އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ކަމާއި ނައިބްރައީސްކަމުގެ މަގާމަށް ދެ އަންހެން ކަނބަލުން އައްޔަންކުރައްވައިފިއެވެ.
އެ ކޮމިޝަނުގެ ރައީސްކަމަށް އައްޔަނުކޮށްފައިވަނީ އެ ކޮމިޝަނުގެ މެމްބަރުކަން މިއަދު ލިބިވަޑއިގެންނެވި ސ. ހިތަދޫ ނެދުންގޭ މަރިޔަމް ޝިއުނާއެވެ. ކޮމިޝަނުގެ ނައިބު ރައީސްކަމަށް އައްޔަނުކުރީ ގ. ވަޑިނޮޅުގޭ ފާތިމަތު އަނޫލާއެވެ.
ޝިއުނާ މީގެ ކުރިން މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައެވެ. އަދި އޭނާ މިހާރު ގެންދަވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
މޫދައް ލަކުޑިބުރި އެއްލިޔަސް އޮންނާނެ އުފުލިފަ އޭގެޒާތުގަ އެއްކަމެއް ނުކުރިޔަސް. ތިޔަމީހުން ލައިގެންވެސް ވާނީ އެހާކައްވަރު.
މިދެކަބަލުންގެ ސަބަބުން ވާނެ ގޮތް ބަލަން ތިބޭ
އަނެއްކާ މިފަހަރު ވެރިއަކަށްވެސް މިހޮވުނީ އަންހެނެއްބާ؟
ބޭނުންވާ ގޮތަކަށް ކަން ކުރަން ފަސޭހަ ވާނީ އަންހެނުން ލައިގެންވީމަ ކުރާކަމެއްތީ