ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި އޭނާގެ ކުރީގެ ލޯބިވެރިއެއް ކަމުގައިވާ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހު ދޫކޮށްލައިފިއެވެ.
ނަޖާހު ދޫވިކަން ހާމަވެފައި ވަނީ މިއަދު ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމުގައި އޭނާ ހާޒިރުވެފައި ނުވުމުންނެވެ.
މިއަދު އިސްތިއުނާފުގެ އަޑުއެހުމެއް ބޭއްވި އިރު، އެ އަޑު އެހުމަށް ނަޖާހު ހާޒިރެއް ނުވެ އެވެ. އެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު، މުހައްމަދު ނިޔާޒު ވިދާޅުވީ، ނަޖާހު މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށް ބުނެ، މިދިޔަ އާދިއްތަ ދުވަހު ކަރެކްޝަންސް އިން ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ނަޖާހް ދޫކޮށްލާފައިވަނީ މާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކަމަށް ކަރެކްޝަންސްގެ ސިޓީގެ ބުނެފައިވާ ކަމަށެވެ.
ނަޖާހު ދޫވީ އޭނާ ތަންފީޒު ކުރަމުން އައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމަކަށް މާފު ދިނުމުންނެވެ.
ޝީރީން މަރާލާފައިވާ މައްސަލައިގައި ނަޖާހުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމާއެކު ދައުލަތުން އެމައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރީ 20 ޑިސެމްބަރު 2009 ވަނަ ދުވަހުން ފެށިގެން މ. ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުމުގެ ތެރޭގައި ނަޖާހު، ޝީރީން މަރާލާފައިވާ ކަމަށް ބުނެއެވެ.
ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި އެވެ. އޭނާ ފެނިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މިވެސް މީހަކު މެރިކަމަށް ތުހުމަތު ކުރާ މީހެއް. އޮޕަރޭޝަނާއެކު ވަކި ބަޔަކުތޯ ބަންދު ކުރަން ޖެހެނީ. އެއޮތީ އިސްތިއުނާފަށް ހުށަހަޅާފައި. ބަންދު ކުރޭ މިހާރުން މިހާރަށް. މީތަ ފަނޑިޔާރުން ކަންކުރަންޖެހޭ އިންސާފުވެރިގޮތަކީ. އެއްކަލަ ގާޒީ ސަހުމު ދޫކޮށްލި އާ މިހައިކޮޓު ގާޒީންގެ ތަފާތަކީ ކޮބާ. ނުން
މިއީ ޕާޓީއަށް ޖަނުދޭ ގޮލައެއްވީމަތަ
މައްސަލަ ހަނދާނޮ ނެތޭހާ ހިސާބުން މައްސަލަނަނީ ދެންވާނީ ކިހެނެއް