މިހާތަނަށް އެއްވެސް ސަރުކާރަކަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއި ނުލައި ވެރިކަމަށް އާދެވިފައި ނުވާނެ ކަމަށް ވިދާޅުވެ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅުނު މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތިން ވަނަ ނުވަތަ ދެ ވަނަ ޕާޓީގެ ގޮތުގައި ޖޭޕީ އަބަދު ނޯންނާނެ ކަމަށާއި، އެއް ވަނަ ޕާޓީ އަށް ޖޭޕީ ހަދާނެ ކަމަށެވެ. އެ ޕާޓީ ރިފޯމް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ޕާޓީ ވާނީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީ އަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ޕާޓީ އަށް ގެންނަ ބަދަލުގެ ތެރޭގައި، ޕާޓީގެ ލީޑަރު އިންތިހާބު ކުރަން މިހާރު އޮންނަ ގޮތް ބަދަލުކުރަން ހުށަހެޅުމުގެ ވިސްނުން ވެސް ހުރި ކަމަށެވެ. އަދި ޕަޓީ ވަރުގަދަ ކުރުމަށް ވެސް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް ގާސިމް ފާހަގަކޮށްލާފައިވެއެވެ.
އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ޖޭޕީން ވާދަކުރައްވާނެ ކަމަށް ރޭގެ ޖަލްސާގައި ގާސިމް ވަނީ ވިދާޅުވިއެވެ.
“2023 ވަނަ އަހަރު މި ޕާޓީން ނުކުންނާނެ ރައީސް ކަމަށް ވާދަކުރަން. އެއީ ދެން ކަށަވަރުކަމެއް. އެކަމަކު އެއީ ކާކުކަން، އެއީ އަޅުގަނޑުތޯ ނުވަތަ އެހެން މީހަކުތޯ ކަނޑައަޅާނީ ޕާޓީގެ މެމްބަރުން. އަޅުގަނޑެއް ނޫން" ގާސިމް ވިދާޅުވިއެވެ.
ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ޖޭޕީ އިން ކެންޑިޑޭޓަކު ނެރޭނެކަން ގާސިމް އިއުލާން ކުރެއްވިއިރު އަދި އިންތިޚާބު ޖެހެން ހަތަރު އަހަރު ދުވަސް އެބައޮތެވެ.
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި 2008 އަދި 2013 ވަނަ އަހަރު ގާސިމް ވަނީ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާފައެވެ. ނަމަވެސް ދެ އިންތިހާބު ވެސް ނާކާމިޔާބުވެ، ލިބިވަޑައިގެންނެވީ ތިންވަނަ އެވެ. 2018 ގައި ގާސިމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވުނީ ޖަލު ޙުކުމެއް އިއްވުމުން ރާއްޖެ ދޫކުރައްވާ ޖަރުމަންވިލާތައް ވަޑައިގެން ހުންނެވުމުންނެވެ. ރިޔާސީ އިންތިޚާބުގައި ގާސިމް ތާއިދު ކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށެވެ.
ޤާސިމް އިބުރާހީމް ރައީސްކަމަށް ހޮވުމަކީ، އެއްގޮތަކަށްވެސް ގޯސްކަމެއްނޫން. ޤާސިމަށްވެސް ރައީސްކަން ކުރެއްވޭނެ.
އިބޫއަށް ވުރެން ގާސިމު މާރަނގަޅު ވާނެ
މުޅި އުމުރު ބެއްޔާ ހުސްކޮއްލަނީ ތިކަމުގަ، ދެންވެސް ތިކަން ތިކަން ކާމިޔާބެއް ނުވާނެ، ފުރުތަމަ ރިސޯޓު ތަކުގެ ސާރވިސްޗާޖުކޮޅު ހަމަޔައް ދެވޭތޯއުޅެބަލަ،
ޤާސިމް 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފިޔަވައި ހުރިހާ އިންތިޚާބެއްގައިވެސް ބައިވެރިވި. ޤަވްމުގެ ރައީސްކަމަށް ޤާސިމް ކުފޫ ހަމަނުވާކަން އޭނާއަކަށް ޤަބޫލެއް ނުކުރެވޭ. ޤާސިމަށް ބޭރުބަހަކުން ވާހަކަ ދައްކަން ނޭގޭއިރު އަމިއްލަ ދިވެހިބަހުންވެސް ފޫބެދޭ ގޮތަށް އެއްޗެއް ބުނާކަށް ނޭގޭނެ. ރުޅިއަތުވެއްޖެނަމަ ޤާސިމް ގެ ބަހުރަވަ ވިލާތަކާ ހަމައަށް އުހުލި ފާޑުފާޑުގެ "މީރު" އެއްޗެހި ކޭސް ހުރިގޮތަށް ބޯނެވަރަކަށް ބޯން ދޭނެ. މިވަރު މީހަކު ޤަވްމުގެ ވެރިކަމަށް އަތުވެއްޖެ ނަމަ ރަޢިއްޔަތުން ލަދުގަންނަން ޖެހޭނެ. ކެބިނެޓް ޖަލްސާގައި ރައީސް ވަޒީރަކަށް މީރު ބުއިމެއް ދީފިނަމަ ... ބޯހަލާކު..!!!!!!
