަށް ކަނޑާލަން ވެގެން ކުރި ކަމެއް) ކަމަށެވެ.
ސިޔާސީ މަގާމަކަށް ސުމިތު އައްޔަން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން ދާއިރު، އޭނާއަކީ ގްރޭޑް ހަތެއްގެ ފެންވަރުގެ މީހެކެވެ. އޭނާއަކީ އަހްލާގީ މައްސަލައެއްގައި ސްކޫލުން ކަނޑާލި މީހެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސުމިތު އެ މަގާމަށް ހަމަޖެއްސީ، އޭނާއަށް ސިޔާސީ މަގާމެއް ދޭން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މީސް މީޑިއާގައި ކެމްޕެއިން ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
ސުމިތްއަކީ އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޖަލަށްވެސް ލި މީހެކެވެ. މާރާމާރީ މައްސަލަތަކުގައި އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައި ވެއެވެ.
ސުމިތަށް ސަރުކާރުން މަޤާމެއް ދީފައި މި ވަނީ، އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެނަށް ވަޒީފާ ދީފިނަމަ ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް، އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ހަފްތާއެއް ވެސް ނުވަނީސް ކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު އެމްޑީޕީ އަށް ތާއިދު ނުކުރާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ފާއިތުވި ނުވަ ވަރަކަށް މަސް ދުވަސް ތެރޭގައި ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.
ތިކަންވެސް އަދި އަތަށް ގޮވާނެ! އެއޮތީ ރިލުވާނުގެ މައްސަލަވެސް އަތަށާއި ފަޔަށް ގޮވާ ވާނެހާ އެއްޗެއް ވެފައި! ދެން، މަރު ކޮމިޝަނުން ބަލާ އާންމު ކުރާ އަފްރާޝީމުގެ ރިޕޯޓުގައި މީނދަ ކާޅު ވެގެން ނިމޭނީ! ބަލަން ތިބެމާ
ޢަފްރަޝީމް މަރާލުމުގެ .ކުއް.ސާބިތު.ވާނެ. މީހެއް.ތީ ދިއްދޫ.ސުމިތު
ވަގުންނާއި މުޖުރިމުންގެ ސަރުކާރު.
މިހާރުގެ ރައީސްގެ ގޮނޑިވެސް އެ ހޫނުކުރަނީ ގްރޭޑް 9 ގެ ފެންވަރުގެ ގަމާރެއް! ދެން ސްމިތަކީ ގްރޭޑް7 ގެފެންވަރު ގަމާރެއްވީމާ މައްސަލަ ކޮބައި؟
ހިޔެއްނުވޭ ރަނގަޅަށް ލިޔަން ކިޔަން އެނގޭ އެއްޗެއް ހެނެއްވެސް ސްމިތޯ ހަހަހަ
ދިއްދޫ އުޅޭ ގިނަ މީހުންނަކީ މިކަހަލަ އަހްލާގެއް ނެތް މީހުން ދިރި އުޅޭ ރަށެއް..
ސީރިއަލް ކިލާ އަކަށް މަތީ މަޤާމެއް ދިނުމުން ގޮވާނެ ހުރިހައި އަޑެއް މިހާރު އެބަ ގޮވާ! ތި ގޮ؛ަޔަށް ވަޒީފާ ދިނީ ތި ގޮލާ ލައްވާ ސަރުކާރުގެ ބޮޑުން ކުރުވާފައިހުރި ބޮޑެތި ކުށްތައް ފޮރުވަން!
އުސްފަސްގަނޑުން ހިސާރު ކޮށްގެން ތިބެ އުސްފަސްގަނޑުން ކަތިވަޅިހިފައިގެން ނިކުތީ ހަމަ އެމްޑީޕީގެ މީހުން ރާވާހެދީ އެމްޑިޕން އެމީހުން ފުރައިގެން ގޮއްސިޔޭ ބުނީ އެމްޑިޕީގެ ރޫހާނީ ލީޑަރު ވީއިރު އެކަން ކުރާނީ ކޮންބައެއް؟ފުލުހުން ކަތިވަޅިތައް ހޯދީ ވެސް އުސްފަސްގަނޑުން ނޫންތަ ؟
ޢެވީޑިއޯ ހޯދަދީބަލަ
ސުމިތަށް ލިޔަން ދަސްކޮށްދީބަލަ
ލެޓިން އަކުރުންވެސް ރަގަޅަށް ލިޔަންނޭގޭ ސޮރެއްދޯމީ
ލެޓިންއިން ލިޔަން ދަސްކޮށްދީބަލަ ފުރަތަމަ
މީނާ އަކީ ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުންގެ ތަޙްޤީގަށް ސާބިތުވެ ގެން ދައުވާ ކުރަން ފޮނުވި ގ.ހިކޯސްޓް އަލީ ޝާން.(ސަޓޯ) ގެ ދިފާއުގަ ކޯޓުގަ ދޮގު ހެކިބަސް ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއް.. ސަޓޯ އަކީ އެމްޕީ ގެ އެންމެ މަތީ ލެވަލް ބޭފުޅުން ޕްރައިވެޓް ބޮޑީގާރޑް އަކަށް ގެންގުޅެމުން އައި ފަރާތެއް. އޭނާ އަކީ މިހާރު ގަދަރާ ހައިބަތު ބޮޑު އެމްޑީޕީގެ ނުފޫޒު ގަދަ އެކްޓިވިސްޓެއް.. ދެން ކިހިނެތްތޯ ޑރ.އަފްރާޝީމް ގެ އާއިލާ އަށް އިންސާފު ލިބޭނީ.. ހަމަ ހިތައް ކެއް ނުވެގެން މިލިޔެލީ
މީ ރަނގަޅަށް ދިވެހިބަސް ލިޔަންބކިޔަންވެސް ނޭނގޭ ސޮރެއް
އަފުުުުުރާޝީމް މަރާލި ބަޔަކު ވެސް ހޯދާ ހައްގު އަދަބުދީ އޯގާތެރި ސަރުކާރު!
