"ތިބާ ސައިކޮލޮޖީ" ކުލިނިކްގެ ނަމުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް މާލޭގައި ހުޅުވައިފިއެވެ. މި ކްލިނިކް ރޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކުރެވިގެން ހުޅުވި މި ކްލިނިކް ހުންނާނީ މާފަންނު ފްލެމިންގޯ ގޭގައެވެ.

މި ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ފަޒްނާ ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެއީ އުފާކުރައްވާ ކުރިއެރުމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކްލިނިކު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ކުލިނިކުގެ ވެބްސައިޓުވެސް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖިންނި

  އައުރަ ނިވާނުކޮށް ތިބި 3 އަންހެނުން ( ފޮޓޯގައި ) އެއީ ނަފްސާނީ ބަލި %99.99 ގަ ތިބި ބައެއްތޯއްޗެއް

  5
  1
 2. އަދާލަތު

  މިހާރުން މިހާރަށް ތިޔަސެންޓަރުން ރައީސް ނަޝީދަށް ފަރުވާދެއްވަން ފެއްޓެވުމަށް ގޮވާލަން.

  13
  1
 3. އަލިބެއްޔާ

  އޮރިޔާން ނިވާ ކުރަށްވާ...