ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތީ ހީނަރު ގުޅުމެއްކަމައް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ޗައިނާއަށް ވަޑައިގަތުމުން، ޗައިނާގެ ފަރާތުން ޝާހިދުއަށް މަރުހަބާ ދެންނެވި ގޮތާއި ގުޅޭގޮތުން ޓްވީޓް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ފޮރިން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ޗައިނާގެ ފަރާތުން ރާއްޖޭގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދަންނަވަން އެއްވެސް އިސް ބޭފުޅަކު ވަޑައިނުގަންނަވާ ކަމަށެވެ.
"... އެ އިން ދައްކުވައިދެނީ ދެ ސަރުކާރުގެ ހީނަރު ގުޅުން". ޝިޔާމް ވިދާޅުވިއެވެ.
ދާދި ފަހުން މިނިސްޓަރ ޝާހިދު ވަނީ، ޗައިނާއާއި މެދު އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މައްސަލައަކީ ނިމިިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކޮރަޝަންގެ އަމަލުތައް ކަމަށް ޝާހިދުު ވަނީ ވިދާޅުވެފައެވެ.
ޝިޔާމް މިގޮތަށް ވިދާޅުވިއިރު، ފޮރިން މިނިސްޓަރގެ ދަތުރާއި ގުޅޭގޮތުން، މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނައިބު ރައީސް ވޭންގް ގިޝާން އަދި ސްޓޭޓް ކައުންސެލަރ އެންޑް ފޮރިން މިނިސްޓަރ ވޭންގް ޔީ އާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
އަދި އެ ބައްދަލު ކުރެއްވުމުގައި މި ދެގައުމުގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސް ޓްރީން މައުލޫމާތު ދެއްވައެވެ.
ފޮޓޯ އިންވެސް އެކަންސާފުވޭ
މިނިސްޓަރު ކޮންކަމަކާތޯ ބިރުފުލުން ތިއިންނެވީ
ބާ ކަނބިލިގަނޑެއްހެން މިހާ އިންނަނީ ގޮނޑިޔަށް ދުޅަވެފަ.... ބޮޑުވާންވެސް އުޅޭ އެކަމު ނޭނގޭ.... ތަންކޮޅެއް ރީތިކޮށް އިށީނދެލިޔަސް ގައިމު ތަންގަނޑެއް މަދެއްނުވާނެ ދޯ.... މިހާރު ވެ ރިކަން އަތަށްއެ ރީ މަ މީހާއަށް ގަމީސްފެނިފަ ތިހު ރީ
ޗައިނާއައް އެވަރައް ބެވީ ގެރިމޯދީ ރުއްސަން. މިއަދު ނާށިގަޑު ހިފައިގެން ޗައިނާ ފަހަތުން ދުވިއަކަސް ވާނެ މޮޅެއްނެތް. މިހާރުވެސް އަދިރި ރައީސް ޗައިނާއައް ބަވަނީ...އެއްފަހަރުވެސް ޗައިނާއައް އިހުތިރާމް ނުކުރެ..
މިހާރު ސަލާންޖެހުމުގެ ކެންޕޭނެއް ފެށިގެން މިހިރަދަނީ ކުރިންޗައިނާ ކަމުނުދިޔަ މިހާރު ޗައިނާވަރެއް ނެތް ގައުމުދަވާލާފައި ފޫބައްދަން ލާރިކޮޅެއް ލިބޭތޯ ކުރެވުކަންތަށް މުޅިންހަރާބުވެއްޖެ.......ނުރޯށެކަލޭ މަޑިޔަރު ސޯލިހޫއޭ މުހައްބަތުގައި ވަނީ އިންޑިއާއޭ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތީ ހީނަރު ގުޅުމެއްކަންް ހާމަވެއްޖެ - ޝިޔާމް
1 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 17, 2019 )
ޗައިނާ ގޯހެއް ނޫން، ގޯހީ ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް - ޝާހިދު
4 ދުވަސް ކުރިން ( ސެޕްޓެމްބަރު 13, 2019 )
ދެއްކިވާހަކައެއް ނޭގެ އެކަމަކު ޝާހިދު އިނީ ވަރަށް ހިމަވެފަ ޕޮޓޯގަ.
ރޯ ފަތުން ތަޅާ ތިކަލޭގެ ޗައިނާއިން ބޭރުކޮށްލާ! ތިޔއީ މިވީހާ ދުވަހު ޗައިނާއަށް ނިސްބަތްކޮށް ވަގަށްގޮވި ގުންޑާއެއް\ މިއަދު ދައުލަތް ދަވާލަފަ އެކަން ފޫބައްދަން ޤަވްމުތަކަށް ގޮސް "ލާރި ލާރި" ގޮވަމުން ސަލާންޖަހަމުން ދުވަންވީމާ ލަދެއް ނުގަނޭ!
ރީތި ރޯޅިއަކުން ދާނެ ވަގު ސަރުކާރެއް މީ . ހަމަ ހުވާ