ގދ. ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިނަދޫގެ ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުންްނަށް ނިންމުމާއި ގުޅިގެންނެވެ.

ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

އެނގިފައިވާގޮތުން އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ.

ނަމަވެސް އޭނާ އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިއްޔެ ފާޅުގައި ދީނާއި ދެކޮޅަށް އޭނާ ތިނަދޫގައި އެއްވުމެއް ބޭއްވި ކަމަށެވެ.

ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާގެ ގެ ކައިރީ ފުލުހުންްގެ ވޭން - ވަގުތު އިމޭޖްސް

"މިއަދަކީ ހަވަރު ތިނަދޫގެ މަގުމަތީގައި ޒުވާނުން އެެއްކޮށްގެން ލާދީނީ ވާހަކަ އަހަރެން ދެއްކި އެންމެ ފުރަތަމަ ދުވަހެެވެ. ގޭގައު މަޑުން ހުރެގެން އެއްޗެއް ލިޔުނީމާ އެގޮތް .... ތަކަށް ކަމުނުދިޔައެވެ. ވީމާ މިހާރު ވާހަކަ ދައްކަންވެސް ފެށީއެވެ. އަދީ ލާދީނީ ބޮޑެތު ޖަލްސާވެސް ބާއްވާނަމެވެ".އޭނާ މީސް މީޑިއާގައި ލިޔެފައި ވެއެވެ.

ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ - ވަގުތު އިމޭޖްސް

އޭނާގެ އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ، ރައީސް ނަޝީދު ވިދާޅުވާ އަނދިރި ދައުލަތް މިހާރު ރޫޅެން ފަށާފައިވާ ކަމަށެވެ.

ވަގުތު"އަށް އެރަށުން މައުލޫމާތުދިން މީހަކު ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަޔަސް އަދި ހައްޔަރު ނުކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ހަގީގީބައްޑާ

    ފެނަބައްޑާ ތަކައް ރަނގަޅު އަދަބެއް ދެއްވާތި

    120
    13
  2. ާއަނު

    ޢޭ ބުނަން ރަނގަލު ވާ ހަކައެއް ދީނާ ނުބެހީ
    ޓޮލަރޭޓެއް ނުކުރެވޭނެ

    128
    10
  3. ޖިންނި

    ސޫދުގެ މިނިވަން ޚިޔާުލު އުތަ !

    113
    6
  4. ކަމަކުނުދޭ

    ތި މުރުތައްދުވި ކަލޭގެ މައްޗަށް އިސްލާމީ ޝަރީއަތް ގާއިމުކުރޭ........

    182
    15
  5. ާޫޫ މަަަރިޔަނާ

    ކުދީންނޭ ތިމީހާ އިރުކޮޅަކުން ދޫކޮއްލާނެ ސިކުޑީގަ ބޮޑު ކުރަތްޕެއް އެބައިނޭ ކިޔާފަ އޭރުން އެހެރީ ރަތްލާޖެހި ބޮޑު މޮޔައަކަށް ބަދަލުވެފަ

    168
    5
    • ޢަފީ

      މީނާ މިފޮޓޯއިން ހަމަ އަސްލުވެސް ޖަހަނީ މޮޔައެއް ވއްތަރު

      33
      7
  6. ފާދިރީ

    ޖަާހިލުކަލޭގެ ފާޅުވީ ދޯ! ފަހުޒަމާނުގެ ކަމެއް ތިޔަ ފެންނަނީ.

    136
    10
  7. ާައޮމަޅުމަކުން

    ތިޔައީ ދޮގެއް، އޭނާ ހައްޔަރެއް ނުކުރޭ، ހިމާޔަތް ދިނީ

    115
    9
    • ގަންޖާ

      ރަންގަޅު... ހިމާޔަތް ދިނީ.

