ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަމުންދާތީ، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މީގެ ކުރިންވެސް ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. ނަަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޖޭއެސްސީން މިއަދު ވުދާޅުވީ، ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރުމުގައި ނިންމާފައިވަނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންޑްސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކާއި ގުޅިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކާ ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަރުތަކާ ބެހޭ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
ޖޭއެސްސީން ވިދާޅުވީ، ފަނޑިޔާރު ހަސަން އަލީ އަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލަ ބަލަމުން އަންނަކަން މަރުތަކާ ބެހޭ ކޮމިޝަނުން އެންގީ މިއަދު ކަމަށެވެ.
އެހެންވެ ގާނޫނުގައިވާގޮތުގެ މަތިން އަލީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި އަދި ވަޒީފާއެއް ނުނިކުމެ މަޑުކުރަން އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ރިޟްވާންގެ މަރާއި ގުޅޭގޮތުން މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވާވޮގޮތުގައި، ރިޟްވާން ސީރިއާގައި މަރާލާފައިވާކަން ދެއްކުމަށް ކުރީގެ ނައިބް ރައިސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިއެެވެ. އެ ރިޕޯޓްގައި ބަޔާންކޮށްފައިވާކަންކަން ކިޔާދެއްވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިޟްވާން ގެއްލުނު ފަހުން އަދީބާއި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަމުންދިޔަ ދެ މީހަކު، ކޮންޓްރޯލް އޮފް އިމިގްރޭޝަން އަރިހަށް ގޮސް ރިޟްވާންގެ ޕާސްޕޯޓް ކޮޕީއެއް ހޯދަން ބޭނުންވިކަމަށާއި، އެކަން ކުރަން ބޭނުންވާ މަގްސަދުވެސް ހާމަކުރި ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހަސަން އަލީ ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލާއެއްގެ ގޮތުގައެވެ. ރިޟްވާންގެ މައްސަލާގައި އަދީބު ލިޔުމެއް ހޯދަން މަސައްކަތް ކުރެއްވީ ހަސަން އަލީ މެދުވެރިކޮށެވެ.
"އެކަން ކުރަން ބޭނުންވާ މަގްސަދަކީ އަޙްމަދު ރިޟްވާން ރާއްޖެއިން ބޭރަށް ސީރިއާއަށް ގޮސް މަރުވެފައިވާކަމަށް ދެއްކުމަށް އަދި ރިޟްވާން އާއި ބެހޭގޮތުން ދައްކަމުންދާ ވާހަކަތައް ހުއްޓުވުމަށް ކަމަށް މި އިންޓެލް ދެ އޮފިސަރުން ގޮސް، ކޮންޓްރޯލް އޮފް އިމިގްރޭޝަން ކައިރީގައި ބުނައިފައިވޭ". ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އެ ގޮތަށް އެ ވާހަކަދެއްކި ކަމަށް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުރި ހަސަން އަލީ ބަޔާން ދެއްވާފައިވާކަަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހަސަން އަލީ އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.
ޙަސަން ޢަލީ ގާތަށް މީހަކު ގޮސް ކަމެއް ކޮށްދޭށޭ ބުނީމާ ޙަސަން ޢަލީ އެކަން ކޮށްދިންތޯ ނުވަތަ ނޫންތޯ ނުބަލާ ސަސްޕެންޑްކުރުމަކީވެސް އިންސާފުދޯ. ތިޔައޮތީ އިންސާފު ކޯދުލާ އަރާފައި.
ބަރާބަރު
މިއަދު ކަލެއަށް ހަނދާންވާނެކަމަށް ހީކުރަން އިމިގްރޭޝަންގައިހުރެ މަށަށްކަލޭ ދިން އަނިޔާ.
ތީ މާކުރިންވެސް ނުކުރެވިގެން އުޅޭ ކަމެއް. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބޭރުކުރެވޭތޯ ބަލާނެ. މިހާރުދެން ޔެލޯކުލައިގެ ނުން މީހަކަށް މިގައުމުގައި ހަމަ ނޭވާއެއްވެސް ލިޔަކަ ނުދޭނެ.
ފަޑިޔާރު އަލީއަށް ފާގަތި ދުވަސްތަކަކަށް އެދެން
މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ !
ފަޑިޔާރު ހަސަން އަލީ ގެ މައްސަލައެއްބަލާތީ އޭނާ މަގާމުން ދުރުކުރަން އޯކޭ. ރައީސް އިބޫ ސޯލިހުގެ ކަރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުށަހެލިފައިވާއިރު އޭނާ އެމަގާމުން ދުރުކޮށް ބެހެއްޓުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އިސްލާމް ދީނަށް ނަސްރުލިބިގެންދާނީ އާހިރުގައި އެހެންކަމުން މިސަރުކާރުވެސް ދެމިއެއް ނޯންނާނެ. އަދި ގާސިމް އެރާވާ ކުޅިގަނޑުވެސް ކުރިޔަކަށް ނުދާނެ.