ސީރިޔާ، ރޮހިންޖާ އަދި ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މުސްލިމުންގެ ހައްގުގައި ދިވެހިރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން އެ މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރުމަށް ނިންމާފައި ވަނީ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންތަކުގައި ކަމާށެވެ.

އެ ޝެޝަންތައް ފަށާފައި ވަނީ ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި މިއަދުއެވެ. 3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމެނީ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހުއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ޝެޝަންތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކަމަށެވެ. އަދި ސީރިއާ އަދި ފަލަސްތީނުގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ހާއްސަ މުހިންމުކަމެއްދީގެން ވާހަކަދައްކާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެނުއަލް ޑިސްކަޝަން އޮން އިންޓިގްރޭޝަން އޮފް އަ ޖެންޑަ ޕަސްޕެކްޓިވް، ކްލަސްޓަޑް ޑައިލޮގް އޮން އެންފޯސްޑް އެންޑް އިންވޮލޮންޓޮރީ ޑިސަޕިއަރެންސަސް އެންޑް ޓްރޫތް، ޖަސްޓިސް އެންޑް ރެޕެޓްރިއޭޝަން އެންޑް އިންޑިވިޑުއަލް އިންޓަރެކްޓިވް ޑައިލޮގް އާއި ވޯކިންގް ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަންގެ ދަށުން ވެސް ރާއްޖެ ތަގުރީރު ކުރާނެއެވެ.

42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދެވެ. މީގެ އިތުރުން އެ އޮފީހުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެސެންޓޭޓިވް ޙަވްލާ އަޙްމަދު ދީދީއާއި ފަސްޓް ސެކްރެޓަރީ ޝާހިޔާ ޢަލީ މަނިކް އަދި މިނިސްޓްރީގެ ޑެސްކް އޮފިސަރު މުހައްމަދު ޝުޖާއުވެސް މި ސެޝަންތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ލާދީނީ މީހުން ހީކުރީ މިހެން ކިޔައިގެން މި ދޭތެރޭގައި ކަލޭމެން ހޭވި ހަޑި ފޮރުވަން ތިހެން ކިޔައިގެން މީސްތަކުން ހަނދާން ނެތޭނެ ކަމައްތަ. ފާޑެއްގެ ފިތުނަ ކޮމިޝަންއެއް ހަދައި ހިނދުކޮޅުގައި ހުރެ ހެދި ރިޕޯޓަކީ ކޯޓުތަކައް 2 މުރުތައްދުން އައްޔަން ކުރަން ވެގެން ހޭވި ހަޑިއެއް. ކަލޭމެން އެއްޗެކޭ ބުނީމަ ގަބޫލް ކުރާނީ ކަލޭމެން ފަދަ ޚަބީސް މީހުން

    21
    2
  2. ޗައިވާލޭ

    މިފަރު ނިދިން ހޭލެވޭނެބާ ކުރިންވެސް ވަނީ މާގަދައަށް ކޮފީ ބޮއެގެން ނިދިފަ.

    19
    1
  3. އަހުމަދު

    ކޮބާ ކަޝްމީރުގެ ވާހަކަ؟ ހާދަ ހެއްވައޭ!

    11
  4. އަސްލުވެސް

    ކަޝްމީރުގެ ވާހަކަ ނެތް. މީ ފެންވަރު

    11