      86
      7
  8. ނޫރު

    އެރަށުގެ ޒުވާނުން، ލާދީނީ ފުރުސަތުނުދޭނެ.ޗުޕް. މިޤައުމުގައިއިސްލާމްދީނާއިދެކޮޅަށް ެހެންދީނެއްގެވަސްޖެއްސޭނީލޭއޮހުރުވާލަފަ. ދިވެހި ންމަރާހުސްކޮށްފަ.ޗުޕު....ނޯޗާންސް

    87
    8
  9. ޢަހްމަދު

    ތިވާނީ ބުއްދި ހަމަނުޖެހޭ ކުއްޖަކަށް، ހާއްސަ އެހީ ހަމަޖައްސަވާދެއްވާ

    59
    11
  10. ޕަބުޖީ

    މަތިމަސް އަނގަޔަށް ވަންނަވަރަށް ދިގުކުރުމަކީ އޭތިސްޓުންގެ ރާމާމަކުނު ސްޓައިލްތަ

    85
    8
  11. ދޮން ބަބުރު ސޮރު

    ކަލޭ ބޭނުން ކަމެއް ކުރެވޭނަމަ އެހެން މީހުނަށްވެސް ކަލެއަށް ކަންތައް ކުރެވޭނެ އެކަން ހަނދާން ބަހައްޓާތި

    79
    12
  12. ރަށު ރައްޔިތެއް

    މީނާ އަކީ ކުރީގައި ވަރަށް ވެސް މޮޅު ކުއްޖެއް.ވަރަށޮ ބަސް އަހާނެ.މީނަގެ މަންމަ އަކީ ވެސް ވަރަށް މޮޅު މީހެއް.ކުރިން އިނގިރޭސި ޓިއުޝަން ވެސް ނަގައި ދޭނެ

    34
    13
  13. މަބުނީ

    އަސްލު މިމީސް މީހުންގެ ވާހަކަ ނޫހުގަ ނުޖަހަންވީ. މިކަން ނެނގޭ މީހުން ވީދެން މިމީސްމީހުންގެ ވަތުބަތާނަ ހޯދާ ވީކީއްތޯ ކީކޯންޗެއްތޯބަލަން. އުޅޭނެ ދީނީ ކަންކަމުގައި އެކި ފެންވަރުގެ މީހުން. ދީނީ މިބުނީ އަޤީދާގެ ވާހަކަ. ބަލިކަށިމީހާގެ ހިތަށް ވަހުމު ވަންނާނެ. ސޯ ޕްލީޒް ސްޓޮޕް ދިސް.

