ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަން ފަށާފައިވާ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ޔާމީން ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެއަށް ވަޑައިގަންނަވަނީ، ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެންނެވެ.
މިކަން ހާމަކުރައްވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރޭ މާލޭގައި ތިއްބެވި ޕްރޮގްރެސިވް ކޯލިޝަނުގެ ޓީމުން ފަށާފައިވާ ކަމަށާއި، އެ މަސައްކަތް އިތުރަށް ފުޅާކުރުމަށް މުޅި ޓީމު މިއަދު މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީން މިއަދު މާލެ ވަޑައިގަންނަވަނީ މ. އަތޮޅާއި ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅު ކުރުރުކޮށްލެއްވުމަށް ފަހުއެވެ. ރޭ މ. މުލީގައި އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފައެވެ. މުންދު ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި ކެމްޕޭން ދަތުރުފުޅުގައި ފ. އަތޮޅަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، 7 ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ އަނދައި ހުލިވުމުގެ ސަބަބުން، ސަރުކާރުން ދަނީ 13 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ވަގުތީ ހިޔާގައި ރެޖިސްޓްރީކޮށްފައި ވެއެވެ.
ރޭގެ އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަލިފާނާއި ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވާއިރު، އެ ހާދިސާގައި އަންހެނަކު ވަނީ ވަރަށް ބޮޑަށް ފިހިގެން ނިޔާވެފައެވެ.
ހަގީގަތްހާމަވަނީއަމިއްލަމަސްއޫލިއްޔަތު
މަޑުޖައްސަވާލައްވަވައިފަފަރުދުންނައްއިސްކަންދޭމިންވަރުހާމަކޮއްދެނީ
ދަތުރު ހުއްޓާލީ އެއީ ރައްޔިތުންނަށް ހެޔޮއެދިގެންނޫނެވެ މޫސުންގޯސްވެގެން ދަތުރުކުރެވޭގޮތް ނުވެގެންނެވެ
މިވަރެއް ނެތް ހަމަ! އިބްރާހީމްބެޔަށް މިވަގުތު ވެސް ތަނަކުން ކުޅިވަރުގެ ދަޢުވަތެއް ލިބިފަ އޮތްނަމަ އޭނަ ދިޔައީހީ އެތަނަކަށެވެ. ޤަވްމަކާ ޤަވްމެކެވެ. ރައްޔިތަކާ ރައްޔިތެކެވެ. މިކަން އޮތީ ފެނިފައެވެ.
މުންދު ކަލޭ ހެދިބޮޑު ބުހުތާނު ދޮގު ބަލާބަލަ ބައްދު! ކަލޭމެން ކޮން އެހީތެރިކަމެއް ވީ..
ކައޭމެން ވަގަށްނެގި ފައިސާތައް ރައްޔިތުންނަށްދީ!
ޔާމީނު ބުނިކަމަށްވަނީ، ދެންރޯވީ ދެއްތޯއޭ ރޯވީމަ ކޮންމެސް ބަޔަކު ނިއްވާނެއޭ. އެކަމާ ބެހޭމީހުން އެކަމާ އުޅޭނެޔޭ ދެއްތޯއޭ
ޔާމީނު މާލެ އައީ
ފާތުން އެކަނި ވެގެން ރޯތީ ދެތްތޮ