ބަލަ 2023 ގައި ރިޔާސީ އިންތިހާބު ހާދަ އަވަހަކަށް. ޑީލް ހެދީދޯ .... އަޑުއެހިން ޖޭޕީ ކެޑިޑޭޓަކީ އމސ ކަމަށް. މިހާރު މަސްރަހު ދިރާސާކުރާފަރާތްތަކުން ބުރަވަނީ އމޑޕ ޓިކެޓް ރައީސް ނަސީދުއަށް. ގާސިމު ރައީސް ނަސީދު އާއި ދިމާކޮށްްގެން މިވަރަކަށް މިއުޅެނީ އެހެންވެގެން. ނާޒިމު އަދި ރިޔާޒު ހަދާނީ ކިހިނެއްބާ؟؟؟
މިހާރުތިޔަހުރިމީހަޔައްވުރެމާބޮޑުތަނުންވެެސްގާސިމުރަނގަޅުވާނެ ޔަގީން
އަމާޒު ވެސް ދެފުށައް ކެޑިފަ އޮޔާނުގޮސް ފިއްޔާ ރަގަޅު
ނުދޭނަންވޯޓެއް،
ގާސިމް އިބްރާހިމަށް ވުރެ މިގައުމުގެ ރައީސް ކަމަށް އަހަރެންނަށް އާދެވޭނެކަން އަހަރެންނަށް މާ ޔަގީން.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކަށް އަހަރެން ވޯޓު ދެންޏާ ދޭނީ ޖޭޕީގެ ޓިކެޓުގައި އުމަރު ނަސީރު ވާދަކުރާނަމައެވެ.
އެމްޑީޕީ ފިޔަވައި އެހެން ކޮންމެ ޕާޓީއެއްގެ ޓިކެޓުގައި އުމަރު ނަސީރު ރިޔާސީ އިންތިޚާބަށް ކުރިމަތިލިޔަސް މަގޭ ވޯޓު އުމަރަށެވެ. އެންމެ ދެކެން ބޭނުންވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އުމަރު ނަސީރު ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުހޯދައިގެން މިގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަނެވެ.
ބުރުމާ ބާގީ. ކަލޭ ނުހޮވޭނެ. ބާގީ ބޮޑު ބުރުމާ.
ﷲމިފަދަ ގައުމެއްހަލާކޮއްލިމީހަކަށް ވެރިކަންނުދެއްވާށި...މީނަޔަކީ ނަޝީދުއާ ގުޅިގެން މިގައުމުހަލާކޮއްލި ބޮޑެއް..އެތައްފަހަރަކު މުއުމިނުންގެގަޔައް ކަށިޖަހައިފި...!!؟؟ރައްޔިތުން ނިކަންވިސްނާތި...
މިސަރުކާރު ވައްޓާލުމަށް ނުވަތަ ބައިބައި ކުރުމުގައި މިވަގުތުވެސް އެންމެ އިސްރޯލެއް އަދާކުރަނީ ގާސިމް. ސޯލިހާ އަންނި އާއި ދެމީހުންގެ ދެމެދުގައި ދެބޯގެރިދުއްވަނީ މީނާ.
ޖޭޕީ ހޮވަންވީ ސަބަބުތައް: ނަޝީދު، ނަޝީދު، ނަޝީދު
ޖޭޕީ ވެރިކަމަށް އައިސްފިނަމަ ކޮށްދޭނެ ކަންކަން: ނަޝީދު، ނަޝީދު، ނަޝީދު
ޖޭޕީ ގެ މެނިފެސްޓޯ: ނަޝީދު، ނަޝީދު، ނަޝީދު
ޖޭޕީގެ ކުރިއަށް އޮތް 5 އަހަރުގެ ލަޑުދަޑީ: ނަޝީދު، ނަޝީދު، ނަޝީދު
ގާސިމް މި ގައުމުގަ ވެރިކަން ކުރާ ދުވަސް ދެކިލަން ބޭނުން
ސޭޓޫ ހިތްަރުކޮށްލާ ހިތުގައަޅައިގެންއުޅޭކަމެއް ކޮންމެސްދުވަހަކުން އިރާދަކުރައްވާނެ