    38
    19
    • މަވެސްބުނީ

      ދީނީ އަގީދާ ބަލިކަށިނަމަ ކޮންމެވެސް ރަގަޅު ޝޭޚުންކޮޅަކާ ވާހަކަ ދައްކާލައިގެން ހިތްހަމަޖެހޭ ޖަވާބެއް ލިބޭތޯ ބަލައި، ނުލިބިއްޖެނަމަ އަމިއްލައަށް ދުޢާކޮށްގެން ރަގަޅު ގޮތް ދައްކަވާތޯ އެދުން އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް. އަހަރުމެންގެ ދީނުގައި އެންމެ ފަސޭހަކޮށް ލައްވާފައިވާ އެއްކަންތައް އެއީ އެހެން ފަރާތެއް މެދުވެރިނުކޮށް އަމިއްލައަށް މާތްﷲ އަށް ދުޢާ ދެންނެވުން. މިނިވަން ފިކުރާ، ހައްދުފަހަނައެޅި ފިކުރުގެ މީހުންވެސް ދީނުގައި ހަގީގަތުގަ ސާބިތުވެ ތިބެން ބޭނުންވާނަމަ އެކަމަށް މަސައްކަތްކުރެވެން އެބައޮތް. މަގުއޮޅެނީ މީހުން ކިޔާ އެއްޗެހިންކަމުގައިވާނަމަ އެކަންކަން އަޑުނާހައި އަމިއްލައަށް ރަގަޅު ގޮތް ހޯދަން އެދި އެކަމަށް ދުޢާކުރުމުން މަގުދައްކަވާނެ. ރަގަޅުގޮތް ހިތަށް ތަޞައްވުރުކުރެވޭނެ މާތްﷲ މަގުދައްކަވައިފި މީހަކަށް. ޝައްކުމަތީ ތިބޭ މީހުން ހަގީގަތުގަ ރަގަޅު ގޮތް އޮޅުންފިލުވަން ބޭނުންނަމަ އަމިއްލައަށް މަސައްކަތްކުރަންވީ. ޝައްކުމަތީ ނުތިބެ ޔަގީންކަމާއެކު ދުޢާކުރަންވީ. އެހެން ބަޔަކު އައިސް ތިމާމެން ހިތްހަމަޖެހޭ ގޮތަށް ހުރިހާ ޖަވާބެއްދޭތޯ ނޫން ބަލަންވީ. މާތްﷲ އިންސާނުންނަށް ދެއްވި ބާރުން އިންސާނުން ކަންތައްތައް އޮޅުވާލާފައިވާ ގޮތް އެއީ މާ ރަގަޅު ގޮތްތަކެއްކަމަށް ބައެއް މީހުންނަށް ފެންނަނީ. އަދި ދީނުގައިވާ ގޮތުގެ ސަބަބުން އެމީހުންގެ އެތައް ދުނިޔަވީ އުފާތަކަކަށް ހުރަސް އެޅޭތީ ދީނީ ގޮތް ކަމުނުގޮސްގެން ދީނުގައިވާ ކަންކަން ބަދަލުކުރަން ބޭނުންވަނީ. އަނެއް ބަޔަކު ބުނަނީ ހެއްކެއްނެތި ގަބޫލުނުކުރެވޭނެ ކަމަށް. އެކަމު އެއީ ނޫންބާ އިންސާނުންނަށް ކުރިމަތިވާ ހަގީގީ އިމްތިހާނަކީ؟ މާތްﷲ އެންގެވީ އެންމެ މުހިއްމުކޮށް މާތްﷲ އަށް އެކަނި އަޅުކަންކުރުމަށް. މާތްﷲ ވޮޑިގެންވާކަން ހިތުގެ އަޑިން ގަބޫލުކޮށްފަ ދީނުގައިވާ ގޮތަށް އިޚްލާސްތެރިކަމާއެކު ހަމައެކަނި މާތް ﷲއަށް އަޅުކަންކޮށްފަ ތެދުމަގު ލިބޭތޯ ދުޢާކޮށްފަ، އެނގޭވަރަކުން ފާފަތަކާ ދުރުވެގެން ހުރެ ގުރްއާނުގެ މާނަ ބެލުމުންނާ ގުރުއާން ކިޔެވުމުން ދިރިއުޅުމަށް ބަދަލެއް ނާދޭތޯ ބަލާލާނަމަ. އަމިއްލައަށް ބާރު ނުފޯރުވޭ ކަންކަން ހީނުކުރާ ގޮތަށް ބަދަލުވެދޭ، އެތައް އެތައް އާދަޔާ ޚިލާފު ކަންކަން ހާސިލްކުރެވޭ އެންމެ ހެޔޮ ގޮތުގައި މާތްﷲއަށް އަޅުކަންކުރުމުން. ރަސޫލުންނަށް ނުވިއަސް އާދައިގެ އިންސާނުންނަށްވެސް އެތައް ކަމެއް ނުފެންނަ މުޢުޖިޒާތްތަކެއްގެ ގޮތުގައި މާތްﷲ މަގުފަހިކޮށްދެއްވާތީ އެތައް ނުރައްކަލަކުން ސަލާމަތްވެގެން ތިބެވެނީ. ދެން ދާން އޮތް ދުނިޔޭގައި އެމީހެއްގެ ސަލާމަތް ހޯދޭނީ ހަމައެކަނި އެމީހަކަށް ކަމަށްވާއިރު، ކޮންމެ ކަމެއް މާތްﷲގެ ރުހިވޮޑިގަތުން ލިބޭ ގޮތަށް ކުރެވޭތޯ ބެލިދާނެ. އެންމެ ފުރިހަމައަށް ދީނުގެ ހުރިހާ ކަމެއް ނުކުރެވިދާނެ. އެނގިގެންނާ ނޭނގި ފާފަތައް ކުރެވޭނެ. އެއީ އެކަމު ފުއްސަވާނެ އެއްޗެއްކަން އަންގަވާފައިވަނީ. މަރަކީ ގައިމު އެއްޗެއް ކަމުން ދިރިހުރި އިރު އެންމެ މުހިއްމުކޮށް ކުރަންވީ ކޮންކަމެއްތޯ ފުންކޮށް ވިސްނާލަންވީ.