މީނަ އަދިވެސް ލަދު ނުގަނޭ އެހެންމީހުނަށް ތުހުމަތު ކުރާއިރު! ލަދު ކޮބާ
"އެމްޑީޕީ ބޯލަށް ކަޑާލަށް ވޭގެ ކުރެ ކަމޭ"، މިއޮތީ ފެންވަރު ފެނިފަ..! ހަމަޔަށް ލިޔަން ކިޔަން ނޭގޭކަން.. ދެން ކަންފަތުލާ މުންޖޭ ކީމަ ތިބޭލުނީ ލައިގެން ހުރި ޖަނގިޔާ ސޯޓް މަތިން..
ކަލޯ ކަެޔަކީ ތި މަގާމައް ކުފޫ ހމވ މީހެއް ނޫން
ސަރުކާރުގެ މަތީފަންތީގެ އެއްމެން ބޮޑެތި ތުހުމަތުތަކެއް ފުލުހުންގެ ބޮލުގަ އަޅުވަމުންދާ މަންޒަރުމިފެއްނަނީ ވަޒީފާގެ ޒިއްމާދާރު ކަމެއްނެތި ސިޔާސީމަގާމުތައް ދިފާއުކުރުމައް ތައުލީމު އަދި ތަޖުރިބާމަދު ބަޔަކުވިއަސް އުސޫލެއްނެތި ހަމައެއްނެތި އޮޅުއަށިތަކުގަ.
ދެން މިކާޅު އޮފީހަށް ގޮސް ކޮން ކަމެއްބާ ކުރާނީ. . ޜައީސަށްވެސް ލަދެއް.
ތީނާ ޓްވީޓްގައި ލިޔެފަހުރި ލިޔުމަށްބަލާއިރު 7 ގެ ފެންވަރުވެސް ނެތް.
މީ ބޮންދު ބަހުރުވައިން ލިޔެފައިން އެއްޗެއްތަ! ކަލޯ އާރެން އޭވައްތަރު ނުހު ންނަނީ... މީވައްތަރު ހުން ނަނީ... ބޭބެ .. އާރެން އިނގޭ ތިބޭނުން.... ބޯހަލާކު
ސުމިތު ނުބުންޏަސް ތީ އެންމެން ދަންނަ ހަޤީޤަތެއް
ބުރޯ!! ރަނގަޅަށް ލެޓިނުން ލިޔެލަން ވެސް ނޭނގޭ.. ކީކޭ ބުނާނީ؟
އައިސިސް އާއި އަލްޤައިދާ ބޮލަށް ސުއޫދު ބިންދާލީ
ކަލޯ ކިޔެވީ ކޮން މަދުރުސާއަކުން؟ ފެންވަރެއް ނެތަސް ބޯގަޅާތި
ސާބަހޭ މިސަރުކާރަށް ވޯޓުދިން މީހުންނަށް. ނަޝީދު އާއި އިންޑިއާގެ އިންޓެލިޖެންސް އަށް މާރަނގަޅަށް ވެސް އިނގޭނެ އަފްރާޝީމްގެ ކަންތައް.
ޔާމީނޭ ކިޔައިގެން ދައްކާ ވާހަކަ ދެން މަށެއް ޤަބޫލެއް ނުކުރާނަން.
ދުވަހަކު ސްކޫލަކަށް ނުދާމީހުންވެސް ޖޭޕީން ވަނީ ސަރުކާރުގެ މަގާމު ތަކުގަ ހިމަނާފަ
ސުމިތަކަށް ރަނގަޅަށް ލިޔާކަންވެސް ނޭގޭ ކިހާ ދެރަ
މިމީހުންބުނަންބޭނުން އެއްޗެއް ބުނެލާ
މީނަގެ ފެންވަރު މި ޓްވީޓުންވެސް ހާމަވޭ. ވަރަށް ސަލާމް..
މޮހަމެދ އަޒްހީމްް ކަލޭ ގެ ހުރި ފެންވަރު މަ ބަލާލާނަން
ދިވެހި ރާއްޖޭގެ ފަރާތުން އަލިފުދާލުގައި ރަސްމީކޮއް ތަގުރީރުކުރައްވަން ސުމިތުއައް ފުރުސަތު ދޭންޖެހޭ..
މިހާރު ކިޔަވައިގެން މިޖެހެނި ގޭގަ ތިބެން ނުކިޔަވާ ގަމާރުންނަށް ޖޮބްތައް ލިބެނީ
މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު މޑޕ ގެ އަތެއް މިކަމުގައި ވާކަން ޔަގީންވޭ. އެހެންނޫން ނަމަ މޑޕ ސަލާމަތް ކުރަން މިސޮރު ވާހަކައެއް ނުދެއްކީސް. މީ ރާމާމަކުނު ބިހޭވިއާ. ގާބުރިއެއް އެއްލީމަ ގަހުން އެއްލާނީ މޭވާއެއް. ހަމައެގޮތަށް އެއްޗެއް ބުނެލީމަ އެކަމުގެ އަސްލަށް ވާސިލު އެވަނީ.