  14. ދޮންބެ

    އަސްލު ހައްދުފަހަނައެޅުމަކީ މީ. އެކަމް މިކަން މިއަޅުވަނީ އެހެން ބައެއްގެ ބޮލުގަ.

    73
    7
  15. ބަރުގޮނު

    އިސްލާމީ ޝަރީޢަތުގައި ދޭންޖެހޭ އެންމެ ބޮޑު އެންމެ ހަރުކަށި ޢުޤޫބާތް ދޭންޖެހޭނެ.

    77
    8
  16. ޒީ

    ތިމިސަރުކާރު އުފާކުރާނެ ކަމެއް!
    ތިމުރުތައްދު މީހާ އިސްލާހުވެ ތައުބާ ނުވެއްޖެނަމަ ރަޖަމުކުރޭ!
    މިފަދަ ސައިތާނުން އަދިވެސްތިބޭނެ ޔަގީން!

    28
    3
  17. ބޮލުރޮދި

    ދީނާ އިދިކޮޅު މީހުން މި ވަނީ ބަތަލުންނަށް، އޭނާއަށްޓަކާ ކޮމިޝަން އެއްއަވަހަށް ހަދަން ވީ، ދެން އޭނާގެ ފޮޓޯ އާއި އާއިލާގެ ފޮޓޯ ނޫސްތަކުގެ ފަލަސުރުހީއަށްލާ، ދީނާދުރުވިހެން ވަޒީފާވެސް މަތިވާނެ،

    19
    4
  18. ގާބުރި

    މިގައުމުގެ ހަލާކަކީ ކާށިދޫ ޖާބިރު.އޭނާ މާކަނޑު ނައިޓްކުލަބް ހަދައިގެން ސަންރައިޒް ބަލާ.

    18
    3
  19. ޢަނިޔަ

    މިކަމުގެ ފުރިހަމަ ޒިއްމާ އޭނަގެ މައިންބަފައިން ނަގަންޖެހޭ..

    15
    4
  20. މިއަދު

    ތީނައާއި އަންނިއާއި ގުޅުންއޮތްމިންވަރުބަލަންޖެހޭ

    23
    2
  21. ކޮރަލް

    އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިނަދޫގެ ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުންްނަށް ނިންމުމާއި ގުޅިގެންނެވެ. 100 ޕަސެންޓް މުސްލިމް ގައުމުގެ ހާލަތެވެ.

    24
  22. ހުސޭނުބޭ

    އެސޮރަށްވުރެ ކުރިން އެސޮރުގެ ކަށްގަނޑުވެސް އެހެރީ ހައްދުފަހަނައަޅާފައި! ބަލާލާފައިވެސް އެނގޭ ދެދުނިޔެ ގެއްލިފައިވާ އާވާރާއެއްކަން! ނަސޭހަތުގެ ފައިދާއެއް ކުރާނެބާ!

    22
    1
  23. ނާޒު

    ތަންކޮޅެއް ކުރީގަ ތިނަދޫ މީހެއްގެ ކަރަށް އެސިޑު އެޅިވާހަކަ އަޑުއެހިންތަ. އޭރު އަދި ތި ރުސްތުމެއް ނުވެސް އުފަންވާނެ. ބަފާ ދިޔަ މަގަށްވުރެވެސް މާގޯހެއްނުން

    22
    1
  24. ލަޔާން

    ހައްޔަރު ކުރޭ.... މި ކަހަލަ ބައިގަނޑު ބަހައްޓަންވީ ޖަލުގަ. މި ބައިގަނޑުގެ ކަމަކީ ފިތުނަ ފަސާދަ އުފެއްދުން

    23
    1
  25. ހަލާކޫ

    ! ދީނާއި ބެހެންޏާ އަހަރެމެންނަކަށް ނުތިބެވޭނެ އިނގޭ މަޑަކުން ، ތިކުޅެވެނީ އަހަރެމެންގެ ހަށިގަނޑުގައި ދައުރު ކުރަމުންދާ ލެއާ!!

    29
    1
  26. Anonymous

    އޭނާ ދޫކޮށްލާ. އެއީ ސިކުނޑި ހަމަނުޖެހޭ ކުއްޖެއް. ދެން އެންމެ އަވަހަށް އަޑުއިވޭނީ އެމްޑީޕީ ގެ ލާދީނީ ބައިގަނޑު މިހެންގޮވާ މުުޅިސޯޝަލް މީޑިޔާ ގުގުމާތަން.
    އަދި މީނާގެ ކަންތައް އޮއްބަން ވެގެން ވަގުތުން ރިޟްވާންގެ މައްސަލައިގާ ބޮޑު އޮޕަރޭޝަންއެއް ޖައްސަމުންދޭ.

    4
    1
  27. ކަލު

    ތިޔަ ގެން ދޭ ސަންރަައިސް ބަލަން

  28. އާލީ އަހުމަދު

    އެސޮރު ދީނާ ދެކޮވެގެން ކަންބޮޑުވި ބަޔަކު ތިބިކަން އެނގުނީމަ ހައިރާން ވެއްޖެ!މިމުސްލިމުގައުމުގަ އެކަލާންގެ ހަރާންކުރައްވާފަވާ ބަނގުރަލާ އޫރުމަސް ވިކައިގެން ފައިސާ ހޯދާތި ކަންބޮޑުނުވަނީ އެކަން ހަރާމްކަން އެގުނަސް މިދުނިޔޭގަ އުފަލާ އަރާމު އިސްކުރާތިބާ! ގައިރު މުސްމުނައް ވިއަސް ހަރާމު އެއްޗެއް ވިކޭނެ ގޮތެއް ނޯންނާނެ1 އަދިމީގެ އެންމެ ނުބައިތަން ކޮޅަކީ ބަނގުރަލަކީހުރީހާ ނުބައިކަމެއްގެ މަންކަން އެގިހުރެ އެފަދަ އެއްޗެއްއެހެން އިންސާނުންނައްވިއްކާތި

  29. އަޙްމަދް

    ނަޝީދުގެ ޕަޕެޓެއް

    4
    1
  30. މަންޑޭ

    މީނާ މީ ކުރިންވެސް ސޯޝަލް މީޑިއާގައި ލާދީނީ ވާހަކަތައް ލިޔެ އުޅުނު މީހެއް

  31. ކެޔޮޅު

    އޭނަގެސަލާމަތައް ފުލުހުން އޭނަގެންދިޔައީ މިސަރުކާރަކުން ދީނައްފުރައްސާރަކުރާ މީހުން ހައްޔަރެއް ނުކުރާނެ ކޮބާތަ އިރާމެން؟؟

  32. އާވިމް

    އޭނަ ހައްޔަރުކުރީ ޒުވާނުންތަކެއް އޭނަޔާ ދެކޮށަށް ނުކުންނާތީ ދީނާ ދެކޮޅުހެދީމައެއް ނޫން؟! ސާބަސް! މިއީ ދޯ ސަރުކާރުން ދީން ހިމާޔަތް ކުރުމަކީ؟. އަޅުގަނޑު ތިނަދޫ ޒުވާނުންނަށް ތައުރީފްކުރަން. ދީނާ ދެކޮޅުހަދައިގެން ނުވާނެ. އިސްލާމް ދީނަކީ ހަމަ އެކަނި ﷲ ސވ ޤަބޫލު ކުރައްވާ ދީން، ފުރިހަމަ ދީން. އެދީނާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރާ އެހެންދީންތަކުގެ މީހުންނަށްވެސް ކުށެއް، މައްސަލައެއް އަދި ނާއިންސާފް އަދި ލާއިންސާނީ ކަންތަކެއް ސާބިތުކުރެވިފަ ނުވާ ދީން. އަދި އެކަމެއް ނުވެސްވާނެ. މިކާމާ ދެކޮޅަށް އާދައިގެ އެއްޗެއް ނޭގާ މީހަކު ނުވަތަ ބަޔަކު ނިކުމެ ކޮންކަމެއް ކުރެވޭނީ. ޤްރްއާނުގައި އެކަން ސާބިތުވާން އެބަހުރި. އަލް މަސަދު ސޫރަތުގައި ﷲސވ އޭނާ ދުނިޔޭގައި ހުއްޓާ އޭނާ ހަލާކުވާނެވާހަކަ ދައްކަވާފައިވޭ. އޭނަ އިސްލާމް ދީން ޤަބޫލުނުކުރާނެކަން އެގޭ.